"ފެއިލްވެއްޖެ" ނަމުގައި ސަރުކާރު އިދިކޮޅު ކޯލިޝަނުން ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މި ޖަލްސާއަކީ މިސަރުކާރު ބޮޑުތަނުން ފެއިލްވެފައިވާތީ ބާއްވާ ޖަލްސާއެއް ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވިއެވެ. މިޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ ކާނިވަލް ސަރަހައްދުގައި މި މަހުގެ 17 ވަނަ ދުވަހުގެ ރޭ 20:00 ގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ޖަލްސާ ބޭއްވުމުގެ ހުއްދައަކަށް އެދި ކަމާއި ބެހޭ ހުރިހާ އިދާރާއަކަށް އަންގާފައިވާ ކަމަށެވެ. ޖަލްސާއަކީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އުސޫލުތަކާއި އެއްގޮތަށް މާސްކު އަޅައިގެން ބާއްވާ ޖަލްސާއެއް ކަމުން އެޗްޕީއޭގެ ހުއްދައަށްވެސް އެދިފައިވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، ސަރުކާރު ހަމަ މަގަށް އެޅުވުމަށް އިދިކޮޅު ފަރާތުން ކަމާއި ބެހޭ އިދާރަތަކަށް އެކި ފަހަރު މަތިން ލިޔެކިޔުންތައް ލާފައިވާ ކަމަށާއި އެހެން ނަމަވެސް ސިޓީގެ އެއްވެސް ކަހަލަ ޖަވާބެއް މިއަދާއި ހަމައަށް ލިބިފައި ނުވާ ކަމަށެވެ. އެ ސިޓީތަކުގެ ތެރޭގައި ދިވެހިންގެ ތެރޭގައި ހުރި ކަންބޮޑުވުންތަކުގެ ވާހަކައިގެ ސިޓީތައްވެސް ހިމެނޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެދެނީ ދިވެހި ލޮބުވެތި ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން، މި ސަރުކާރު ހަމަ މަގަށް އެޅުވުމަށްޓަކައި. އަޅުގަނޑުމެންނާއި އެކު މި ޖަލްސާގައި ބައިވެރިވަޑައިގެންނެވުމަކީ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މި ސަރުކާރަށް ކޮންމެވެސް ވަރަކަށް މިކަންތައްތައް ފެނިގެންދާނެ ކަމެއް ކަމަށް ގަބޫލު ކުރެވޭ" ޝުޖާއު ވިދާޅުވިއެވެ.

ފާއިތުވެގެން ދިޔަ 3 މަސް ދުވަހަކީ ކޮވިޑް-19 އޭ ކިޔައިގެން ދިވެހި ރައްޔިތުން ގޭގައި ބަންދު ކޮށްގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގުޅިގެން ރާއްޖޭގެ ހަޒާނާއިން ވައްކަން ކޮށްފައިވާ 3 މަސް ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

މިޖަލްސާގައި މިހާރު ރާއްޖޭގައި ހިނގާ ވައްކަމުގެ އިތުރުން ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ ފުރައްސާރައާއި ދެކޮޅަށް އަޑު އުފުލައި ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް ދިވެހި ހުރިހާ ރައްޔިތުން ބައިވެރިވަޑައިގެންނެވުމަށް ޝުޖާއު ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    ބބ

    11
  2. ހިޔަމި

    ކޮވިޑް19 އޭކިޔައިގެން ކޮވިޑަކީ މިޤައުމުގަ އޮތް ބައްޔެއް ނޫން ބާ؟

    14
  3. މޮޔަ

    ބަރާބަރު?

