ބ. ބޮޑުފިނޮޅުގައި ރިސޯޓު ހެދުމުގެ މަސައްކަތުގައި އުޅުނު އެތައް ބަޔަކަށް މުސާރަ ނުދީ، ހައެއްކަ މަސް ވަންދެން އެމީހުން ލައްވައި މަސައްކަތް ކުރި ރިޒް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކޮށްފިއެވެ.
އެނާ ފުލުސް އޮފީހަށް ހާޒިރު ކުރީ ރިޒް ކުންފުންޏަށް ކުރާ ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކުގެ ތަހުގީގަށެވެ.
ފުލުހުން ވަނީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައާ ގުޅިގެން ރިޒާ ފުލުހަށް ހާޒިރުކުރިކަން ކަށަވަރު ކޮށްދެއްވާފައެވެ.
ރިޒާ ފުލުހުންގެ ތަޙްޤީޤަށް މިރޭ ހާޒިރު ކުރިއިރު އޭނާގެ މައްޗަށް ބޮޑެތި އެތައް ތުހުމަތެއް ކުރެވެމުން ދާއިރު ވެސް އޭނާ ހައްޔަރު ނުކޮށް ހުރުމުން ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ފާޑުކިޔަމުންނެވެ.
ރިޒް ކުންފުނިން ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފީ އާއި ފައިސާ ނުދައްކައި މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވީ މިއަދުއެވެ.
ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ އެކުންފުނިން ހަވާލުވެ، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން މިއަދު ވިދާޅުވިއެވެ.
އަދި ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލުވެ، އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ރިޒާ އެކަނި ނޫނޭ ތިޔާ ކަން ކުރަނީ ޒޯރޯ ކިޔާ މީހަކީ މާލޭގައި ތިޔާ ކަން އެންމެ ފުޅާ ދާއިރާ އެއްގައި ކުރާ މީހާ ދެން މާލެ ފަޅު ތެރޭގައި ހުރިއްޔާ ހުރި ހުރިހާ ލޯންޗްސް ތަކާއި އަދި އޮޑި ދޯނި ފަހަރު ބަލާ ބަލަ ހުރިހާ އެއްޗެއް ގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން މީ ހަމަ ސަރުކާރަށް އަދި ކެބިނެޓަށް ނުފެންނަނީތޭ ނުވަތަ ފުލުހުންނަށް ނޭގެނީތޭ ދެން މާލޭގެ ހުރިހާ ހޮޓާ ތަކާއި ހާބަރު ކަޑަތައް އެމެންނޭ ވެއިޓަރުން އަދި ކައްކާއިން ނަކީ ތަމެންނަށް ހަމަ ނުފެންނަނީތޭ
މިލަންދޫ މީހުން ތި ކަމުގަ ނުނިދާ މީނަ ހައްޔަރު ނު ކޮންގެން
ރިޒާހައްޔަރެއް ނުކުރާނެ ތިޔައީ ދެއްކުމެއް އަޅުވާ ކަޅު އަނދުނެއް .
ޢެއްކަމެއްވެސް ނުވާނެ! ހޯމްމިނިސްޓަރ ޝޭކު އިމްރާނު މަގާމުން ދުރުކުރުމަށް ފަހު އެމްޑީޕީގެ މީހަކު އެ މަގާމަށް ލުމަށް ގޮވާލަން!
ތިކަހަލަ ކިތައް ކުންފިނި އެބައުޅެ ތި ހާލަތުގަ. ޕޮލިހަށް ނުވަތަ އެހެންވެސް ތަނަކަށް އެގޭނީ ބަޔަކު ހަޅެއްހަވާގަތީމަ. ހިމާރުވެސް ތަޅަްިގަތީމަ އިރުކޮޅަކު ބާރަށް ދުވެލާނެ. ދެން އަނެއްކާ ހަނދާންނެތޭނެ. މިއީ އަބަދުވެސް ހާލަތު. އެއިތަ ތިފަދަ މުއައްސަސާތަކުގެ ބޭނުމަކީ! އެކަމަކު ވެހިކަލް ކަލްތަކުގަ އިސްޓިކާ ނުޖެހިގެން ޖޫރުމާނާ ކުރެވިގެން ތެޅެނީ. އެކަން އެކަނި ރަނޅަށް ކުރަން އެނގެނީ. މިހެން ހީވަނީ މިހީނިންނަށް އޮތްހާވެސް ޒިންމާއަކީ.
ދެން ކޮންމެވެސް ބައެއް ބަޔަނެއް ނެރެލާނެ. ޢެހާހިސާބުން އެމީހުންގެ ޒިންމާ އަދާއެކުރެވިނީ!
ތީ ދައްކާލާ ދުޅައެއް!
ވެރިންގެ މައްޗަށް ޤާނޫނު ނުހިނގުމަކީ ޤާނޫނީ ވެރިކަމެއްނެތުން. ރައީސް ޤާނޫނާ ޚިލާފުވުން. ރައީސް ވެރިކަމުން ދުރުކުރަންޖެހޭ. ޤާނޫނު ހިންގަން ކެރެނީ ނިކަމެތިންގެ މައްޗަށް. މިތާ މިހިނގަނީ ސަދޫމްގެ ވެރިކަން.
ތި ނުލަފާ މީހާ މަޖިލިހުން މިހާރުން މިހަަރައް ބޭރުކުރޭ! ތިކަހަލަ ޖާހިލުމީހުންނައް ފުރުސަތުދީ ގައުމު ހަލާކު މިވަނީ، ހަރުކަށި އަދަބު ދޭންޖެހޭ!
