ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފުލުހުންނާއި ސިފައިންނާ ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުގައި މިއަދު ހަވީރު 16:30 ގައި ރައީސް އެންމެ ފުރަތަމަ ބައްދަލު ކުރައްވާނީ ދިވެހި ފުލުހުންނާއެވެ. އެ ބައްދަލުވުން އޮންނާނީ އިސްކަންދަރުކޮށީގެ މަލްޓި ޕާޕަސް ހޯލްގައެވެ.
އަދި މިރޭ 9:00 ޖަހާ އިރު، އެމަނިކުފާނު ސިފައިންނާ ބައްދަލު ކުރައްވާނެއެވެ. އެ ބައްދަލުވުން އޮންނާނީ ކަޅުތުއްކަލާކޮށީގައެވެ.
މިއީ، ކޮވިޑް-19 އަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދިވެހި ސިފައިންނާއި ފުލުހުންނާ ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ. ކޮވިޑް-19 އާ ގުޅިގެން އެންމެ ބުރަ މަސައްކަތްތަކެއް ކުރި އެއް ބަޔަކަށް ފުލުހުންނާއި ސިފައިން ވާނެއެވެ.
ޤުޢުމު އިންޑިޔާއަ ވިއްކާލާފަ ކޮން ބައްދަލުކުރުމެއްތަ؟
ފުލުހުންގެ ޤާނޫނަށް ގެންނަން އުޅޭ އިސްލާހުތަށް ހުއްޓުވައި މަޖްލީހުން ނަގަން އުޅޭ ބާރުތަށް ހުއްޓުވައި ދެއްވާ! ފުލުން ހުންނާއި ސިފައިގެ އަތްދަށުން އެޔާރޕޯޓް ސިއުރިޓީ ނުނެގޭނެ ގޮތަށް ހެއްދެވުން ވަރަށް މުހިންމު!
؟؟؟؟؟؟؟؟؟؟؟
ހުރިހާ ބޭކަލުންވެސް ނޯސަރ އޭބުނަންޖެހޭ..
ބައްދަލު ކުރާނެ ގިނަގިނައިން ސިފައިންނާ ފުލުހުން ހޭރައި ތިއްބަވާތި ހީވާގޮތުން ވެރިކަމުގެ ސޯޓް ބެލެނީހެން ހީވާކަހަލަ