ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ ބޭފުޅުންގެ ތެރެއިން މަޖިލީހުގެ ރައީސްއަކީ "އެއްގޮތަކަށް" ވެސް ސިޔާސީ ބޭފުޅެއް ނޫން ކަމަށް އެ ކޮމިޝަންގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިހާރު އިންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު މަގާމުން ވަކި ކުރުމުގެ މައްސަލަ މަޖިލިހަށް ހުށަހަޅާފައި އޮއްވައި މަގާމުން އިސްތިއުފާ ދެއްވި މައްސަލައިގައި އަމަލު ކުރާނެ ގޮތެއް ބެލުމަށް މެމްބަރުންގެ މެދުގައި ކުރެއްވި ބަހުސްގައި މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ ގާނޫނުއަސާސީ އެކުލަވާލާފައި އޮތް ގޮތުން އެ ކޮމިޝަނަކީ ސިޔާސީ ބޭފުޅުން ތިއްބަވާ "ހަރުގެ" އެއް ކަމަށެވެ.

ގައުމަށް ރަނގަޅު ކަމެއް ކުރައްވާ ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރަންވީ ކަމަކީ ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރުން ކަމަށް ތޯރިގް ވިދާޅުވިއެވެ. އެމަނިކުފާނުގެ ސަރުކާރަށް ދޮޅު އަހަރުވެގެންދާ އިރު، ޖޭއެސްސީ ރަނގަޅު ގޮތަކަށް ބަދަލުކޮށް ދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

"ޖޭއެސްސީގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރޭގައި ގާނޫނީ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް އެބަ އިންނަވާ. އަދި އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން އިންނަވާ. ގާނޫނުއަސާސީ އޮތް ގޮތުން ބަންޑާރަ ނައިބު އެބަ އިންނަވާ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރެއް މީގެ ތެރޭގައި ހިމެނިވަޑައިގަންނަވާ،" ތޯރިގް ވިދާޅުވިއެވެ.

ތޯރިގް ވިދާޅުވި ގޮތުގައި ގާޒީންގެ ސުލޫކީ މައްސަލަތައް ބަލަން ތިއްބެވީ ގައުމުގެ އެންމެ ބޮޑެތި ސިޔާސީ ބޭފުޅުންނެވެ. އޭގެ ތެރޭގައި އޭނާ ފާހަގަކުރެއްވި ލިސްޓްގައި މަޖިލިހުގެ ރައީސް ވެސް ހިމެނިވަޑައިގަންނަވައެވެ. ދެން އެ ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރު މަސްތޫރު ހުސްނީ، ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނެވެ.

ތޯރިގްގެ ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ޖޭއެސްސީގައި ތިއްބަވަނީ ގާނޫނުއަސާސީ ބުނާ މީހުން ކަމަށެވެ. އަދި އޭގައި އިންނަވާ މަޖިލިސް ރައީސްއަކީ "ކުޑަކޮށް ވެސް" ސިޔާސީ ބޭފުޅެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި މަޖިލިސް ރައީސަކީ ސިޔާސީ ބޭފުޅެއް ނޫން ކަން ގަބޫލު ކުރައްވަންތޯ ތޯރިގް އަރިހުން ނަޝީދު އެއްސެވިއެވެ. އޭގެ ޖަވާބުގައި ތޯރިގް ވިދާޅުވީ ނަޝީދަށް ވުރެ ބޮޑު ސިޔާސީ ބޭފުޅެއް ރާއްޖޭގައި ނުހުންނަވާނެ ކަމަށެވެ.

ތޯރިގް ވިދާޅުވީ ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކޮށްގެން ނޫނީ ފަނޑިޔާރުގެ އިސްލާހު ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ރަބަރޭ

    ޖޭ އެސް ސީ ގައި އިންނަނީ ދަނޑި ދިގު އިދުޅިއެއް އެ އުނދުޅި ހުރިހާދިމާޔަކަށް ބާނާނެ “ތާކިހާ ބަދަލު ކުރާ ހުރިހާއެއްޗެއް އަންބޮޑިޔަށް ޖަހާއިގެން އުޅޭމީހެއް
    ބޮޑުވަރު

    44
  2. ޙަސަނާ

    މިހާރުގެ ޖުޑިސަލް ސާވިސް އަކީ އެމްޑީޕީ މެމްބަރުންގެ މައްޗައް އެކުލެވިގެންވާ ކޮމިޝަން އެއް ހެޔޮނިޔަތެއްގަ ތިކަންކުރާބައެއްނަމަ މިނިވަން ގާބިލް ބައެއްތިތަނައްލީސް މުލި ދައުލަތް އެކެއްގެ ކޮންޓުރޯލްގެ ދަށުވެ އެމީހާގެ ބާރު ހިންގާތަންފެނިގެން މިދަނީ ކޯޓުތަކުގަތިބި އިސްލާމީސަރީއާކިއަވައިގެންތިބި ގާޒީންވަކިކުރަމުންދާމަންޒަރު ފެނިގެންދަނީ ..

    29
  3. ކަމަނަ

    ރައީސް އިތުރުފުޅު ހެއްދެވިއަސް ވިސްނަވާ މިޤައުމުގެ ހުރިހާ ދާއިރާތަކަށް ހޮވާފައިތިބީ މިސަރުކާރުންގެ ވަކި ޕާޓީއެއްގެބައެއް ޖޭއެއްސީގައިވެސް ތިއްބެވީ ރޯޔަލް ފެމެލީގެ މައްސަލަ ބެލޭނެބައެއްނޫން

    27
  4. ގަބޫލެއް ނުކުރެވޭ

    ތިއީ ވަރަށް ނުވާނެ ކަމެއް. މަޖްލިސް ރައީސަކީވެސް ވަކި ޕާރޓީ އަކާއި އެއްގޮތަށް ކަންތައް ނިންމަން ހުންނަ މީހަކށް ނުވާނެ. ނަމވެސް އެގޮތަކަށްނުން ފެންނަނީ!

