މެދުރާއްޖެތެރޭ ރަށެއްގައި ކައުންސިލަރަކު، ފިރިހެން ކުއްޖަކާއި އެކު އެއްޖިންސުން ގުޅުން ހިންގަން އުޅުނު މައްސަލަ ފެންމަތިވުމާއި ގުޅިގެން އެ މައްސަލަ ފުލުހުންގެ އިދާރާއިން ތަހުޤީޤު ކުރަން ފަށައިފިއެވެ.

ފުލުހުން މިރޭ ވިދާޅުވީ، މި މައްސަލަ ފެންމަތިވީ މެދުރާއްޖެތެރެއާއި ދެކުނުގެ ޕޮލިސް ޑިވިޝަން ހިމެނޭ ރަށެއްގައި ކަމަށެވެ. އަދި މައްސަލައިގައި ޝާމިލުވަނީ ޒިންމާދާރު މަޤާމެއްގައި ހުރި މީހެއް ކަމަށާއި، އޭނާ ބަދުއަޚުލާޤީ އަމަލު ހިންގަން އުޅެފައި ވަނީ އުމުރުން 16 އަހަރުގެ ފިރިހެންކުއްޖަކާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ބަލަމުންދާކަން ފުލުހުން ހާމަކޮށްފައި ވީނަމަވެސް، ކުއްޖާ އާއި ބަދުއަޚުލާޤީ އަމަލު ހިންގަން އުޅުނީ ކައުންސިލަރެއް ކަމެށް ފުލުހުން ވިދާޅެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ ބަލަމުން ދަނީ، އިއްޔެ އެ އިދާރާއަށް މައްސަލަ ހުށަހެޅުމުން ކަމަށެވެ. ނަމަވެސް މިހާތަނަށް މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުން ރޭ 7:30 ހާއިރު، މި މައްސަލަ ފެންމަތިވި ރަށުގެ ކައުންސިލަރެއްގެ މަޤާމުގައި ހުރި މީހާ ކުއްޖާ އާއި އެއްޖިންސުން ގުޅުން ހިންގަމުން ދަނިކޮށް ރަށު މީހުންނަށް އެމަންޒަރު ފެނިގެން ވީޑިއޯ ނަގާފައެވެ. "ވަގުތު" އަށް މަޢުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ، އެ ކައުންސިލަރަކީ މީގެ ކުރިން ވެސް ކުޑަކުދިންނާއި އެއްޖިންސުން ގުޅުން ހިންގުމާއި އަދި އަންހެން ކުދިންނަށް ޖިންސީ ފުރައްސާރައިގެ މެސެޖް ކުރުމުގެ އެތައް މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ މީހެއް ކަމަށެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަތައް ކަމާބެހޭ އިދާރާތަކުން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާތީ މީގެ ހައެއްކަ މަސް ދުވަސް ކުރިން ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީއަށް ވެސް ހުށަހެޅިއެވެ. އެކޮމެޓީން މައްސަލަ ބެލުމަށް ބައެއް އިދާރާތައް ވެސް ކޮމެޓީއަށް ހާޒިރު ކުރިއެވެ. ނަމަވެސް ފަހުން މައްސަލައަށް ވީގޮތެއް ސާފެއް ނުވެއެވެ.

އެރަށުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ކައުންސިލަރުގެ މައްސަލައެއްގެ ޝަރީޢަތް މިހާރު ވެސް ރަށުގެ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށްދާ ކަމަށާއި އެމައްސަލައިގައި ހެކިބަސް ދޭ މީހުންނަށް ނުފޫޒު ފޯރުވަން ކައުންސިލަރު މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް މިފަދަ ބައެއް މައްސަލަތަކުގައި ފުލުހުން އަމަލު ކުރަމުން އަންނަ ގޮތާއި މެދު ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަގުލު ފިއްތި

    މެދު ރާއްޖެ ތެރެޔޭ ނުކިޔާ ވަކި ރަށެއް ބުނެލިނަމަ

    16
  2. ާަަަަަހ.

    ކީއްވެ ނަންހާމަކުރަން ނުކެރެނީ. ކޮންރަށެއްތަ.

  3. ހޯރަ

    ކުޑަކުއްޖަކާ ގުޅުން ހިންގީމާ އިސްލާމީ ޝަރީއަތުގައި ދޭން އޮންނަ އަދަބެއް ބުނެބަލަ. މި ސުވާލު ނުވެސް ޖަހާނެ. ޖެއްސަސް ޖަވާބެއް ވެސް ނުދޭނެ.

    • ލަޔާލް

      ކުޑަކުދިންނާ އަންހެނުންނާ ބެހުމަކީ ބޮޑު ވެގެން ވާ ހަރާމް ކަމެއް... ވަރަށް ބޮޑު އަދަބެއް އޮވޭ.... ގަދަ އަދަބް ދޭން ޖެހޭ ރޭޕިސްޓުންނަށް.... ރޭޕިސްޓުން އެނަގާލަނީ އިނޮސެންޓް ޕާރސަންއެއްގެ މުޅި ދިރިއުޅުން... ވަރަށް އަނިޔާވެރި ބައެއް ރޭޕިސްޓުންނަކީ... ނުލަފާ ރޭފިސްޓުން ހިތަކަށް ނާރާ އެހާ އަނިޔާ ދޭއިރު އެ ހަލާކުކޮށްލަނީ ކުއްޖެއްގެ ދިރިއުޅުން ކަމެއް.... ރޭޕިސްޓުންނަށް އަދަބް ދީ ?

  4. ކިއާން

    ސަރުކާރުގެ ސިޔާސީ މާގާމްތަކާ ސަރުކާރު ހިންގާ މައި ޕާޓީގެ އިސް މެމްބަރުން ހިންގާ އަނިޔާވެރި މިކަހަލަ ޖަރީމާތައް ބަލާ ފިޔަވަޅު އަޅަން ޖެހޭ... އަދަބް ދީ

    1
    1
    • ފައިދާ

      މިއީ ޕީޕީއެމްގެ ކައުންސިލަރެއް! މިކަހަލަ ނުލަފާމީހުން ޕާޓީއެއްގެ ގޮތުގައި ފާހަގަ ކުރުން ހުއްޓާލީމާ އެނމެނަށްވެސް ފައިދާވާނެ!

  5. ޕީޕީ

    މިއީ ޕީޕީއެމްގެ ކައުންސިލަރެއް! މިކަހަލަ ނުލަފާމީހުން ޕާޓީއެއްގެ ގޮތުގައި ފާހަގަ ކުރުން ހުއްޓާލީމާ އެނމެނަށްވެސް ފައިދާވާނެ! ކެރޭނެބާ ޕީޕީ ކައުންސިލަރެކޭ ޖަހާލަން ؟