އެންމެ އަވަހަށް ވެސް ހިޔާ ފްލެޓްތަކަށް ވަދެވޭނީ އަށް މަސް ދުވަސް ފަހުން ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރ އަސްލަމް ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގައި އަދި ނުނިމި ހުރި މަސައްކަތްތައް ނިންމަން އަށް މަސް ދުވަސް ބޭނުންވާކަން ކޮންޓެކްޓަރު ސަރުކާރަށް އަންގާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ވަކި މުއްދަތެއްގައި ހިޔާ ފްލެޓްތައް ނިންމަން މިސަރުކާރުން ވަކި ތާރީޚެއް ދޭން ނިންމާފައި ނެތް ކަމަށެވެ.

"މުށި ޖަހާފައި ފިނިޝިން ނިންމާފައި ފްލެޓްތައް ހަވާލު ކުރަން މިސަރުކާރުން ކުރިން ވިސްނުމެއް ގެންގުޅުނު. ނަމަވެސް ފަހުން ސަރުކާރުން ނިންމާފައި ވަނީ ކުރިން ވެސް ނިންމާފައި އޮތް ގޮތައް އެކަންކަން ނުކޮށް ފްލެޓްތައް ހަވާލު ކުރަން. އެމަސައްކަތުގެ އިތުރަށް ދެން ކުރަން ހުރި ކަންކަން ކޮށް ނިމެނޭ ތާރީޚް އަށް މަސް ދުވަހަކީ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން "ހަތަރު މަސް ދުވަސް އެއްކޮށް ގެއްލިގެން ހިނގައްޖެއް" ކަމަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގައި މިހާރު ކުރަން ހުރީ ކޮން މަސައްކަތްތަކެއް ކަމެއް މިނިސްޓަރު އަސްލަމް ވިދާޅުވެ ދެއްވާފައެއް ނުވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފަށައި، އަދި އެމަނިކުފާނުގެ ވެރިކަން 2018 ވަނަ އަހަރު ނިމުނު އިރު ވެސް ގިނަ މަސައްކްތައް ނިމިފައިވާ ހިޔާ މަޝްރޫޢުގެ ފްލެޓްތައް ހަވާލު ކުރުން ލަސްވާތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ނަމަވެސް މިނިސްޓަރު އަސްލަމް މިއަދު ތަކުރާރުކޮށް ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް ލަސްކުރަން މިސަރުކާރުން ކުރި އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ރަައްޖެ

    3 އަހަރު ތެރޭ ފެން ހޮޅިއެއް މި ގުޅާލެވެން އަންނަނީ. ސްލޯލިޙް.

    60
    1
  2. Anonymous

    ކަލޭމެން ތިކިޔާ އެއްޗެއް ކަލޭމެންނަށް އެބަ އިނގޭ ތަ. ބުރަންޗުންތަކާ... ކިބޫލަ ށް ކޮންކަމެއް ތި ފުލެޓު ދިނުން ލަސްވިޔަސް އޭނާ އެއޮތީ ބަންޑާރަ ގޯތި( މުލިޔާގޭ)ގައި ބަގުޑިބައްދައިގެން

    53
    1
  3. ވައިހޭ މުހައްމަދު

    ބަލަގަ މިނިސްޓަރ ތިޔަހާނާގާބިލް މީހުން މިނިސްޓަރީ ހިންގަން ނުތިބެ ކޮންމެވެސް އެހެން ކަމަކާ އުޅެން ދަސްކުރަން އެބަ ޖެހޭ”މިނިސްޓަރގެ ބޭނުމަކީ ފިނިހަކަ ދުވެލީގައި ކަންކުރުވުމެއް ނޫން، ކަންކަން ނިންމާ ބަޔަކަށް ބާން އެބަޖެހޭ، މަނިކުފާނުގެ ވިސްނުން ތިހުންނަނީ ކޮންމެ ޕުރެޖެކްޓެއް ސަރުކާރު ތެރެއިން ލަސްކުރުން، 6 ކުންފުނީން ނޫން އެހެން ކުންފުންޏަކުން މަސައްކަތެއް ނިންމޭ ކަމަކަށް މަނިކުފާނަކަށް ނުވޭ” މަނިކުފާނު އިސްތިއުފާދެއްވާފައި ގެޔަށް ދާންވީ،މަނިކުފާނުގެ ސިޔާސަތަކީ ކޮބައިކަން މަޖްލިސް ގެ މެމްބަރުން ވަރަށް އަވަހަން ހާމަކުރާނެ އެމްޑީޕީގެ، އިސްތިއުފާ މާޒީގަ ކަން ކޮށްފައިވަނީ ރަގަޅަކަށްނޫން، މިހާރު އެޔަށްވުރެން ގޯސް

    39
  4. އަހުމަދު

    ދިމާނުވަނީހަމަ ތިކިޔާ އެއްވެސް އެއްޗެއް! ހަދަންވީގޮތް ރައްޔިތުންނަށް ހާމަ ކޮށްދެވޭނީ އެގޮތެއް ސަރުކާރަށްވެސް އެނގިގެންތާ! ކަން ކުރާމީހާއަށް ކުރަންވީ ކީއްކަން ނޭނގޭއިރު އެހެންމީހުންނަށް އެނގޭނެގޮތެއް ބުނެބަލަ!

