މުއްދަތު ހަމަވެގެން ހަލާކުވާތަކެއްޗާއި ކުނިވާ ޒާތުގެ ކުނި ވިޔަފާރިވެރިން އަމިއްލަ ޕިކަލްގައި ދެން އުކާލެވޭނީ ކުނި އުކާ ކޮންމެ ފަހަރަކު 2700 ރުފިޔާ އަށް ކަމަށް ވެމްކޯ އިން ބުނެފިއެވެ. ކުރިން މިބާތުގެ ކުނި އުކާއިރު ކޮންމެ ޕިކަޕަކަށް ކުނި އުކާ ކޮންމެ ފަހަރަކު ދައްކަން ޖެހެނީ 600 ރުފިޔާއެވެ.
ވެމްކޯ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ލޮޑައުންނާއި މުޅި ރާއްޖޭގެ ސަރަހައްދުގައި ދަތުރުފަތުރުކުރުން މަނާކުރުމާއި ގުޅިގެން، މުއްދަތު ހަމަވެގެން ހަލާކުވާތަކެއްޗާއި ކުނިވާ ޒާތުގެ ކުނި ލުއިފަސޭހަ ގޮތަކަށް ނައްތާލެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
މިހާރު ގެނައި ބަދަލާއި އެކު ފީ ނަގާނެ ރޭޓަކީ ޓަނަކަށް 2700 ރުފިޔާ ކަމަށާއި އެއީ ޖީ.އެސް.ޓީ ނުހިމަނާ ނަގާ އަދަދު ކަމަށް ވެސް ވެމްކޯ އިން ބުނެއެވެ. މިއީ އަމިއްލަ ޕިކަޕްގައި ކުނި އުކާލާ މީހުންގެ އަތުން ދެން ނަގާނެ އަދަދެވެ.
ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް ބަންދު ކުރާ ގަޑިއާއި ވެމްކޯ އިން ކުނި އުކައިދޭ ގަޑިތައް ދިމާނުވާތީ އެފަދަ ގިނަ ވިޔަފާރިތަކުން ކުނި އުކަމުން ގެންދަނީ އަމިއްލަ އަށެވެ.
ކުދި ވިޔަފާރިތަކަށް ކޮވިޑް-19 އާއި ގުޅިގެން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ވަނިކޮށް މިފަދަ ބަދަލެއް ގެނައި ސަބަބެއް އޮޅުން ފިލުވުމަށް ވެމްކޯގެ މީޑިއާ ބޭފުޅުންނަށް ގުޅަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. ނަމަވެސް ވެމްކޯގެ ހޮޓްލައިން އަށް ގުޅުމުން ވިދާޅުވީ އެއީ ކޮވިޑް-19 އާއި ގުޅިގެން ގެނެސްފައިވާ ބަދަލެއް ކަމަށެވެ. އިތުރު ތަފްސީލެއް ހޮޓްލައިން ވެސް ލިބޭ ގޮތެއް ނުވިއެވެ.
ވެމްކޯ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި ޙިދުމަތަށް ގެނެވުނު ބަދަލުގެ ތެރެއިން މާލޭ ޓްރާންސްފަރ ސްޓޭޝަނުން މުދާ ނައްތާލުމުގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ނައްތާލެވޭނީ މުއްދަތު ހަމަވެފައިވާ ކާބޯތަކެތި، ތަޣައްޔަރުވެފައިވާ ކާބޯތަކެތި، ކުނިވެ ހަލާކުވެ ނުވަތަ މުޅަވެފައިވާ ކާބޯތަކެތި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ނައްތާލަންޖެހޭކަމަށް ކަނޑަ އަޅާފައިވާ ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދި މީގެ އިތުރުން، ކަމާބެހޭ ފަރާތްތަކުން ނައްތާލުމަށް އަމުރު ކޮއްފައިވާ ތަކެތި ކަމަށެވެ.
350 ކިލޯ އާއީ 1500 ކިލޯގެ ދެމެދުގެ އުޅަނދުތަކުގައި ގެނެވޭ ކުނި ޙިދުމަތައް އެދޭ ފަރާތަކަށް ދުވާލެއްގެ މައްޗަށް ގިނަވެގެން އުކޭނީ 1500 ކިލޯގެ އުޅަނދުގެ ކުންޏެވެ.
ޓިޔައް ކިޔަނީ ރައްޔިތުން ފެލުން، ގޭގޭން ކުދި މަސައްކަތްކޮށްފަ އުކާކުނިންވެސް ތިޔަނާގާކަމައް ވަންޏާ ކޮމްމެ ގެއަކީވެސް ވިޔަފާރިއެއް މިހާރު ޓެކްސީ ޓަކުން ތިޔަކަމައް ނަގާ އަދަދުވެސް ބޮޑުކޮށް އުޅެނީ ތިޔަތަނުގަ ކިއު ބޮޑުކަމުން . މެނޭޖް ކުރަން ނޭންގެނީކަމައް ވާނަމަ ތިޔަތަނުގެ ބޯޑު ބަދަލްކުރަން ސަރުކާރައް ގޮވާލަން . ތިޔަކަހަލަ ޙިދުމަތް ތަކަކީ ރައްޔިތުންނައް ލުއި ފަސޭހަ ވާނެހެން ކުރަން ޖެހޭކަންކަން ރައްޔިތުންގެ ގައިން ލޭފެލުމެއް ނޫން. ވިޔަފާރިވިޔަސް އެހެންކަމެއް ވިޔަސް ތިޔަކަހަލަ ޑައިރެކްޓް އިފެކްޓް އައްނަ ކަންކަން ކުރަން ވާނީ ދިރާސާކޮށް ވިސްނާފަ. އޮނަރަބަލް އުމަރުޒާހިރުގެ ބެލުމުގެ ދަށުގަ ހިންގިވަރާ ގާތައްވެސް އަދި މުނިސިޕަލް ކަންކަން ނުކުރެވޭ. މިވަރުގެ ކަމެއް ނިންމާއިރު ކޮބާ ސިޓީ ކައުންސިިލް މާލޭގެ ރައްޔިތުންނައް ދިމާވަ ކަންކަން ހައްލުކުރުން އަދި ދާއިރަގެ މެންބަރުންގެ ޒިންމާކޮބާ. ހަމަ ބޮޑުކޮށްލަން ވީމަ ބޯޑުކުރަންވީ ކަރަންޓާ ،ފެނާ ދެންވެސް ހުރިއެއްޗެއް މިއީ އަންއެޑިޔުކޭޑަޑް ޕޮލިސީ ނިންމުންތައް.
