ފޭސްބުކަށް ވުރެ ގިނައިން ދިވެހިން ބަރަހަނާ މަންޒަރު ވެބްސައިޓްތަކަށް ވަންނަން ފަށައިފިއެވެ.

ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުން ކުރާ މީސް މީޑިއާ ޕްލެޓް ފޯމް ކަމަށްވާ ފޭސްބުކަށް ވުރެ ގިނައިން ދިވެހިން ބަރަހަނާ މަންޒަރު ފެންނަ ވެބްސައިޓްތަކަށް ވަންނަކަން ވެބްސައިޓް ރޭންކުކުރާ "ސިމިލާވެބް" ގެ ރޭންކިން އިން މިހާރު ދައްކައެވެ.

ވެބްސައިޓް ރޭންކިން ދައްކާ ގޮތުގައި ގޫގުލް އާއި ޔޫޓިއުބަށް ފަހު ދެން އެންމެ ގިނަ ދިވެހިން ޒިޔާރަތް ކުރަނީ ބަރަހަނާ މަންޒަރު ފެންނަ ވެބްސައިޓަކަށެވެ. މީގެ ކުރިން އެންމެ ގިނަ މީހުން ތިން ވަނަ އަށް ވަންނަ ވެބްސައިޓަކީ ފޭސްބުކެވެ.

ރޭންކިން އަށް ބަލާއިރު ފޭސްބުކަށް ފަހު ފަސް ވަނަ އަށް އެންމެ ގިނަ ދިވެހިން ޒިޔާރަތް ކުރަނީ ވެސް ބަރަހަނާ މަންޒަރު ފެންނަ ވެބްސައިޓަކަށެވެ.

އަދިވެސް އެންމެ ގިނަ ދިވެހިން ޒިޔާރަތް ކުރާ ދިވެހިރާއްޖޭގެ ވެބްސައިޓަކީ "ވަގުތު" އެވެ. "މިހާރު" ނޫސް ރޭންކިންގައި އެއްދަރަޖަ ވެއްޓި މިހާރު އޮތީ ދިހަ ވަނައިގައެވެ. "ސަން" އޮންލައިން ހަތަރު ދަރަޖަ ވެއްޓި މިހާރު އޮތީ ރޭންކިންގެ 16 ވަނައިގައެވެ. "އަވަސް" އެއް ދަރަޖަ ވެއްޓި މިހާރު އޮތީ ރޭންކިންގެ 19 ވަނައިގައެވެ. "މިއަދު" ނޫސް ފަސް ދަރަޖަ ވެއްޓި ރޭންކިންގެ 32 ވަނައިގައި އޮތް އިރު "ދެން" އޮތީ ތިން ދަރަޖަ ވެއްޓި 34 ވަނައިގައެވެ. "ސީއެންއެމް" 48 ވަނައިގައި އޮތް އިރު ރާއްޖޭގެ އެހެން އެއްވެސް ނޫހެއް ރޭންކިންގެ 50 ގެ ތެރޭގައި ހިމެނިފައެއް ނުވެއެވެ.

ފޭސްބުކަށް ވުރެ ގިނައިން ދިވެހިން ބަރަހަނާ މަންޒަރު ވެބްސައިޓްތަކަށް ވަންނަން ފަށާފައި ވާއިރު ބަރަހަނާ މަންޒަރު ފެންނަ ވެބްސައިޓްތައް ރާއްޖެ އިން ބްލޮކް ކުރާ ވާހަކަ 2015 ވަނަ އަހަރު ދެކެވުނެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް ގެންނަން އަދި މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިވާކަން އެނގިފައެއް ނުވެއެވެ.،

ކިޔުންތެރިންގެ ހިޔާލު

57 ކޮމެންޓް

  1. މަ

    މަ އަގާ ޓޭޕް!

    41
    3
    • ގ

      ބަރަހަނާ ސައިޓްތައް ބަލަބަލަ ބަލާފަ މި ނުލަފާ މީހުންތައް ކުޑަކުދިންނާ އަންހެނުން ރޭްޕް ކުރަނީ.... މިކަން ހުއްޓުވަން ޖެހޭ

  2. ނަން ހަނދާން ނެތިއްޖެ

    ޕިސްޕިސްޕިސްޕިސް... ދެންވެސް މި ބަރަހަނާ ސައިޓުތައް ބްލޮކް ކޮށްބަލަ. ލަދެއްގެ ކަންފުޅެއްވެސް ނެތެއްނު މި ދިވެހިންގެ، 100% މުސްލިމް ޓެގު ޖަހައިގެން ތިބެ ކުރާ ކަންތައް ދޯ.... ލަދުން ބޯހަލާކު

