އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މި ދެ ފަނޑިޔާރުން ޖަލަށްލާން ހުކުމް ކޮށްފައިވަނީ އެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.

މި ދައުވާ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލީ އެހެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެއެވެ. މި މައްސަލަ ސާބިތުކުރުމަށް ދެފަނޑިޔާރުންނާއި ދެކޮޅަށް ވަނީ ސިއްރު ދެ ހެއްކަކާއި ކޯޓު އަމުރުތަކެއް ހުށަހެޅިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވިދާޅުވީ އަބްދުﷲ ސައީދު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުރެ 2016 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް އެ ފަނޑިޔާރުން ބައްލަވާ މައްސަލަތަކުގައި ވަކި ގޮތަކަށް ހުކުމް ކުރުމަށް އަންގައި ގާޒީންގެ ރަސްމީ ހައްސިއްޔަތުން ކުރާ މަސައްކަށް ހުރަސް އަޅާފައިވާތީ އާއި އަދި އަލީ ހަމީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހައްސިއްޔަތުން ހުންނަވައި ރާއްޖޭގެ ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް އެ ފަނޑިޔާރުން ބައްލަވާ މައްސަލަތަކުގައި ވަކި ގޮތަކަށް ހުކުމް ކުރުމަށް އަންގައި ގާޒީންގެ ރަސްމީ ހައްސިއްޔަތުން ކުރާ މަސައްކަށް ހުރަސް އަޅާފައިވާ ކަމަށް ބުނެ ދައުލަތުން މި ދެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އަށް ދެ ފަނޑިޔާރުން އިންކާރު ކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހާއި ކިތާބީ ހެއްކަށް ބަލާއިރު މި ދެ ފަނޑިޔާރުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވިދާޅުވެފައިވެއެވެ. އަދި މި ކުށުގެ އަދަބެއްގެ ގޮތުގައި މި ދެ ފަނޑިޔާރުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށް ބަޔާންކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުން މި ހުކުމް އިއްވީ ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީޘްތަކަށް ވެސް ރިއާޔަތް ކުރުމަށްފަހުއެވެ.

ހުކުމް އިއްވި އަޑުއެހުމަށްފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ނޫސްވެރިންނާއި އާއްމުންނަށް އިޝާރާތްކޮށް ކޯޓު ރޫމުގައި ވިދާޅުވީ "ގާނޫނު އަސާސީ ނެގެހެއްޓުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަންޖެހޭ" ކަމަށެވެ.

ގާޒީ މި މައްސަލައިގެ ހުކުމް އިއްވެވީ ދެ ފަނޑިޔާރުންނާއި ހުރިހާ ވަކީލުން ވެސް ކޮޅަށް ބައިތިއްބައިގެންނެވެ.

އުއްތަމަ ފަނޑިޔާރު އެއް އަހަރާއި ހަ މަހަށް ޖަލަށްލުމަށް ހުކުމް ކުރިއިރު ގަވަރްމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް މެދުކަނޑާލި މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި އުއްތަމަ ފަނޑިޔާރު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ދާދިފަހުން ހުކުމްކޮށްފައެވެ.

މި ދައުވާގެ އިތުރުން ވެސް އިތުރު ދައުވާތަކެއް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވެއެވެ. އެ މައްސަލަތަކުގެ ޝަރީއަތް މިހާރު ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބޮޑުތަކުރުފާނު

    މިހާރިތިބޭނެރާކަނިމަސްކެވިފަ

  2. ޚަސަނު

    ފޭހުނު އިލޮށި ވަދެފި ދޯ

  3. މަހަށްދޭބަލަ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސްކެވިފައި އިނގޭތޭ. ތަމެން ދެން މަހަށް ދޭބަލަ. މަަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

  4. ރީޒަން

    ދެ ފަނޑިޔާރުން 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފިނަމަ ދެން ތިޔާ ކަން ތިޔާ ނިމުނީއޭ ދެން މަމެން ޕިންކީންގެ ވެރިކަމުގައި ބައްލަވަންވީ ރާއްޖޭގެ އިގްތިސާދު ކުރިއަށް ދުއްވާލެވޭތޯ އޭ އެގޮތުން ބަލާއިރު މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ފަރާތް ތަކަށް ކުޑަ އަގުގައި ބިން ތައް ތިލަފުށިންނާއި އަދި ގުޅިފަޅުން ލިބޭނެ ގޮތް ހަދަންވީއޭ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ލިމިޓެޑް ގެ ބޮޑުން އެބުނާ އިންޑަސްޓްރިއަލް ޕާރކް އާއި ލޭބަރ ޕާރކް އެމެންނަށް ނޭޅޭނެއޭ އެޅޭނަމަ ހުރީސް އެޅިފައޭ އެމެން އެދައްކަނީ ނޮން ޕްރެކްޓިކަލް ވާހަކަ ތަކޭ އެއީ ކިއްލި ތަޅާ އިން ވިޔަފާރި ކިޔަވައިގެން ތިބި އެއްޗިއްސޭ އެމެންނަށް ނޭގޭނެއޭ ވިޔަފާރީގައި އިނޮވޭޓިވް ބައި ވާރކް މިއުސޫލުން ކަންކަން ކުރަން އެމެން ކުރާނީ ކޮޕީ ޕޭސްޓް އޭ އެއީ ޔާރާ ދިލް ދާރާ ގްރޫޕްއޭ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ...

  5. އައްޑެޓީ

    ވިޑިޔޯ މައްސަލައިގައި އަޅިހަމީދަށް ކިހާވަރެއް އަންނާނެބާ؟ ނޫނީ އަދިވެސް ކޮފީ އެޅިފަ އޮތީބާ؟؟؟؟

  6. އޭއެމް

    ވަރައްރަގަޅު ކޮށާދައްކަމުންދާ މަގުންދަތުރުކުރުމައް ތައްޔާރައްހުނެވުމައް ދަންނަވަން

  7. ޢަމަން

    ކީރިތި ގުރުއާނާ ސުންނަތުގެ އަލީގައި ހުކުން ކުރާއިރު ސިއްރު ހެކި އޮވޭބާ

  8. ބުއްްޅަަބޭ

    ސިންގާ ރަސްގެފާނު ކަމަށް ހީކޮށްގެން ހުރިހާ ޖަނަވާރުންނަށް ބިރުދައްކައިގެން އަދި އެހެން އެއްޗަކަށްވެސް އެއެއްޗެއްސާއި ނުބެހޭނެކަމަށް ހުކުމްކޮށްގެން ހުއްޓާ، ހިޔަޅު ސިންގާގެ ހޮހޮޅަޔަށްވަދެ، ސިންގާ އަތުލާ، އެއްމެފަހުން ހަވަރަށްދިނީ!.....

  9. ކަމަނަ މުހައްމަދު

    އުފާވެރި ހަބަރެއް. މުއްދަތު މާކުދައީ.

  10. ކަމަނަ މުހައްމަދު

    ހަމީދުބެ ބޯހޯލް ތޮރުފި މައްސަލަ އަދި އޮންނާނެ. ޖުމްލަ 30 އަހަރުގެ ހުކުމް ހަމަކުރަން ވާނެ.