    28
  4. Anonymous

    މުސާރަނުދިނޭކިޔާފަ ތަންތަން ހަލާކުކޮށް ސުންނާފަތިކޮށް މީހުން ރަހީނުކުރާކަށްނުޖެހޭ! މީ މިރާއްޖެއަށް ޖެހިފަވާ ބޮޑު ބަލާވެރިކަމެއް!ފުލުހުންގެ ގަޔަށް އަތްލާ އުޅޭއިރު މިބަންގާޅީން ހާދަހާވާ ހަޔާތްކުޑައޭ!މިބައިގަނޑު ރާއްޖެއިން ބޭރުކުރަން ޖެހޭ!މުސާރަވެސް ދޭނެކަމެއްނެތް!އެމިހުން ހަލާކުކުރިތަންތަނާ ރަހީނުކުރިމިހުނައް ލިބުނު ގެއްލުން ކޮބާ!ހުރިހާ ކަމަކައް ފިޓްނޫން ސަރުކާރެއް އޮތީމާ ވާނީމިހެން!އެއްވެސް އޮށްޓަރެްހަރި ފިޔަވަޅެއް އަޅާކަށްނޭގޭ!ަބަދު އޮޅިފަ ތިބޭ ބީތާއިން

    31
    3
    • ޢަހާ

      ކޮންމެ މީހަކުވެސް މަސައްކަތް ކޮއްދޭނީ އުޖޫރައަކަށް .ބަރާބަރައް މީހުންނައް ކަނޑައެޅިފައިވާ އުޖޫރަދޭނަމަ މިފަދަ މައްސަލަތައް މަދުވާނެ.ކޮންމެ މީހަކުވެސް މަސައްކަތް ކުރަނީ ގައިންދާ އޮހޮރުވައިގެން އަބިދަރީންނަށާއި އާއިލާއަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދަން ވީމައި މިކަން ހަދާނުގައި ބެހެއްޓުން ވަރައް މުހިންމު.

      6
      10
      • Anonymous

        ކޮން ދަލެކޭ ކިޔާކަށެއް!ނުޖެހޭނެ އެނގިއްޖޭ ތަންތަނައް ގެއްލުންދީ ހަމަނުޖެހުންހިންގާކަށެއް!އަހަރެމެންވެސް ނުތެޅެމޭ އެވައްތަރަކައް މުސާރަނުލިބުނޭކިޔާފަކާ!އޮންނަ ގަވާއިދަކާ އުސޫލެއްގެ މަތިން ލާރިނުދޭނަމަ ކަންތައްކުރަންޖެހޭނީ! ޕެންޝަން ފައިސާނުލިބުނޭ ކިޔާފަ މިއުޅޭ އިބުރާހީމު ރަހީނުކޮށް ތަންތަންހަލާކުކުރަމުން އަހަރެމެންވެސް ނުދުވަން!އަހަރެމެންވެސް ދާއޮހޮރުވައިގެނޭ މަސައްކުރަނީ!ތަންތަން ރޯކޮއް ހުޅުޖަހާ މަގުމަތީ ބައިގަނޑެއް އޮންނަ ވެރިކަމެއްގަ ވާނީ މިހެން!ދެން މަޖިލީސްގަ އައްޑާއެއް ހުޅުވާފަ ހުރިހާ ބޮންދުން ބައިތިއްބާ ސަރުބަތު އުފުލާދޭން!

  5. Anonymous

    އެންމެ ފިޓުބޮޑު ވަގު އުފެދުނީ ކޮން ސަރުކާރެއްގަހެއްޔޭ އަހާއިރު ކަލޭމެން އިންސާފުހޯދަން ގެނައިސަރުކާރުން ކީއްވެބާ އެއުފެދުނު ބޮޑުވަގު ގޭގަބަހައްޓާފައެހުރީ!ތިބުނާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލާރި ދަތުގައާ އަތުގަނުހޭކޭ ބޮޑެއް މިސަރުކާރަކުވެސް ނެތް! އަދިވެސް ނަންވާނީ ބޮޑުވަގު ޔާމީނު!ބޮޑު ވަގަކަސް އެވަގު ގެނައި ތަރައްގީ ފެނިފަ ލޯކެރިއަސް ވާނެކަމެއްނޯންނާނެ!މިފަސްއަހަރު ނިމިގެންދާއިރުވެސް ވާނެކަމެއް ނޯންނާނެ!ނުކުޅެދޭ ސަރކާރަކަށް ވާނެކަމެއްނޯންނާނެ!ބަންގާޅުން ރާއްޖެހިފާއިރުވެސް އަތްޖަހާލަޖަހާލާތިބޭ!އޭރުން އޮންނާނީ ޗިޗަންޑާނަވާރަ ވެފާ

    36
    1
  6. އެމަންޖެ

    ފެއިލް ވިކަމައްތަ ފެއިލްވެފަ މިއޮތީ ވެރިކަމައް ހުވާ ކުރިދުވަހު ފެއިލް ވެއްޖެ.

