ޖުމްހޫރީ ޕާޓީ އަށް މެމްބަރުން އިތުރުކުރުމަށް "ޖޭޕީ ހޭވައްލާ" ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ފެށުމަށް ނިންމައިފި އެވެ.

މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭޕީގެ އެކްޓިވިޓީ ކޮމިޓީގެ ޗެއާ ޑރ. މައުސޫމު ވިދާޅުވީ ޖޭޕީގެ މިހާއްސަ ކެމްޕޭން ފެށުމަށް މާދަމާ ރޭ 9:00 ޖަހާއިރު ކުނޫޒުގައި ހާއްސަ ހަފްލާއެއް ބާއްވާނެ ކަމަށެވެ.

"މިހަފްލާގައި ޖޭޕީއަށް ނިސްބަތްވާ އަދި ޖޭޕީއަށް ތާއީދުކުރައްވާ ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވުމަށް އެދެން" ޑރ. މައުސޫމް ވިދާޅުވިއެވެ.

ޑރ. މައުސޫމް އިތުރަށް ވިދާޅުވީ މި ކެމްޕޭން މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެ ކަމަށާއި ކެމްޕޭން ކުރިއަށްދާއިރު އުފާވެރި ހަބަރުތައް ވެސް ލިބެމުންދާނެ ކަމަށެވެ. އަދި މިކެމްޕޭނަކީ ޖޭޕީ ވަރުގަދަ ޕާޓީއަކަށް ހެދުމަށް ކުރާ މަސައްކަތުގެ ވަރަށް މުހިއްމު ބައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޖޭޕީއަށް ސޮއި ކޮށްފައިވަނިކޮށް ވީނުވީއެއް ނޭނގި ޕާޓީން ވަކިކުރެވިފައިވާ މެންބަރުން އަލުން ޖޭޕީއަށް ސޮއި ކުރުމާއި، ސުކޫލު ނިންމާ ދަރިވަރުންނަށް ޖޭޕީގެ އަމާޒުތަކާއި މަގުސަދުތައް ބުނެދީގެން އެކުދިންގެ ޝައުގުވެރިކަން ހޯދުމަށް މި ކެމްޕޭންގައި މަސައްކަތް ކުރާނެ" މައުސޫމު ވިދާޅުވިއެވެ.

ޖޭޕީގެ މެންބަރުންގެ ގޮތުގައި ޖޭޕީގައިވާ ދަފްތަރާއި އިލެކްޝަންސް ކޮމިޝަންގައި އޮތް ޖޭޕީގެ ދަފްތަރުގައިވާ ޖުމްލަ އަދަދުގައި ބޮޑު ތަފާތެއް ހުރުމުން ކަންބޮޑުވުން ފާޅުކުރައްވާ ޑރ. މައުސޫމް ވިދާޅުވީ ޖޭޕީން ފޮނުވާ މެންބަޝިޕް ފޯމްތައް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ހިމަނަނީ ވަރަށް ލަހުން ކަމަށެވެ.

އިދިކޮޅުން ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނައިރު ޖުމްހޫރީ ޕާޓީ އިން ވެސް އަންނަނީ އެއް ކެންޑިޑޭޓެއްގެ ސަރުކާރަކަށް ހުށަހެޅުމަށް މެނިފެސްޓޯއެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސ

    ޙހެެހހހެެ އަދި ނުވޭ . ޙާދަހާ ފަހތެއްގަ

  2. ކާކި

    ތިހަރަކާތުގެ ތެރެއިން ފުރަތަމަ ވަކިވި މީހަކަށް އުމަރު ދޯ

  3. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  4. ހުސޭނުބޭ

    އަނބިން ގިނަ މީސްމީހުންގެ ޕާޓީއަށް މީހުން މަދެއްނުވާނެ.