އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުން ގެންދާ މަސައްކަތާއި މެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ހުންނެވީ ހިތްޕުޅު ހަމަޖެހިވަޑައިނުގެން ކަން ހާމަވެއްޖެއެވެ.

ރައީސް ނަޝީދު ގެންގުޅުއްވާ "އެލެކްސް" ޓްވިޓާ އެކައުންޓުން މިއަދު ވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަޙްޤީޤު އޭސީސީ އަށް ވެސް ކުރިއަށް ނުގެންދެވޭތީ އެކަމާއި ނުރުހުން ފާޅުކުރައްވާފައެވެ.

"އެލެކްސް" އިހްސާސްތައް ބޭރުކޮށްލީ އޭސީސީގެ މެންބަރުން ވަކިކުރަން ޖެހިދާނެ ކަމުގެ އިންޒާރު ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) ދެއްވުމުން އެކަމަށް ރައްދު ދެއްވާ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ޓްވީޓެއް ކުރެއްވުމުންނެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޅި ދައުލަތުގެ ހިންގުމަށް ސަރުކާރުން ހުރަސް އަޅައި، މުއައްސަސާތަކުގެ މިނުވަންކަން ނަގާލަމުން މިދަނީ އެއްވެސް އިމެއް ނެތި ކަމަށެވެ. "އިލްމީ އެތައް ދަރިވަރުންނެއް ބުރަ މަސައްކަތުން ހާސިލް ކުރި ތައުލީމްގެ އަގު މިވައްޓާލަނީ ދޮގާއި މަރަރާއި ސިޔާސީ ނުފޫޒުން." ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދުގެ ޓްވީޓަށް ރައްދު ދެއްވަމުން ނަޝީދުގެ "އެލެކްސް" އައިޑީން ކުރި ޓްވީޓެއްގައި ބުނީ އިލްމީ ވުމަކުން އަދި ނުފުދޭ ކަމަށެވެ. "ވައްކަން ކުރާތީ މައްސަލަ އަކީ. ތި އޭސީސީ އަކަށް ވެސް އެމްއެމްޕީއާރްސީގެ އެއްވެސް ވައްކަމެއް ބަލައެއް ނުނިންމުނު. މިހާރު އަހަރެއްވީ." އެލެކްސްގެ ޓްވީޓްގައި ބުނެފައި ވެއެވެ.

އޭސީސީ) އަށް މި ސަރުކާރުން މެމްބަރުން އައްޔަންކުރީ ވަރަށް ފޮނި އުއްމީދެއްގައި ކަމަށާއި އެކަމަކު ފައިސާގެ ބޮޑެތި މައްސަލަތައް ހުރީ ނުބެލި ކަމަށް ވިދާޅުވެ، އެ މެމްބަރުން ވަކިކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދޮންބިލެތް ދެއްވީ އިއްޔެ އޮތް މަޖިލިސް ކޮމެޓީގެ ބައްދަލުވުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރިޒާ

    ތިޔައީމިގައުގެ ހަލާކު ކެނަރީގޭބުއްޅަބޭ ދިވހިގައުމައް ޖެހިފަހުރި ބޮޑުވަބާއެއްތީ

    41
    1
  2. އެލެކްސް އަމާ

    ވައްކަމުގެ ވާހަކަދައްކާކަށް ނަޝީދު ތާހިރެއް ނޫން.. އެމް.އެމް.ޕީ.އާރު.ސީ ގެ ރުފިޔާ ލިބުނު މީހެއް ނަޝީދަކީވެސް،...

    39
    1
  3. ޓައްޕު

    އެލެކްސް ކިތައްމެ ނުރުހުނަސް ހަގީގަތް ބަދަލެއް ނުވާނެ ރައިސް ޔާމީން ކޮށްދިންފަދަ ހިދުމަތެއް ކޮށްދިން ވެރިއަކު ދިވެހި ތާރީޚް ދެކިޔައެއް ނުވޭ ޝަރަފް ވެރި ދިރިއުޅުމެއް އުޅެން ދިވެހި ޒުވާނާ އަށް މަގު ކޮށައި އަލި ކޮންދިން. ބޯ ހިޔާވަހި ކަމާ ވަޒީފާ ޔަގީން ކޮށް ދިން ބޯހިޔާވަހިކަމާ ވަޒީފާ އާ ނުލިބި ދިވެހިން އުޅެން ވެއްޖެނަމަ ރާއްޖެ ބަދަލުވެގެންދާނީ ކްރައިމް ސިޓީ އަކަށް އޭރުން ބަރަހަނާ ސައިޓް ތަކަށް ވަނުމާ މަސްތުވެގެން މަގުތައްމައްޗަށް ބިއްޖެހިފައި ތިބުން ފިޔަވާ ޒުވާނުންނަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ އެކަމުން ސަލާމަތް ކޮށް އަސްލު ދިވެހި މީހާ ބިނާ ކުރުމަށް ޔާމީން ކޮށްދިނީ މުޅި ގައުމު އެމަނިކުފާނަށް ދަރާފައިވާ ޝުކުރު ހައްގު އިޚްލާސް ތެރި މަސައްކަތްތަކެއް ފޮނި ކަނޑާފަ ބޮޑު ބަސް ބުނެ އެލެކްސް ތިޔަ ބޮޑާވަނީ ތިބާ ގައުމަށް ކޮށް ދިނީ ކޮން ހެޔޮކަމެއް ގައުމު ފަސާދަ ކުރުން ފިޔަވާ ކުރީ ކޮންކަމެއް