    37
  5. ކަހަނބި

    ކަލޯ އަސްލަމާ ތީތަ މިސަރުކާރުގެ ސްޕީޑަކީ؟ ތިޔަހުރިހާ ފުލެޓެއް އަޅަންވެސް އަހަންނަށް ހީވަނި ޔާމީނު ސަރުކަަރުން އަހަރުދުވަސްވެސް ނުނަގަހެން. ކަލޭމެންނަށް އެތަންތާގަ ބޮކި ގުޅާލަން ނަގާ މުއްދަތު ދޯތީ؟ ކަލޯމެން ތިއުޅެނި ރާވައިގެން ކައުންސިލް އިންތިހާބުގެ ކުރިން ތަށިމުއްޓާ ދޮރުތަށް ހަރުނުކޮށް ފުލެޓްތަށް ދީފިއްޔާ ރައްޔިތުން ވޯޓް ނުދީފާނެތީ ބިރުން. އެހެންވެ ދަމާ ދެމުމެއްތީ. ރައްޔިތުންގެ ހައްގު ތިހެން ހިގަހަށްޓައިގެން ތިބެން ކަލޭމެންގެ ލަދުހަޔާތް ކޮބާހޭ؟

    53
  6. ކޮމެންޓު

    ސަރުކާރަށް ކޮވިޑް ޖެހިފަ އޮތީ ވެރިކަމާ ހަވާލުވި އިރުވެސް. ދެއަހަރުވީއިރުވެސް ވީކަމެއް ހަރާން. އަދި ވެސް ސަތޭކަ ދުވަސް ނުވޭ

    49
  7. Anonymous

    ހުސް ދޮގު

    41
  8. އެމަންޖެ

    މިސަރުކާރައް ރައްޔިތުންނައް ވަރައް ގިނަ ކަންކަން ކޮއްދެވިފަ އޮތީމަތަ ހަދާ ނިމިފަ ހުރި ފުލެޓުތަކެއް ހަވާލުނުކުރެވި ވެރިކަން ނިމިގެން މިދަނީ ، އަބަދުވެސް ބަލާނެ ކޮއްމެސް މޮޅުބަހަނާއެއް ދައްކައިގެން ރައްޔިތުންގެ ބޯކާލެވޭތޯ.

    38
  9. ފަހުމީ

    މާ ތާހިރުވާނެ ކައުންސިލް އިންތިހާބު ނިމުނީމައޭ ބުނީމަ، މީ މިސަރުކާރުން ފުލެޓްތަކުގެ ހައްގުވެރިންނަށްދޭ ވަރަށް ބޮޑު އަނިޔާއެއް، މުށިޖަހަން ބޭނުންނުވާތަނެއް 8 މަސް ފަހުން ދޭންޖެހޭ ސަބަބެއްނެތް، 8 މަސްދުވަހަކީ ބިންގާއަޅައިގެން ތަނެއް ނިންމާނެ މުއްދަތު. ރައްޔިތުންނަށް ކިއްކުރާނަމޭ ހިތާތޯ ސަރުކާރުން އިޔައުޅުއްވަނީ. މިތިބީ ވޯޓު ކަރުދާސްކޮޅު އަތަށް އަރާނެ ވަގުތެއްގެ އިންތިޒާރުގަ، ރައްޔިތުންނަށް ތިޔަ ދެމުންދާ އަނިޔާގެ ހިތިރަހަ ﷲގެ އިރާދަފުޅުން ދައްކާލާނަން.

