ދިވެހިންގެ ގިނަ ބަޔަކު މިއަދު ނަފްރަތު ކުރާ އެއް ބަޔަކީ "ރެޕިސްޓުން"ނެވެ. އެމީހުންގެ ހަޑިމުޑުދާރު އަމަލުތަކާ ދެކޮޅަށް ރާއްޖޭގެ ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ. އަދި ބައެއް ދިވެހިން ގެންދަނީ އެމީހުންނަށް ލިބިފައިވާ އަނިޔާތައް މީސްމީޑިއާ އަށް ތިލަ ކުރަމުންނެވެ. އެމީހުންގެ އޮތީ ހަމަ އެންމެ ބޭނުމެކެވެ. އިންސާފު ލިބުމެވެ. އެކަމަކު، އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަށް ގަބޫލު ކުރާ މީހުން ވެސް އެބަތިއްބެވެ.

މިއީ ދިވެހި އަންހެނަކު ތަޖުރިބާ ކުރަން ޖެހުނު ގޮތުގެ ވާހަކައެވެ. އެ ވާހަކަތައް އޭނާ ތަފްސީލްކޮށްދިނީ ފޭސްބުކްގައެވެ.

އެ ޒުވާނާ ކިޔައި ދެމުން ބުނީ ރަހްމަތްތެރިއަކާ އެކު، ފަތިހު މާލޭގައި ދުއްވާލަން ދިޔައީ އެރޭ އެއްކޮށް ނުނިދި ފޫހިވެފައި ހުރުމުގެ ސަބަބުން ކަމަށެވެ. އަދި ސައިކަލް ދުއްވާލަން ދިޔަތާ މާ ގިނަ އިރުތަކެއް ނުވަނީސް، މީހަކު ސައިކަލް ހޯދަން ގުޅި ކަމަށް އޭނާ ބުންޏެވެ. އަދި ސައިކަލް ލިބެންދެން ރަހްމަތްތެރިޔާ ދިރިއުޅޭ ގެއަށް ދާން އެދުނު ކަމަށް އޭނާ ބުންޏެވެ.

އަންހެން މީހާ ގެއަށް ލައިދިނުމަށް އެދުމުން ވެސް އެކަމާ ދެކޮޅު ހެދި ކަމަށް އޭނާ ކިޔައި ދިނެވެ. އަދި ޖަވާބުގައި ރަހްމަތްތެރިޔާ ބުނެފައި ވަނީ އެނބުރި ގެއަށް ދާނީ ސައިކަލް ލިބުމުން ކަމަށާއި ފޯނުގައި ޗާޖް ނެތުމުގެ ސަބަބުން ގޭގައި މަޑުކޮށްދިނުމަށް އެދުމުން އެކަމާ ދެކޮޅު ނަހަދައި ގެއަށް ދިޔަ ކަމަށް އެ ޕޯސްޓުގައި ޒުވާން އަންހެން ކުއްޖާ ބުނެފައިވެއެވެ. އޭރު އެގޭގައި އެއްވެސް މީހަކު ނޫޅޭ ކަމަށް އޭނާ ބުންޏެވެ.

އަންހެން މީހާ ކިޔައި ދިން ގޮތުގައި އެގެއަށް ވަދެ އިށީނީ ސޯފާއެއްގައެވެ. އެ ފިރިހެން މީހާ އޭރު ވަނީ ކޮޓަރިއަށް ކަމަށާއި ކޮޓަރިން ނިކުތް އިރު ތާޒާ ފެން ފުޅިއެއް އެ ފިރިހެން މީހާ އަތުގައި އޮތް ކަމަށް ވެސް އޭނާ ކިޔައި ދިނެވެ.

އަދި އެމީހާ ހުރީ މަސްތުގެ ހާލަތުގައި ކަން ދެނެގަނެވުމާ އެކު، އެވަގުތު އެގެއިން ބޭރަށް ނިކުތުމަށް ދޮރާ ދިމާލަަށް ދިއުމުން އެކަމަށް ހުރަސް އެޅި ކަމަށް ވެސް ޒުވާން އަންހެން މީހާ ބުންޏެވެ.

"އެމީހާ މަސައްކަތް ކުރީ އަހަރެންގެ ތުންފަތުގައި ބޮސްދިނުމަށް. އަހަރެން އޭނާ ދުރަށް ކޮށްޕާލިން. ދެން އަނެއްކާ ވެސް އައިސް އަހަރެންގެ ހަށިގަނޑުގެ އެތަން މިތަނުގައި އަތްއުނގުޅަށް ފެށި" އޭނާގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

ރޭޕް ކުރަން އުޅޭ ކަން އެނގުމުން އެގޮތަށް ކަންތައް ނުކުރުމަށް އާދޭސްކޮށްފައިވާނެ ކަމަށް ވެސް އެ ޒުވާނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އޭގެ ކުޑައިރުކޮޅެއް ފަހުން ދޮރު ހުޅުވައި ވަދެގެން ރަހްމަތްތެރިޔާގެ ބޭބެއެވެ.