    91
    11
  3. ޝަފީގާ

    ރާއްޖޭގައި ރޭޕް ކުރުމާއި ކުޑަކުދީންނައް ޖިންސީ ގޯނާ ކުރުމާއި އެއްޖިންސުން ގުޅުން ހިންގުން އިތުރުވަމުންދާ ސަބަބު ތިހިރަ އެނގެނީ. ކީއްވެތޯ ދިރާގު އުރީދޫ އަދި އާރްއޯއެލްއިން ބަރަހަނާ ސައިޓްތައް ބުލޮކު ނުކުރަނީ..؟ ކީއްވެތޯ ހޯމް މިނިސްޓަރު މިކަމައް ހައްލެއް ގެންނަން ކޮމިއުނިކޭޝަން އޮތޯރިޓީ މެދުވެރިކޮއް މަސައްކަތް ނުކުރަނީ. ؟ ކީއްވެތޯ ރައީސުލް ޖުމްހޫރިއްޔާ އާއި ޕާލިމެންޓު މެމްބަރުން މިކަމާއި މެދު ވާހަކަ ނުދައްކަނީ..؟ ކީއްވެތޯ އިސްލާމިކް އެފެޔާސް މިނިސްޓުރީއިން މިކަން ހައްލުކުރުމައް ގޮވާ ނުލަނީ..؟ ކީއްވެތޯ ކުޑަކުދީންގެ ހައްގުތަކައް މަސައްކަތްކުރާ ޖަމީއާތަކުން މިކަމާއި އޭނެ ނޭދެވޭ އަސަރުން ކުދީން ރައްކާތެރިކުރުމައް ނުގޮވާލަނީ..؟ މިއީ އަޖައިބު އަންތަރީސް ވާވަރު ކަމެއް މި ދެންނެވުނު އެއްވެސް މުއައްސަސާއަކުން މިކަން ހުއްޓުވަން ނޫޅޭތީ.

    133
    10
    • މޭޔަރު

      އެންމެ ގިނައިން ބަރަހަނާ ސައިޓްތަކަށް ވަންނަނީ މަޖިލިސް މެމްބަރުން.

      17
  4. ަައަމީރާ

    ލާދީނީ ސަރުކާރެއް. ހައިރާން ވާވަރު ކަންތަކެއް ނޫން މީ!

    81
    15
    • Anonymous

      ހަމަ ކަމެއްވާއިރަށް ޖެހޭތަ ސަރުކާރޭކިޔަން....
      ރައްޔިތުންނޭ ކިޔާބަލަ.... ރައްޔިތުން ހޮވަނީ ރައްޔިތުމީހާ.

      2015 ގަވެސް ބްލޮކް ނުކުރެވުނު ވާހަކަ އެބައޮތް. ހަމައެއްތާކު ޖެހިފައެއްނުން ތިއޮތީ. ޑރ.ޝަހީމު މިހާރު އުޅޭނެ ފަޔަށް ހިނިއަރައިގެން މިޚަބަރު ކިޔާފަ. ލޮލް

      20
      32
      • ފަވާޒް

        ބަލަގަ ގައުމާއި ހަވާލުވެގެން އޮތީ ސަރުކާރެއް ނޫންތަ..؟ މުޖުތަމައުގެ ވަކި ކަންތައްތަކަކައް އެކަނިތަ ސަރުކާރުން ޒިންމާވާންޖެހެނީ..؟ ގާނޫނު އަސާސީގަ އޮތީ ކީކޭތަ..؟ ބުރޯޑުކާސްޓު ކުރުމާއި ދޫކުރުމާއި މުއާސަލާތީ ވަސީލަތަތްތައް ރެގިއުލޭޓު ކުރުމަކީ ރައްޔިތުމީހާގެ ޒިންމާއެއްތަ ނޫނީ ސަރުކާރުގެ ޒިންމާއެއްތަ.؟ އެކަމައް މުއައްސަސާ ހަދާފަ ނުހުރޭތަ ސަރުކާރުގެ އެތެރޭގެ.؟

        17
  5. Anonymous

    ސަރުކާރުން ބޭނުމިއްޔާ ހުއްޓުވޭނެ. ދުޢާ ދެއްވާފައި ހުރި ސޯލިޙެއްގެ ވެރކަންމީ ނިކަން ނަމާއެއްގޮތަށް ސޯލިޙަކަށްވެ ބަލަ .މިކަން ހުއްޓުވަބަލަ.

    32
    3
  6. ވާނު ވާ

    ބަރަހަނާ ސައިޓު ގެ ވާހަކަ ވެސް ވަގުތު ނޫހުގައި

    16
    1
  7. ނަގުލު ފިއްތި

    ކޮންމެހެން މިވާހަކަ ވަގުތުގަ ލިޔަން ޖެހޭތަ.

    14
    22
  8. ނަބާ

    ހެޔޮނުވާނެ ތިބަރަހަނާ “ ސައިޓް ތައް ބްލޮކް ކޮށްބަަލަ، އޭރުން މިދިވެހި ފިރިހެނުން އިސްލާހުވެސް ވެދާނެ، ތިކަހަލަ އެއްޗެހި ބަލާތީ ވިއްޔާ “ ރޭޕް” ފަދަ ބޮޑެތި ކުށްތައް މި އިސްލާމީ މިޖުތަމަޢުގައި ގިނަވެގެން މިދަނީ!! ޙަޤީޤަތުގައި ސައްތަ އިން ސައްތަ އިސްލާމީ ޤައުމެއްގައި ތިފަދަ ފާޙިޝް ޢަމަލުތައް ކުރާ ސައިޓްތައް ފެނިގެން ނުވާނެ! މިހާރުން މިހާރަށް ތިކަހަލަ ހުރިހާ ސައިޓްތައް ބްލޮކް ކުރަން ގޮވާލަން!?