ހިއުމަން ޓްރެފިކްސް ބޮޑު ފިނޮޅަށް ފުންމާގެން އެރީ ކީއްވެކަމެއް ނޭންގޭތާ ދޯ ޕޮލިސް
އަޅުގަނޑު ގެ ބައްޕަ އަޅުގަނޑު ކައިރީ ބުނުއްވިއެވެ ކައި ބޮއެ ހަދާނެ އެއްޗެއް ނެތިގެން މީހުން ކައްކާ އިރު އުކާލާ ކިރުފެލި ހުނި ކައިގެން ހުއްޓަސް ހިތްހަމަ ޖެހިގެން ޝުކުރުވެރިކަމާއެކު އިންސާ ނުންގެ ކުރިމަތީ ސާފު މޫނަކާ އެކު ހިނިތުން ވެގެން ހުންނާށެވެ އެގޮތައް ހިނިއައިއްސަ ހުރެފިނަމަ ތިބާ ގެ އަސްލު ފެންވަރު އެއްވެސް މީހަކަށް ނޭގޭނެއެވެ ބޮޑާ ކަމާ އިންސާނުންނަށް އިހާނާތް ތެރި ކޮން ހިތުމުން ތިމާ ކޯޓް ފަޓްލޫނާ ޓައިގަ ހުއްޓަސް ތިމާ އަކީ ކާކު ކަން އެގި ތިމާ ގެ އަގު ވެއްޓެއެވެ އިހްތިރާމް ގެއްލެއެވެ
ހިއުމަންޓްރެފިކިންގ ނަކީ ވެސް ކުށެއް ބެލެން ޖިހޭ އެކަމަކުވެސް ބިދޭސީންނަށް ސައިޒްއޮޅި ދިވެހިންނަށް ހިތުހުރިކަމެއްކޮށް ދިވެހިން ރަހީނު ކުރެވިގެން ނުވާނެ އެއީ ނުރައްކަލެއްގެ ސިގްނަލް ތިބުނާ ރިޒާ އެކަނި ރަހީނު ކުރިނަމަ އޯކޭ ދިވެހި ރާއްޖޭގެ މުދަލާއި ރައްޔިތުމީހާގެ ހައްގުތަކަށް އަރާ ދިވެހިން ރަހީނު ކުރަން ބިދޭސިންނަށް ޖާގަ ދީގެން ނުވާނެ
ކުރީ ސަރުކާރު އޮތް އިރު ޔޫރަޕާއި އެމެރިކާއިން އަބަދު ގޮވަނީ ދިވެހި ރާއްޖެ ރަތްލިސްޓަށް ލާނަމޭ އެވެނިކަމެއް ކުރާށޭ ހިމަން ޓްރެފިކިންނޭ ކޮބައިމިހާރު އެމީހުން ކޮބައި ޓްރާންސް ޕޭރަންސީ ކުޑަ ބަޔާނެއް ނެރެލި އެހެންނޫނީ އަބަދު ޓީވީ ތަކުގައި ކުރިންއުޅުނީ ނޫސް ކޮންފަރެންސް ދީފައި މިރާއްޖޭގެ ތާރީޚްގައިވެސް ބޭރު މީހުންނަށް ގޯނާ މިވަރަށް ކުރި ޒަމާނެއް ނެތް .... ކުރީ ސަރުކާރު އަބަދު ލަވަ ޔަކަށް ކިޔާލާ ކިޔާލާ ތިބޭ ރިޒާގެ ކަންތައްވެސް ދާނީތޮޅިއަށް ރޭޕް ކޭސް ތޮޅިއަށް ދިޔަ ގޮތަށް
ތިކަމުގައިވެސް އިހުމާލުވާނީ އެންމެފަހުން ފުލުސްއޮފީސް. ރިޒްމެން ތިބޭނީ ފޮނިބައިސާ ކަނޑާފަ ކަރަންޓު ބިލުދައްކައިގެން އޮޅުވާލައިގެން އުޅެން. އެންމެފަހުން ތިމީހުން ބަލަންވެސް ޖެހުނީ ސަރުކާރަށްތާ. ރިޒްމެން ހެވިފަ.
ކަޅަސް ދޮނަސް ދިވެއްސަކަސް ބަންގާޅީއަކަސް އުޖޫރައަށް މަސައްކަތް ކުރުވާފިއްޔާ އުޖޫރަ ދޭންޖެހޭނެ، ތިކަމުގައި އިހްމާލުވާފަރާތައް ހައްޤު އަދަބު ލިބެންޖެހޭނެ، ސަރުކާރުންވެސް ޤަވާއިދާ ހިލާފުވާ ނިކަމެތިންގެ ކަންކަން ބަލާ ޖޫރިމަނާ ކުރެވޭ ފަދައިން މަޖިލިސް މެމްބަރަކަސް ހައްޤު އަދަބުލިބެންޖެހޭނެ..... މިއަދު ސަލާމަތް ވެވިދާނެ ދެކެ ދެނެވޮޑިގެންވާ ފަރާތެއްވޭ
މިސަރުކާރަކީ ކޮރަޕްސަނުންފުރިފައިވާސަރުކާރެއް ވެރިކަމުގާ ހުރިބޭފުޅާގެ އާރެއްބާރެއްނެތް މަޖިލީހުގާތިބީ ނަސީދުގެ ބުރަމަސައްކަތުން ހޮވާދީފަތިބި މެމްބަރުން ވީމާ އެއިން ބޭފުޅަކު އަދިމާލައް އިގިލި ދިއްކޮއްފި މުއައްސަސާއެއްގެ ޒަމާންދުއްވާލާނެ ރިޒާ އާދެކޮޅައް އެއްވެސްކަމެއްކުރާކައް ލާހިކެއްނޫން...