މާލެ އިން ފުރައިގެން ހއ.ދޮނަކުޅިއަށް މުދާ ހިފައިގެން ދަތުރުކުރަމުން ދަނިކޮށް ބަނޑުން ޖަހާލި ބޯޓު އޮޔާ ދާތީ އެސަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެެވެ.
އެ ބޯޓު ބަންޑުން ޖަހާލީ މިއަދު މެންދުރު 12:19 ހާއިރުއެވެ. މިހާދިސާގައި ބޯޓުން ދަތުރުކުރި ފަސްމީހުން ކަނޑުވިއެވެ. ނަމަވެސް އެމްއެންޑީއެފްއިން މިއަދު 14:20 ހާއިރު އެމީހުން ސަލާމަތް ކުރުމަށްފަހު ޅ.މާފިލާފުއްޓަށް ވަނީ ގެންގޮސްފައެވެ.
އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަނޑުންޖަހާލާފައިވާ ބޯޓް އޮޔާ ގެންދަނީ އިރު އުތުރަށް ވާގޮތަށެވެ.
އެހެންކަމުން މިސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ހާއްސަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.
މިދުވަސް ވަރަކީ ރާއްޖެއަށް ކަނޑުގަދަ ދުވަސް ވަރަކަށް ވާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.
ފެނުނު މީހުން ދެން ބައްތިއެއް ހަރުކޮށްލި ނަމަ އޭގަ
ބޮޑު ރޭވުމަކުން ފައްތާލި ބޯޓް....އިންޝޫރެސް ކޮށްފައޮތީ
ކީއްކުރަން ދޫކުރަނީ ދަމާ އެއްގަމައްލާ އޭގެ ސަބަބުން އެހެން ބަޔަކައް ގެއްލުމެއް ލިބިއްޖެޔާ މާދެރަ