    52
    1
  10. ނަހީކު

    ފުލެޓު ވަގު ރައީސް އިބޫ، ހިޔާގެ އެއްކޮޓަރީގެ ފުލެޓުތައް ކާލައިފި.. އެތަންތަން ނެތްކަމަށް އަސްލަންޓޭމެން ބުނަން ފަށައިފި.. ކުންފުނިތަކުން އިމާރާތްކުރި ފުލެޓުތަކުގެ ފުރަތަމަ 4 ބުރި އެއްކޮޓަރިއަށް ހާއްސަކުރި ކުރުން އޮޅުވާލާ، ކެމްޕޭނަށް ކުންފުނިތަކުގެ މުވައްޒަފުން ނެރެ ބަދަލެއްގެ ގޮތުގަ އެއްކޮޓަރި ހިބަކޮށްދޭން އަޑީ ދަޢުލަތުގެ ޕުލޭނެއް ގެންގުޅެނީ.. މި ޖަރީނާ ފަޅާއަރުވާ އެއްކޮޓަރީގެ ހައްޤުވެރިންގެ ހައްޤުތަކުގަ ނޫސްވެރިން އަޑު އުފުލައިދިނުނަށް ދަންނަވަން

    34
    • ހަރީ

      އަހަންނައްވެސް މިހާރު ތިޔަކަހަލަ އެއްޗެއް ހީވާން ފަށައިފި.
      ނޫސްވެރިން ވެެސް މިކަމާ އުުޅުމައް ގޮވާލަން.
      ދެރޫމްއޭ އެއްފަދައިން 1 ރޫމްއަށް ފޯމްލީ އެތައް ބަޔަކު އެބަތިބި އިންތިޒާރުގައި ލިބޭނެ ކަމުގެ އުއްމީދުގައި.

      32
      1
  11. ޔާޔަ

    ސާބަހޭ އަޅާަފަ ހުރި ތަނެއް ނުދެވިގެން އުޅޭއިރު. ދެން ތަނެއް އަޅާފަ ދެވޭނެތަ؟

    40
    • ވާނުވާ

      ތަނެއް އަޅަނީއޭ ކިޔާފަ ކުރީ ސަރުކާރުން އެއްބަސްވެ ސޮއިކޮށްފައި ހުރި ޕްރޮޖެކްޓް ތަކުގެ ތެރެއިން ކުރިޔަށް ނުގޮސް ހުރި ބައެއް ޕްރޮޖެކްޓްތައް ބަދަލުކޮށް ސޮއިކޮށްގެން އުޅެނީ. މިމީހުން އަމިއްލައަށް ރަންވޭ ހަދާގޮތަށް. 7000 ފްލެޓަކީ މިހާރު އެފެންނަ 25 ގެ 16 ޓަވަރުގައި ހުރި ތަންތަން. އަދި އިތުރަށް އެއްބަސްވުންތަކުގައި ސޮއެ ކުރެވި ފަންޑު ހަމަގެހިފައިހުރި 8000 ފްލެޓް ހުރި ވެރިކަން ބަދަލުވީއިރު. އޭގެ ތެރެއިން ބައެއް ތަންތަން މިހާރުވެސް އެހުރީ ފެންނަން 16 ޓަވަރާ އެއްގޮތަށް ޑިޒައިން ކުރެވިފައި ހުރި ތަންކޮޅެއް ތިރި ތަންތަކުގެ ގޮތުގައި 2 ވަނަ ފިޔަވަހި ތެރޭގައި. އޮނިގަނޑު ނިންމާފައި. ވެރިކަން ފެށުނު އިރު އެކި ފަރާތްތަކަށ ްޚާއްޞަ ކުރެވުނު ތަންތަކުގެ ތެރެއިން އެތަންތަނުގެ މީހުންގެ ޚިޔާލު ތަފާތުވެގެން ޑިޒައިނަށް ބަދަލު ގެންނަން ބޭނުންވެގެންނާ އެކި ގޮތްގޮތުން ނުފެށިފަ ހުރި ތަންތަން ހުއްޓުވާފަ އަވަހަށް އެގްރީމެންޓް ބަދަލުކޮށްލީ ތިމަންމެންގެ ނަމަށް. މިއީ ހަމަ ޣައްދާރުކަމާ މުނާފިގުކަން ނޫންކޮންއެއްޗެއްބާ؟ 1 ކޮޓަރިވެސް ނެތޭކިޔަނީ. އެވެސް އެބަހުރި ކުންފުނިތަކަށް ދީފައިހުރި ހައުސިންގ ޔުނިޓްތަކުގެ ފުރަތަމަ 4 ފަންގިފިލާގަ. އެއީ ސަރުކާރަށް އެކުންފުނިތަކުން ދޭންޖެހޭ ތަންތަން. އޮޅުވާލިޔަސް ބޮޑުވަރު. ނޫސްތަކުންވެސް މިކަންކަން ރަނގަޅަށް ދިރާސާކޮށް މަޢޫލޫމާތުތައް ސާފުކުރައްވައިގެްނ ރައްޔިތުންނާ ހަމައަށް ތިލަކޮށްދެއްވުން ރަނގަޅު. ހަދާ ނިންމާފަ ހުރިތަނެއް އިތުރަށް ކަމެއް ނުކޮށް ހަވާލުކުރަންވެސް އަދިވެސް 8 މަސް ނަގަންޏާ ދެން ކީކޭބާ މިޔަށްކިޔާނީ ނާޤާބިލުކަމޭނޫނީ؟

