ބަންގްލަދޭޝް ރައްޔިތުންގެ ހަމަނުޖެހުމާ ހުރެ ފަތުރުވެރިން އަންނަން ދެކޮޅު ހަދާ ދަރަޖައަށް މިކަންކަން ދިޔަ ނުދީ ހުއްޓުވައި ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ އެގޮތަށް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް މުސާރަ ނުދީ ގެންގުޅެމުންދާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. މުސާރަތައް ނުލިބޭ މައްސަލައިގައި ބައެއް މުވައްޒަފުން ދަނީ މަސައްކަތް ހުއްޓާލައި މުޒާހަރާ ކުރަމުންނެވެ.

ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 47 އަހަރަށް ފަހު ފަތުރުވެރިކަަން މުޅިން ހުއްޓި މިގައުމު ދަތި ހާލުގައި އެވެ، އަލުން ދުނިޔެއަށް ގައުމު ހުޅުވާލާއިރު "ބަންގާޅީންގެ" ތަޅާފޮޅުމާއި ހަމަނުޖެހުމާއި ހުރެ ފަތުރުވެރިން ރާއްޖެ އައުމަށް ދެކޮޅު ހަދާވަރަށް މިކަން ދިޔަ ނުދީ ހުއްޓުވުމުން ފުލުހުންނަށް ގޮވާލައްވާ ކަމަށެވެ.

ބިދޭސީންގެ ހަމަނުޖެހުމެއް މި ދޭތެރެއިން ހިންގާފައި ވަނީ ބ. ތުޅާދޫ ކައިރީގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑު ފިނޮޅުގައެވެ. ބޮޑު ފިނޮޅުގައި ހިންގި ހަމަނުޖެހުމުގައި 200 އެއްހާ ބިދޭސީން ނިކުމެ ދިވެހިންތަކެއް ރަހީނު ކުރުމުގެ އިތުރުން، އެތަނުގެ ތަކެއްޗަށް ގެއްލުންދީ، ފުލުހުންނަށް ވެސް ގެއްލުންތަކެއް ދީފައިވެއެވެ.

އެކަމަކު، މާލެ އިން ގިނަ އަދަދެއްގެ ފުލުހުން ރަށަށް ދިއުމާ އެކު، ހަމަނުޖެހުންތައް ހުއްޓާލައި ބިދޭސީން ވަނީ ސުލްހަވާން ނިންމައިފައެވެ. އަދި ހަމަނުޖެހުންތައް ހިންގި ކަމުގެ ތުހުމަތުގައި 19 ބިދޭސީއަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ.

ބޮޑުފިނޮޅުގައި ހަމަނުޖެހުންތަކެއް ހިނގާފައި ވަނިކޮށް، ހުޅުމާލޭގައި އިމާރާތެއް ކުރާ ބަޔަކު މުސާރަ ނުލިބިގެން ހަމަނުޖެހުން ހިންގާފައިވެއެވެ. އަދި ފުލުހުންނާއި ބިދޭސީންނާ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޙުއްތު

    ބަނގާޅީއޭ ނުކިޔާށޯ ޑރ ނަޒްލާ ބުނުއްވީ. މޫސަ ކީއްވެގެންތޯ ބަސްނާހަނީ

    26
    4
  2. ރިމް

    ބަލަ މީ ބަންގްލަދީޕް.. ދިވެހި ބޮޑު ދިދަ ބަދަލު ކޮށްފަ އަލުން ބަންލާދޭޝް ގެ ދިދަ ފާޑަށް ދިދަ ޑިޒައިން ކޮށްފަ ނަގާ! މހާރު މީ ބަންގާޅިންގެ ރާއްޖެ! އެ މީހުން ގިނައީ މިތާ! ހުސް ފިރިހެނުން އެވެސް! ދެން ވިސްނާލަ ކުށަޢް އަރާ ގަންނާނެ ވަރު! ލޮލް

    22
    2
  3. ބޮންދު

    ބަލަ ތީ ހަޑި ގޮތް ހުންނަނީ... ބަންގާޅީ ނުކިޔަނީ.... ބިދޭސީ ކިޔަނީ...... މައިމޫނާ ދައްތަ ރަނގަޅު ވައްތަރު ހުންނަނީ..... ރީކޯ ބޭބެ ގޯސް ވައްތަރު ހުންނަނީ.... ބޭބެ ސޮރީ ބުނަނީ ހުންނަނީ.....