އެވަގުތު އޭނާގެ ކިބައިން ސަލާމަތް ވެދާނެ ކަމުގެ އުންމީދުގައި އެހީއަށް އެދުނަސް ދިނީ ބީރު ކަންފަތެއް ކަމަށް ޒުވާނާ ބުންޏެވެ.

ބޮޑު ދެ ފިރިހެނުންގެ ކިބައިން ސަލާމަތްވުމަށް ކުރި މަސައްކަތް ހުއްޓާލަން ޖެހުނީ އެކަން ނުވާނެކަން ޔަގީންކުރެވުމުން ކަމަށް އެ ޕޯސްޓުގައި ބުންޏެވެ.

"އަހަރެން ބުނިން އަހަރެން މީ އެމީހުންގެ ކޮއްކޮ ނަމަ ކީއްހޭ ކުރާނީ. އެމީހުން އަޅައެއް ނުލި. އެމީހުން ތިޔައީ މަސްތުގައި ޖެހި ހުއްޓުމެއް ނެތި އަހަރެންނަށް އަނިިޔާދެމުން. އަހެރެންގެ ހަށިގަނޑުގައި ތޫނު ތަދެއް އޭރު ހުރި" އެ އަންހެން މީހާ ކުރި ޕޯސްޓުގައި ވަނީ ބުނެފައެވެ.

އަދި އެމީހުން ބޭނުންހާ ގޮތެއް ހެދުމަށްފަހު އެ ދެމީހުންވެސް ނިދަން ދިޔަ ކަމަށާއި، އޭރު މުޅި ހަށިގަނޑުގައި ހުރި ވޭނުގެ ސަބަބުން ގަދަޔަށް ރޮވުނު ކަމަށް އޭނާ ބުނެފައިވެއެވެ.

"ހަތަރު ގަޑިއިރު ވަންދެއް އެމީހުން އަހެރެން ރޭޕް ކުރި. އިހްސާސް ކުރެވޭތަ އަހަރެންނަށް ވާނެ ތަދު؟. އިހްސާސް ކުރެވޭތަ އަހަރެން އެ ހިޔާލުތަކާއި އެކު ދެން ދިރިއުޅޭނެ ގޮތެއް؟. އޭގެ ފަހުން އަހަރެންގެ ދިރިއުޅުމަށް އަންނާނެ ގޮންޖެހުންތައް އިހްސާސް ކުރެވޭތަ؟" އެ އަންހެން މީހާ ޕޯސްޓުގައި ވަނީ ބުނެފައެވެ.

އޭގެ ފަހުން، އޭނާ އަށް ކުރިމަތިލާން ޖެހުނީ އިތުރު ވޭނެކެވެ. އިތުރު ފިރިހެނަކު އެޕާޓްމަންޓަށް ވަން އިރު، އަންހެން މީހާ އޮތީ ބަރަހަނާ ހާލުގައެވެ. އެމީހާގެ ފަރާތުން ފުރަތަމަ އޯގާތެރިކަން ފެނުނަސް، ފަހުން އޭނާގެ ޝިކާރައަކަށް ވެސް ވި ކަމަށް ޒުވާނާ ބުންޏެވެ.

އަދި ހުރިހާ ކަމެއް ކުރުމަށްފަހު އެ ފިރިހެން މީހާވެސް އެތަނުން ނިކުމެގެން ދިޔަ ކަމަށާއި އޭގެ ފަހުން ތިން ގަޑިއިރު ވަންދެއް ހަށިގަނޑު ހިއްލާނުލެވި އެތަނުގައި އޮތީކަމަށް އޭނާ ބުންޏެވެ. އިރުގަނޑެއް ފަހުން އޭނާ އެތަނުން ތެދުވެ ހިނގައިގަތުމަށް މަސައްކަތް ކޮށްފައިވާނޭ ކަމަށާއި އަދި ކުރި މަސައްކަތުން ގެއާއި ހަމަޔަށް ޓެކްސީއަކަށް އަރައިގެން ދެވުނު ކަމަށް އޭނާ ބުންޏެވެ.

އަދި ގެއަށް ގޮސް އެވާހަކަތައް އަޑު އިވުމުން އޭނާގެ މަންމައަށް ކުރާނެ އަސަރާއި މެދު ވިސްނައި އެކަން ހިއްސާކުރަން ބިރުގަތް ކަމަށް އެ އަންހެން މީހާ ބުންޏެވެ. އަދި އެކަން މަންމައަށް އޮޅުވާލައި "ސިޑިން ވެއްޓުނީ"ކަމަށް ބުނެ ދޮގު ހަދަން މަޖުބޫރުވިކަމަށް އެ އަންހެން މީހާ ވަނީ ބުނެފައެވެ.

