މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

އެމްއޭސީއެލްގެ ބޯޑަށް އަލަށް އައްޔަން ކުރެއްވި ދެ ބޭފުޅުންނަކީ އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު މިހާދު އާއި މއ.ބްލޫގްރާސް، ފަރުހާން އަބްދުއްޣަފޫރެވެ. މީގެކުރިން އެ ބޯޑުގައި ހުންނެވި މުހައްމަދު އަބްދުއްސައްތާރު ވަނީ ބޯޑުން ވަކިކޮށްފައެވެ.

އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބަވަނީ މިހާދާއި ފަރުހާންގެ އިތުރުން ކުންފުނީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު، އަދި ޑިރެކްޓަރުންކަމަށްވާ، ފާތިމަތު މުއާޒާ އިބްރާހިމް، ޑރ.އިބްރާހިމް މަހްފޫޒް އަދި އިބްރާހިމް ނޫރައްދީންއެވެ.

އެމްއޭސީއެލްގެ ބޯޑަށް ބަދަލުތަކެއް ގެނައި އިރު، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް އިނގިރޭސިވިލާތުގެ ގޯޑަން އެންޑްރޫ ސްޓީވާޓް ވަނީ ހަމަޖައްސައިފައެވެ. ގޯޑަން ވަނީ އެކި ގައުމުތަކުގައި ވައިގެ ދަތުރުފަތުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފައެވެ.

އޭނާ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތުމާ ހަމައަށް ސީއީއޯގެ ޒިންމާތައް އަދާކުރައްވަމުން ގެންދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބޮޑުބޭފުޅު މޫސާ ސާލިހެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމް އޭ ސީ އެލް

    އެމް އޭ ސީ އެލް ގެ މުވައްޒަފުންނަށް މިހާ ނިކަމެތިކަން ދިން ދުވަސް ވަރެއް ނާދޭ ހިތުހުރި މީހަކު ދަނީ ކަނޑަމުން ތަނުގައި ތިބި ރަނގަޅު މީހުން ދޭ ލަފާ ވެސް އަޑު އަހަނީކީ ނޫން އިބްރާހިމް ނޫރައްދީން ތަން ހިންގަނީ މީގެ ކުރިން ބޯޑުން ތަން ހިންގި ޒަމާނެއް ނުދޭ
    އާރޓާމިނަލް ލަސްވީވެސް ނޫރައްދީން ހެދި ގޮތުން... އެންމެ ފަހުން އަތަށް ގޮވީ ހަމަ ކުރިން އޮތް އަގުގައި ހަދަން ޖެހުނީ ޚަރަދު ކުޑަކޮން ކައުްނޓަރު ތަކާއި އެއަރރޯ ބްރިޖް މަދު ކުރަން އުޅުނީ ކޮސް މޮކޮސް .... މިސަރުކާޜު އައި ފަހުން ބޭކާރު 500 މީހުން އިތުރަށް ވައްދައިފި

    17
  2. ދަރަނި ދަންތުރަ

    ގައުމުދަވާލުގެ ތަޖުރިބާހުރި ދެ ބޭފުޅުންދޯ

    17
  3. އެމަންޖެ

    ގައުމުގަ ލާރިނެތޭ ކިޔާފަވެސް ބޭކާރު މަގާމުތަކެއް ހަމަޖައްސާފަ އެބަޔަކައް މުސާރަ ދެވޭތޯބަލާ.