      21
      1
  12. ދިދަ ދަނޑި

    ލާރިގަނޑު ކައިގެން އެއްކަމެއްވެސް ކޮށްނުދޭން އުޅޭ ބަޔަކު މިދައްކަނީ ކުރަންހުރި ކޮން މަސައްކަތެއްގެ ވާހަކައެއް.. ކޮން ފިނިޝިންގއެއް.. ނުވަންޏާ މޮޅެތި ވާހަކަ ނުދައްކާ ތި ހައްޤުވެރިންނަށް ދީބަލަ.. އެމީހުން އެތިބީ ދޮރުނެތަސް ވަންނާށޭ.. އެެއްޗެކޭ ކިޔައިގެން ވެސް ޖީބަށް ގިނަވޭތޯ...

    29
  13. އަލީ ނާޒިމް

    މިއަހަރު ކުރީކޮޅު ބުނި ކައުންސިލް އިންތިހާބުކުރިންނޭ! މިހާރު 8 މަސްފަހުން؟ ކައުންސިލް އިންތިހާބުވެސް އޮތީ 8 މަސް ފަހުން! ކޯއިންސިޑެންސް؟؟

    37
  14. ވަކީލް

    މީދެން ބޮޑުވަރު ޖެއްސުންކުރިޔަސް

    36
    1
  15. ބާރީ

    ކޮތަރު ކޮށިތަށް ނަގާފަ ރީތި ފްލެޓް ބޭނުން ވަނީ...

    23
    2
  16. ދާއޫދް އިބްރާހިމް

    އަޔާމިން ވެރިކަމުގަ އަޅާފަ ހުރިތަންތަން ވީމަ ތިއުޅުނީ.. ފިނިޝިން ނުނިންމަ ދެންޔާ މިހާރުވެސް ދެވޭ ގޮތައް ހުރީ. ދެން ކީއްކުރާ 8 މަސް ދުވަހެއް. ބަލާ ބޮޑު ކުރަން ވެގެން ހަމަ..

    31
    1
  17. ޙަސަނާ

    ތިވެސް ދައުލަތަެްކުރާބޮޑުގެއްލުމެއް ވެރިކަމައް 2ޢަހަރާ ބައި ވީމަ ނިމްމާފަހުރި ފުލެޓުތަކެއް ދޫވެސް ތިޔަކުރެވެނީ ކީއްވެބާވެރިކަމްއް އެރިގޮތައްތިޔަވާހަކަތަކެއްނުދެއްކީ މިހާރު ދެންކޮންބަހަނާއެއްދައްކާކައް..

    28
  18. ގުއިދައިތަ

    ކޮވިޑް 19 ކޮވިޑް 19 ކޮވިޑް 19 މިނޫން ބަހެއް ދެން މިސަރުކާރުގަ މިތިބަ ނާޤާބިލް މީހުންގެ ފަރާތަކުން އަޑެއް ނީވޭނެ. މިމީހުންގެ ނަސީބު މީ ކޮވިޑް 19 އައުމަކީ. ވައުދުތައް ނުފުއްދާ، ތަރައްޤީގެ ކަމެއް ނުކޮށް ކުރެވިފަ ހުރި ކަންކަން ވެސް ނުނިންމާ ކޮވިޑް 19 އަށް ކަނޑާލީމަ ނިމުނީ.

    30
  19. ކަކާ

    ބަލަ އެއްކޮޓަރީގެ ތަންތަން ނެތްކަމަށް ތިބުނީ ކީއްވެތޯ؟
    ދެން ކީއްކުރަންތޯ އަޅައިފައި ނުވާ ތަންތަނަށް ކުރިމަތި ލައިފައިވާ ބައެއްގެ ހާލަތު ބަލަން ތިޔަ އައީ؟
    އެކަމާ ބެހޭގޮތުން ވާހަކަ ދައްކާ ޖަވާބުދާރީ ނުވެވެނީ ކީއްވެގެންބާ؟

    14
  20. ރައްޔިތުމީހުން

    މި ސަރުކާރު އައި ފަހުން މަށާ ބައްދަލުވެ ތިތަން ހަދަން ހަވާލުކޮށްފަ ހުރި ކުންފުނީގެ އިންޖިނަރ އަކާ.. ވަރަށް އުފަލުން އަހާލިން ކޮންއިރަކުންތޯ ނިމޭވަރު ވާނީ.. އެ ސޮރު ވަރަށް ދެރަވެފައި ބުނީ ކިހިނެއްހޯ ނިންމާނީ.. މި ސަރުކާރުން އަންގާފަޔޯ އޮތީ 2 އަހަރު ދުވަހަށް ހިޔާ މަޝްރޫގެ ކަންތައް މަޑުޖައްސާލަން..