އަދި އެކަން އެންމެ ފުރަތަމަ ހިއްސާކޮށްފައި ވާނީ އެންމެ ގާތް ރަހުމަތްތެރިއާއަށް ކަމަށާއި، އޭނާ މައްސަލަ ކަމާބެހޭ އިދާރަތަކަށް ރިޕޯޓުކުރަން ނަސޭހަތް ދިން ނަމަވެސް އެކަމަށް ހިތްވަރު ނުލިބުނީ މަންމަ ދެރަވާނެކަން ވިސްނާފައި ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އޭގެ ފަހުން އޭނާގެ އެހެން ރަހުމަތްތެރިންނާވެސް އެކަން ހިއްސާކުރި ކަމަށާއި، ނަމަވެސް އެމީހުންގެ ކިބައިން ލިބުނީ ހީވެސް ނުކުރާކަހަލަ ޖަވާބުތަކެއް ކަމަށް އޭނާ ބުންޏެވެ.

"އެމީހުން ބުނީ އަހަރެންނާ ދިމާލަށް ގޭގަ އޮތް ނަމަ ތިހެނެއް ނުވާނެ ނޫންހޭ އުޅެވޭ ގޮތުންނޭ ތިހެން ތިވަނީ. އަދިވެސް ކުރެވުނު ކަންތައް ރީތިވެގެންހޭ ތިވާހަކަ ތި ދައްކަނީ. ދެން އެއްވެސް މީހެއް ކައިރީ ތިވާހަކަ ނުދައްކާ ހުންނާށޭ" އޭނާ ބުނެފައި ވެއެވެ.

އަދި އޭގެ ފަހުން އަމިއްލަ އަށް މަރުވުމަށްވެސް ދެފަހަރަކު މަސައްކަތް ކުރެވުނު ކަމަށާއި، އެހަނދާންތައް އަބަދުވެސް ސިކުނޑީގައި ހަރުލާފައި ހުންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

 1. އެލްޖޭ

  މި ވާހަކައިގަ އޮޅުވާލުން އެބަހުރިކަމަށްފެނޭ!

  84
  5
 2. ރޭޕާ ދެކޮޅު

  ތިހުރިހާ ކަމެއްވެސް ތަހައްމަލްކުރަން ތިޖެހުނީ ޒިނޭއާ ގާތްވީމައެވެ. މާތްﷲ ޤުރުއާނުގައި އަންގަވާފައިވަނީ ޒިނޭއާ ގާތް ނުވުމަށެވެ. ޒިނޭއަކީ ފާހިޝް އަމަލެކެވެ. އަދި މަގެއްގެ ގޮތުން އެއީ ހާދަހާ ނުބައިވެގެންވާ މަގެކެވެ. އަންހެނުން ހިލޭ ފިރިހެނުންނާ މަސްހުނިވެ އުޅުމަކީ ޒިނޭއަށް މަގުފަހިވާ ކަމެކެވެ. ދޮންމީހުން ދައްކާ ހުރިހާ ގޮތަކަށް މުސްލިމުން އުޅޭކަށް ނުޖެހެއެވެ.

  203
  10
 3. ދޮން މަނިކު

  އިސްލާމް ދީނުގަ އޮންގޮތް އަސްލުގޮތް ދަސްކޮއް ، އުޅުން އިސްލާހުކުރޭ...... ކަމެއް ކުރުމުގެކުރިން ސިކުޑިން ވިސްނާ.

  142
  5
 4. ލައިޓް

  ނޭނގޭ މީހުނަށް އިތުބާރު ނުކުރޭ. އެކަނި ނުގަޑިތަކުގައި ޕާޓޭންނާއި އެކު އަދި ވަކިން ނުދޭ.ވަރަށްދެރަ

  161
  2
 5. ައާންމުން

  ރަހުމަތްތެރިން ބުނީވެސް ތެދެއް، ކުރިން ނުވި ރައްކަލެއް ފަހަކުން ނުވާނެ، މިޒަމާނުގަ މީހުންނަށް އިތުބާރުކުރާކަށް ނުވާން، ތާކަށް ދިޔަޔަސް ޕުލޭން ބީ އޮންނަންވާނެ އޭރުން ގޮތް ހުސްނުވާނީ، އިންސާފު ލިބެންޖެހޭ، ކެރިގެން ތިވާހަކަ ކަމާގުޅާ ފަރާތްތސކަށް ހުށަހަޅާ، ރޭޕިސްޓުންނަށް އިސްލާމްދީނުގައިވާ އަދަބުދީ،