    16
  4. ސައިމާ

    ލާރިގަނޑެއް ދޭންޖެހިފަ އޮތީބާ؟ މުޒާހަރާ ހުއްޓުވަން ގުވާއިރު ހަމަ އެނޭވާގާ ގޮވާލަންޖެހޭނެ އެމީހުންގެ މުސާރަ އެމީހުންނަށް ދޭންވެސް. އެހެންނޫނީ ތިޔައީ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ހުރި ބޭފުޅެއްނޫން.

    13
    5
  5. އޮޅުވާލި ވޯޓު

    ނަޒުލާޔަކައް ނޭގޭނެ އަހަރުމެން ކިޔަންވާއެއްޗާކާ އުޅެންވާގޮތެ ބުނެދޭކަށެ

    17
    5
  6. ދިވެހި ދަރިއެއް

    ރީކޯ މާރީޗެއްނޫން ވާހަކަ ދައްކާކަށް! ރީކޯ ވެސް ތީ މުވައްޒިފުންނަށް މުސާރަ ނުދީ ގެންގުޅުނު މީހެއް. ރީކޯ މުސާރަ ނުދީގެން ކިތައް ބިދޭސިން ފިލާގެން ހެވީ ލޯޑުން ފިލިބާ!!! ލަދު ކޮބާ ވާހަކަ ދައްކާއިރު....

    16
    2
  7. އޮޅުވާލި ވޯޓު

    ދިވެހިނަކައް ނުވިއެއްނޫން ބަންގުބޭފުޅުންވިއްޔާދެން ގައުމުގަތިބީ ތިބިބަޔަކުއެޖެހޭނޫންތޯ ގައުމުހަމަ މަގައޅުވަން ދިވެހިނޭ ބުނީމާ ލަދުގަންނަ ހިސާބައް މިވަނީގައުމުގެ ކަންތަބޮއްސުން ލާގެންގޮސްފަ ބަނގާޅީން ނަމަވެސް އެބަޖެހޭ ގައުމު ހަމަމަގަ އަޅުވަދޭން އެބަޔަކައް ކުރެވުނުކަމެ ގާނޫނީ އިމުގެތެރެއިންކުރަން

  8. ހަސަނާ

    މިހިދުން މިހިދައްވެސް ގަވާއިދާހިލާފައް އުޅޭމީހުންލައްވާ އެއްވެސްބަޔަކު މަސައްކަތްނުކުރުވީމަ ހައްލުލިބުނީ ސަރުކާރަކައް އެއްވެސްފިޔަވަޅެއް މިކަމުގަ ނޭޅޭނެ..