    ދެނޮ ކޯވިޑޭ ކިޔައިގެން ލަސްވިއްޔޭ ކީކޭ ތަ ތި ކިޔަނީ..

    މި ފްލެޓްތައް މި ސަރުކާރަށް ފެނުނީ ވޯޓް ހޯދަންރައްޔިތުން ބޯމަތީ އެލުވާފަ ބަހައްޓަން ރަނގަޅު އެއްޗެއް ގޮތަށް.. ހަމަ އެގޮތަށް މި ދަނީ ބޭނުންކުރެވެމުން

    13
  21. އަހުމަދު

    އަޅޭ، ކޮވިޑް19 ހާދަ ގޯހޭ

    12
  22. ޙުސައިން

    ކ ކެއް ކެއް އިބްރާހިމް މުޙައްމަދު ސްލޯ

    15
  23. ސޮބްރީ

    އާނ. ތިފުލެޓްތައް އިހަށް ބަހައްޓާ. ފްލެޓްތަކުގެ އަގުވެސް ވީހާ ބޮޑު ކޮށްކ ކިޔާ. ދެން ކައުންސިލް އިންތިހާބާ ދިމާކ ކޮށް ސަބްސިޑީއޭ ކިޔާފަ އަސްލު އަގު ކިޔައްޗޭ. ޢެއިރުން ރައްޔިތުންނަކަށް މި ސަރު ކާރުގެ ދޯހަޙި ކަމެއް ނުފެންނާނެ. ދޫދޫމަތިން އިވޭނީ މިސަރުކ ކާރަށް ސަނާ ކިޔާއަޑު.

    12
  24. އޭނަ މީނަ

    މިސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓާކީ ރައީސް ޔާމީނުގެ ތަރައްގީ އެއީ މިތާ ނުވާ އެއްޗަކަށް ހަދާ ރައީސް ޔާމީންދެކެ ރައްޔިތުން ފޫހިވެ ރުޅިއަންނަގޮތް ހެދުން. އެކަމަކު ކަންތައްމިދަނީ ދިމާއިދިކޮޅަށް. މިއަދު ރައީސް ޔާމީންގެ ތާއީދު މިގައުމުގަ ވަނީ އެތައްގުނަޔަކަށް އިތުރުވެފަ. މިއަދުވެސް ޖަލުން ނެރެލާފަ އެންމެ ޖަލްސާއެއް ބާއްވަން ހުއްދަ ދީބަލަ. ރައްޔިތުން ތިބިގޮތް ވަރަށް ރީއްޗަށް ސާބިތުވާނެ.ރައްޔިތުންގެ އިހުސާސް ދަނެގަންނަން ކެރެއްޏާ އެއްރޭ ދެއްވާ!

    14
  25. ގާސިމެގެ ޒުހުދާ

    މިސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓާކީ ރައީސް ޔާމީނުގެ ތަރައްގީ އެއީ މިތާ ނުވާ އެއްޗަކަށް ހަދާ ރައީސް ޔާމީންދެކެ ރައްޔިތުން ފޫހިވެ ރުޅިއަންނަގޮތް ހެދުން. އެކަމަކު ކަންތައްމިދަނީ ދިމާއިދިކޮޅަށް. މިއަދު ރައީސް ޔާމީންގެ ތާއީދު މިގައުމުގަ ވަނީ އެތައްގުނަޔަކަށް އިތުރުވެފަ. މިއަދުވެސް ޖަލުން ނެރެލާފަ އެންމެ ޖަލްސާއެއް ބާއްވަން ހުއްދަ ދީބަލަ. ރައްޔިތުން ތިބިގޮތް ވަރަށް ރީއްޗަށް ސާބިތުވާނެ.ރައްޔިތުންގެ އިހުސާސް ދަނެގަންނަން ކެރެއްޏާ އެއްރޭ ދެއްވާ!

  26. އަހުމަދު

    އަށްމަސް ހާދަލަހޭ ކައުން ސިލަރުންގެ ކެންޕޭނާ ދލމާކޮށްދޯ މަކަރާ ޖަހައިގެން ކާބައެއް މިސަރުކާރަކީ

    13
  27. ަައަމީރާ

    ކިނބޫ ދެން ތިހެން ނުހަދަ ބަލަ. ރައްޔަތު މީހާ ނެތިގެން ހިނގައިދާނެ.

