މާލޭގެ ބައެއް މަގުތަކުގައި ގަވާއިދާއި ހިލާފަށް އުޅަނދުފަހަރުތައް ޕާކް ކުރާނަމަ ފިޔަވަޅު އަޅަން އަނެއްކާވެސް މާދަމާ ފަށާނެ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

މާލެ މަގުތަކުގައި ގަވާއިދާއި ހިލާފަށް ޕާކް ކުރުމަކީ އާއްމުކޮށް ކުރާ ކަމެކެވެ. އެކަމުގެ ސަބަބުން މަގުމަތިން ހިނގާފައި ދާ މީހުންނަށާއި، މަގުމަތީގައި ދުއްވާފައިވާ އުޅަނދު ފަހަރުތަކަށް ދަތިތަކާއި ކުރުމަތިލާން ޖެހެއެވެ.

ފުލުހުން މިއަދު ވިދާޅުވީ، އާ އާއްމު ހާލަތަށް ބަދަލުވެފައި ވާތީ، ގަވައިދާ ހިލާފަށް ޕާކު ކޮށްފައިވާ އުޅަނދުތަކަށް މާދަމާއިން ފެށިގެން ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

ފިޔަވަޅު އަޅާނެ ތަންތަނުގެ ގޮތުގައި ފާހަގަ ކޮށްފައިވާ ތަންތަން

  • މިސްކިތްތައް ކައިރި
  • ކަފި ހުރަސް
  • އަރިމަތީ ދެ ރޮނގު ދަމާފައިވާ ދަރަހައްދަު
  • ގޯޅި ތަކުގެ ކަންމަތި
  • ސްކޫލްތައް ކައިރި
  • ހޮސްޕިޓަލްތައް ކައިރި
  • ބެންކް ތައް ކައިރި
  • ބޮޑުތަކުރުފާނު މަގުގެ ތާރު އަޅާފައިވާ ސަރަހައްދަު
  • ފުލުހުންގެ ކޯން/ ބެރިކޭޓް ބެހެއްޓިފައިވާ ސަރަހައްދަު
  • ހާއްސަ ޒޯންތައް

މިގޮތަށް ޕާކް ކުރާނަމަ ފުލުހުން ކުރަނީ ޖޫރިމަނާ އެވެ. ޖޫރިމަނާގެ ގޮތުގައި މީގެ ކުރިން ކޮންމެ މަހަކުވެސް ފުލުހުންް މިލިއަނުން ފައިސާ ހޯދައެވެ.

ޕާކިންގ ވަޔަލޭޝަނސް ސްޓިކާ ޖެހުމުން، ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ފަހަރު ނަމަ ދައްކަން ޖެހެނީ 250 ރުފިޔާއެވެ. ދެވަނަ ފަހަރު ނަމަ 500 ދައްކަން ޖެހޭއިރު، ތިން ވަނަ ފަހަރު ނަމަ ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާ ދައްކަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މާއިން

    ތިހަމަ ރަނގަޅުކަމެއް ޕޭމެންޓު މަތިން ފޭނެ ގޮތެއް މިހާރު ނޯވޭ ދޮކޮޅު ޖައްސާ ބައްދާފަ ވެހިކަލު ޕާކު ކޮށްފަ ބޭރުގައުމު ތަކުގަ ހަދާހެން ގަވާއިދާހިލާފަށް ޕާކު ކުރާވެހިކަލް ތަށް ނަގައިގެން ގޮސް ނައްތާލާނަމަ ނުކެރޭނެ އެތަން މިތަނުގަ ޕާކު ކުރާކަށް އިރު ޅުން ނުމެއް ގަނެވޭނެ ކޮއްމެ ކޮއްމެ މީހަކަށް

  2. ކޮފީ ދޮންބެ.

    އާދެ! ދިވެހި ރާއްޖޭގެ ގައުމީ ލޭނާރުކަމުގައިވާ ސްޓިކާޖެހުމުގެ އައު ހަރުފަތަކަށް ހާއްސަކޮށް މާލެ ސިޓީ ތައްޔާރު ވެއްޖެ. އިހުނަށް ވުރެން ބޮޑު އާމްދަނީއެއް ދައުލަތަށް ލިބޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރޭ.

    21
  3. ލައިޓް

    ފުލުހުން ނަކަށް މާލޭގައި ޑްރަގް ވިއްކާ ތަނެއް ނުފެނޭ. ބާރަށް ސައިކަލް ދުއްވާމީހުނެއް ނުހުއްޓުވޭ. ޙެއްވާ ކަމެއް.

    • ކަނބާ

      ބައިކުޅަބައި،.............

  4. އޮޅުވާލި ވޯޓު

    ގަވަިދހަަ ހިލާފައް ސަރުކާރުގެއިސްވެރިންގެ އާއިލާތަކުން ކޮމްމެކަމެކުރިޔަސް ފިޔަވަޅެނޭޅޭ އާދާގެމީހާ ޔައްފިޔަވަޅުއެޅެނީ ޕާކުކިރާނެތަންދެއްކީމާ ގަވައިދާހިލާފެނުވާނެ ތިއޮތީ ސަރުކާރުހިންގަން ފައިސާހޯދާނެ ރަގަޅުކަމެފެނިފަ ޖޫރިމަނާސަރުކާރައް

  5. އޮޅުވާލި ވޯޓު

    ގަވައިދާ ހިލާފައް ސަރުކާރުގެއިސްވެރިންގެ އާއިލާތަކުން ކޮމްމެކަމެކުރިޔަސް ފިޔަވަޅެނޭޅޭ އާދާގެމީހާ ޔައްފިޔަވަޅުއެޅެނީ ޕާކުކިރާނެތަންދެއްކީމާ ގަވައިދާހިލާފެނުވާނެ ތިއޮތީ ސަރުކާރުހިންގަން ފައިސާހޯދާނެ ރަގަޅުކަމެފެނިފަ ޖޫރިމަނާސަރުކާރައް

  6. ގާޒީ

    ސަރުކާރު އާމްދަނީ ، ޕާކިން ސްޓިކާއިން ކަވަރު ކުރަންވީ ދޯ؟؟

  7. ޖިންނި

    އެހެންވީމާ މަގުގެ މެދުގަ ޕާކު ކުރިޔަސް އޯކޭ ދޯ؟