ކުރިއަށް އޮތް ތަނުގައި ފްލެޓު ބައްޕައަކަށް ވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓުތައް ރައްޔިތުންނަށް ވީހާވެސް އަވަހަށް ހަވާލުކޮށް ދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭ އިރަށް، ރައްޔިތުންނަށް ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު ފުއްދަވާނެ ކަމަށެވެ.

ޖާބިރު އެގޮތަށް ވިދާޅުވި އިރު، ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް މިހާރު ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޝްހޫރުވެފައި ވަނީ "ފްލެޓު ދޮންބެ" ގެ ނަމުންނެވެ. އޭރުގައި އެމަނިކުފާނަށް އެގޮތަށް ތައުރީފް ކުރެއްވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ފްލެޓުތަކެއް އަޅުއްވަން ފެއްޓެވެމުންނެވެ. އަދި އެކިއެކި ޖަލްސާތަކުގައި މީގެކުރިން ނަޝީދު ވެސް ވިދާޅުވެފައި ވަނީ އެމަނިކުފާނަކީ ފްލެޓު ދޮންބެ ކަމަށެވެ.

ޖާބިރު ވިދާޅުވީ ހައުސިން ޔުނިޓްތައް އާންމު ގޮތެއްގައި ލިބެނީ ވަރަށް އާދައިގެ އާމްދަނީއެއް ލިބޭ މީހުންނަށް ކަމަށެވެ. އެހެންވެ، މި ސަރުކާރުން ފްލެޓުތައް ރައްޔިތުންނާ ހަވާލު ކުރާނީ އަމާނާތްތެރިކަމާ އެކުގައި ކަން ގަބޫލު ކުރައްވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މިފަދަ ކަންކަން ކުރިއަށް ގެންދަން ވާނީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިންގާ ކަމަށެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން މިތިބީ ބޯހިޔާވަހިކަން ބޭނުންވެފައި. އަނގަ އާއި އަތާ ދިމާ ނުވެފައި،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އާއި ކޮވިޑް-19 އާ ގުޅިގެން އަޅަން ޖެހުނު ފިޔަވަޅުތަކުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ޖާބިރު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކަށް ވާންވީ، ބޮޑެތި ރަށްރަށަށް މީހުން ބަދަލު ކުރުން ކަމަށެވެ. އެގޮތުން އައްޑޫ އާއި ހދ. ހަނިމާދޫ އާއި ލ. އަތޮޅު ފަދަ ރަށްރަށަށް މީހުން ޖަމާ ކުރަން ޖެހޭ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"ސިޔާސީ ގޮތުން ވާހަކަ ދެއްކުމުގެ ބަދަލުގައި ސީދާ ޑެލިވަރީ ދޭންވީ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި އެއްވެސް މީހަކު މެޑަލްއެއް ޖެހުމުގެ ބޭނުމެއް ނެތެވެ. އަދި މަސައްކަތް ކުރަންވީ ރައްޔިތުންނަށް ޑެލިވަރީ ކުރަން ކަމަށް ވިދާޅުވިއެވެ.

ފްލެޓު ބައްޕައަކަށް ވާނީ ރައީސް ސޯލިހް ކަމަށް ޖާބިރު ވިދާޅުވި އިރު، ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި މި ސަރުކާރުން 1700 ހައުސިން ޔުނިޓް އެޅުމުގެ ބޮޑު މަޝްރޫއުއެއްގެ ބިންގާ ދާދި ފަހުން ވަނީ އަޅައިފައެވެ. މި މަޝްރޫއުގައި ހިމެނެނީ 900 އަކަފޫޓުގެ 3 ކޮޓަރީގެ 1020 އެޕާޓްމަންޓާއި 650 އަކަފޫޓުގެ 2 ކޮޓަރީގެ 680 އެޕާޓްމަންޓެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ކިނބޫދީދީ

  ކަލޯ އޭނަވާނީ ފްލެޓް މާމަ އަށް

  91
  1
 2. މާމީ

  މޮޔަމީހުން ވެސް މަޖިލިހައް ފައިސާ ދިނީމަ ހޮވާވިއްޔާ.

  81
  1
 3. ކާފަ22

  ފުލެޓް ވަގަށް ފުޅެޓް ބައްޕަ ކިއުން އައުލާވެގެން ނުވާހުއްޓެވެ. އަލިފުޔާ

  65
  1
 4. ޏަމް

  ފުލެޓު މުނިކާފަ.

  66
  1
 5. ބެއްޔާ

  ކޭބަލްކާރުގެ އައްޕައަކަށްވާނީ ޖާބިރު. ހެލިކޮޕްޓަރުގެ ކާފައަކަށްވާނީ ޖާބިރު. ދިވެހިރާއްޖޭގެ އެންމެ ގިނަ ފަޅުރައްތަކުގެ އޯނަރަކީ ޖާބިރު. ރައްޔިތުނަށް ދޯކާ. ރޯދައަށް ގެއަކަށް ހަނޑޫކިލޯއެއް ވައްދާލީމަ ރައްޔިތުން އޯކޭވާނެ.

