ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ދެން ވެރިކަމަށް ލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެވެ.

ސީއެންއެމްގެ "އިތުރު ކާފް" ޕްރޮގްރާމްގައި އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގައި މީގެކުރިން ރައީސްކަން ކުރައްވައި ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިވަޑައިގެން އެއްވެސް ރައީސަކަށް ވެސް ދެން ރާއްޖޭގެ ވެރިކަން ކާމިޔާބު ކުރެއްވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަދި އެއީ ޔާމީނަށް ވިޔަސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވިޔަސް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވިޔަސް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަށް ވިޔަސް ދެން ވެރިކަން ކާމިޔާބު ނުކުރެއްވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަގީންވާ ކަމަކީ ދެނެއް މި ރާއްޖޭގައި މީގެ ކުރިން ރައީސްކަން ކުރައްވާ ނާކާމިޔާބީއާ ކުރިމަތިވި އެއްވެސް ބޭފުޅެއް، އެއީ ރައީސް ޔާމީން ކަމުގައި ވިޔަސް، ނަޝީދު ކަމަށް ވިޔަސް، ރައީސް މައުމޫން ކަމަށް ވިޔަސް، އަދި ރައީސް ވަހީދު ކަމަށް ވިޔަސް ރާއްޖޭގެ ރިޔާސީ އިންތިހާބެއް ދެނެއް ކާމިޔާބެއް ނުކުރެއްވޭނެކަން" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ޔާމީން ވެސް ދެން ވެރިކަމަށް ކުރިމަތި ލެއްވިޔަސް ހޮވިވަޑައިނުގަންނަވާނެ ކަން އެމަނިކުފާނު އަރިހުން ދަންނަވާފައި ވާނެ ކަމަށެވެ.

އުމަރު ވިދާޅުވީ ވެރިކަމެއްގެ އާރާއި ބާރު އޮއްވައި އެ ވެރިކަމެއް ނާކާމިޔާބު ވެއްޖެ ނަމަ ދެން އަލުން ވެރިކަން ލިބުމަކީ ދުނިޔޭގައި މިހާތަނަށް ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ. އަދި ކުރިން ވެރިކަން ކުރެއްވި ބޭފުޅަކު އަލުން ވެރިކަމަށް ކުރިމަތިލާ ކަމުގައިވާނަމަ އެ ކުރައްވަނީ ބޭކާރު މަސައްކަތެއް ކަމަށާއި ހޭދަ ކުރައްވަނީ ބޭކާރު ފައިސާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މިހެން މިކަން އޮތް ކަމުގައިވީ ނަމަވެސް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވާ ބޭފުޅުން އެކަން ގަބޫލު ނުކުރައްވާ ކަމަށެވެ. އެގޮތުން 2013 ވަނަ އަހަރު ރައީސް ޔާމީނާއި ވާދަކުރައްވާ އެމްޑީޕީގެ ރައީސް ނަޝީދު ބަލިވުމުން އެ ބަލި ގަބޫލު ނުކޮށް އަދިވެސް އެމަނިކުފާނު ހުންނެވީ ޕާޓީ ހިފަހައްޓައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ ރާއްޖޭގެ ސިޔާސީ ލީޑަރުން އެބަ ޖެހޭ އިންތިހާބުތަކުގައި ވާދަކޮށް އެ އިންތިހާބުތަކުން ނާކާމިޔާބުވީމަ ފަހަތަށް ޖެހިފަ އެހެން ފްރެޝް ލީޑަރުންނަށް ޖާގަ ދެއްވަން. މިއީ މުޅި ދުނިޔޭގެ ޑިމޮކްރަޓިކް ނިޒާމް ހިނގާ ގޮތް،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މިހާރު ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ ކަމަށްވާ ޕީޕީއެމް އަކީވެސް އޭނާ އާއި ޔާމީން އަދި މައުމޫން އެއްބައިވެގެން އުފައްދާފައިވާ ޕާޓީއެއް ކަމަށާއި، ނަމަވެސް އެޕާޓީގެ ފަހަތުންވެސް އުޅެން ބޭނުން ނުވާ ކަމަށެވެ.

އަދި ޔާމީން ޕާޓީގެ "ދަންމަރު" އޭނާ ދެއްވަންދެން މަޑު ނުކުރައްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. ޕީޕީއެމްގެ ލީޑާޝިފްގެ ދޮރު ހުޅުވައިފި ނަމަ 2023 ގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކަމަށާއި އަދި އެމްޑީޕީ ބަލިކުރައްވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

އުމަރު އަންނަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

52 ކޮމެންޓް

  1. ސިދާތާގެ ބެޑްސީޓް

    މީ އަދި ހާދަ މޮޅުމީހެކޭދޯ ވާނޭ ކަންތަން މީނާއަށް މިއެގެނީ

    101
    12
    • ޝަމް

      އުމަރު ނަސީރު އާ ޕާރޓީ އެއް ހަދައިގެން އިދިކޮޅުގެ މައިޕާރޓީ އަށް ވާންވީ... އުމަރު ނަސީރު އަށް މާ ބޮޑަށް އިދިކޮޅު މައި ޕާރޓީ އަށް ވެވިދާނެ... މި ސަރުކާރު ޒިންމާދާރު ކުރުވަން އުމަރު ރަގަޅު ވާނެ

