ރާއްޖޭގެ ހުރިހާ ރަށަކަށް އުދަ އަރާފާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.

މިއަދު މެންދުރު 12:45 ގައި މެޓް އޮފީހުން ނެރުނު އެ ސަމާލުގައި ބުނެފައި ވަނީ، މިއަދު މެންދުރު ފަހު ރާއްޖޭގެ ހުރިހާ ރަށަކަށް އުދަ އަރާފާނެ ކަމަށެެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މިއަދު ހަވީރު 16:00 އަށެވެ.

ރާއްޖޭ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައި ވަނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

އަދި ދެކުނުގެ އަތޮޅު ތަކުގެ ކަނޑުތައް މަދު ވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ އެހެން ހިސާބު ތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.