    37
    • ހޫ

      ބަރަހަނާ ސައިޓްތައް ނޯންނައިރު މާ ކުރީ ޒަމާނުގައިވެސް ރޭޕްކޮށް ކުޑަ ކުދިންނާ ބެހި ފާރުމަތިން ގިފިލިބަލާ ހަދާ. އެކަން އޭރުގައި ގިނަ ކޭސްތައް އޮންނާނީ ޔަގީނުން ވިއްޔާ އާއިލާ ތެރޭ ސިއްރު ކޮށްފަ. އެއިރަށް ވުރެ މިހާރު މީހުން ހޭލުން ތެރިކަން ބޮޑުވެފައި ރިޕޯޓްކުރާ މިންވަރު އިތުރު. އެއްގޮތަކަށްވެސް ސައިޓްތައް ބްލޮކް ކުރުމާ ދެކޮޅު ހަދަނީއެއް ނޫން ހަމަ ބުނެލީ.

      8
      3
      • ސަފީލް

        ދެން ތިބުނަނީ އެހެނޭ ކިޔާފަ ބަރަހަނާ ސައިޓުތައް ބޭންނުކޮއް ތިބޭށޭތަ..؟

        2
        6
  9. ބޭނޭ

    ދެން ގޭގަ ތިބޭ މީހުން ގަޔައް އަރާނީ

    19
    1
  10. ހޯސް

    އޭތި ދެން ބެސްޓުތަ. އެއަށްވުރެ މާ ބެސްޓު އެއްޗެއް އޮތީމާ ތިރިއެއްގަ.

  11. ސެން

    ""ދިވެހިންނޭ ކިޔާފަ ދިވެހިންގެ ބޮލައް އެކަނި ޖަހާއިރު ބުރޯ ތިހުރީީީީީި ހަމަހޭގަތަ ؟؟؟ރާއްޖޭގަ އުޅޭ ބިދޭސީން ބީ ބަލާވަރު ނޭނގޭތަ ؟؟ އެއް

    20
    2
    • ޝީމް

      ބިދޭސީންނައްވެސް ބެލެނީ ސަރުކާރުން އެ ސައިޓްތައް ބޭން ނުކުރާތީ..

      17
  12. ގުއިޗުންމެއި

    މިބަލާފަދޯ ޑާޓާހުސްވެގެން ދިރާގާ އުރީދުލައް ތިބަވަނީ .

    18
  13. އަންނިބޭ

    އެވަރު ކަމެއްތަ ދެން މިއީ އަނެއް ދިވެހިރާއްޖެ އެއްނުން އެޖެންޑާ19އި ގަ ހުރިހާ ކަމެއް ހުއްދަވާނެ

    18
    5
  14. ޙހެޔ

    ތި މިރައްޖެގެ އައިއެސްޕިތަކައް ކުރަން އެހަ އުނދަގުކަމެއް ނުން އެންމެ ކަމެއް ކޮއްލަން ޖެހެނި ބޮލޮކް ކުރިމަ މައްސަލަހައްލުވި

    11
    1
  15. އަހަރެން

    ބަރަހަނާ ކޮށް އުޅޭ ވެރިން ވެސް އެހާ ގިނަ

    16
  16. ބަގް

    200000 (ދެލައްކަ) ބަގް ލަދޭސް މީހުން ތިޔަ ސައިޓައް ވަނީމަވެސް ވާނީ ދިވެހިން ކަމަށް . ތިޔަސާވޭ ކުރިމީހުން ނަކައް ނޭން ގޭނެ މިހާރު ސާވޭއެ މިޤައުމުގެ ކަމެއްގަ ކުރާކަށް.

    23
    1
    • ހަފީޒާ

      ބިދޭސީންނައްވެސް ވަދެވެނީ ސަރުކާރުން އެ ސައިޓްތައް ބޭން ނުކުރާތީ..

      15
  17. ޙގދސ

    ތިޔަ ސައިޓްތައް ހުއްޓުވާކައްނޭގުނުދޯ. އިސްތިހާރުކުރޭ އަދިވެސްބޮޑައް.

    8
    2
  18. Anonymous

    ރޭޕް ހުއްޓުވާށޭ ކިޔާފަ ކޮން ސަކަރާތެއް މިޖަހަނީ
    މިހުރީ އެކަމަށް އެންމެ ބޮޑަށް މަގު ފަހި ކޮށްދޭ ސަބަބުތައް ހުޅުވާލާފަ

    14
  19. ތާރީޚީ ހަގީގަތް

    ބަރަހަނާ ވެބްސައިޓްތަކާހެދިތަ ޝަމްޝުއްދީންގެ 32 އަހަރުވީ ރަސްކަން އޭނަގެ ދަރިކަލުން ހަސަން އިއްޒައްދީން ގެ ސަބަބުބުން ވެއްޓުނީ. އިއްޒައްދީން އާއި އެކު އޭނަގެ ގަނޑުވަރު މުލިއާގޭގައި ރޭގަނޑު ނާޗަރަންގީ ކުޅެން އުޅޭ ކުދިން ކުއްވެރިވެގެން ފަނޑިޔާރުގެޔައް ގެންދިއުމުން ހިނގި ހަމަނުޖެހުމުގައި ރަސްކަން ވެއްޓުނީ. ދެން އޮތީ ރައީސް މުހައްމަދު އަމީން ވަރަށް އަނިޔާވެރިކޮށް މަރާލަންޖެހުނީ ކޮން ސަބަބަކާހެދިތަ . ތިބުނާ ސަގާފީ ކުޅިވަރު ހުއްޓުވައި އަންހެނުން ކުރިޔަށް ނެރެން ކުރި މަސައްކަތުގެ ސަބަބުން . ހަމަ ޔަގީނުންވެސް އެއިރަކު ޓީވީއެއް ބައިސްކޯފްގެއެއް ބަރަހަނާ ފިލްމް ބަލާކަށް ނުހުރޭ . މިއީ ތާރީޚީ ހަގީގަތްތަކެއްް. ކޮމެންޓް ގައިޑްލައިނާއި ޚިލާފުވެދާނެތީ އެހާ ތަފްސީލުކޮށް ނުލިޔުނީ .