    38
    3
  7. ?????

    ޔާމީން ސަރކާރުގާ ނުކެރޭނެ ބަންގާޅުންނަކައް މިހެން މުޒާހަރާކުރާކައް!އޭނަ ކިތަންމެ ބޮޑުވަގަކަސް މިހާރުމިއޮތް ރޯޔަލް ސަރުކާރައްތުރެން ބޮޑުތަނުން ރަނގަޅުއިނގޭތޯ! ތަރައްގީވެސް ގެނެސްދިން ވައްކަންކުރިއަސް!މިހާރު މިއޮތީ އަދި ބޮޑުތަނުން ވައްކަންކޮއް ރައްޔަތުންގެ ލާރި ބަނޑުއަޅާ ސަރުކާރެއް!ކުރެވެނީ ވައްކަން އެކަނި!ތަރައްގީއެއް ނުގެނެވޭ!ދީނާހިލާފުކަންކަން ހިމާޔަތްކުރަނީ!ރޭޕިސްޓުން ހިމާޔަތް!ބަންގާޅީން ހިމާޔަތް!ކޮންމެ ބައެއްގެ ވެރިކަމުގަ އުފެދުނަސް މިވެރިން އަދި އެބައިމީހުން އިތުރައް އުފައްދާ ބޮޑުކުރަނީ!ވާނުވާ ސަރުކާރު ބޮޑުތަނުން ފޭލި

    35
  8. ތަބައްސުމް

    ވަގު ވަގު ކިޔާލަކިޔާލާ ތިބޭ، އެމްޑީޕީއިން ރޯމާ ދުވާލު ކުރަމުންދާ ވައްކަން ކަލޭ މެނަށް ނޭންގެނީކީނޫންކަން އިނގޭ، ކީއްކުރާނީ މޮޅުތަކެއް ވާނެ ކަމަށް ސަރުކާރެއް ހޮވައިގެން ދެން ބަލަންތިބެން ވިއްޔަޖެހުނީ، ވާކަމެއް ހަރާމުން ހަރާން....ދެން ދެރަ ނުވާން ޔާމީނު ވަގު ވަގު ކިޔާލަ ކިޔާލާ ތިބެނީދޯ

  9. ޙާލަތު

    ޢިދިކޮޅު މީހުންގެ ފިކުރު ހުންނަ ގޮތުން ޤައުގައި ހަމަޖެހިލައިގެން ވެރިކަން ކުރުމުގެ ފުރުސތު އެއްވެސް ބަޔަކަށް ލިބިދާނެހެން ހިޔެއްނުވޭ ސިޔާސީމީހުންގެ ބަދަލުހިފުމުގެ ފިކުރު ހުންނަހާ ދުވަހަކު ޤައުމަށް ހަމަޖެހުމެއް ނުލިބޭނެ ެެެެެެެެެ

    2
    8
  10. ?

    ދެން ފެއިލް ނުވާ ސަރުކާރެއް އައި ކޮން އިރަކު

    1
    1
  11. ކުޑަފޫޅު

    މިދުވަސްކޮޅު ތިކަހަލަ ޖަލްސާތަކަށްދާން ތަންކޮޅެއް އުދަނގޫ، އެކަމު ތިޕާޓީން ބާއްވާ އެހެން ޖަލްސާތައްހެން -/500 އެއްހާ ރުފިޔާ ދެނިކޮށް އެއް ގަޑިއިރަށް ދެވިދާނެ. އެހެން މިބުނީ އަދި ހިޔެއްނުވެ އެމް.އެމް.ޕީ.އާރ.ސީ ފައިސާތައް ހުސްވެދާނެހެން.