މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ، މީރާގެ މެންބަރަކު އިސްތިޢުފާ ދެއްވާފައިވާތީ އާއި އެ ބޯޑުގެ ތިން މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ، އެ ބޯޑަށް މެންބަރުން އައްޔަން ކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުއްވާލާފައިވާ ކަމަށެވެ.

މީރާގމެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޖުލައި 12 އަދި 13 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށެވެ.

މީރާގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓު، www.presidencymaldives.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމަންޖެ

    ތިހުރިހާ ކަމެއް އަންނިޔާ ހަވާލު ކޮއްފަ ބަހައްޓަބަލަ.

  2. ހަސަނާ

    ކޮން އިއުކާނެއްކުރާކައް އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ނަންތަކެއްމަޖިލިހާއްފޮނުވާލާ 7 އަހަރުވާންދެން އަތުންފައިން މަސައްކަތެއްނުކޮއް މަގުމަތީ އާވާރާވެގެން އުޅުނުމެމްބަރުންނައް ފައިސާކޮޅެއްލިބޭނެ ގޮތެއްހަދާދެއްވާ..