  107
  4
 6. ޢެޑްމުންޑޯ

  ރޭޕްކުރުން ، މިއީ އަހަރެން ވަރަށް ރުޅިއަންނަ ނަފްރަތުކުރާ ބަހެއް ، މިކަން ކުރާ މީހުންނަށް ހަރުކަށިއަދަބުލިބޭތަން ދެކެންވެސް ބޭނުންވޭ ، ނަމަވެސް ހިލޭފިރިހެނުންނާއި އެކީ ޒުވާން އަންހެނުން ބުރުޖަހަން ދިއުމަކީ ކޫލްކަމެއްނޫން ، އެއީ ރޭޕަށް މަގުފަހިވާކަމެއް

  157
  2
 7. ލައިލާ

  ވަރަށް ދެރަ...ފުލުހުންނަށް ރިޕޯޓް ކުރޭ... މަސްތުވާތަކެތި ބޭނުން ކޮށްގެން ޖިންސީ ގޯނާ ކުރާ ރޭޕިސްޓުން ހަމަ މަސްތުވާތަކެތި ބޭނުން ކޮށްގެން އެހެން އަންހެނުން ގެޔަށް ވެސް އަތްލާނެ.... ބީ ސްޓްރޯންގް.... ހަގީގަތުގަ ފިރިހެން ރައްޓެހިންގެ ސައިކަލް ފަހަތަށް އެރުމަކީ ބިރުހުރި ކަމެއް... ކޮންމެ ތާކަށް ވެސް ލާފާނެ، ވަރަށް އިހާނާތްތެރި ގޮތްތަށް ވެސް ހަދާފާނެ... ނޭގޭނެ ގޮތެއް... އެންމެ ގާތް ފިރިހެން ފްރެންޑް ވެސް ރޭޕިސްޓަކަށް ވެދާނެ... Be aware

  95
  2
 8. ޑިމޮކްރަޓިސްޓް

  ހަމަ ހަގީގަތުގަވެސް ދިވެހި އަންހެނުންނަށް ގިނައިން ތިކަހަލަ ކަންކަންވަނީ، ދީނުގަ އޮންނަގޮތަށް ނޫޅި، ހިލޭފިރެހެނުންނާ އެކީ އުޅުމާއި، އެމީހުންބުނާހާތާކަށް ދާން އެއްބަސްވުމުން. ފެޝަނަކަށްވެގެން ގައްޑާވެފަ އުޅޭ ބިޓާއެކީ އެކަހެރިވުމަކީ ތިކަހަލަ ކަންކަން އެންމެގިނައިން ހިނގަން ދިމަވާ ކަންކަން. ދެންވެސް މިކަހަލަ ކަންކަންނުކުރަންވީ، މީވަރަށް ނުރައްކާ ކަމެއް. ބޮނޑި ލިބުނީމަ ދެން މިކިޔަނީ ރޭޕްކުރިއްޔޭ، އޭގެކުރިން މިކަންކަމަށް ވިސްނައިގެން އުޅޭކަށްނޭންގޭ. މިޒަމާނަކީ އެންމެ ކައިރީގަ އުޅޭމީހާއަށްވެސް އިތުބާރުކުރަން ހެޔޮނުވާ ޒަމާނެއް.

  120
  4
 9. ހިތާމަކުރަން މި އާޓިކަލް ކިޔާފަ

  (ރަހްމަތްތެރިއަކާ އެކު، ފަތިހު މާލޭގައި ދުއްވާލަން ދިޔައީ އެރޭ އެއްކޮށް ނުނިދި ފޫހިވެފައި ހުރުމުގެ ސަބަބުން ކަމަށެވެ). ދީނުގެ އިމުގެ ތެރޭގަ ހުރިނަމަ ހަމަގައިމުވެސް މިކަން މެދުވެރިވުމުގެ ފުރުސަތު ވަަރަށް ކުޑަވާނެ.1)ރޭގަނޑު އެކިގާ ނުނިދާ ހުރުން 2)ހިލޭ މީހެއްގެ ސައިކަލް ފަހަތުގަ ދުއްވާލަން ދިޔުން.

  133
  3
 10. ކުޑޫ

  ސައިކަލު ދުއްވާލަން ދިޔަސް އަދި ގޭގަ މަޑުކުރިޔަސް ރޭޕަކުރާކަށ ނުޖެހޭ. ޢެކަމް ހުރިހާ އެންމެން ވެސް ވިސްނަންޖެހޭ މިކަހަލަ ސިކް އެން ޗީޕް މީހުން އަހަރުންގެ ސޮސައިޓީގަ ވަރަށް ގިނަކަން. ސޯ އިއްލައަސް ޕްރިކޯޝަންސް ނަގައިން އުޅެންވާނީ. ދީނުގަ އަންގަވާފަ އޮތްގޮތަށް އުޅުން އެންމެ ބުއްދިވެރީ