  28. ޜޮޒީ

    16 ޓަވަރުގަ މުށިކޮޅެއްޖާހާނެ ފެންވަރުނެތް ސަރުކާރެއްމީ... ދެންކޮންކަމެއްކުރެވޭނީ މިސަރުކާރަށް...ސުލޯސޯލިހު ލާގެން މިކަމެއްނެއްވާކަށް...

    12
  29. ާައަހަރެން

    ދެރޫމްގެ ތަންތަނަކީ އަޅައިފަ ހުރި ދޭނެކަމަށް ބުނަމުން ދާ ތަންތަން.....
    އެކަމަކު ކޮބައިތޯ 1 ރޫމްގެ ފްލެޓްތައް؟؟
    1 ރޫމްއަށް ލި ކިތައް ކިތައް ދެމަފިރީންގެ ތެރެއިން ކުލީގައި އުޅުން ފިޔަވައި އަމިއްލަ ރަށުގައި ގެވަޅެއް ނުވަތަ އުޅޭނެ އެއްވެސް ތަނެއް ނެތި މިއުޅެމުން މިގެންދަނީ؟؟؟؟
    ކޮންމެ މީހަކުވެސް ކޮބައި ހޭ ތިމަންނަގެ ހައްޤު ކިޔާއިރު އަމިއްލަ ނަފްސާ ސުވާލު ކޮއްލަބަލަ ފްލެޓް ހައްޤުވޭތޯ އަމިއްލަ ރަށުގައި އަމިއްލަ ގެވަޅު އޮތް މީހުންނައް؟
    ހިޔާ ފްލެޓުގެ 2 ރޫމްލިބޭ ލިބޭނެކަމުގެ ލިޔުން ލިބުނު ކިތައް މީހުންގެ ތެރެއިން ފިރި ނުވަތަ އަނބި އަމިއްލަ ގެވަޅު ރަށުގައި އޮތީ؟؟؟؟
    މިކަމަށް ކީއްވެގެންބާ އެއްވެސް ސަރުކާރަކުން ނުބަލަނީ ޙައްގުވެރީން ކަށަވަރު ކުރާއިރު؟؟؟

    11
    2
  30. ހަސަނު

    މި މީހުންގެ ވިސްނުން ހުރީ ހަރަދު ކުޑަކުރުމުގެ ނަމުގައި ފްލެޓެއްގެ އޮނިގަނޑު ތެރެއަށް ބަޔަކުވައްދާ އެ ފްލެޓް ލިބުމަށް މަގުފަހި ކުރުވި ވެރިކަމާ ރޔ ދެކެ އިތުރަށް އެތަނަށް ވަންނަ ބަޔަކު ނަފްރަތު އުފެއްދުން. ޢެކަމް އެގޮތަށްވެސް އެކަން ނުވާނެކަން އެނގުމުން މިހާރު މި ކިޔަނީ 8 މަސް ދުވަހޭ. ޢަސްލޭ އަކީ ފަސްބައި ކިނލަބު މީހެއް. އިތުބާރެއް ނުކުރެވޭ

    13
  31. ބުތު

    އަޅަން ގިނަދުވަސް ނަގަނީ އެކަމަކު ދޭންމިހާރު މާގިނަދުވަސް ދެވޭއިރު ހުންނާނީ މަރާމާތުކުރަންޖެހިފަ

  32. Anonymous

    ކޮން ފަދަ ބޮޑު އުނދަގުލެއް ރައްޔިތުންނަށް ޖެހިފަ

  33. އެހެންތޭ

    ހިޔާ މަޝްރޫއުގައި ތާއްޓެއް ނުވަން، ލިސްޓު މި މަހު ނެރެން ފަށާނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިނަމަ ވެސް ދެން އިތުރަށް ތިޔާ ލިސްޓް އިއުލާން ކުރަން ނުޖެހޭނެއޭ ސަބަބަކީ ސަރުކާރުގެ ގެޒެޓް ގައި މިހާރު ތިޔާ ލިސްޓް ވަނީ އިއުލާން ކޮށްފައޭ ސަރުކާރު ބަދަލުވި ނަމަވެސް ކުރީ ސަރުކާރުން ކޮށްފައި ހުރި ކަންކަން ބާތިލް ނުކުރެވޭނެއޭ މިސަރުކާރަށް އެހެންކަމަށްވާނަމަ ކުރީ ސަރުކާރުގައި ކުރި ކައިވެނި ތައް ވެސް އަލުން ޖެހޭނީ ތަމެންގެ ވެރިކަމުގައި އަލުން ކުރަންތޭ

