މީގެ ކުރިންވެސް ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަތަކަށް ތުހުމަތު ކުރެވުނު މީހަކު، ކުޑަ ފިރިހެން ކުއްޖާއެކު އެއްޖިންސުން ގުޅުން ހިންގަން އުޅުނު މައްސަލަ ފެންމަތިވުމާއި ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރ، އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މި ހާދިސާ އާއި ގުޅިގެން ޝަހީމް ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ، ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށް ރޭޕްގެ މައްސަލަތައް އިތުރުވަމުންދާ ދިއުމާއެކު އެފަދަ މައްސަލަތައް އެންމެ އެކަށީގެންވާ ގޮތެއްގައި ބަލަމުން ނުދާކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން މުއައްސަސާތަކަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ޝަހީމް ވިދާޅުވީ، ރޭ މެދުރާއްޖެތެރޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވެފައި ވަނީ މީގެ އެތައް މަސްތަކެއް ކުރީން އެ މައްސަލަ ޖައްސާފައި ވަނިކޮށް ކަމަށެވެ.

"ފިޔަވަޅު ނާޅާ އޮއްވާ އެއޮތީ އަނެއްކާ ކުޑަ ފިރިހެން ކުއްޖެއްގެ ދުވަސް ދުވައްވާލާފަ! ކޮބާތޯ މުއައްސަސާތައް؟ ކޮބާތޯ ޤާނޫނު ހިނގުން؟" ޝަހީމް ވިދާޅުވިއެވެ.

ޤައުމުގައި ފަސާދަ އާންމުވެފައިވާ ކަމަށް ވިދާޅުވެ ޝަހީމް ވަނީ، މިފަދަ މައްސަލަތަކާއި ގުޅިގެން އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު ނޭޅޭ ނަމަ، މުއައްސަސާތައް ހިންގަން ތިބޭ ފަރާތްތައް އިސްތިއުފާ ދެއްވުމަށްވެސް ގޮވާލައްވާފައެވެ.

ރޭ އުމުރުން 16 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާއެކު އެއްޖިންސުން ގުޅުން ހިންގުމަށް މަސައްކަތްކޮށްފައި ވަނީ މެދުރާއްޖެތެރޭ ރަށެއްގެ ކައުންސިލަރެއްގެ ގޮތުގައި ހުރި މީހެއް ކަމަށް މަޢުލޫމާތު ލިބެއެވެ. މި މައްސަލަ ފެންމަތިވެފައި ވަނީ، އޭނާ ކުއްޖާ އާއެކު އެއްޖިންސުން ގުޅުން ހިންގަން އުޅެނިކޮށް ރަށުގެ އާންމުން އެ މަންޒަރު ވީޑިއޯކޮށް އާންމުކުރުމާއި ގުޅިގެންނެވެ.

ފުލުހުންނަށް ވެސް ރޭ މި މައްސަލަ ހުށަހަޅާފައި ވާއިރު، ފުލުހުން ވަނީ މައްސަލަ ބަލަމުންދާކަން ހާމަކޮށްފައެވެ. ނަމަވެސް މި މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

"ވަގުތު" އަށް މަޢުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ، މި މައްސަލައިގައި ޝާމިލުވާ ކައުންސިލަރަކީ މީގެ ކުރިން ވެސް ކުޑަކުދިންނާއި އެއްޖިންސުން ގުޅުން ހިންގުމާއި އަދި އަންހެން ކުދިންނަށް ޖިންސީ ފުރައްސާރައިގެ މެސެޖް ކުރުމުގެ އެތައް މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ މީހެއް ކަމަށެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަތައް ކަމާބެހޭ އިދާރާތަކުން އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ނުގެންދާތީ މީގެ ހައެއްކަ މަސް ދުވަސް ކުރިން ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީއަށް ވެސް ހުށަހެޅިއެވެ. އެކޮމެޓީން މައްސަލަ ބެލުމަށް ބައެއް އިދާރާތައް ވެސް ކޮމެޓީއަށް ހާޒިރު ކުރިއެވެ. ނަމަވެސް ފަހުން މައްސަލައަށް ވީގޮތެއް ސާފެއް ނުވެއެވެ.

އެރަށުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ކައުންސިލަރުގެ މައްސަލައެއްގެ ޝަރީޢަތް މިހާރު ވެސް ރަށުގެ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށްދާ ކަމަށާއި އެމައްސަލައިގައި ހެކިބަސް ދޭ މީހުންނަށް ނުފޫޒު ފޯރުވަން ކައުންސިލަރު މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނަޖީބު އައްބާސް

    ސަހީމު ތީއެއްވެސް އަގެއް އޮތްމީހެއްނޫން! ޔާމީނު ސަރޫކާރުން ޖަރީމާތައް ހީންގާ މުޅިގައުމު ދޮވެއިރު ތިބޮޑު އަނގަ ނެތީތޯ

