މަލީ ލައުންޑަ ކުރުމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު މިހާރު ރަނގަޅު ނޫން ކަމަށާއި އެމަނިކުފާނަށް މިހާރު ހިނގާބިނގާވެ އުޅެން ވެސް އުނދަގޫ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

"އަވަސް"ގެ ފަށާމާ ޕްރޮގްރާމްގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ޖަމީލް ވިދާޅުވީ ރައީސް ޔާމީން އަށް ލިބެންޖެހޭ ސިއްހީ ފަރުވާގެ ކަންކަން ހަމަޖައްސަވާދެއްވާނެ ކަމަށް ސަރުކަރުން ވިދާޅުވިނަމަވެސް އެކަން ކުރަމުން ނުދާ ކަމަށެވެ.

އެގޮތުން ރައީސް ޔާމީން ބެއްލެވި ޑޮކްޓަރުން ވިދާޅުވި ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ކަމަށް ވީނަމަވެސް ޑޮކްޓަރުންގެ ލަފާގެ މަތިން ކުރަންޖެހޭ ކަންކަން ފުރިހަމަނުކުރައްވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ލިބެން ޖެހޭ ސިއްހީ ފަރުވާ ނުލިބުމުގެ ސަބަބުން ރައީސް ޔާމީނަށް މިއަދު ޖިސްމާނީ ގޮތުން ވެސް ބޮޑެތި ގެއްލުންތަކެއް ލިބިވަޑައިގަންނަވާފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން އެ މަނިކުފާނު ހުންނަވަނީ މާފުށީ ޖަލުގަ އެވެ.

" މިހާރު ހިނގާ ބިނގާވެ އުޅެން ވެސް އުނދަގޫ. އަޅުގަނޑަށް މީގެ ދެތިން ދުވަސް ކުރިން ކުރެއްވި ފޯން ކޯލްގައި ވެސް އެހެން ވިދާޅުވީ މިހާރު ހިނގަން ވެސް އުނދަގޫވާ ކަމަށް. އަޅުގަނޑުމެން އެބަޖެހޭ ދެއްތޯ އިންސާނިއްޔަތުކަން ވެސް ދައްކަން." ޑރ.ޖަމީލް ވިދާޅުވިއެވެ.

ރާއީސް ޔާމީން ވިސްނަން ނުޖެހޭ ފަދަ ސްޓްރެސް ފްރީ މާހައުލެއްގައި ބަހައްޓަން ޑޮކްޓަރު ލަފާ ދެއްވާ ކަމަށާއި އެ މާހައުލަކީ ގޭގައި ބެހެއްޓުމުން ލިބޭނެ މާހައުލެއް ކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

މިއީ ރައީސް ޔާމީންގެ ގާނޫނީ ޓީމުން އެމަނިކުފާނުގެ ސިއްހީ ހާލުކޮޅުގެ ވާހަކަ މިފަދައިން ދެއްކެވި ފުރަތަމަ ފަހަރެވެ.

ޑރ.ޖަމީލް މިފަދަިއން ވިދާޅުވެފައި ވާއިރު އެންމެ ފަހުން ބޭއްވި ރައީސް ޔާމީންގެ އިސްތިއުނާފު ޝަރީއަތްތަކުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ބަލި ހާލަތު ރަނގަޅު ނޫންކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ މައްޗަށް ސާބިތުވި މަނީ ލައުންޑަރ ކުރުމުގެ މައްސަލަ ތަހުގީގުކުރުމަށް އެމަނިކުފާނު ހައްޔަރު ކޮށްފައި ބެހެއްޓި މުއްދަތުގެ ތެރޭގައި ނަފްސާނީ މައްސަލަތަކާއި ހިތުގެ މައްސަލަ އާއި ކުރިމަތިލާން ޖެހުނުކަމަށް ފާހަގަކުރައްވާފައެވެ.

އަދި ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދަން ޑޮކްޓަރުން ލަފާދެއްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެެ. އަދި އެމަނިކުފާނުގެ މައިބަދައިގެ ކަށިގަނޑު ގުނޑާފައިވާ ކަމަށާއި އެކަން ރަނގަޅު ކުރުމަށް ރާއްޖެއިން ބޭރަށް ގޮސް ޚާއްސަ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޝަރީއަތް ކުރިއަށް ގެންދިޔަ ދުވަސްތަކުގައި ޑޮކްޓަރަށް ދެއްކި ނަމަވެސް ފަހުން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމްތައް ރަނގަޅު ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޑރ ޕިންޑޭ MBBC

    އެމަނިކުފާނު މީރުކޮށް ކޭން ބެއްލެވުމަށް ފަހު ކަސްރަތު ނުހިއްޕަވައި ޓީވީ ބެއްލެވުމުގައި ދެމި ހުންނާނަމަ ހިންގަވަން އުނދަގޫ ފުޅު ވެދާނެ@

    13
    60
  2. ސަރުބަތު

    ޜ.ޔާމީނައް އެއަނިޔާ ދިނީ ޖަމީލުމެން. ވެ ރިކަމުގަ ޔާމީނައް މަކަ ރު ހެދީ ޖަމީލުމެން. ޢޭގެ ނަތީޖާ ޔާމީނު ފެއިލްވުން.