  34. ތަމެންދޯ

    ނާޅާކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި ފްލެޓުތަކުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށްވާނަމަ މިއިން މިއެގިގެން ދަނީ މިސަަރުކާރުގެ މިނިސްޓްރީ ތަކުގައި ގުޅުން ކުޑަ ކަމޭ އަދި މިނިސްޓްރީ އަށް ވެސް އެ މިނިސްޓްރީން ކުރާ ކަންކަން ނޭގެއޭ މިނިސްޓަރަކު ނޫސްވެރިންނަށް މައުލޫމާތު ދޭއިރު އެވާން ޖެހޭނީ ސައްތަ އިން ސައްތަ ތެދު މައުލޫމާތަށޭ އެނޫން ނަމަ މިނިސްޓަރު ކަން ނުކުރާނީ މިނިސްޓަރާއި ހަމައަށް އަންނަ ކަރުދާސް ތައް ވާން ޖެހޭނީ ވަރަށް އިތުބާރު ކުރެވެ އެއްޗަކަށޭ

  35. ހިނގާހިނގާ

    ދެ ކޮޓަރީގެ އެޕާރޓްމެންޓެއްގެ އަގު މަހަކު 7 ހާސް ރުފިޔާ އެއީ ބޮޑު އަދަދެކެ މަމެންގެ ހިސާބު ތައް ދައްކާ ގޮތުން ދެކޮޓަރީގެ އެޕާރޓްމެންޓެއްގެ މަހު ކުލި މަހަކު 1 ހާސް ރުފިޔާ އަށް ވުރެން ބޮޑު ވެގެން ނުވާނެއޭ މަމެން ޕިންކީން ވެރިކަމުގައި ތިބި ނަމަ މަމެން މިކަމުގެ ޔަގީން ކަން ތަމެންނަށް ދޭނަމޭ އެއީ ޔަގީން ކަމެކޭ މަމެން ޕިންކީން އަލުން ރިޖެނެރޭޓް ކުރަން ހުރިހާ ކުދިން މަމެންނާއި އެކު މޫންވޯކް ޑާންސް ޖައްސަންވީއޭ މިއުޒިކް ހިނގާ ފަހަތަށް ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ޑާންސް ޑާންސް ޑާންސް ޑާންސް...

  36. ދަންނާތި

    ކޮބާ ތަމެން ނަށް އިނގޭތޭ ފެނޭތޭ މިތާނގައި ވަމުންދާ ގޮތެއް އަދި ވާން އުޅޭ ގޮތެއް މަމެން ބުނީމެއް ނޫންތޭ ތަމެން ގާތު ތަމެން އެއްވެސް ކުށެއް ނުކުރާ ރާއްޖޭގެ ތާރީޚް ނުދެކޭ ފަދަ ގައުމު ދެކެ ލޯބިވާ ވެރިއަކު ނުހައްގުން ޖަލަށް ލައިގެން އުޅޭނަމަ އޭގެ ނުބައި އަސަރު އެމެންގެ ބައްދުއާ ތަމެންނަށް ލައްވާލާނެއޭ ތަމެންގެ އެންމެ އިތުބާރު ކުރެވޭ މިނިސްޓަރުންގެ މިހާރު މިވަނީ އިތުބާރު ގެއްލިފައޭ ދެން ރައްޔިތުން ތަމެންނަށް އިތުބާރު ނުކުރާނެއޭ ތަމެން މިކަން ދަންނާށޭ

  37. ހިނގާހިނގާ

    ތަމެން ތިޔާ ވަނީ ވަރަށް ލާރޖް ކޮށް ފެއިލް ވެފައޭ ދެން ތަމެން ރަނގަޅުވާނީ މާލެ ސަރަހައްދުގައި މަމެން ޕިންކީން އަޅަން ފެށި ފްލެޓްސް ޖަންގައްޔަށް ނުވަދެ ތަމެން އިހު އުޅުނު ގޮތަށް އޮށް ވަޅު ގޮނޑި ހިފައިގެން އެމްޑީޕީ ހަރުގޭގައި ކަޅު ކަނޑިކި އަނދެގެން ބޮލުގައި ހުޅި ޖަހައިގެން އޮށްވަޅު ގޮނޑި ކުޅެން އިނިއްޔާއޭ ކުދިންނޭ މިމެން މިވަނީ މިމެންގެ ވެރިކަމުގެ ފުރަތަމަ މިޑް ޓާރމް ގައި ފެއިލްވެފައޭ ހިނގާ އުފަލުގައި މޫން ވޯކް ޖައްސަމާ މިއުޒިކް މިއުޒކް ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ޑާންސް ޑާންސް ޑާންސް ޑާންސް....

