ދިވެހި ސަރުކާރުން ހިންގަމުން އަންނަ މަސްވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝަރޫއުތަކަށް އެހީވުމުގެ ގޮތުން ސައޫދީ އަރަބިއްޔާގެ ފަންޑު ފޯ ޑިވެލޮޕްމަންޓުން ރާއްޖެ އަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ގެ ލޯނެއް ދޭން އެއްބަސްވެ އިއްޔެ ސޮއި ކުރިކަން ފޮރިން މިނިސްޓްރީން ވިދާޅުވިއިރު އެކަމާއި ގުޅޭ އެއްބަސްވުމެއްގައި 2018 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ސޮއި ކޮށްފައި އޮތްކަން ހާމަވެއްޖެއެވެ.

ރައީސް އޮފީހުގެ ވެބްސައިޓްގައި ހުރި މައުލޫމާތައް ބަލާއިރު ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއަރ ޕްރިންސް ޢަބްދުލް ޢަޒީޒު ބިން ސަޢުދު ބިން ނާއިފް، ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އެއެއްބަސްވުމުގައި ސޮއި ކުރެއްވުނީ 2018 ވަނަ އަހަރުގެ ޖުލައި 09 ވަނަ ދުވަހު އެވެ.

ރައީސް އޮފީހުގެ ވެބްސައިޓްގައި ވަނީ އެ އެއްބަސްވުމަކީ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމެންޓް އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ރިގާރޑިންގ ދަ ސަޢުދީ ފަންޑް ޕަރޓިސިޕޭޝަން އިން ދަ ފައިނޭންސިންގ އޮފް އެފޯޑަބްލް ހައުސިން ސްކީމް ޕްރޮޖެކްޓް، އެންޑް ޑިވެލޮޕްމެންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓް" ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވީ އޭރުގެ މިނިސްޓަރ އޮފް ފިނޭންސް އެންޓް ޓްރެޜަރީ އަޙުމަދު މުނައްވަރާއި، ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމެންޓްގެ ބޯޑް އޮފް ޑިރެކްޓަރސްގެ ޗެއާރމަން އަޙްމަދު ބިން އަޤީލް އަލް ޚަތީބެވެ. އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އޭރުގެ ރައީސް ޔާމީނާއި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއަރ ޕްރިންސް ޢަބްދުލް ޢަޒީޒު ބިން ސަޢުދު ބިން ނާއިފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސައުދީން ދޭ ލޯނުގެ ސަބަބުން މަސްވެރިކަން ކުރިއަރުވައި، އަތްފޯރާ އަގުގައި ދިވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް މިނިސްޓަރ ޝާހިދު އިއްޔެ ވިދާޅުވި އެވެ. އެގޮތުން، ހުޅުމާލޭގައި ހިންގާ މަޝްރޫއުގެ ދަށުން 2،700 މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށާއި މަސްވެރިކަމުގެ މަޝްރޫއުގެ ސަބަބުން 25،000 މަސްވެރިންނާއި ދަނޑުވެރިންނަށް ފައިދާވާނެ ކަމަށް ވެސް މިނިސްޓަރު އިއްޔެ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހާމަ

    އޮޅޭ ބަޔަކަށް އަބަދު އޮންނާނީ އޮޅިފައި މިކަންވެސް އޮޅުމެއް ކަމަށް ބުނާނީ
    މިއޮތި ވާ ދުނިޔެއެއް