    10
    2
    • އަޅިން

      މީ ޝަމްސުއްދީނެއް ގަމަރުއްދީނެއް އުޅޭޒަމާނެއް ނޫން.. މި ކިޔަނީ މިހާރު މިއަދުގެ ސަރުކާރަކުން ބަރަހަނާ ވެބްސައިޓް ބޭން ކުރަން ހަމަ އެއްކަމެއްވެސް ނުކުރެޔޭ.. ނުކޮއް ތިބެޔޭ ކުޑަކުދިންގެ ހައްގުތަކޭ އަދި ޖިންސީ މައްސަލަތަކޭ ކިޔަނީ.

      5
      2
  20. ދިވެހި ދަރިއެއް

    ވަކި ދިވެހިން އެކަންޏެއްނޫން. ބޭރު މީހުންވެސް އެވަރަށް ވަދޭ ތިކަހަލަ ސައިޓުތަކަށް.

    10
    1
  21. ޢަހުމަދު

    ޙަގީގަތަ ކީ ދިވެހިން އަދި ރާއްޖޭގައި އުޅޭ ބޭރު އެހެން މީހުން މި ކަހަލަ ތަންތަނަށް ވަންނަ ކަން. މި ކަހަލަ ތަންތަނަށް ވަނުމަ ކީ ވަރަށް ނުރައް ކާތެރި ކަމެއް. ނުރައް ކާތެރިވާ ބައެއް ކަންތައް ތަ ކުގެ ތެރޭގައި
    1. ކުޑަ ކުދިންނަށް ވަރަށް ފަސޭހައިން މިހާރު މި ކަންތައް ފެންނަން ހުންނާނެ. ގިނަ ކުދިންނަށް ބެލެނިވެރިން ތިބެނީ އެއްވެސް ހުރަހަ ކާއި ނުލާ ފޯންދީފައި. މިހާރު ކުދިން ކުޅޭ ގޭމް ތަ ކުންނާއި ވެބްސައިޓުން ހުންނަނީ ނޭދެވޭ އެއްޗެހި އިސްތިހާރު ކޮށްފައި. ކިރިޔާވެސް ވަދެވިއްޖެޔާމުން އެއަށް ދެވިހިފުމާއި މައުސޫމް ސި ކުނޑި ބަދަލުވެގެން ދަނީ އަބަދަށް. މި ކަމުގެ ސަބަބުން އެ ކުދިން އެ ކަހަލަ އަމަލުތައް ކުރަން ޝައުގު ވެރިވެއެވެ. ކުޑަ ކުދިން މި ކަހަލަ އެއްޗެހިން ދުރު ކުރުމަށް މައިން ބަފައިންނާއި އަދި ކަމާބެހޭ ފަރާތުން ސަމާލު ވާންޖެހޭނެ އެވެ.
    2. ބަރަހަނާ ވެބްސައިޓްއަ ކީ ރޭފް ކުރުމާއި، ކުޑަ ކުދިންނާއި ބެހުމާއި، މީހުންނާއި އަދި މި ކަހަލަ ނުރަނގަޅު ކަންތައް މަގުފަހި ކުރުވާ އެއްޗެ ކެވެ. ސިގިރެޓް ކަހަލަ ނުބައި އެއްޗެހި މުޖްތަމައުގެ ރައް ކކަލަށް ކޮންޓްރޯލް ކުރާ ގޮތަށް މީ ކޮންޓްރޯލް ކުރަން ޖެހެއެވެ.
    3. މި ކަހަލަ ސައިޓް ތަ ކުން މީހުނަށް ދަސް ކޮށް ދެނީ ނުބައި އާދަތަ ކެކ ކެވެ. ދެމަފިރި ކަމުގެ ގުޅުމަށް ވެސް މިހަލަ ކަންތަކުގެ ސަބަބުން ބޭނުން ނުވާ ކަހަލަ އެ ކްސްޕެ ކްޓޭޝަން އުފަން ކުރުވައެވެ. އޭރުން އެ ރިލޭޝަންޝިޕް ދެ ކެ ހިތްހަމަ ނުޖެހި، ދެމެފިރިކ ކަމުގެ ހާގީގުޅުމަ ކީ ކޯއްޗެއް ކަން އޮޅިގެންދެ އެވެ.

    މި ކަމުގެ ނޭދެވޭ ބައިވަރު އެހެން ކަންތައް ވެސް އެބަހުއްޓެވެ. ބޮޓޮމް ލައިނަ ކީ މިއީ ރަނގަޅު ކަމެއް ނޫނެވެ. ރާއްޖޭގައި މި ކަހަލަ ތަންތަނަށް ވަނުމަށް އެއްވެސް ހުރަހެއް ނެތެވެ. ދިވެހިން މިތަންނަށް ވަންނަ ކަން އެނގޭ ކަމުގައި ވަނީނަމަ ކަމާބެހޭ ފަރާތްތަ ކުން މި ކަން ކޮންޓްރޯލް ކުރެވެން ޖެހޭނެ.