  53
  31
  • ފެކްޓް

   ހެހެ. އާނ! އޮރިޔާމުން ދިއްވެގެން ތިއްބަސް ކުރާކަށަ ނުޖެހޭ! އަޅެފަހެ ސިކުނޑިން ނޫންތަ ވިސްނަނީ! ކުރަން ޖެހޭތީތަ ކުރަނީ!! ފުރުސަތު ލިބުނީމަ ކުށަށް އަރައިގަނެވެނީ. އެއީ އިންސާނާގެ އަސްލު. ކުޑޫ ހާދަ ހިލަވެގެން ތިއުޅެނީ. ހިތެއް ސިކުނޑިއެއް އިހުސާސެއް ނެތް ގާގަޑަކަށްތަ ވާންތަތިއުޅެނީ! އިންސާނާ ހެއްދި ފަރާތުން އަންގެވީވެސް ޒިނޭއަށް މަގުފަހިވާފަދަ ކަންކަމާ ކައިރިވެސް ނުވުމަށް. އެއީ އިންސާނީ ނަފްސުތަކުގެ ނުބައިކަމާއި ޝައިޠާނާގެ ފުރެއްދުންތަކާއި ނަފްސުގެ ނުކުޅެދުންތެރިކަމާއި އެނަފްސުތަކުގެ ހާލަތު މޮޅަށް ދެނެވޮޑިގެންވާ ފަތާތުގެ އަމުރު. އެކަމަކު ކުޑޫ ތިކިޔަނީ މިފަދަ ހުރިހާ ކަނކަމަކަށް ބާރު ފޯރިވޭނީ އޭތަ! އެހެންނަމަ: އިންސާނާ އަށް އިޚްތިޔާރު ލިބުމުގެ މާނައެއް ނެތް! އަދި އިންސާނާ ވަށައިގެން ހަވާ ނަފްސިގެ އެދުންތަކާއި ޝައިތާނާގެ ވަސްވާތައްވެސް ނުވާނެ. އަންގަވާފައިވަނީ ރައްކާތެރިވެތިބުމަށް. މާނައަކީ އެކަމަށް ފިޔަވަޅު އަޅަން ޖެހެއޭ.

   60
   2
 11. ލޮލ

  ހިލޭ ފިރިހިނަކާަ އެއްކޮށް އެކަހެރިވެ ދެން ކޮން ރޭޕެކޭ މި ކިޔަނީ...

  108
  8
 12. ދިއްގާ އައިސަ

  އެކޮއެ އެސޮރު ސައިކަލު ފަހަތައްއަރައިގެން ފަތިހު ނިކުމެވުން އެއީ އެކޮޔައް ވަރަށް ދެރަކޮއް ކުރެވުނުކަމެއް މިޒަމަަާނަކީމި އެއްބަނޑުމީހަޔައް ވަސް އިތުބާރު ނުކުރެެވޭ ޒަމާނެއް ދެން އެކަހަލަ ކަމެއް ތަކުރާރު ނުވެ ވޭތޯ ބަލާ ދެރަ ނިކަމެއްޗަކައް އިންސާފެއްލިބެނި އެއްނޫން

  90
  2
 13. ހޫ

  ހީކުރަނީ މި ހަމައެކަނި ފިރިހެނުން އުޅެން އޮތް ދުނިޔެއެއް ކަމަައްތަ. އަދިވެސް ފައިވިއްދާފަ ބުނާނެ އަންހެނުން ނަށޭ ހުރިހާ މޮޅުތަކެއް ހައްގު ތަކެއް އޮތީ އެމީހުންނަށް ލިބޭ އަނިޔާގެ ވާހަކަ ދައްކާއިރަށް. އަންހެނުންގެ ފަރާތުންވެސް ފިރިހެނުންނަށް އަނިޔާ ލިބޭ އެކަމަކު މިވަރަކަށް ނޫން.

  32
  5
 14. ފާތުމަ

  ހިތްވަރު ކުރާތި. އެހެން ބައެއްގެ އަނިޔާގެ ސަބަބުން އަމިއްލަ ނަފްސް ނަރަކައަށް ދާ ކަހަލަ ކަމެއް ނުކުރާތި. އިންސާފު ލިބޭނެ ދުވަހެއްވޭ.

  63
  1
 15. Anonymous

  ރޭޕް ކުރުމަކީ ކުށެއް ހިލޭ ފިރިހެނަކާއެކު މުސްލިމް އަންހެނަކު ދުއްވާލަން ދިއުމަކީވެސް ކުށެއް މީވެސް އަންހެނުން ވިސްނަންވެއްޖެ ކަމެއް ހިލޭ ދެމީހަކު އެކަނި ވެއްޖެނަމަ 3ވަނަ މީހަކަށް އިބިލިސް ހުންނާނެ ކަމަށް މާތް ސާހިބާ ވަނީ ހަދީިޘް ކުރައްވާފައި

  102
  2
 16. ބްރާ

  ކޮނުނު ކޮނުނުހެން ފަސްގިނަވާނެ!