    32
    1
  4. ޣަނީ

    އެލެކްސްގެ އެކައުންޓް ހިންގަނީ އެލެކްސްގެ ބަސްމަގު ރީތި ދަރި ކަމަށް ތުހުމަތު ކުރެވޭ. އެލެކްސް މުހައއްމަދުގެ އަމިއްލަ ކޮރަޕްޝަންގެ ވާހަކަ ކިއްޔާ މާރަނގަޅުވިސް

    37
    2
  5. އަޙްމަދު

    ކޮންމެ މުއައްސަސާއަކަށްވެސް ކުރިއަށް ދެވޭނީ ފުރިހަމަ މިނިވަންކަން ލިބިގެން، ނަމެއްގަ ހަދާފަ ހުރިހައި ބާރެއް ސަރުކާރުގެ މުށުތެރޭގައި އޮވެގެން މަސައްކަތެއް ނުކުރެވޭނެ. މުވައްޒަފަކު ލެއްވެނީ ދަތުރެއް ކުރެވެނީ ޢިމާރާތެއްލިބެނީ ފިނޭސްއިން ހުއްދަދިނީމަ ޤާނޫނަށް ބަދަލުގެނެވެނީ އޭޖީ ހުއްދަދިނީމަ މައްސަލައެއް ބެލެނީ ޝަރީޢަތަށް ފޮނުވެނީ ޕިޖީ ހުއްދަދިނީމަ މީހަކު ހާޒިރުކުރަންވީމަ ފުލުހުންގެ ހުއްދަހޯދައިގެން، މިވަރުން ކިހިނެތް ކުރާނީ، މިއީ އެފަދަ މުއައްސަސާތަކުގެ ހާލަކީ، އެންމެ މުހިންމު ކަންތައް އެއިންތަނަކަށް މެމްބަރުލެއްވެނީ އަހަރެން ނުބުންޏަސް އެންމެން ދަންނާނެ. އެކަން އޮންނަގޮތް،

    20
    1
  6. ޖޭޑް

    ޝަހްސު އޮލުވާލުމުގެ ދައުވާ ކުރުން މުހިންމު ކަމަށް ފެނޭ

  7. ޙަލީލް

    ރައީސް ނަޝީދު ގެންގުޅުއްވާ "އެލެކްސް" ޓްވިޓާ އެކައުންޓުން މިއަދު ވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަޙްޤީޤު އޭސީސީ އަށް ވެސް ކުރިއަށް ނުގެންދެވޭތީ އެކަމާއި ނުރުހުން ފާޅުކުރައްވާފައެވެ

    އެލެކްސް އައިޑީއަކީ ނަޝީދުކަން ޔަޤީންތޯ؟

    1
    1
  8. ހަސަންބޭބެ

    މިސަރުކާރުން ކޮންމެ މުއައްސަސާ އަކަށްވެސް މީހުން އައްޔަންކުރާނީ ސިޔާސީ ބަދަލު ހިފުމުގެ ރޫޙުގަ. ބާޣީ އާއިލާއަކަށް ނިސްބަތްވައްޏާ މަޒީގަ ހިގިކަންތަކަށް ބަދަލް ހިފަންޖެހޭ ކިތަންމެ ކަމެއް އޮންނާނެ. ޝަހީދު ހުސެން އާދަމް ބިލްޑިންގް ގެ ނަން ބަދަލުކުރުމާއި، ފުލުހުން ނިކަމެތިކޮށް ކާކީ ސޯޓް ލައްވާފަ މަގުމައްޗަށް ނެރުމުގެ ވާހަކައާއި މި ހުންނަނީ ހައްތަހާވެސް ބާޣީ މާޒީގެ ސަބަބުން ހިތުގަ ހިގާ އުދާސްތައް ބޭރުކުރަން އުޅުން

  9. ލަރާ

    މިސަރުކާރުން ކޮންމެ މުއައްސަސާ އަކަށްވެސް މީހުން އައްޔަންކުރާނީ ސިޔާސީ ބަދަލު ހިފުމުގެ ރޫޙުގަ. ބާޣީ އާއިލާއަކަށް ނިސްބަތްވައްޏާ މަޒީގަ ހިގިކަންތަކަށް ބަދަލް ހިފަންޖެހޭ ކިތަންމެ ކަމެއް އޮންނާނެ. ޝަހީދު ހުސެން އާދަމް ބިލްޑިންގް ގެ ނަން ބަދަލުކުރުމާއި، ފުލުހުން ނިކަމެތިކޮށް ކާކީ ސޯޓް ލައްވާފަ މަގުމައްޗަށް ނެރުމުގެ ވާހަކައާއި މި ހުންނަނީ ހައްތަހާވެސް ބާޣީ މާޒީގެ ސަބަބުން ހިތުގަ ހިގާ އުދާސްތައް ބޭރުކުރަން އުޅުން

  10. އައިޑީ ޔަގީން ކުރަން ބޭނުން.

    މަޖްލިސް އިން ސާފު ކޮށްދެއްވަން ވެއްޖެ 'އެލެކްސް' އަކީ ކޮބައިކަން. އެ އައިޑީ ގައި ވަރަށްގިނަ ހޮޅި ވާހަކަދެކެވޭ. އޭގެ ތެރޭގައި ދީނާއި ޚިލާފް ވާހަކަތަކެއްވެސް ހިމެނޭ. މަޖްލިސް ރައީސްގެ އައިޑީ އެއްކަމށް ތުހުމަތުވެސް ކުރެވެމުންދޭ. ތެދެއްނަމަ ވަރަށް ދެރަވަރުގެ ކަމެއް އެކުރަނީ

  11. އަސްލޭ

    ނަޝީދޫ،، ކަލޭ ހާދަ ފިނޑިއޭ،، ނުކެރޭ ކަލޭގެ އަސްލު ނަމުގަ ޓްވީޓެއް ކޮށްލަން،، ބުއްޅަބޭގެ ފިނޑި ކަމާއެވެ،،