ކޮވިޑް-19 އަށް ރާއްޖެ އިން އިތުރު 23 މީހަކު ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މިއަދު ކޮވިޑް-19 އަށް ފައްސިވީ 16 ދިވެހިންނާއި ބަންގްލަދޭޝްގެ ހަތް މީހުން ކަމަށެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2491 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިއުލާން ކުރަމުން ގެންދަނީ ކޮންމެ ދުވަހެއްގެ ވެސް 18:00 އިން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ 18:00 އާއި ހަމައަށް ލެބޯޓްރީތަކުން ލިބޭ ނަތީޖާތަކަށް ބެލުމަށް ފަހުއެވެ. ވަކިވަކި ދުވަސްތަކުގެ ނަތީޖާ އަށް ބަލާއިރު މިއަދު 23 މީހަކު ފައްސިވިއިރު އިއްޔެ 32 މީހަކު ފައްސިވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލޭގައި އަޅާފައި އޮތް ހަރުކަށި ފިޔަވަޅުތަކަށް މިހާރު ލުއިތައް ދީފައި ވާއިރު ކޮވިޑް-19 އަށް މިހާރު ފައްސިވާ މީހުންގެ ތެރޭގައި ގުޅުން ނެތް "އިންޑިޕެންޑެންޓް ކޭސްތައް" ދަނީ އިތުރުވަމުން، ކަމަށާއި މިހެން ކަންތައް ވަމުން ދާނަމަ ބަލި ޖެހޭ މީހުންގެ އަދަދު އިތުރު ވެދާނެ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރ މުއާޒު މޫސާ މިރޭ ވަނީ ވިދާޅުވެފައެވެ. އޭނާ މިހެން ވިދާޅުވީ އެޗްއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީހެއް

    ބަލިރަގަލުނުވަނީސް ރަގަޅުވީކަމަށް ހަދައި ޓެސްޓްނުކޮށް ދޫލޮއްލާ އެކަކު އަނެކަކާ ބައްދަލަ ވާނެގޮތް ހެދީ އެންމެނަށް ބަލިޖައްސަން !އެހެންވީމަ މިދަނީ ވާނެ ހަތަރެއް ވަމުން މިއީ ބޭރުގެ އެހީތައް ހޯދުމަށް ރާވައިގެން ކުރާކަމެއް ރައްޔިތުންގެ ފުރާނަދިޔައަސް ފައިސާއަށް ދަހިވެތިވަނީ ވަރަށްދެރަ ހިތާމަހުރިކަމެއް ﷲ އާވަކީލް!