  46
  1
 17. ޒަވިޔަނި

  ފަހުން ޚިޔާލު ބަދަލު ކުރެވުނު ރަޙްމަތްތެރިޔާ އެބުނީ އެކަހަލަ ޙާލަތެއްގައި ދިމާއަށް ބުނެގެން ވާނެ ވާހަކައެއްނޫން. އެހެން ނަމަވެސް ހިލޭ މީހުންނާ އެކުގައި ސައިކަލު ބުރުޖަހަނަ ދިއުންފަދަ ކަންކަމަކީ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަންކަން. އިންސާނުން އުފައްދަވާފައިވަނީ އެއްޖިންސު އަނެއް ޖިންސަށް ލެނބޭގޮތަށް. އެކިމީހުންގެ ކެތްތެރިވުމުގެ މިންވަރު ތަފާތުވާނެ. އެހެންވެ އެކަންކަން އެންމެ މޮޅަސް ދެނެވޮޑިގެންވާ ފަރާތުން އަންހެނާގެ ރައްކާތެރިކަމަށްޓަކައި ފިރިހެނުންގެ ތެރޭގައިވެސް އީމާންތެރިކަމެއް ނުހުންނަ ޝައިޠާނާއަށް ތަބާވާ، ގޮތެއްނުހުންނަ މީހުން އުޅޭނެތީ ހިލޭ ފިރިހެނުންނާ އެކީގައި އެގޮތަށް ތަންތަނަށްގޮސް އުޅުން ނަހީކުރައްވާފއިވަނީ. އެކަން އަޅުގަނޑުމެންނަށް އެއީ މިނިވަންކަން ނިގުޅައިގަތުންކަމަށް ސިފަކުރެވުނަސް ޙަޤީޤަތުގައި ﷲ ތަޢާލާ ވަނީ އަންހެން ކަނބަލުންނަށް ރައްކާތެރިވާނޭ މަގުތައް ޝަރުޢުގައި ކަނޑައަޅުއްވާފައި. ފިރިހެނުންނަށްވެސް ހުއްދަ ކަމެއްނޫން ހިލޭ އަންހެނުން ގޮވައިގެން އެގޮތަށް އުޅުމަކީ. އެކަމަކު އެހެން އުޅޭމީހުން އެފަދަ ޢަމަލަކަށް އަރައިގަނެފާނެ ކަމަށް ޖެހޭ އަބަދުވެސް ސަމާލުވާން. ރޭގަނޑު ނިދިނައިމަ ފޫހިފިލުވަން ހިލޭފިރިހެނަކާއެކު ނުނުކުތަސް މައިންބަފައިންނާ ޢާއިލާ މީހުންގާތު ބުނެގެން އެމީހުންނާ އެކު ހިނގާލާށާ ދުއްވާލަން ނުކުމެވޭނެ! ރަނގަޅު މަގު އިޚްތިޔާރުކުރުން ބުއްދިވެރި، ޢާއިލާތަކުގެ މެދުގައި ގުޅުންވެސް ހަރުދަނާވާންޖެހޭ. ކަމެއް ޖެހޭއިރަށް ގޮވާލަންތިބެނީ ރައްޓެިހންނަށް ކަމަށް ވަންޏާ ޢާއިލާތެރޭގައިވެސް ކަމެއް އުޅެނީ. ހިނގާލަންދާންވިޔަސް ކަމެއް ޙިއްޞާކުރަންވިޔަސް ޢާއިލާގެ މީހުން ތިބެންވާނެ އެންމެ ގާތްބައެއގެ ގޮތުގައި. އެކަން އިޙްސާސްވާންޖެހޭނެ ޢާއިލާގެ އެންމެންނަށްވެސް.

  53
 18. ޣަނީ

  މިހާރު އުޅޭ ގިނަ އަންހެންކުދިންނަށް ރަނގަޅީ މަސްތުހާލަތުގަ ދިރިއުޅޭ ވިޔާނުދާ ފިރިހެނުން. ޢެފަދަ މީހުންގެ ފަހަތުގައި ދިބޭ އަންހެނުންނަކަށް ނޭނގޭ އެމީހުން ނަކީ ޖަނަވާރު އުސޫލުން އުޅޭ ބައެއްކަމެއް.

