ޔޫރަޕާއި އިނގިރޭސިވިލާތުން އެކުލަވާލި ރައްކާތެރި ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ނެތީ ޓްއަރިޒަމާއި ފޮރިން މިނިސްޓްރީގެ ކޯޑިނޭޝަން ދަށްވުމުން ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު މި މަހުގެ 15 ގައި ހުޅުވައިލި ނަމަވެސް ގިނަ އެއާލައިންތަކުގެ ދަތުރުތައް ފަށަނީ އޮކްޓޫބަރުގައި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނުމުން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ބޯޑަރު ފަތުރުވެރިކަމަށް ހުޅުވާލުމުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށެވެ.

ޔޫރަޕްގެ އިއްތިހާދު (އީޔޫ) އާއި އިނގިރޭސިވިލާތުން އެކުލަވާލި ރައްކާތެރި ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ނުހިމެނުމުން އީޔޫގެ ގައުމުތަކުން އިނގިރޭސިވިލާތުން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވާނެ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ޖުލައި މަހު ގަތަރު އެއާވޭސް އާއި އިއްތިހާދު އެއާވޭސް އާއި އެމިރޭޓްސްގެ ދަތުރުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަށާނެ އެވެ. ގަލްފް އެއާ އާއި ހޮންކް ކޮންގް އެއާލައިނާއި އިންޑިގޯ އާއި ސިލްކް އެއާ އާއި ސިންގަޕޯ އެއާލައިނާއި ސްރީ ލަންކަން އެއާލައިންގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓްގަ އެވެ. ސްވިޒަލޭންޑްގެ އެއިޑުލްވައިސް އެއާލައިން އާއި ޓާކިޝް އެއާލައިންގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރުގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 11 އެއާލައިނަކުން ދަތުރު ކުރާނެ ތާރީހުތައް އިއުލާނުކޮށްފައިވާ އިރު އެ އެއާލައިންތަކުން ޝެޑިއުލްކޮށްފައިވަނީ ވަރަށް މަދު ދަތުރުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Happy

    ސައީދަށް މާއިގެނީ ކަންކަން..ބަނބޫ?

    3
    13
    • ޢަހޫ

      ޢަހަރެންހީ ކުރީ ޔާމީނުޖަލުގައޮތީމަ ކަމަށް. މާދަމާ ބުނެފާނެ މިގައުމަ ފިނިފެންމާ މަދުވީމަ ކަމަށް.

      3
      16
  2. ދަރު

    ބަލަ ޔޫރަޕާ އިނގިރޭސި ވިލާތާ މިހާ ގާތް ސަރުކާރަކުން ކީއް މިކުރަނީ ސައީދުވިދާޅު ވިއަސް ތެދެއް ވަނީ ތެދަކަށް ކަޅު ބޮޑު މީހަކު އިސްތިހާރު ކުޅުނީމާ ޓްއަރިސްޓުން ވެސް ތިބޭނީފޫހިވެފއި ހީވާނީ އެހެންކަމެއް ކުރަންއުޅޭ ހެންތާ ހެހެ ކައިރި ކައިރީގައި މިތިބީ ޖީވަން އާއި ގައްބަރު ސިންތޯ

    13
  3. މ

    އިނގެރޭސިންނާއި އޮންނަ ގުޅުންބޮޑުވީމާ ވާގޮތް މި ކޮވިޑްގައި ވެސް ތިޔަ ޔޫރަޕަކުން ރާއްޖެއަށް ދިން އެހީ އެއް ނެތް އެކަމު މުޅި ދުނިޔޭގައި އަބްދުﷲ ޝާހިދު ނާށިގަނޑު ހިފައިގން ސަލާން ނުޖަހާ ގައުމެއް ނެތް މިދެމީހުން ލައްވާ އިސްތިހާރު ކުޅުވީމާ ދެން ވާނި ކިހިނެއް

    13
  4. Anonymous

    މިހާރު ވޯޓެއްނެގިނަމަވެސް ރީނދޫކުލައިގެ ގުލްސަންޕާމަލައްވުރެ ފިޔާތޮށިކުލައިގެ ފިނިފެންމާ މާބޮޑައްވެސް ގިނަވާނެ. އަހޫ ހޭބައްޔާ

    14
    2
  5. ބެއްޔާ

    ކޮވިޑާ ގުޅިގެން އެންމެ ގިނައިން ފައިސާނެގި ދެމީހުން.

  6. އަހްމަދު

    އެހެންތަ؟ ސައީދު ތިކަން ދިރާސާކޮށްފައި އެންގިކަން އެއީ ވަރަށް މުހިމު ކަމެއް