ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ރާއްޖޭގައި ފެތުރެމުން އަންނަ މިންވަރަށާއި ބަލީގައި ނިޔާވާ މީހުންގެ އަދަދަށް ބަލާ އިރު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަނެއްކާ ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ. އެހެންވެ، ހަރުކަށި ފިޔަވަޅުތަކެއް އަޅައި ދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާ ކަމަށް ވެސް މައުމޫންގެ ޓުވީޓުގައި ވިދާޅުވިއެވެ.

"އަޅުގަނޑު ކަމާބެހޭ ފަރާތްތަކަށް ގޮވާލަން ހަރުކަށި ފިޔަވަޅުތަކެއް އަޅައި އެ ހަރުކަށި ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް،" ރާއްޖޭގެ ވެރިކަން 30 އަހަރު ވަންދެން ކުރެއްވި ތަޖުރިބާކާރު އެއް ސިޔާސީ ލީޑަރު މައުމޫން ވިދާޅުވިއެވެ.

މައުމޫން އެ ޓުވީޓު ކުރެއްވީ ރައީސް އޮފީހާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ޓެގް ކުރައްވައެވެ.

މައުމޫން އެގޮތަށް ވިދާޅުވި އިރު، އިއްޔެ އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ރާއްޖެ އިން ކޮވިޑް-19 އަށް 2،469 މީހަކު ފައްސިވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 1،279 ދިވެއްސަކާއި ބަންގްލަދޭޝްގެ 876 މީހަކާއި އިންޑިއާގެ 227 މީހަކާއި ނޭޕާލްގެ 44 މީހަކާއި ސްރީ ލަންކާގެ 19 މީހަކާއި އިޓަލީގެ 11 މީހަކާއި ޕާކިސްތާނުގެ ތިން މީހެކެވެ. އަދި "އެހެނިހެން" ކެޓަގަރީގައި 10 މީހަކު ހިމެނެއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހިގެން ރަނގަޅުވެފައި ވަނީ 2،049 މީހުންނެވެ. އަދި މިވަގުތު ބައްޔަށް ފަރުވާ ދެމުން ދަނީ 403 މީހުންނަށެވެ.

މި ބަލީގައި ރާއްޖެ އިން 12 މީހަކު ވަނީ ނިޔާވެފައެވެ. އެއީ ހަ ދިވެހިންނާއި ބަންގްލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސް މީހެކެވެ. ކޮވިޑް-19 ޖެހިގެން މިދިޔަ ދެ ދުވަސްތެރޭގައި ދެ މީހަކު ނިޔާވި އިރު، ފުރަބަންދަށް ލުއި ދިން ފަހުން، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށައިފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ކޮވިޑް-19 ޖެހިގެން ރޭ ފަތިހު ނިޔާވީ 80 އަހަރުގެ ދިވެހި އަންހެނެކެވެ. އިއްޔެ ރޭ ދަންވަރު ވެސް ކޮވިޑް-19 ގައި އުމުރުން 77 އަހަރުގެ އަންހެނަކު ވެސް ނިޔާވިއެވެ. އެއީ މީގެ ހަތަރު ދުވަސް ކުރިން މި ބަލީގައި ނިޔާވި 92 އަހަރުގެ ދިވެހި މީހާގެ އަންހެނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ހުޝާމް

  މިކަލޭގެ މިއުޅެނީ ގައުމު އިނދެ ޖައްސަން.

  35
  16
 2. ދާރި

  ތި ކަމެއްނުވާނެ. މީގެ3ދުވަސް ކުރިން އަހަރެންދިޔައިން ސްޓޭޑިއަމް ކައިރީގަހުންނަ މިފް ކޯގެމަސްފިހާރައަށް. މަސްގަންނަން އައި ބަންގްލަދޭސްގެ ބޭފުޅަ ކު ދައްދޮޅީގައި މާސް ކް އަޅުވައިގެން ވަތްއިރުވެސް އޯ ކޭ. ޥަންނަމީހުންޗެ ކް ކުރަންހުރީ ބަންގްލަަދޭސްމީހެއް ކައުންޓަރުގަތިބި2 ދިވެހި ސްޓާފުން ދެންތިބީ4 ބަންގްލަދޭސް ސްޓާފުން އެހެންވީމަ ކަންނޭގެ ބަންގްލަދޭސް ބޭފުޅުންގެ ބާރުގަދައީއެތަނުގަ.