    12
  22. ފެކްޓް

    މިތާގަ އުޅޭބަޔަކު ނޫޅޭ ކަމެއް ހައްލުކުރާކަށް. އެއީ ހުސް ްަނގަ ތަޅަނީ. ބަޔަކަށް ކަމެއް ދައްކަން. އެހެންނަމަ ތިބުނާ ހައްުލުތަކަށް މަސައްކަތް ކުރާ ޖަމާޢަތްތަކުން ތިފަދަ މައްސަލަތަކަށް ހައްލު ހޯދަން އުޅެން މާ އައުލާއެއްނޫންތާ! ްޯސްކަންކަމަށް ފަހިވާ މަގުތަށް ހުންނަނީ ހުޅުވާފަ. އެއަށްފަހު މިގޮވަނީ ގޯނާ ކޮށްފިއޭ ރޭޕްކޮށްފޮއޭ. ކަމުގެ އަސްލު ހުއްޓުވާކަށް ނޫޅެވޭ. ދިރާގު އުރީދޫ ރައީސް އޮފީސް ރމަޖިލިސް ހޯމްމިނިސްޓްރީ އިންފޯޝަން މިކނިސްޓްރީ އިސްލާމިކް މިސްޓްރީ މިހެންގޮސް މި އެންމެހާ ތަންތަނަށްވެސް ފައިދާ ބޮޑީމިގޮތް. އެހެންވެތާ މިކަންކަން ނުހުއްޓުވާ މުޅި ޤައުމަށް ހުޅުވައިގެން އުޅެނީ. މިމީހުންމަށް ވަރިހަމަ ހަރާމް ލާރި ކާންލިބުނަސް. މުސްލިމު ޤައުމެކޯ! ނެތް ނުކުރާނެކަމެއް މަދަރިންނޭ، ދެންވެސް ކިޔަނީ އިސްލާމުންނޭ⁹!!

    12
  23. ސޭކްސްތާން

    މަށަށް ފެންނަގޮތުގައި ތިޔަ ސައިޓްތަކަށް ގިނައިން ވަންނާނީ ބިދޭސީން ޚާއްސަކޮށް ބަންގާޅީ ބޭފުޅުން. ރޯޔަލް ރޭޕިސްޓުންނާ ލާދީނީ ގުރޫޕްތައް އެކްޓިވްކޮށް ފެންނައިރު އެމީހުން ނުވަންނާނެއެކެ ނޫން މިބުނަނީ.

    5
    2
  24. ވާފިރު

    ބަރަހަނާ ސައިޓުތައް ބުލޮކު ނުކުރާނަމަ އޭގެ މާނައަކީ ސަރުކާރުން އެފަދަ ސައިޓްތައް މަނާނުކުރައޭ.. އެހެންވީމާ މަނާ ނުކުރާ ކަމުގަވާނަމަ އެސައިޓްތަކައް ވަނުން ގާނޫނީ ގޮތުން އެއިތީ ހުޅުވިފަ. ވަގުތު ނޫހުގަ ޔާއި އެހެން ނޫސްތަކުގަވެސް އެސައިޓްތަކުގެ ފޮޓޯ ލާ އިސްތިހާރުވެސް ކުރެވުދާނެ.. މިއީ މިރާއްޖޭގެ ހާލު. މިތަނަކީ އެއްވެސަ ދީނެއް ގަބޫލު ނުކުރާ މަޖޫސީންގެ ގައުމެއްގެ ހާލަތު އޮތް ތަނެއް.

    6
    1
  25. ޝަފީގު

    އެއްވެސް ދީނެއް ގަބޫލުނުކުރާ ޖަނަވާރުތަކެއް ފަދައިން ހައްދެއްނެތި ޖިންސީ ގުޅުން ހިންގުމައް ހުޅަންގުން ބޭނުންވޭ.. އެހެންވެ އެމީހުން އެއްޖިންސުން ގުޅުން ހިންގުމަކީ އާންމެ ކަމެއްގޮތުގަ ސިފަ ކުރުވަނީ. މުސްލިމުން ނައް 1 އަންބައް ވުރެ ގިނަ އަނބީން ހަލާލު ވީމަ އެޔައް ފާޑުކީ ހުޅަނގުން މިހާރު އަނބިމީހާއާއި ފިރިމީހާގެ ލޯބިވެރީންވެސް އާއިލާގައި ތިބޭ ލައިފްސުޓައިލްތައް އުފައްދައިފި. އަދި ފުރަގަސަ ފަރާތް އެމީހުންނައް ވަނީ މާ ފައްކާ ކަަމަކައް. ޝައިތާނާ އެމީހުންނައް އެކަންކަން ވަނީ އެމީހުންނައް ޒީނަތްތެރިކޮއްދީފަ. އެ މަންޒަރުތައް ބަލާގެން ދޮންމީހުން އުޅޭގޮތައް އުޅެންބޭނުންވާ ބަޔެއް ދިވެހީންގެ ތެރޭވެސް އެބައުޅޭ..

    6
    1
    • ހަސީން

      އެމީހުން ބޭނުންވޭ އެމީހުން ގޭގެ ގެންގުޅޭ ކުއްތާޔާ އިންނަންވެސް..

      4
      1
  26. މުހައި

    މި ސަރުކާރަކީ ގުރޫޕު ސަރުކާރެއް..އެހެންވީމާ އެކަމެއް ހުއްޓުވާކައް ނޫޅޭނެ..