    51
    2
  2. ވ

    ކޮންމެ ކަމެއްގައި މިސަރުކާރުން މިދަނީ ރައްޔިތުންނަށް އޮޅުވާލަމުން މިއީ ބޮޑުވަރު

    51
    1
  3. ރައްޔިތުން

    ތިޔައީ ޔާމީން ސަރުކާރުން ހޯދާފައި އޮތް ލޯނެއް ކަމުގައި ވިޔަސް އެއިން މަންފާ ކުރާނީ މިރާއްޖޭގެ މީހުންނަށް، އޮންނަ ސަރުކާރުން ކުރާ ކަންކަމުން ނުނިމި ހުންނަ ކަންކަން ނިންމާނީ އަންނަ ސަރުކާރުން، ޔާމީނަކީ މިހާތަނަށް އެއްވެސް ރައީސެއްގެ ދައުރުގައި ނުކުރާހާ ގިނަ ކަންކަން ފައިދާހުރި ގޮތުގައި ކޮށް ނަތީޖާ ދެއްކި ދައުރެއް ނިންމި ރައީސެއް. މަރުހަބާ ރައީސް ޔާމީން.

    64
    2
  4. މެޑެލި

    އަޅޭ ވާ މެޑެލިޖަހަން ޝާހިދު މޮޅެންނު އެހެންވެ ޝާހިދަށް ކިޔަނީ ޖީވަން
    ދުވާލު މެންދުރު މެވަރަށް ދޮގު ހަދާކަށް ނުވާނެ

    50
  5. ސ

    އަލަކަށް މިސަރުކާރަކަށް ސައުދީން ނުކޮށްދޭ އެއް ކަމެއްވެސް އެންބެސަޑަރ ވެސް މިހާރު ވަނީ އެނބުރި ސައުދީ އަށް ގޮއްސައި

    42
    1
  6. Anonymous

    މިސަރުކާރަށް ލޯނުގަނޑެއްގެ މިންވަރުވެސް ދޭނެ ގައުމެއް ނެތީތަ؟

    42
    1
  7. Anonymous

    ސައުދީ އަރަބިއްޔާއަކީ ޓެރަރިސްޓު ގައުމެއް ކަމަށް މިސަރުކާރުން ވާހަކަދައްކާއިރުވެސް ތި ލޯނު ދޭނީ ކުރިން އެއްބަސްވުމެއް އޮތީމަކަން އަހަރެމެންނަށް އެނގޭ.

    46
    1
  8. ގަމަރު

    މިހުރީއޭ މިސުންޕާތައް ހަދާ ދޮގާ މަކަރު!!

    44
    1
  9. ފާއިޒު

    އެހެންވީމާ އާ ކަމެއް ނުވިދޯ. ކޮބާ ކީއްވެބާ އެފަދަ ބޮޑު ޢަދަދުން އިންޑިޔާގެ އެހީތެރިކަން ނުލިބެނީ

    44
    1
  10. Happy

    ދެންބުނޭތިހެން!! ލާރިކާވަރުންނުދިނީދޯ ލޮލް?

    8
    23
  11. ސާ

    މުނާފިގުންގެ ވައްތަރު ދޯތިތާނުހުންނާނެ ހުއްދަގޮތުގައި ކަންތައް ކުރާ އެކަކުވެސް އެއީ މޑޕ ގެމިސާލު

    35
  12. ކަނބުލޮ

    ރޭގައި ޓީވީ ޗެނަލަކަށްއަރައި ސޮއެކުރަން އައިސްއިނީ އަނެއްކާ ކޮން ޝަރުމީލާއެއްބާ

    26
  13. އވަސް

    ދޮގު ހަދާ ވަގު މޑޕ ސަރުކާރު

    12
  14. އެމަންޖެ

    ބޭރު ގައުމުތަކުން ދޭލޯނުން މިދިވެހި ގައުމައް ވާފައިދާއެއްނެއް ތިޔަ ލޯނުތަކުން ކިރިޔާ އަންނިޔާ އޭނަގެ އައުވާނުންގެ ކަރުހިތްކުން ފިލަނީ.

    13
  15. ހުވާ

    އިބޫ ބުނީ ލޮކްޑައުންކުރީ ޝާހިދު ސޮއިކުރަން ސައޫދީއަށް ފުރަންއޮތްދުވަހުއޯ ލޮކްޑައުންވީ