ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ބަންދުކޮށްފައިވާ ކެފޭ، ރެސްޓޯރެންޓްތައް އަލުން ހުޅުވުމުގެ ހުއްދަ ދިން އިރު، ދުންފަތުރު އިސްތިއުމާލު ނުކުރެވޭ އުސޫލު ބަދަލު ކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިދިޔަ މޭއި މަހުގެ 20 ވަނަ ދުވަހު އާ އާންމު ހާލަތާއި ގުޅިގެން ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން އަމަލު ކުރަން ޖެހޭ އުސޫލުގައި ބުނެފައިވަނީ އެފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ސިނގެރޭޓް، ޝީޝާ، ވޭޕް ފަދަ ތަކެތި ހިމެނެއެވެ.
އެހެން ނަމަވެސް މި އުސޫލު މިހާރު ބަދަލު ކޮށްފައިވަނީ، "އެހެން މީހުންނަށް ނުފޯރާ ވަރުގެ ދުރުމިނެއްގައި" ތިބެގެން ދުންފަތުގެ އިސްތިއުމާލު ކުރެވޭނެ ގޮތަކަށެވެ. އެހެން ކަމުން އެފަދަ ތަންތަނުގައި ތިބޭ ފަރާތްތަކުން ދުންފަތުގެ އިސްތިއުމާލު ކުރާއިރު، އަނެކާއަށް ދުމުގެ އަސަރު ގޮސްގެން ނުވާނެ ގޮތަކަށް އެތަނެއްގެ އިންތިޒާމު ހަމަ ޖެހެން ވާނެއެވެ.
މި އުސޫލަކީ ކުރިންވެސް އެޗްޕީއޭއިން އެކަމަށް ހުއްދަ ހޯދާފައިވާ ތަންތަނަށް ހާއްސަ ކޮށްފައިވާ އުސޫލެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަށް މިފަދަ އުސޫލެއް ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި ޝީޝާ ނުހިމެނެއެވެ.
ކޮވިޑް-19 ގެ ސަބަބުން އިއުލާނު ކޮށްފައިވާ ފުރަބަންދަށް ލުޔެއް ދީ، ރެސްޓޯރެންޓް ފަދަ ތަންތަން ހުޅުވާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.
ރާއްޖޭގަ ސިނގެރޭޓު ބޯ އެކަކުވެސް ބަލާތަ އެހެން މީހުންނަށް ދުން ނުފޯރާ ހިސާބުގަ ހުރެގެން ބޯން. ޖޯކެއްތަ؟
މާލޭގެ މަގެއްގެ މަތީގަ ހިނގާފަ ދިޔަޔަސް މޫނުމައްޗައއ ދުންބޮނޑި އަރުވާފަ ދާނެ. އަދިވެސް ގިނަގިނައިން މިނިވަންކަން ދީ
އެކި ފަހަރު އެކި އެތި. އަނެއްކާ އޮޅުމަކުންތަ؟
ކޮންމެސް ރޯޔަލް މީހަކަށް ސިނގަރެޓް ނުބޮއެ ކެތް ނުވީދޯ..
މިކަން ހުރިހާތާކުވެސް ކުރުމުގެ ހުއްދަ އޮންނަވާނެ އެހެން ނޫނީ މިއުޅޭ އަންނި މެންނަކައް ހަމަނޭވާއެއް ނުލެވޭނެ.
ބޮޑު އުންދަގުލެއް ކަހަލަ ކަމެއް ތީ?
ގިނަމީހުން ދަނީ ކެފޭތަކަށް ކޮފީއަކާ ސިގިރޭޓެއް ބޯން....