ހއ. ކެލާގައި ޤާއިމުކުރާ ކުނި މެނޭޖްކުރާ މަރުކަޒުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާކަމަށް އެންވެރޮމެންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، އެރަށުގައި ގާއިމް ކުރާ ކުނި މެނޭޖް ކުރާ މަރުކަޒުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައިވަނީ ބީލަން އުސޫލުން ހޮވިފައިވާ ފަރާތް ކަމުގައިވާ 'މަންގަނޑު' ކުންފުންޏާ ކަމަށެެވެ.

މި މަސައްކަތަކީ ހއ. ކެލާއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ފަންނީ ލަފައާއިއެކު، ކުރިއަށްގެންދާ މަސައްކަތެކެވެ.

އެ މިނިސްްރީން ވިދާޅުވިގޮތުގައުމ މި މަސައްކަތުގެ ޖުމްލަ އަގު 496،502.50 ދިވެހި ރުފިޔާއަށް އަރާނެއެވެ. މި މަސައްކަތަކީ ޕަބްލިކް ސަރވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އިން ޚަރަދުކޮށެގްން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މި މަސައްކަތް ނިންމުމަށް އެކުންފުންޏަށް ދީފައި ވަނީ 90 ދުވަހުގެ މުއްދަތަކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕޕ

    މަންގަނޑު ކިޔާކުންފުނިމީއަނެއްކާ މި މިހާރުދެ ކެލާދާއިރާގެ މެންބަރުގެ ކުންފުޏެއް ކަމައް އެމަސައްކަތަ ބިޑުލީ މީހުން ބޮޑު އަގެއް ޖަހަން ޖެހުނީ 150 ފޫޓް 3ފޭސް ކޭބަލް އެއްއަޅަންޖެހޭތީވެ މީހާރު މެންބަރު އެމަސައްކަތް ނެގީމަ އެ 3 ފޭސް ކޭބަލް އަޅަނީ ފެނަކައިން ކަމައް ހަބަރުލިބެނީ