  41
  1
 19. ފެކްޓް

  ތިހެން އަނިޔާ ލިބޭ އަންހެނުން އެކިޔާދޭ ވާހަކަތަކަށް ފުންކޮށް ވިސްނާލަމާތޯއެވެ. ކަން ހިނގަން މެދުވެރިވާ ސަބަބަށް ވިސްނާލާއި އެކަން ގިނަފަހު މަގުފަހިވެފައި ވާނީ އަންހެނާާއަށް އެޅޭ ކަތި ފިޔަވަޅިކުންކަން ހާމަވާނެއެވެ. މިސާލަކަށް ފިރިހެނާގެ ގެޔަށް ދިޔުމެވެ. ބުރުޖަހަން ދިޔުމެވެ. ޢެކަހެރިވުމެ. މިއީ މި ޢަމަލުތަކުން ދުރުވެ ތިބުމަށް މާތް الله ގެ އަމުރުފުޅު އައިސްފައިވާ ކަންކަމެވެ. ولا تقربوا الزنا انه كان فاحشة وساء سبيلا (الاسرى٣٢) އަމުރު ކުރައްވަނީ ޒިނޭއަށް މަގުފަހުވެދާނެ ކަންކަމުން ދުރުވެގަތުމަށެވެ. އަދި އެކަހެރިވެފައިވާ 2 ޖިންސާ އެކުގައި 3 ވަނަ ފަރާތަކަށް ޝައިޠާނާ ވާނެ ކަމީވެސް ނަބަވީ އިރުޝާދުން އަނގި ޘާބިތުވާ ކަންކަމެވެ. އެކުވެރިންގެ ގޮތުގައި ދެޖިންސުގެ މީހުން ވުމަކީ އިސްލާމްދީން ދަށްކަދީފައިވާ މަގެއް ނޫނެވެ. ދެރަކަމަކީ މިފަދަ ކަންކަމުގައި އަމިއްލަ ބުއްދި މޮޅުވެ އޭގެ މައްޗަށް އުޅެވޭކަމެވެ. މިކުދީންނަށް ދީނުގެ އިރުޝަދުތައް ބޯދާ ވެފައިވުމެވެ. ނުވަތަ ނޭގުމެވެ. އަދި އޭގެމައްޗަށް އެކަންކަމަށް ފުރައްސާތަކޮށް ބޮލާލާޖެހުމެވެ. ނަތީޖާއަކީ މިއެވެ. މިއީ ވިސްނާ ބަޔަކަށް ކުރި ހެކިތަކެކެވެ. އިންސާނާގެ ކަންކަން އެނގޭނީ އެ އިންސާނާ އަށް ހެއްޔެވެ؟ ނުވަތަ އެ އިންސާނާގެ ކަންކން މޮޅަށް ދެނެވޮޑިންވާ ފަރާތައް ހެއްޔެވެ؟ ވީމާ އަހަރުމެން އިޚްތިޔާރުކުރަންވީ ކޮން މަގެއް ހެއްޔެވެ؟

  32
 20. ދިރާސާ

  މިހާރު މި އޮތީ ހަ ދަ ހަ ދައިގެން ދައްކާ ވާހަކަ އާއި މައުސޫމް މީހުން ގެ އަބުރު ކަތިލުން. ހަޑި ވާހަކަ އާންމު ވެފަ.

  22
  4
 21. މުހަންމަދު

  އަންހެނުން އުޅެން އިސްލާމު ދީނުގައި އަންގަވާފައި ގޮތާއި ޚިލާފަށް އުޅެފައިދެން ކޮން ވާހަކަ އެއް ދައްކާކަށް.އަންހެނަކުހިލޭ ފިރިހެނުންގެ ސައިކަލަށް އެރުން ވެސް ހަރާމް،،،،،،،

  36
  3
 22. ޝަފީބް

  ރޭޕް މޫސޫން އައިސްގެން މިއުޅެނީ.. އެކަމަކު އެއީ ރާއްޖޭގެ ކަންކޮޅުތަކުގައި އަބަދުވެސް ހިނގާކަމެއް.އެކަމައް ސަރުކާރުގެ ލޯ އަދި އެޓެންޝަން ހުލިބުނަސް.

  14
 23. ސުންބުލި

  ތި މަންޖެ އަށް ވެގެން އުޅޭ ގޮތަކީ ރޭގަޑު ހަތަރުދަމު ނުނިދުނީ. ކޮންމެވެސް ސަބަބެއް އޮވެގެން. ބަލަ އެގޭގައި މައިންބަފައިން ތިބޭނެ އެރޭގަވެސް. އެކަމަކު ހިލޭ ފިރިހެނެއްގެ ފަހަތަށް އަރައިގެން ނޫނީ އެމަންޖެ ފޫހި ފިލާ ގޮތެއް ނުވި. ދެން އެމަންޖެ ހިކުރީ އޭނަ އިތުބާރުކުރި ކުއްޖާ އެކަނިކަމަށް ކުރާނެ ކަމެއް ކުރާނި. އެކަމަކު އެމަންޖެ ފޫހިފިލާވަރު ކަމެއް ދިމާވުމުން ދޯ ފޫހިފިލިކަމަކަށް ވާނީ. އެގޮތަށް އެކަން ނިމިގެންވެސް ތި ދިޔައީ. ދެން ވާހަކަ ގިނަ ކުރާނެ ކަމެއްނެތް. ފޫހިފިލާގޮތަށް ޢަމަލުކުރުމުން ތިއޮތީ ރަގަޅަށް ފޫހި ފިލާފަ. އަދި މިމަންޖެ އންމެ ފަހުން މީޑިއާގައި އެމީހުން ކަންކުރިގޮތޭކިޔައިގެން ބަދުއަޙުލާގީ ވާހަކަ ހިއްސާ ކޮށް ޒިނޭ ޕްރޮމޯޓު ކުރިމަށް ބަލެވެން އެބައޮތް. ސަބަބަކީ އަދިވެސ ކަމާއިބެހޭ މުވައްސަސާއަކާއި މިކަން ހިއްސާކުެުމުގެ ބަަދަލުގައި އޭނަގެ ތުންފަތާއި އެހެނިހެން ގުނަވަނޭ ކިޔައިގެން ބޭކާރު އަގަތަޅަން ފެށުން. އަސލު ކަމެއް ރަގަޅަށް ބަލއި ފިޔަވަލުއެލުމަށް ބޭނުންވި ނަމަ ކަމާއިބެހޭ އިދާރާއަކަށް ހުށްހަޅައިގެން ކުރިއަށް ދާންޖެހޭނީ.