    13
    2
  3. އެލްޖޭ

    ފިރިހެނުންނަށްކުރާ އަނިޔާހުއްޓާލާ!

    17
  4. ޖަމީލޫ

    އެމަނިކުފާނު ފޯއްމުލަކަށް ގެންދަވަންވީ ނޫންތޯ؟ އޭރުން ހިންގަވަން ފަސޭހަވާ ވަރަށް ފަރުވާ ކޮށްލެވިދާނެ

    5
    9
  5. ހަޖަމް

    ފައިސާ ދަބަސްތައް އުފުލަން ނުޖެހޭތާ ގިނަ ދުވަސްވީމަ ހިނގަން އުދަގޫވާނެ.

    8
    19
  6. Anonymous

    ހަހަހާ.. ހީހި ބަނޑަށް ތަދު ވެއްޖެ... ޖިސްމާނީ އެއްނޫން... ނަފުސާނީވެސް ވާންވީ

    5
    17
  7. ޖާނު

    ދެން ޑޮކްޓަރައް ދެއްކިމަ ވީނުން އެހެންމީހުވެސް ބަލިވީމަ ނޫހުގައެއް ނުޖަހާ

    4
    15
  8. ހާލަތުގެ ގޮތުން

    ރައީސް ޔާމީން އަކީ މި ގަވްމުގައި ވެރިކަން ކުރައްވާފައިވާ ބޭފުޅެއް. ކޮވިޑްގެ ހާލަތުގައި އެންމެނަށް ވެސް ވަނީ އުދަނގޫ ހާލަތެއް ކުރިމަތިވެފައި. މިފަދަ ވަގުތެއްގައި އެއްބަޔަކު އަނެއް ބައެއްގެ އަޅާލުން ބޭނުންވާނެ. އެކަނިވެރި ގޮތަކަށް މިއުދަނގޫ ދަނޑިވަޅުގައި އުޅުމަކީ ކޮންމެ މީހަކަށްވެސް އުދަނގޫވާނެ ކަމެއް. މިދަނޑިވަޅުގައި ރައީސް ޔާމީން ޢާއިލާއަށް ވެސް ސަޕޯރޓް ލިބޭނެ ގޮތް ހައްދަވައި ދެއްވުމުގެ ގޮތުން އެމަނިކުފާނު މިނިވަން ކޮށް ދެއްވުމަކީ ވަރަށް ގިނަ ދިވެހި ރައްޔިތުންގެ ހިތަށް ލިބިގެންދާނެ ފިނިކަމެއް.

    23
    5
  9. Anonymous

    ރައީސް ޔާމީން އިޒް ދަ ބެސްޓު.. ނާގާބިލް އެޖެންޑާ 19

    22
    5
  10. ސަނަމް

    އެމްޑިޕީ ސަރުކާރުން އެމަނިކްފާނަށް މީރު ކާއެއްޗެއްޗެސް ނުދޭނ. ޖިސްމާނީ އަނިޔާތަކެއްދިނުން ނޫންކަމެއްނެތް.އަދި އިސްތިއުނާފީ އެކޭ ކިޔާނެ ކަމެއްނެތް. ރައީސްޔާމީނަށް އިންސާފުވެރި މިސަރުކާރަކުންނުވާނެ.ތިއީ ހަމަނަމެއްގަ ކުރާކަމެއް. އެއްމެ ފަހުން އާޚިރުގައި ކަންވާނީ ތިކަންތައްވެސް ޖައްވަށް ފަޒާ ޔަށް ދިޔަތަން. އެމްޑީޕީ މީހުން ޔާމީން އަށް އިންސާފުވެރިނުވާނެ. އެއީ ޔަޤިން ކަމއް.

    17
    3
  11. މިއަދު

    މިއަދުގެ ސަރުކާރަކީ ބީރު މަންމަން ކަނު ސަރުކާރެއް މިސަރުކާރަށް އެނގޭނީ އަތްލާފަ ބުނީމަ އެހެންވީމަ ރަޢިއްޔަތުންނުކުމެ ސަރުކާރުގައި އަތްލަމާހިނގާ

  12. ވަގު

    ބަލަ ބޮނޑިބަތް ޖަލުދަ އަދިވިސް އެބަތިބި ބަލި މީހުން އެމީހުން އެމީހުންގެ ވާހަކަ ނުދައްކަނީ މިހިނެތްވެ ކަލޭ ބުނި ޔާމީން އަކީވަގެކޭ ދެން ވައްކަން ކުރީމަ ހުކުންކުރާނެ ދޯ ސަޖިދާގަ އޮވެގެން ތަ ހުކުންކުރީ ބޮނޑިބަތް ގަނޑު ފުލުގަހިފީދޯ