ބޮޑު އޮޅުވާލުމެއް ޑަސްބިން ކޮތަޅޭކިޔާފަ ވިއްކަނީ ބާޒާރު
ހުރިހާ ދިމާއަކުން މިފެންނަނީ ރައްޔިތުންގެ ޖީބުތައް ލޫޓުވާތަން!
ކުންޏަކީ އާމްދަނީ ލިބޭ އެއްޗަކަށް މިއޮތީ ހަދާފަ. ވަޢުދު ފުއްދައިފި. ޝުކުރިއްޔާ.
ކުނިނަގާކައްނުޖެހޭނެނޫންތޯ އާމްދަނީލިބޭ އެއްޗެވީމާ އެނޫނަސް ކޮމްމެދިމާލަކުންވެސް ރައްޔަތުމީހާފެލާލައިގެން ސަރުކާރުހިންގަން ދިމާކޮއްފަ ތިބީ އަދިވެސް ރައްޔަތުން ހޭއަރާކައްނުވޭތޯ
މަގުސަދަކީ ކުދި ވިޔަފާރިތައް އިދަޖަށްސާލުމާއި ބޮޑުންގެ ޖީބުތައް ފުރާލުން މިއީ ކުދި ވިޔާފާރިތައް އިދަޖައްސާލުމަށް ވަރަށް ފަސޭހަވަގުތެއް
ވިޔަފާރިވެރިން އަތުން ސަރުކާރުން ހެސްކިޔާފަ ޓެކްސް ނަގާފަ ހުރިހާ ރައްޔިތުން އަތުންްް ޖީއެސްޓީ ނަގާފަ އެވަރުން ނުވެގެން ސަރުކާރުންދޭ ކޮންމެ ޚިދުމަތަކަށް ކުންފުންޏެއް ހަދައިގެން ރައްޔިތުންް އަތުން ތިޔަނަގާ ފައިސާ ނަގާކަށް ނުޖެހޭ، މިނަގާ ވަރަށް ޓެކްސް ނަގައިގެން ކަރަންޓާ ފެނާ ކުނިއުކުން ފަދަ ޚިދުމަތްތައް ހިލޭކޮށްދެވެން ޖެހޭނެ.. -
ދެން ކުދި ފިހާރަ ތަކުންވެސް ބަނގުރޫޓު ނުވުމަށްޓަކާ ތި ފައިސާ ހަމަ ކުރުމަށް މުދަލުގެ އަގުތައް ބޮޑު ކުރާނެ އޭރުން ނިކަމެތި ރައްޔިތުން ވީ ޖީ އެސް ޓީ ގެ އިތުރުން ކުނި އުކާދޭ ލާރި ވެސް ކުދި ވިޔަފާރި ތަކާއި ޙަވާލު ކުރަން ނިކަމެތި މީހާ އިތުރަށް ނިކަމެތި ކޮށްލުން ނޫން އެހެން އެއް ކަމެއްވެސް ނުވާނެ
ޥެމްކޯއިންވެސް ކުނިނަށްތާލުމަށޓަކައި ވަރަށް ބޮޑު ހަރަދުތަކެއްކުރޭ! ޜަގަލު ނިންމުމެޢް! ??
ވިޔަފާރިތަކުގެ ކުނި ދެން އުކޭނީ 2700 ރުފިޔާއަށް
4 ގަޑިއިރު ކުރިން ( ޖުލައި 5, 2020 )
ސަރުކާރުންދަނީ ޚަރަދު ކުޑަކުރަން
ނިކަމެތި ރައްޔިތުން އަތުން ސަރުކާރުން ފޭރޭވަރު ބޮޑުތަނުން ދަނީ ފަލަކުރަމުން. ދުޅަހެޔޮވަމުން.
ގޯހެއްނޫން ކޮވިޑާގުޅިގެން ހިލޭ ކިތަންމެ ރަނގަޅަކަށް ވެސް ކުނިއުކާދީފިކަން ޔަގީންމިއޮތީވެފަތާ ކުރަން=/600
އުކައިދިން ކުނި ދެންއުކޭނީ= /2700 ރުފިޔާ ދީގެން ސަރުކާރަށާއި ވެމްކޯޔަށް އައްސަރިބަހާ ސާބަސް އޯގާތެރި ސަރުކާރަށް ފަށްފަށުން ސުކުރުވެރިވަން
ސަހަރޯ! ޢުކާލާ ކުނިންވެސް ފޭރެނީ!
ދަތިދުވަސްވަރު ތިޔަހެން ހެދީމަ ކުނި ފެންނާނީ މަގުތަކުމަތިން ބަލަންތިބޭ
މަ ހާހެއްނުވޭ، ހަމަ ގޭކައިރީގައި ބަހައްޓާނީ