  21
  6
 24. ބޭނޭ

  މާދަން ރޭ ފަތިހުވެސް ދާތި ފިރެހެނަކާ އެކީ ބުރުޖަހަން

  24
  3
 25. ހޫދު

  ތީއޮޅުވާލުމެއްނޫން ގިނަމީހުން ގަބޫލްނުކުރިޔަސް ތިކަހަލަކަން ރާއްޖޭގަކުރާލެއް ވެސްމަދެއްނޫން ގިނަމީހުން އެކި ސަބަބާހެދި ނުއްދަކަނީ.. ކޮންމެވެސް އަންހެނަކަ ގޯނާނުކުރާ ފިހެނެ ގެއެއްގެ މަދުވާނެ...

 26. ސަންގޯރު އަހުމަދު

  ވަރަށް ވެފަ ވަރަށް ލޯބިން އެކަމު އެހާމެސިއްރުން ގުޅުން ބާއްވާފަ ވެސް ފަޅާ އެރީމަ ނޫނީ ބަޔަކައް އެކަން އެނގިއްޖެކަމަޢް ފެންނަ ހިސާބުން އެކަމުގެ ބަދުނާމު ފިރިހެނުން ގެ ބޮލުގަ އަޅުވާ ތަން ވެސް ފެންނަނީ މަދެއްކޮށް ނޫން ދެން އޭނަ އެކަމުގެ އެއްވެސް ތަފްސީލެއް އެހެން މީހަކަށް ހިއްސާނުކޮށް ކެތް ކޮށްގެން ދިރިއުޅެނީ ކިތައްމީހުންބާ

  10
 27. ފާތުން

  ތިހެން ސޭލު އެޅުވިގެން އުޅޭ މީހުންނަށް އާންމުކޮށް ތިކަހަލަ ކަންކަން ދިމާވަނީ. ދެންވެސް ތިކަމުން އިބުރަތެއް ހާސިލުކޮށް އަވަހަށް ތައުބާވެ، ދީނުގައި އަންގަވާފައިވާ ގޮތަށް އުޅެބަލަ..
  އޭރުން ތިކަހަލަ ކަންކަމުން ސަލާމަތް ވާނެ إنشاء الله

  14
  2
 28. ޢަލި

  ކޮން ރަހުމަތްތެރި ކަމެއްތަ އޮންނާނީ ހިލޭ އަންހެނަކާ ފިރިހެނަކާ ދޭތެރޭ.

  18
  1
 29. އަންނި

  ނުނިދުނޭކިޔާފަ ހިލޭ ފިރިހެނުންނާ އެކު ބޭރައް ދިއުމައް ވުރެ ފަތިސް ނަމާދު ކުރިނަމަ ނިދުނީސް ކަންނޭގެ.

  32
  1
 30. ކުރިބޯށަ

  އެއްސަހަރެއްގާ އުޅުމީ ހުދުހާލަކާ ކަޅުހާލެކެވެ މިތަނަށް އައީ ހުދު މުށަޅެކެ މިތަނުކަޅުހާއައިސްމިބުނަނީ ކަލޯމުށަޅާވެ އަހަންނާއެކީ ބީޗަށް ދާންކެރޭނެހޭ ،މުށަޅުބުނީ ނުދާނަމޭ ހާބުނީ އަހަރެންގެ ވަޒީފާއަކަށް ދާންކެރޭނެހޭ މުށަޅުބުނީ އާއެކޭ ހާބުނީ މިރޭނުވައެއް ޖަހާއިރު އަންނާށޭ ( ނުނިމޭ )

  2
  1
 31. ހަސަން

  ޖެހޭތަ ހިލޭފރިހެނުންނާ އެކު ދުއްވަންދާން! އަދި އަމުދުން ފަތިހުފަތިހާ!

 32. ޏަި

  މމައިންބަފައިން ވެސް ދަރިން ބޮލަށް އަރަނީ.. ދެން ވިސްނާލާ ކަާކަށް އިތުބާރުވާނީ