    26
    1
  5. އޭނަ މީނަ

    އެއްދުވަހު ހެނދުނު ހޭލާފަ މިނަޝީދު ބުނެފާނެ މިއަކީ އަދި ކެނެރީގޭ އަބުދުއްސައްތާރުގެ ދަރި މުހައްމަދު ނަޝީދެއް ނޫނޭ. ހަމަ އަސްލުގަވެސް މަހާ ސައިކޯއެއް. މިގައުމުގެ ހަލާކު!

    59
    1
  6. މަބޭ

    ނަސީދު މިހާރު ގުރައިދޫގަ ހުނނަ ހާއްސައެހީއައް ބޭނުންވާ މަރުކަޒައްލާންވެއްޖެ

    35
  7. ލަނޑާ

    ގޮތް ފޮތް ކެނޑިފަ ހުރި ތޮއްޓެއް މީ..ފައިވާނަކުން ޖަހާބަލަ މި ވިހަ ހަރުފަ ގައިގަ...

    26
  8. ހަސަދު

    މިބޭފުޅާ ވެސް އެބަ ޖެހޭ ތެރެޕީ ސެޝަން ތަކެއް ނަގަން. މިހާބޮޑު ތާއިދެއް އޮތް ބޭފުޅަކު ދައްކާކަހަލަ ވާހަކަ އެއްނޫން މިހާރު މިބޭފުޅާ ދައްކަވަނީކީ. މިފެންވަރުގެ ލީޑަރުން ރައިށުންނަށް ތިބެގެން ގައުމު ރަނގަޅު ނުވާނެ.

    25
    1
  9. ދަންބެރު

    މަޖިލީހުގަ އިންނަ ސިޔާ ސީ ކައިއުޅޭ މުޑުދާރު ޖަންގުސަނުގެ ވެރިޔާ.

    33
  10. ރާކަނި

    މީހަކު އަމިއްލަޔަށް މާތެދުވެރިގެން އުޅުމަސްް ތިމާގެ ސަރުކާރުގެ ވަޒީރުކަމާ ސާރކް ސެކްރެޓަރީ ޖެނެރަލްކަމަށް މީހުން އައްޔަންކުރުމަށް އެތައް މިލިއަނަކުން ރުފިޔާ ތިޔަ ހުންނެވީ ނަގައިގެން. މީހުން ސިޔާސީ ކުރަމުން ވައްކަން ކުރަމުން އެދަނީ ތިމާގެ ލަފާގެ މަތީން ނޫންބާ؟

    20
  11. މަމޮޅު

    ބަލަތިމާއަމިއްލައައް ތިިމާގެރަނގަޅުވާހަކަދެއްކުމަކީ ކަމައްލާއިގުނުވާކަން ދޭހަކޮއްދޭ ހެއްކެއް މިހާރު މިރާއްޖޭގަ ބޮލެއްހުރިމީހަކައްވިއްޔާ އެނގޭނެ ޖުޑިޝަރީއަކީ އެމްޑީޕީގެ ޖަގަހައެއްކަން ކިތަންމެވަރަކައް އެކަމުން ނެއްޓެން އުޅުނަސް ނުނެއްޓެވޭނެ ޙަގީގާތް އެއީ

    15
  12. އެމަންޖެ

    އެއްގޮތަކައްވެސް ތިޔަ ބޭފުޅުން ސިޔާސީއެއް ނުވާނެ.

    12
  13. ހަސަންބެ

    ދަ ސައިކޯ.

  14. އަހްމަދު

    މީ އެންމެ ނަޒާހައްތެރިޔާ!

  15. ޙަސަން

    ދަ ސައިކޯ ގޮލައެއް

  16. ެައަހްމަދު

    ކުޑަވެސްސިޔާސީމީހެއްނޫން ލާދީނީމީހެއް

  17. ނާދިރާ

    އެއީ 13 އަހަރަށް ޖަލަށް ހުކުމްކުރި މީހާއެއްވެސް ނޫންތަ؟

  18. ދިރާސާވެރިޔާ

    ރައީސް ނަޝީދު ނު ކުރަމޭ ބުނި ކަމެއް ވިއްޔާ އޮތީ ކޮއްފައި. ބޭނުން ނޫނޭ ބުނެފިއްޔާ ބޭނުންވެގެން ކުރިމަތިވެސް ލާނެ. ވަ ކި ކަހަލަ ބޭފުޅެއް ނޫނޭ ބުނެފިއްޔާ އެ ކަހަލަ ހުރިހާ ސިފައަ ކކާއި އަމަލެއް ހުންނާނެ. އެހެންވީމައި ދިވެހި ރައްޔިތުންނަށް ރނަޝީދު އެނގޭ. ހާލަތުގެ ގޮތުން ރައީސް ނަޝީދު މުށު ތެރޭ މިގައުމާއި މިގައުމުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ތިއްބެވީ.

  19. ލާމު

    ކެނެެރީގޭ މުޙައްމަދު ނަޝީދަކީ ސިޔާސީ މީހެއްތޯ އަހާބަލަ މަޖުލިސް ރައީސް ކައިރިން.

  20. ޖަމާލް

    ޖޭއެސް ސީގައި ހުންނަނީ މުޅި އޮޑިގައިވެސް ހަސަނުގެ ދެފައި އޭ ބުނަާ ބީދައިން އުޅޭމީހެއް.