  64
  3
 6. ޙުސްނާ

  ނަހަލާލު، ދޮންބައްޕައެއް.

  57
  2
 7. ޙަސަނާ

  ވެރިކަމައް 2 އަހަރުވީއިރު ބިމުން މައްޗައް ބޯހިއްލާލި އެންމެ ފުޅެޓުއެއްނެތް ދަރަނި 20 ބިލިއަން އިތުރުވެހްޖެ ދެން ކޮންތައުރީފެއްކުރާކައްތޯ މިދާކަެްދުވަހު ތިމާނޫންތޯ ގޮވީ ރައީސް ސޯލިހުއަކީ ވަގެކޭވެސް

  57
  1
 8. ޣާސިމ

  ޢިބްރާހީމް ވާނީ ފުލެޓް ވަގަކައް

  59
  1
 9. ކާސިމް

  ދެން ފުލެޓް ކާފަ އަކީ ކާކު ތަ؟

  46
 10. ހަންކެޑެ

  މޮޔައީ ކިރިޔާތަ! މިއޮއް ހުރިހާ ދުވަހު ސޯލިހައް އެއްޗެތި ގޮވީ. މިހާރު ރިސޯޓް ދިނީމަ އެވަރެއް ނެތް، މީނަގެ އަތުން މިމީހުން ވެރިކަމައް އަންނަން ވެގެން ލާރި ހޯދީމަ ދޭން ގެހުނީ ރިސޯޓެއް. މި ހީވަނީ ވެރިއަކައް އަންނަ މީހެއްގެ ތަރިކަ މުދާހެން ދިވެހިންގެ ބައިތުލް މާލުގައިހުންްނަ ހުރިހާ އެއްޗަކީ!

  10
 11. ޒާ

  ކަލެއަށް ރަށްތައް ދޭތީ މޮޔަގޮވަނީތަ؟ ކަލޭތީ ހަމަޖެހޭ މީހެއްނޫން. ކާށިދޫ މީހުނ ގުނބޯ ހެއްދިޔަސް އެހެންމީހުން ނުހެއްދޭނެ.

  13
  1
 12. ....

  🙄

 13. .

  hello everyonެ

 14. ހޮއްކޮ

  ފަޒުނާ 7000 ފުލެޓައް ބަލިވެއުތަ އިނީ ...އެހެންވެ ދޯ ޑރ.އަސްލަމް އެބުނީ 8މަސް ދުވަސް ފަހުންނޭ ވިހާނީ ފުލެޓުތައް

  14
 15. ރަބަރޭ

  ކިހިނަކުންތޯ ފުލެޓް ބައްޕައަކަށް ވާނީ އަދި އެންމެ އޮށެއްވެސް ނީދާ އެކަމަކު ދޮންބައްޕަ ޔޭކިއުދާނެ

  11
 16. ޖިހާދު

  ޖާބިރު ކަލޭތިހުރީ ހަމަހޭގަތަ؟

  11
 17. ޢަލިބެ

  މަޖިލީހަކީ ގިނައިން ތަންދޮރުނުދަންނަ ގަމާރުން ތިބެންޖެހޭތަނެއް. ބުއްދިވެސް މާރަނގަޅުނޫން ސިކުނޑިހަމަ ނުވުމަކީ މެންބަރުކަމުގެ ޝަރުޠެއް. ރައީސް ޞާލިޙަކީ ފުލެޓް މުނިކާފަޔަށް ނެހެދީ ކީއްވެ ޖާބިރޫ....

  10
 18. ފުލެޓު ވަގު

  މަށަކީ ރައީސް ޔާމީން އެޅި ފުލެޓުން ވައްކަން ކުރި މީހަކީމެވެ. އަހަރެންގެ ނަން ފެށޭނީ 'ސޯލި..' މިހެންނެވެ. މަށަކީ ފުލެޓު ވަގެކެވެ. އަހަރެންނަކީ ކާކު؟

 19. މެކް

  އޭ ކެސީނޯ ޖާބިރޫ ސޯލިހު ހައްލާލައިގެން އަދިވެސް ފަޅުރަށެއް ހޯދޭތޯބަލާ

 20. ގްރެފިޓީ

  ފްލެޓް ކިންގް
  ބްރިޖް ކިންގް
  ކޮންސްޓްރަކްޝަން ކިންގް ޑަވަލޮޕްމެންޓް ކިންގް އަކީ ރޔ. ހިޔެއް ނުވޭ ކުރިއަށް އޮތް ތިން އަހަރު އަރާ ހަމަކުރެވޭނެހެން

  14
 21. އެހެން

  ފުލެޓު ރޭޕިސްޓަކަށް ނޫންތަ؟

  8
  1
 22. ނޫން

  25އަހަރު މަޖިލިސް ކޮންކަމެއްވީީ

  10
 23. ކައުންސެލަރު

  ފުލެޓް ބައްޕަކިޔަން މަށަށް މާކަމުދޭ ޖާބިރު ގެންނަ ހެލިކޮޕްޓަރަށް.
  މީ ލައްކަވާހަކަ