  27. ދެބައިކުޅަ

    ނުކުރާނެ. ދިރާގާއި އުރީދޫއަށް ލިބޭ ފައިސާއެއް ނުލިބޭނެ

    6
    1
    • ހަސީނާ

      އެހެންވީމައޭ ބުނަންޖެހެނީ ދިރާގު ޝެއާއިން ލިބޭ ފައިސާ ހުއްދައެއް ނުވާނެޔޭ.. އަދި މިތިބަ ސައިޓްތަކައް އެކްސެސްދީ ހޯދާ ފައިސާއިން މި މީހުން މީހުން ހައްޖައްވެސް ފޮނުވަފާނެ. އިސްލާމް ދީނުގެ އެއްވެސް އަސާސެއް މިވެރިންނަކައް އެނގޭކަމެއް ނުވޭ. މާތް ރަސްކަލާނގެ މިވެރިންނައް ބުއްދި ދެއްވިޔަސް އެތިބެނީ ރާމާ މަކުނުގެ ދަރަޖައިގަ.

      4
      1
  28. ޝައުޒާ

    ދިވެހިން ހަދާ ބަރަހަނާ ފިލްމު އަަދި ތިޔަ ވެބްސައިޓުތަކުގައި ވިއްކާ އެކަން ކުރާ މީހުންނައް އެވޯޑު ނުދީފިއްޔާ ރަނގަޅު. މިހާރުވެސް ބަޔަކު އެބައުޅޭ ގާތްގަނޑަކައް އޮރިޔާމުން ހުރެ އިންސްޓަގުރާމައް ފޮޓޯތައް ލައިގެން ގިވްއަވޭ ބަހަބަހާފަ މާމޮޅުކަމަކައް ހަދައިގެން.. މިއީ ހުސް މަގުފުރެދިފަ ތިބި ދިވެހީން.. އެމީހުންނައް އެމީހުންގެ އާޚިރަތް ވަނީ ހަނދާން ނައްތާލެވިފަ.

    5
    2
  29. ޑަންޑަހިލް

    ވެރިންތަށް ވެސް ހުރީ ބަރަހަނާވެފަ ..?

  30. އަޒިލް

    މި ސަރުކާރުން ދިވެހީންނައް ބަރަހަނާ ފިލްމު އުފައްދާ މާކެޓްކޮއް އަދި އެއީ ސިނާޔަތަކައް ނެހެދިއްޔާ ރަނގަޅު.

  31. Anonymous

    ޔާﷲ އެނުބައި ބިރުވެރި އާދައިން ދިވެހިން ސަލާށމަތް ކުރައްވާށި! އޭ ލޮބުވެތި މުސްލިމުނޭވެ. ހޭއަރާށެވެ. މާތްﷲ ގެ ކޯފާއިން ސަލާމަތް ވެވޭނޭ ހަމަ އެއްގޮތެއްވެސް ނޯންނާނެއެވެ. ސަދޫމާއި މަދުޔަނާއި ފުރްޢައުނުގެ ޤިބްތީންނާއި މިފަދަ ޖީލުތަކަށް ދިމާވި ބިރުވެރިކަން ހަނދާން ކުރާށެވެ. ސުނާމީ އެންމެ ބިރުވެރި ރާޅަކުން އަހަރެމެން ގޮތްހުސްވާން ޖެހުނުކަން ހަނދާންކުރާށެވެ. އޭ ޒުވާނުންނޭވެ. މިއަދު ޒުވާނަކަސް މާދަމާ ތިވެރިންވެސް މުސްކުޅިވެ ގައިބާރު ދެރަވާނެއެވެ. ދަރިންނަށް ހެޔޮ ނަޞޭޙަތް

  32. ޢަބްދުﷲބެ

    ޔާﷲ އެނުބައި ބިރުވެރި އާދައިން ދިވެހިން ސަލާށމަތް ކުރައްވާށި! އޭ ލޮބުވެތި މުސްލިމުނޭވެ. ހޭއަރާށެވެ. މާތްﷲ ގެ ކޯފާއިން ސަލާމަތް ވެވޭނޭ ހަމަ އެއްގޮތެއްވެސް ނޯންނާނެއެވެ. ސަދޫމާއި މަދުޔަނާއި ފުރްޢައުނުގެ ޤިބްތީންނާއި މިފަދަ ޖީލުތަކަށް ދިމާވި ބިރުވެރިކަން ހަނދާން ކުރާށެވެ. ސުނާމީ އެންމެ ބިރުވެރި ރާޅަކުން އަހަރެމެން ގޮތްހުސްވާން ޖެހުނުކަން ހަނދާންކުރާށެވެ. އޭ ޒުވާނުންނޭވެ. މިއަދު ޒުވާނަކަސް މާދަމާ ތިވެރިންވެސް މުސްކުޅިވެ ގައިބާރު ދެރަވާނެއެވެ. ދަރިންނަށް ހެޔޮ ނަޞޭޙަތްދޭން ބޭނުންވާނެވެ. ވީއިރު ބަދުއަޣްލާޤީ ސިަފަދަ ތިބާމެންގެ ކިބައިގާ ހަރުލައި ހުރެއްޖެނަމަ ދަރީންނަށް ވަކީން ދޭނެ ނަޞޭޙަތެއް އޮންނާނެހެއްޔެވެ. އަދި އެންމެ ބިރުވެރީ އާޚިރަތެވެ. އެއީ ދާއިމީ ގޮވަތިކަމަށް ވާތީއެވެ. މި ވަގުތީ ފާލަމުން ދާއިމނީ މަކާނަށް ދާއިރު ވާނޭގޮތް ހިތަށް ގެނެސް މާތްﷲ ގެ ޢަޒާބަށް ބިރުވެތިވެ އެކަލާންގެ ސަވާބަށް ދަހިވެތިވަމާ ހިގާށެވެ.