    11
    3
  9. ޢަހާ

    ރީކޯ!!
    ތިބޭފުޅާ މަޖިލީހުގައި ހިލޭސާބަހަށް މަސައްކަތް ކޮއްދެއްވަން ވީނޫންތޯ؟
    ތިޔަ މަޖިލީހުގައި ހުންނަވާ ބޭފުޅެއް ނޫންތޯ މި މީހުންނައް އުޖޫރަ ނުދީ މި އުޅުއްވަނީ.އެމީހުން އާއިލާ ދޫކޮއްލައިފައި ރާއްޖެ އައިސް އެތިބީ ހިލޭސާބަހައް ހިދުމަތް ކޮއްދޭކައް ނޫން.އެމީހުންގެ ވެސް އާއިލާ ގެ ޒަރޫރީ ބޭނުންތައް ފުއްދަން ގައިންދާ އޮހޮރުވައިގެން މަސައްކަތް އެކުރަނީ..
    ފުރަތަމަ އެމީހުންނައް ދޭންވާ އުޖޫރަ ދެއްވަން ގޮވާލައްވާ!!!
    އިންސާނިއްޔަތު ކަމެއްވެސް ހުންނަ ބައެއް ނޫން ބައެއް އިއްޒަތް ތެރީންނަކީ...
    މަސައްކަތް ކުރުވާފައި އުޖޫރަ ނުދޭ އެތައް ބައެއް އެބައުޅޭ..އެކަމަކު އެފަދަ މީހުން ހަމަ ހަމަޖެހިލައިގެން އެބަ އުޅެމުންދޭ ހިތަކައްވެސް ނާރައި އެކައްޗެއްވެސް.ފަހަރުގައި ތިބޭފުޅާއައް ނުވިސްނި ދާނެ މިފަދަ އަނެއް މިހާގެ އިހްސާސްތައް ތިބޭފުޅާއަށް ފައިސާއަށް ދަތި ނުވާވަރަށް އަބަދުވެސް ލިބެމުންދާތީ..
    ބަސް ބުނުމުގެ ކުރިން އެހެން އިންސާނުންނާއި މެދު ވެސް ވިސްނާލައްވާ..
    އެންމެންނަކީ ތިބާއަށް ލިބޭވަރަށް ފައިސާ ލިބޭ ބަޔަކަށް ނުވެދާނެ.ބައެއް މީހުންނަކީ އުޖޫރަޔައް މަސައްކަތް ކޮށް ކިރިޔާ އެއިން ދެކޮޅު ޖައްސައިގެން އުޅޭމީހުން.

  10. ބެއްޔާ

    ރީކޯމެންނަކީ މިގައުމަށް ޖެހިފައިވާ މުސީބާތެއް. ސަރުކާރުތަކުގެ އިސްމވެރިންގެ ރިސޯޓް ހަދަން ބޭރުމީހުން ވަގަށް އެތެރެކޮށް އެމީހުންނަށް މުސާރަނުދީ މަސައްކަތްކުރުވަނީ. ހަތްމަސްވާއިރު ހުންނާނީ ރިސޯޓް ނިމިފަ. ދެންއެވީ އެމީހުން ހަޅުތާލުކުރަނީއޭބުނެ ރަށަށް ފޮނުވާލަން. މޮޅުގޮތެއްތީ.

  11. ސަޓޯ

    ބިދޭސީ ތަޅާފޮޅުންތެރިން ކިޔާ...

  12. ސުލްތާން

    ޑރ. ނަޒުލާ ޖަޒުބާތުގައި ޖެހިނގެން ބަންގާޅީއޭ ނުކިޔަން އަންގާފައި އޮތީ.

    9
    3
  13. ބޯގޯސް

    މޫސަކާރިން އަހާދީބަލަ ހެވީލޯޑުގައި ދުވަހަކުވެސް ގަވައިދާއި ޚިލާފައް އުޅޭ ބިދޭސީން ގެންގުޅުނުތޯ؟؟؟؟؟
    އަދި"ބޭބެއަށް މިވަގުތު މުސާރަނުދެވޭނެ އޭ ބޭބެކާރިގައި ހުރިއްޔާ ކާންދޭނަމޭ" ބުނިންތޯ؟؟؟
    މިދެންނެވި ގޮތަށް 2012 ވަނަ އަހަރުތެރޭ ގައި ތިޔަބުނާ ""ބަންގާޅީން" ތިލަފުށީގައި ހުންނަ ބޭބެގެ ސައިޓުގައި ގެންގުޅުނިންތޯ؟؟؟

  14. އެމަންޖެ

    މޫސަ ދެން ތިކަން ހައްލުކުރަން މާބޭނުމިއްޔާ އެމީހުންގެ މުސާރަ ދިނުމާ އުޅެން ވީނުން.

  15. ސުުލްތާން

    ދެން ބަންގްލަދޭޝް މީހުން ގެންނަވާނީ ދެމަފިރިން އެކީގައި. ހުސް ފިރިހެނުން ގެނެސް ގެނެސް މިތަން ފުރިއްޖެ.