ޖަޕާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު އައްޔަން ކުރައްވަައިފިއެވެ.

ޖަޕާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުުންނަވާ އެމްބެސެޑަރަކީ އިބްރާހިމް އުވައިސްއެވެ.

ސަފީރުގެ ނައިބުގެ މަގާމަށް އަމީތު އައްޔަން ކުރައްވާފައި ވަނީ ދާދި ފަހުންނެވެ. އެއީ މިނިސްޓަރުންގެ ނައިބުގެ ފެންވަރުގެ މަގާމެކެވެ.

މިކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

އަމީތު އަކީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީންގެ ކޮއްކޯފުޅެވެ.

އަމީތު ރައްޔިތުންގެ މަޖިލީހަށް ހޮވި ވަޑައިގަތީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައެވެ. ނަމަވެސް 2017 ވަނަ އަހަރު ތެރޭގައި އޭރުގެ އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގަތް 12 މެންބަރުންގެ ތެރޭގައި އަމީތު ހިމެނެއެވެ. އެއާއެކު އެ 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިއެވެ. އަދި އޭގެ އަހަރެއް ފަހުން އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމިއެވެ.

ފަހުން އަމީތު ގުޅިވަޑައިގެންފައި ވަނީ ޖުމްހޫރީ ޕާޓީއާއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަަކޫ

    ކާކުތޯ ތީ؟ ކީއްކުރާ ޑެޕިއުޓީ އެކޯ . .. . ހަމަ ދައުލަތުގެ ލާރިގަނޑު ކައްވާލަންދޯ

    21
  2. އަލާއު

    ނަކަސް ތެޅުމުގެ މާނައަކީ ކޮބައި ބާ

    16
  3. އަހްމަދު

    ކޮވިޑާ ގުޅިގެން ޙަރަދު ކުޑަކޮށްލީ! ބޮޑުތަނުން ކުޑަވާނެ!

    12
  4. ހިނގާހިނގާ

    ޖަޕާނުގައި ހުންނަވާ ރާއްޖޭގެ އެމްބެސެޑަރުގެ ނައިބު ކަމަށް އަމީތު ހަމަޖައްސައިފިނިަމަ ތިޔާއީ ދެން އެހެލާން ތެހެލާން މެންނޭ

  5. އަހުމަދު

    ޚަރަދު ކުޑަ ކުރުމުގެ ބުރު އަދި ކޮވިޑް ކަންތަކުގައި އަމީން ކުރި މަސައްކަތައް ދެއްވި ހަދިޔާއެއް ރާއްޖޭގެ ތާރީޚްގައި މިވަރުގެ އާއިލީ ވެރިކަމެއް އަދި ނުހިގާ މަޖިލިސް ވިއަސް ރައީސް އޮފީސް ވިއަސް ފޮރިން މިނިސްޓަރުގެ ދަރިއަށް ފޮރިން މިނިސްޓްރީން ވަޒީފާ ރައިސް އޮފީހުގައި ރައީސްގެ ކޮއްކޯ ފުޅު ނައިބް ރައިސްގެ ކޮއްކޯ ފުޅު އެކަމު މިމީހުންނޭ ކުރިން ކީ އާއިލީ ވެރިކަމޭ ޖެންޑަރގައި އިމްރާންގެ އަންހެނުން ޝާހިދުގެ އަންހެނުން ދެމީހުންވެސް ނައިބުން އަޅޭ މިއީ ރަސްކަމެއްތަ މިސުވާލު ނޫސް ވެރިން ކޮށްބަލަ މިވަރަށް ޓްރާންސް ޕޭރަންޓް ވާނީ ކޮބައިތަ އައިމަންމެން ނަޒާހަތްތެރި ދައުލަތް އުފަންދަން އުޅުނު

  6. ކުނބުރު

    ސާބަސް އޯގާތެރި ސަރުކާރު ބަހާހުސްކޮއްލާ