  33. ޔާނީ

    މިހާރު އޮތީ އެޖެންޑާ 'ބަރަހަނާ'.. އޭގެ އެންމެ ކުރީގައި އެއޮތީ ލިސްޓުން ވަނަ ހޯދާފަ..ދިވެހިން ވާ ތަސައްރަފެއް އަގަލައެއް އަޚުލާގެއް ނެތް.. އެހެންވެތާ މިހާރު ޚަބަރުތަކުން ޖިންސީ މައްސަލަތަކުގެ ޚަބަރު ހުސްނުވަނީ..

  34. ހިންޖާ

    ތި ގޮތައް ތި ކޮމެންޓު ކުރާ މީހުން މާ ވަރު ހުންނާނެ،،،،،،،ކަލޭމެން އަސްލު އެންމެ ގޯސް ސައިޓުތަކުގައި އުޅޭނީ

    4
    2
  35. ދިވެހިން

    ބަރަހަނާ ސައިޓުތައް ބޭންކޮއް ދިރާގު އުރީދޫ ޖޫރިމަނާކޮއް ފިޔަވަޅުއަޅާ.....ބަރަހަނާ ސައިޓުތައް ބޭންކޮއް ދިރާގު އުރީދޫ ޖޫރިމަނާކޮއް ފިޔަވަޅުއަޅާ.....ބަރަހަނާ ސައިޓުތައް ބޭންކޮއް ދިރާގު އުރީދޫ ޖޫރިމަނާކޮއް ފިޔަވަޅުއަޅާ.....ބަރަހަނާ ސައިޓުތައް ބޭންކޮއް ދިރާގު އުރީދޫ ޖޫރިމަނާކޮއް ފިޔަވަޅުއަޅާ.....ބަރަހަނާ ސައިޓުތައް ބޭންކޮއް ދިރާގު އުރީދޫ ޖޫރިމަނާކޮއް ފިޔަވަޅުއަޅާ.....ބަރަހަނާ ސައިޓުތައް ބޭންކޮއް ދިރާގު އުރީދޫ ޖޫރިމަނާކޮއް ފިޔަވަޅުއަޅާ.....ބަރަހަނާ ސައިޓުތައް ބޭންކޮއް ދިރާގު އުރީދޫ ޖޫރިމަނާކޮއް ފިޔަވަޅުއަޅާ.....

    2
    1
  36. ރައްޔިތުން

    ބަރަހަނާ ސައިޓުތައް ބޭންކޮއް ދިރާގު އުރީދޫ ޖޫރިމަނާކޮއް ފިޔަވަޅުއަޅާ.....ބަރަހަނާ ސައިޓުތައް ބޭންކޮއް ދިރާގު އުރީދޫ ޖޫރިމަނާކޮއް ފިޔަވަޅުއަޅާ.....ބަރަހަނާ ސައިޓުތައް ބޭންކޮއް ދިރާގު އުރީދޫ ޖޫރިމަނާކޮއް ފިޔަވަޅުއަޅާ.....ބަރަހަނާ ސައިޓުތައް ބޭންކޮއް ދިރާގު އުރީދޫ ޖޫރިމަނާކޮއް ފިޔަވަޅުއަޅާ.....ބަރަހަނާ ސައިޓުތައް ބޭންކޮއް ދިރާގު އުރީދޫ ޖޫރިމަނާކޮއް ފިޔަވަޅުއަޅާ.....ބަރަހަނާ ސައިޓުތައް ބޭންކޮއް ދިރާގު އުރީދޫ ޖޫރިމަނާކޮއް ފިޔަވަޅުއަޅާ.....ބަރަހަނާ ސައިޓުތައް ބޭންކޮއް ދިރާގު އުރީދޫ ޖޫރިމަނާކޮއް ފިޔަވަޅުއަޅާ.....

    1
    1
  37. ހަޔާ

    ސަރުކާރުން މި ސައިޓްތަކާއި އޭގެ ވިޑިއޯތައް ރައްޔިތުންނައް ނުފެންނާނޭހެން ބޭން ނުކުރާނަމަ އާންމު ޓީވީއިންވެސް އެމަންޒަރު ގެނެސްދޭންވީނުން.. މަނާ ނުކުރެވޭކަމެއް ކީއްކުރަން ނުގެނެސްދޭންވީ.. އެއޮތީ މިރާއްޖޭގައި އެކަމައް އޮތް ޑިމާންޑު ފެންނާށެއްނޫން.. ޕީއެސް އެމްއިންވެސް ބަރަހަނާ ފިލްމު އުފައްދާފަ ބުރޯޑުކާސްޓުކުރަންވީނުން..

  38. މީހަކު

    ނޫނޭ ކަލޭނޭ... ޕަބުޖީ ބޭން ކުރަން އުޅޭ އަދުވެސް...