  49
  1
 3. ޓްރެފިކް

  މަޖީދީމަގު ޓްރެފިކް ރެސްޓޯރަންޓް ކުރިމަތީގަހުންނަ ހާރޑްވެއަރ ވިއްކާ ފިހާރައިގެ ދިވެހި ސޭޓް އަދި ބިދޭސީން ތިބެނީ މާސްކް ނަޅާ.

  33
  2
 4. ޠެލި

  ޥިލާތުސަރުބަތުބޯންވެގެން ތަލިހިކިފަ އަވަހަށް މާލެއިން ބޭރުވާން ބޭނުންވާ ބޭފުޅުނަށް ކޮވިޑަކީ ސުމެއް.

  27
 5. މާލެ ބޭބެ

  ރ.މައުމޫނު ހަމަ ސާބަސް ޤައުމުގެ ކަންތަކާއި ވާހަކަ ނުދައްކަބަލަ..މިހުރިހާ ދުވަހު ޗުޕު ވެސް ނުބުނެ އޮވެފަ މިހާރު ކީކޭ ތިކިޔަނީ. .ރައްޔިތުން ބިކަވެ ނިކަމެތިވެ މަގުމަތި ވެއްޖެ...އަސްލަކީ މާލެއަށް ރައްޔިތުން ތޮއްޖެއްސުމުގެ ސިޔާސަތު..ރާއްޖޭގެ ރަށްތަކަށް ޓުއަރިޒަމް ދިޔަނުދީ އޮބިއެޅުވީމަ 48 އަހަރު ފަހުން ބޮޑްކަމަކާއި ކުރިމަތިވިއިރު ރައްޔިތުން ތިބީ ގޮތް ހުސްވެފަ...ކުރިހާ މަސައްކަތެއްގެ އުޖޫރަ މާލެއަށް ކުލި ދައްކައިގެން ކޮތަރު ކޮށީގައި ބޮޑުކުރި
  ދަރިންތައް ޑުރަގަށް ދިޔައީ..މިއީ ރ.މައުމޫނުގެ ދޯހަޅި ސިޔާސަތުގެ ނަތީޖާ..ނުވީތަނަކަށް ބަދަލޭ ހެޔޮބަދަލޭ ކިޔާ ފަނާކުރަނެވި ފިކުރާއި ބައި އަތް ހިފާ ޤައުމު ފުނޑާލީ... މާއްދިއްޔަތުގެ ދަހިވެތި ކަމުގައި އެމްޑީޕީއާއި ގުޅިގެން އެއްބަފާ ކޮއްކޮ އެއޮތީ ހުރަގެޔަށްލާފަ .. ރ.ޔާމިން މިޤައުން ވައްކަން ނުކުރޭ..ނުކުރާނެ...އެކަމަކު 1 ފެބްރުއަރީ އަކީ ބަޢާވާތެއް.. ސާފުތޯ... މަށަށް 30 އަހަރުން ނުކުރެވުނު ތަރައްގީ 60 މަސްދުވަހުން ކުރީމާ ހަސަދު ވެރިވީ... މަރުވާނެ..

  13
  4
 6. އެމަންޖެ

  މައުމޫން އަންގަ މައިތިރިލައިގެން ގޭގަ އޮވޭ މަށައްއެނގޭނީ މިގައުމައް ހަދަންވާގޮތާ ނަހަދަވީގޮތް.

  30
  11
 7. މަލާ

  މައުމޫން ފައިނަލީ....

  17
  1
 8. ފާނު

  އަވަސް ކުރަމާ ހިނގާ. ފިޔަވަޅު އަޅައިގެންވިޔަސް މިކަން އެކީނިންމާލެވޭތޯ ބަލަމާހިނގާ ﷲ ގެ އިރާދަފުޅުން. ލަސްކުރާނެކަމެއް ނެތް. ޢެއްމަސްދުވަހަށް ފުލް ލޮކްޑައުންއެއް ގެނެސްގެން އަދަދު ޒީރޯއަށް ހަދާލެވިދާނެެ މިހާރު މިހުރިވަރުން... އަވަސްކުރަމާހިނގާ....

