ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލައިގެ ގޮތުގައި ދެ މައްސަލައެއް ހުށަހެޅުމުން ބަހުސް ކުރާނެ މައްސަލައެއް ކަނޑައެޅުމަށް ފުރަތަމަ ފަހަރަށް މަޖިލީހުގައި ގުރުއަތުލައިފިއެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުގައި އެއް ޖަލްސާއަކަށް އެއް މައްސަލައަށް ވުރެ ގިނަ ކުއްލި މައްސަލަ ހުށަހަޅައިފި ނަމަ، ޖެހޭނީ ގުރުއަތުލައިގެން އެތަނުން ކޮންމެވެސް އެއް މެމްބަރަކު ހުށަހެޅުއްވި ކުއްލި މައްސަލައެއް ކަނޑައަޅާށެވެ.

ކުއްލި މައްސަލަތައް މަޖިލީހަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފެވެ. މިއަދުގެ ޖަލްސާގައި ކުރިއަށްގެންދާނެ މައްސަލައެއް ކަނޑައަޅާފައި ވަނީ ދެބޭފުޅުންގެ ހާޒިރުގައި ނެގުނު ވޯޓަކުންނެވެ.

މިއީ މަޖިލިހުގައި ނެގި މިފަދަ ފުރަތަމަ ވޯޓެވެ. ގުރުއަތު ނަގާފައިވާ މަޖިލިސް އަމީން އާންމު ފާތިމަތު ނިއުޝާއެވެ.

ހިޔާ ފްލެޓުތައް ދިނުމަށް ގޮވާލައި މަޖިލިހަށް ކުއްލި މައްސަލައެއް

ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓުތައް ރައްޔިތުންނަށް ވީހާވެސް އަވަހަށް ހަވާލުކޮށް ދިނުމަށް ގޮވާލައި، ހުށަހެޅުއްވި މައްސަލައެކެވެ.

މިމައްސަލަ ބަހުސްކުރުމަށް ފާސްވެފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 45 މެމްބަރުންގެ ވޯޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    މިސަރުކާރައް ތިޔަކަމުގަ ހަމައެކަނި ވާނެ ކަމަކީ އޭޗެކޭ މީއްޗެކޭ ކިޔައިގެން އަނގަ އެވުން.