  39. ޚ

    ކެކެ.170000 ބަންގާޅިންގެ ކޮންމެ މީހަކު އަތުގަ ވަރުގަދަ ފޯނެއް. ޢަނބިދަރިންނާ ދުރުގަ. ޢަހަރން ވަޒީފާ އަދާކުރާ އޮފީހުގަ މިވެރިން 8 ގަޑިއިރެއްގެ ޑިއުޓީގަ 4 ގަޑިއިރު ހޭދަކުރާނީ ބަރަހަނާ ސައިޓް ތަކުގަ.ދިވެހި ރާއްޖޭގެ އާބާދީ ގެ 15 އަހަރާ 40 އަހަރާ ދެނެދުގެ އާބަދީ އައް ބަލާއިރު ބަންގާލު މީހުންގެ ނިސްބަތް ގިންވާނެ. ޑިވެހިން ނުވަދެޔެކޭ ނޫން މިބުނީ.. މި މީހުންވެސް އޭގެ ބޯޑު % ހިއްސާ ކުރާ ވާހަކަ މިބުނީ

    3
    1
    • ހަމްޕު

      3 ލައްކަ ދިވެހިން އަތުގަ ގެންގުޅޭ ފޯނާއި އިންޓަނެޓުގެ ބޮޑުޕެކޭޖުތަކާއި ފައިބާ ލޭންޑު ލައިން މަތިން ހަނދާން ނެތުނީތަ. 4 ފަސް އައިލެޑާއި 2 ލެޕްޓޮޕާއި ގެންގުޅޭ ދިވެހީން އިންޓަނެޓުގަތިބެ އަބަދު ގުރްއާން ތޯ ކިޔަވަނީ. ؟

  40. ދިރާސާ

    ނުހުއްޓުވާނެ ދިރާގާ އުރީދޫއަށް އެންމެ ގިނަ ފައިސާ ލިބެނީ އެސައިޓްތަކަށް ވަނުމުން
    ލާހިކު ކުޅަދާނެއެއް ނޫން ހުއްޓުވާކަށް ދިރާގުގެ ހިއްސާ އަންނި ވިއްކާލުމުން ސަރުކާރުގެ ބާރު ވަނީ ކެނޑިފައި.. މިހާޜު ދިރާގާ އުރީދޫގެ މައި ހިއްސާ ދާރަކީ ބެޓެލްކޯ ކިޔާ ކުންފުންޏެއް
    މިކަމާ އެލެކްސް ބުނާނީ ކީކޭބާ ހެހެ

    • ހަދީޖާ

      ދިރާގު އެއްވެސް ހިއްސާއެއް ނެތަސް. ސަރުކާރައް މުއާސަލާތީ ޚިދުމަތްތައް ގާނޫނު ހަދައިގެން ރެގިއުލޭޓް ކުރެވޭނެ. ގައުމުގައި ދީނާއި ދިނާ އިދިކޮޅު ބޮޑުހަރާމް ކަމެއް މިހެން ދޫވެފައި އޮންނަ އޮތުމައް ފިޔަވަޅުއެޅުމަކީ ސަރުކާރުގެ ވާޖިބެއް. މުއާސަލާތީ ރެގިއުލޭޓާ އަކީ ކޮމިއުނިކޭޝަން އޮތީރިޓީ..އެތަން ހިނގަނީ ހޯމް މިނިސްޓަރުގެ ދަށުން.. އޭނާއަށް އެތަން މެދުވެރިކޮއް މިކަން ހައްލު ކުރެވޭނެ.

  41. ހ

    ދިރާގާ އުރީދޫ އަށް އެންމެ ގިނަ ފައިސާ ވަންނަނީ މިކަމުން އެމީހުން ރީތި ކޮށްލަން ބުނެފާނެ މިހާރު މަނާ ކުރަނީއޭ އެއީހުސް ދޮގު އާނމް ދަނީގެ 50 އެއި އޮރިޔާން ސައިޓް ތަކުން ލިބޭ ފައިސާ އިންޓަރ ނެޓް ގެ އަގުވެސް ހެވެއް ނުވާނެ ސަރުކާރުގެ ބާރު ވަނީ ކެނޑިފައި އަންނި ދިރާގުގެ ހިއްސަ ވިއްކާލީމާ އުރީދޫގެ ގެ ވެސް މައި ކުންފުންޏަކީ ބެޓެލްކޯ.... މިކަމާ މަޖިލިހުގެ ރައީސް ކޭކޭ ބާ ބުނާނީ އޭރު ވެރިކަން ކުރީ އޭނަ އެއް ނޫނޭތަ

  42. ޖާ

    އިނެްމެ ގިނަ އާންމުދަނީ ދިރާގަށާއި އުރީދޫއަށް ވަންނަނީ ތިޔަ ސަައިޓް ތަކުން
    ސިންގަޕޫރުގައި އެކަމަށް ސަރުކާރުން ޚާއްސަ ޓީމެއް އޮވެގެން އަބަދު އޮރިޔާން ސައިޓްތައް އެދަނީ ބްލޮކް ކުރަމުން

  43. ެިއިބުރާހިމު

    މިއަދުން ފެށިގެން ބަރަހަނާ ސައިޓުތައްބުލޮކު ކޮއްފިން

    3
    1
  44. ާައަންނި

    އަހަރެމެންގެ ސަރުކާރުގަ ތިޔަކަހަލަ ލާދީނީ ހުރިހާ ކަމަކައް ތާއީދު ކިރާނަން.