    24
    101
    • ކާފަބޭ2020

      ތިބޭޅާގެނަޒަރުުގައި އަގުހުރިމީހަކީ އެޒުވާނާ" ފުޅިއްސާލި" އިއްޒަތްތެރިޔާއެހެންނޫންތޯ؟ ކޮބައިތޯ ސަފާރީގަމީހަކުނޮޅާލި އިއްޒަތްތެރިން/ ޓެ ކުސީއެއްގައުފުލިރާފުޅިތައް ކޮންތާކަށްތޯ އެގެންދަންއުޅުނީ ބޭރުމީހެއްއެދުއްވަންއިނީ ކީއްވެތޯ؟ އަނބުރާގޭސްގަނޑުން އެއްޕާޓީއަށްނިސްބަތްވަނީ ހަމަ އިއްތިފާޤެއްތޯ؟

      40
      9
    • ނަފްތުއަލީ

      ތީ ކޮން އަގެއް އޮތް މީހެއްބާ؟؟؟ ކިތަންމެ ލާދީނީ ވިޔަސް މުސްލިމުން ދެކެ ތިހާވަަރަށް ރުޅި އަންނާކަށް ނުވާނެ. ހެޔޮއެއްޗެއް ބުނީމަ ޝަހީމް ގޯސްވީ. ކަލޭމެންނާ ކަލޭމެންގެ ލާދީނީ ސަރުކާރުން ރޯމާ ދުވާލު ހިންގަމުންދާ ޖަރީމާތައް ނުފެންނަނީ ލޯތައް ކަނުވެ ކަންފަތް ބީރުވެފަ ތިބީމަ އުތަ. ލަދެއް ހަޔާތެއް ނެތޭ.

      60
      8
    • އަލިބެއްޔާ

      ކަލޭމެން ޙައްލު ކުރަން އައި މީހުން އަބަދު ކުރީ ސަރުކާރު، ޔާމީނު، ޝަހީމު ކިޔާލަ ކިޔާލާ ތިބުން ފިޔަވާ އިތުރު ކަމެއް ނުކުރަމެއްނު..

      53
      7
    • ޠަމީ

      ޔާމީންގެ ސަރުކާރުގަ ފާޅުގައި މިފަދަ ކަންތައް ކުރިތަ؟ ނުކުރެ އެނގޭ ވިއްޔަ ފިޔަވަޅުއަޅާނެ ކަން މިކަން ހިންގަނީ ހަމަ ލާދީނީ ބުއްޅަބޭ ބޮޑު އަންނި އޭނާ ހައްޔަރުކޮއްގެން މި ވަބާ އިން ސަލާމަތް ވާނީ ބޮޑު އުތެމަ ފެންނުވަރާ ކުނި ގުރޫޕް ލާދީނީ އެމްޑީޕީގެ މުޖޫ ރޭޕް ކުރުން އާންމު ކުރުވީ ވެސް ހަމަ މި އެމްޑީޕީ ބައިގަނޑު

      49
      7
  2. ސަމި

    ކކކ ކެނެރީގޭ ބައިގަނޑު މީހެއް ވިއްޔާ މައްސަލަ ނުބަލާ އޮއްބާ ލަނީ . ނުވަތަ އެމީހަ ކު ދޫ ކޮށްލަނީ
    ކޮބާ ހޯރަ އިއްބެ .

    82
    7
  3. Happy

    މިއަދި ކާކުތަމިވާހަކަދައްކަން?

    7
    29
  4. އަނިޔާ

    ބާރައްގެންދާ ޕްރޮމޯޝަނެއް. އަޅުގަނޑުމެންގެ ރައްތަކައް މިފަދައަމަލުތައް ޕްރޮމޯޓްކުރާ ބޭރުގެމީހުންގެނެސް އަޅުގަނޑުމެންގެ ރައްތަކުގައި އަޅުގަނޑުމެންގެ ޅަދަރިންގެނެސް އެފަދަ ވޯކްޝޮޕްތައް ހިންގަމުންދާއިރު އަޅުގަނޑުގެ ހިތަކައް ނުވިސްނުނު އަޅުގަނޑުގެ ދަރިފުވެސް މިފަދަމީހުންގެ މަޅީގަޖެހިދާނެކަމަކައް. އަދިވެސް މަޝަކައް ނުވިސްނޭ.

    14
    4
  5. މިލަން

    ބަލަ މިލާދީނީ މިސަރުކާެރު ގެނަވުނީތީ ހިތާމަކުރަން؟؟

    32
    4
  6. މީހާ

    އަޅަންވީ ކޮން ފިޔަވަޅެއް. ދޭންވީ ކޮން އަދަބެއް؟ ދީނީ ގޮތުން އެކަންތައް އޮތްގޮތް ޝަހީމު ބުނެދެއްވަ ބައްލަވަ. މި ނޫހުން މިސުވާލުގެ ޖަވާބު ޝަހީމު ކުރެން އައްސަވަ ބައްލަވަ.

    13
    2
  7. ކަބުރުބޭ

    އަހަރެން އަސްލު މިހާރު އުސްތާޛަށް ކުރަމުން އައި ތައީދު ހުއްޓާލައިފިން. އުސްތާޛު މިހާރު ހަމަ ދެއަނގަ އޮންނަ މީހެކަސް ވެއްޖެ. އެހެންވެ.

    6
    17