  27
  1
 9. ޚީކެ

  ޢަގަ މަޑުންލައިގެން ގޭގަ ދެފައިދަމާފަ އަރާމުގައޮވެބަލަ، ތިބޭފުޅާ ގޭގަ އޮތަސް ލާރި އޮހޭނެ

  16
  3
 10. ގޭދޮށު ގަރުދިޔަ ފެކްޓަރީ

  30 އަހަރު އަހަރުމެނަށް އުނދަގޫ ޖެއްސިއްޖެއެނު.. އެ އުޅެނީ ރައްޔިތު މީހާއަށް ލުއިގޮތެއް ވެދާނެތީ އުނދަގޫކުރަން

  19
  17
 11. ކިއުން ތެރިއެއް

  މަރުވެދާނެތީ ބިރުގަތީ. އަދި 30 އަހަރު ލޮކުޑަައުނުގާ ގައުމު އޮތަސް ބެއްޔަ މެން ނަށް ހަމަޖެހިގެން އުޅުވޭނެ. ފިޔަވަޅު އެޅުން ރަނގަޅު، އެކަމަކު މިގައުމުގާ ހަރުދަނާ ފިޔަވަޅޭ ކިޔާފާ ނިކަމެތިން ބަނޑަށް ޖައްސަނީ.

  15
  2
 12. ައަހުމަދު

  ކޮވިޑުގެ މިދުވަސްވަރު މީހުންއަގުބޮޑުކޮށް ގަނެފައިހުންނަ ސައިކަލްތަކަށް ބަންގާޅީންއަރާ އޭގެއެތައްމިތަނަށް އަނބުރާ އަތްހާއްކާ ހިވަނީ މިބައިގަނޑު އިށީއްނަން ބަހައްޓާފައި ހުންނަ އަށިތަކެއްހެން ދެންވީ ސައިކަލަށް އަރާ ކޮންމެފަހަރަކު މުޅިސައިކަލް ދޮވެ ސެނިޓައިޒަރ އުނގުޅަން ، ހެލްތުޕްރޮތެކްޝަން އެޖެންސީއާއި ފުލުހުން މިކަންހުއްޓޮވަންވީނުން ، މިހާރު ތިބަންގާޅިންނަކީ މިޤައުމަށް ޖެހިފައި އޮތްބޮޑުމުސިބާތެއް، ތިބައިގަނޑު އުޅޭގޮތުތުން ކިތައް މީހުންނެއް މިބަލީގެ ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދޭބާ.

 13. ނަމަ

  ޅަބުއް ދި ޖެހުނީބާ

 14. އަލި

  ދީނަށް ފުރައްސަރަ ކޮށް މީހުން ބަޔާން ނެރޭ އެރު މައުމޫން ނިދާފަތޯ އެމް އާރު އެމްގެ އަސާސީ ގަވާއިދުގައި އޮވޭ އިސްލާމް ދީން ހިމާޔަތް ކުރުން ޗުއްޕުވެސް ނުބުނޭ އެހެންވީމާ އެކަމަށް ހިއްވަރު ދޭ މީހެއްގެ ގޮތުގައި އަހަރެމެން ބަލަނީ.. މަނިކުފާނުގެ ވެރިކަމުގައި ތަސްދީގު ކުރި ގާނޫންގައި އެއޮތީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުން ނަށް ދޭ އަދަބުވެސް އެކަމު އަހަމަ ޗުއްޕުވެސް ނުބުނޭ ވަޒީރުން ގެ ވަޒީރު ކަން ގެއްލިދާނެތީ އެކަކުގެ ވަޒީރުކަން މިހާރު ގެއްލިއްޖެ

 15. އަރީ

  މިއަށްވުރެން ހަރުކަށި ފިޔަވަޅު އެޅުމަށްވުރެން އަހަރުމެން މަރާލިޔަސް މާރަނގަޅު

 16. އެރުން

  މިދަނ|ީ ރަނގަޅަކަށްނުން. ހުރިހާމިހުންނަށް މިހާރު މިއޮތް ލުވިޑދީގެން ވާގޮތް ބަލަމާ ހިނގާ. މިހާރުވެސް އެކަަން އެބަފެނޭ.