  38. އަތަށްގޮވީދޯ

    ނާޅާ ކަމަށް އަސްލަންޓޭ ވިދާޅުވި ފްލެޓްސް ތަކުގެ މަސައްކަތްކުރިއަށް ދާނަމަ ތަމެންގެ ގަމާރުހޮލިކް ސަރުކާރަށް ނޭގޭ ފްލެޓްސް ފީނި ފީނި ހުންނާނެއޭ ހުޅުމާލޭގައި ތަމެން ވެރިކަމަށް އައީ އެ ހުރިހާ ފްލެޓްސް ތަކުގެ މަސައްކަތް ހުއްޓުމަށް އައީއޭ މިއިން އެގިގެން ދާ އެއްޗަކީ ތަމެންގެ މިނިސްޓަރުން މީޑިއާ އާއި ކުރިމަތި ލަނީ ރައްޔިތުންނަށް އެއްޗެއް އޮޅުން ފިލުވާ ދިނުމުގެ ބަދަލުގައި ތަމެން ހިތުން ކުރީ ސަރުކާރުން ކުރި ކަންކަން އެއީ ނުކުރާ ކަމަށް ހަދަން ހިތު ނިޔަތް ގަތުމުންނޭ ތަމެން އަތަށޭ ކޮންމެ ކަމެއްވެސް މިހާރު ތިޔާ ގޮވަމުންދަނީ...

  39. މަހަށްދޭބަލަ

    ހިޔާ ފްލެޓުތައް ނިމެން އަދި އަށް މަސް ނަގާނެ ކަމަށް އަސްލަންޓޭ ތިޔާ ވިދާޅުވަނީ ކަރަންޓާއި ފެންލާންއޭ އެއިން އެގިގެންދާ އެއްޗަކީ ތިޔާ ވަނީ އަދި ތިކަމަށް ބޭނުންވާ ތަކެތި ވެސް ނުގަނެ ކަން އެކަމަކު ސްޓެލްކޯ އަދި އެމްޑަބްލިޔު އެސްސީގެ އެމްޑީން ނަށް ބަނޑުފުޅު އަޅުއްވާނެ ބޮޑެތި މުސާރަ ޓެކްސް ޕޭޔަރ މަނީން ދެއޭ ތަމެންގެ ތެރޭގައި ނެތޭ ތަޖްރިބާ ހުރި ފިރިހެންވަންތަ ހިންގުންތެރި އެކަކު ވެސް ނެތޭ ނެތޭ ނެތޭ ދެން ތަމެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

  40. ނޮޅާލަނީތޭ

    ހުޅުމާލޭގައި 55 ބުރި އަށް ހަދާފައި ހުރި ސްޓެލްކޯގެ ޓްރިޕްލް ޓަވަރު ތަމެންނަށް ނުފެންނަނީތޭ އެއީ މުޅިން ވެސް އެއް ކޮޓަރީގެ އެޕާރޓްމެންޓްސް ތަކޭ ތަމެންނަށް ބޮޑެތި ކޮންކްރީޓް ފައިގައި އަޅައިގެންފައި ވެއްޓޭ އިރު ވެސް އެއީ ކޯއްޗެއް ކަން ނޭގޭ ނަމަ ދެން ތަމެން ރައްޔިތުން ނަށް ނުފެންނަ ކަންކަމުގައި ރައްޔިތުންގެ މާލިއްޔާ އިން ތަމެންގެ އެކެބަނޑެ ބެއްޔާ މެން މިނިސްޓަރުންގެ ކޮންސެލްޓެންޓުން ނަށް ލައިގެން އެމެންނަށް މަހަކު 2 ލައްްކަ ރުފިޔާ ދީގެން ނޮޅާލަނީ ނޫންތޭ

  41. ދަބޭލެނިންގް

    މަމެން ބުނީމެއް ނޫންތޭ ތަމެންނަށް ވާނެ ވަރަކީ ކުރީ ސަރުކާރުން ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ޓަކައި އެމެން ކޮށްދީފައިވާ ކަންކަން އެއީ ނުކުރާ ކަންކަމަށް ހަދަން ހަދައިގެން ތަމެން އަތަށޭ ތިޔާ ކަން ގޮވާނީ ތަމެން މީސް މީހުންގެ މަސްނުކައި އަމިއްލަ މަސައްކަތުން ސަރުކާރު ކުރި އަރުވަން އުޅުނިއްޔާ މިފަދަ ބޮޑެތި ލަދުގައި ނުބެދޭނެ ނޫންތޭ މިހާރު މިވަނީ ސަރުކާރުގެ ޖަނގިޔާޒް ދަ ބޭލެނިންގް ދޯ...