ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ކޮވިޑް-19 ޖެހިގެން ނިޔާވެފައި ވަނީ ޑީއެޗް-11 ގައި ފަރުވާ ދެމުން ގެންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވީ ރޭ ފަތިހު 04:35 ގައެވެ.

މިހާތަނަށް 12 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ނިޔާވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް-19 ޖެހިގެން ނިޔާވި މީހަކީ "އައިޖީއެމްއެޗް ކްލަސްޓާ" ގައި ހިމެނޭ މީހެކެވެ. އެހެންކަމުން އައިޖީއެމްއެޗް ކްލަސްޓާ އިން މިހާތަނަށް ދެމީހަކު ވަނީ ނިޔާވެފައެވެ. އައިޖީއެމްއެޗް ކްލަސްޓާގައި ހިމެނޭ މީހުންގެ ތެރެއިން މީގެ ކުރިން ނިޔާވީ އިންޑޮނޭޝިއާ މީހެކެވެ.

އައިޖީއެމްއެޗް ކްލަސްޓާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ރެއާއި ހަމައަށް ވަނީ 15 އަށް އަރާފައެވެ. އައިޖީއެމްއެޗްގެ އައިސީޔޫގައި ކޮވިޑް-19 ފެތުރެމުން ދާކަން އެނގުމުން އައިސީޔޫ ބަންދުކޮށް މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

ފާއިތުވި ދެދުވަހު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ. އިއްޔެ 33 މީހަކު ފައްސިވިއިރު އޭގެ ކުރީ ދުވަހު 25 މީހަކު ފައްސިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އާދޭސް

    ހެޔޮނުވާނެ މާލެ އަލުން ފުރަބަންދަކަށަ ގެންދޭ! ކޮންމެހެން ހުޅުވަން ޖެހޭ ތަން ތަން އެކަނި ހުޅުވާ. ސުކޫލުތަކާއި ކޮލެޖުތައް ބަންދު ކުރޭ. 2 ވަނަ ރާޅު މާ ނުރައްކާ ވާނެ.

    101
    5
  2. ހިތުލޯބި

    ސޯލިޙް ރައީސް. ފަރުވާކުޑަ ނުކުރައްވާ.
    ފަރުވާކުޑަ ވީމަ ވާގޮތް މިފެންނަނީ.
    ކުރިބުރަމަސައްކަތްޕުޅު ބޭކާރުވިޔަ ނުދެއްވަވާ.
    ރައްޔިތުން ރައްކާތެރިކުރެއްވުމުގެ ޒިންމާ އަވަހަށް ނަންގަވާ.

    23
  3. އޮޅުވާލި ވޯޓު

    މަލެކީކުރަންތޯ މުޅިގައުމު ފުރަބަންދުކުރިޔަސް ކަންކަމައް މިންވަރައްވުރެން ނާގާބިލުވީމަކާހައްލެނުވާނެ މިހާރުދެން ކޮންސަކަރާތެ ޖަހަން މިފށާގެންއުޅެނީ ސިއްހީދާއިރާ މިހާލަތައް ދާނާން ވީދުވަސް މާޒީހިގޢްޖެ މި ހާރުބުނެވޭނީ ގަސްދުގަ ހިންގާޖަރީމާއެކޭ

    19
    1
  4. ސައިންސް

    ތިޔަ ވައިރަސް އިތުރުވެ ގިނަަވަނީ އިންސާނާގެ ހަށިގަނޑު ތެރޭގައި އަދި އެ ވައިރަސް ބޭރަށް ނުކުންނަނީ އިންސާނާގެ ހަށިގަނޑުން އޭގެ ފަހުގައި އެ ވައިރަސް އުޅޭނީ އޭގެ އަޖަލު ޖެހެންދެން އޭތީގެ އަމިއްލަ ޒާތުގައި އެއީ ދިރުމެއްވާ އެއްޗެއް. މިއީ ނުރައްކާތެރި ޖަރާސީމެއް.
    އެންމެ މޮޅަށް ދެނެވޮޑިގަތުން ބޮޑީ މާތް ﷲ އެވެ.
    މި ނުރައްކާތެރި ޖަރާސީމުން މި ދިވެހި ގައުމުގެ އެންމެހާ އަފްރާދުން ސަލާމަތް ކުރައްވާ އަވަސް ޝީފާ ދެއްވުން އެދި ﷲ އަށް ދުޢާ ދަންނަވަމުވެ. އާމީން.

    28
    1
  5. ޏާ

    ނުވަންޏާ އިސްތިއުފާ ދިނުމަށް ސޯލިހް އަށް ގޮވާލަން...ނާގާބިލް·ވިޔަސް ބޮޑުވަރު

    8
    2
  6. ޙހހހ

    އެއްގޮތަކަަށްވެސް ފުރަބަންދުކުރާނެ ކަމެއްނެތް ، ނާޗަރަންގީ ކުޅެން ކާފަރުން ޤައުމަށް އެތެރެކުރުވާ ﷲ ހަރާމްކުރެއްވި ރަލާއި އޫރުމަސް ރިސޯޓްތަކުން އެވެރިންނަށް ދޭންވީ ، ޤައުމުގެ ޒުވާނުން ރާތަަަށިބަރިތައް ހިފާގެން އެވެރިންނަށް ގުލާން ކޮށްދޭންވީ ، އަދި ޒުވާނުން ލައްވާ ޝައިތާނާގެ މިއުޒިކް ކުޅުވަން ފަށަންވީ ، އެއީ ތިޔަވެރިންނަށް ލާރިކޮޅެއް މިޤައުމަށް ހޯދަން އޮތް ހަމައެކަނި ފެންނަ މަޤަކީ ތީ

  7. ޥަލީދާ ޑޫޑް

    ގައުމުތަކުން ބޭނުންކުރަން ފަށާފައިވާ ބޭސް ރާއްޖޭގައި ބޭނުންނުކުރަނީހޭ؟؟ ހާއްސަކަޮށް އައިސީޔޫއަށް ލާ ބަލިމީހުންނާއިރިސްކުބޮޑު ބަލިމީހުންނަށް މިބޭސް ބޭނުންކުރުމުން 80% އާއި ހަމައަށް ބަލީގެ ނުރައްކާކުޑަކުރާކަމަށްވޭ. ކީއްވެހޭ ރާއްޖޭގައި މިބޭސްތައް ބޭނުންނުކުރަނީ؟