      3
      1
  2. ރައްޔިތުން

    ރާއްޖޭގެ ވެރިކަމަށް ރައްޔިތުން އިންތިޚާބު ކުރާނީ މުޅިން އައުމީހުން އެކަމަކު ހިކުމަތްތެރި ބަޔަކު ވެރިކަމަށް އަތުވެއްޖެއްޔާ އެކަން އެނޫން މަގުން ގޮސް މަރުހަލާ ދިގުލައި ދިއުމާއި ތަފާތު ގިނަ ފަަހަރުތަކަށް ހުންނަ ވެރިމީހާ ހޮވުމާއި އަދި ހެޔޮ ލަފާދާރު ބާރު ސްޕީޑުގައި ތަރައްޤީ ހާސިލުކުރާނެ ރައީސެއް ރައްޔިތުން ހޯދާނެ ފުރުޞަތު ފަހިކޮށްގެން ގަނެވިދާނެ.

    73
    6
  3. ސަފަރު

    ޢަމިއްލަ އެދުން ބޮޑު ގޮލަޔެއްދޯ ހަރުގަނޑެއް ބަހަށްޓައިގެންވެސް ނޭރުނެއްނުދޯ

    72
    16
    • ޙާލަތު

      ހަރުގަނޑަށް އަރައި ނަޝީދު ވެރިކަމުން ބާލަން ހަރުގަނޑަށް ނާރަނީސް ވެރިކަން ކަހާލައިގެން ވެއްޓިފައޮތީ. ސޯ އެރުމުގެ ބޭނުމެއްނެތްތާދޯ

      52
      8
  4. ދަރަނި ދަންތުރަ

    ﷲ އިރާދަކުރެއްވިއްޔާ ރައީސްޔާމީން އަދި މިގަމުގެ ރައީސްކަމުގެ މަގާމަށް ހޮވޭނެ ގައުމު ތަރައްގީކުރަން

    147
    39
    • ާމައި ވަގު

      ޢާން ދީ؟ އެއްމެ ބޮޑު ވަގު އަރުވާ ކަމައް ވައްޏާ!

      15
      57
      • ހޮޅި

        ދެބަންދިހާރު ވެފަ ހުރި ވައްކަމާ، ރޭޕު ކުރާމީހުން ހިމާޔަތްކުރާ، އިސްލާމް ދީނާ ދެކޮޅު، ރާ ބޮއެ، އެއްޖިންސުން ގުޅުން ހިނގަން އުޅޭ ބަައިގަަންޑަށްވުރެ ހާސް ބައި ރަނގަޅު ހަމައެކަނި ވައްކަން ކޮށްގެން ހުރި ގޮލައެއްވެސް. ޗަކޮއެ ޤައުމު ފަސާދަ ނުކޮށް ރަށުތެރޭ ކޮންމެވެސް ހެޔޮކަމެއް ކޮށްބަލަ.

      • ގާފް

        އެމްޑީޕީން ހިންގާ ކޮރަޕްޝަންގެ އަމަލްތަށް މާ ބޮޑު... ތަރައްގީ އެއް ނުގެނަސް، ރައްޔިތުންނަށް ކަމެއް ނުކޮށްދީ އަމިއްލަ ސިޔާސީ އެޖެންޑާތަށް ކުރިއަރުވާ އެމްޑީޕީގެ އިސްވެރިންގެ ޖީބްތަށް ފުރާލުން ނޫން ކަމެއް ނުކުރޭ.... ހިޔާނާތާ މަކަރުން ރައްޔިތުންގެ ފައިސާ މި ވެރިކަމުގަ ވެސް ކަމުން ދަނީ.... މުއްސަދި ވަނީ އެމްޑީޕީގެ ރޯޔަލް ފެމެލީ... އެތަށް ރައްޔިތުން ބިކަ ހާލުގަ... އެމްޑީޕީ އަށް ވޯޓް ދެވުނީތީ ދެރަވޭ... ޔާމީންގެ ސަރުކާރުން ވިއްޔާ ތަރައްގީ ގެނެސްދިން، ބްރިޖް ތަކާ ފްލެޓްތަށް އެޅި... މި ވެރިކަމުގަ ރައްޔިތުންނަށް %0 އެމްޑީޕީ ރޯޔަލް ފެމިލީ %100

  5. އަލި

    އުމަރު ބޭބޭ ކުރިން ވެސް ނުހޮވޭ ވައްތަރު ހުންނަނީ ދެން ކީއްކުރާ ތިބޭ

    69
    8
  6. އަލިބެ

    އުމަރު ބޭބޭ ކުރިން ވެސް ނުހޮވޭ ވައްތަރު ހުންނަނީ ދެން ކީއްކުރާ ތިބޭ

    47
    7
  7. ހަސަދު

    ދިވެހިން ހޭއަރަން ވެއްޖެ. މީނާ އަށް ވެސް ގައުމުގެ ވެރިކަން ދޭން ހެޔޮ ނުވާނެ. މިހާރު މިލިބަފަ ހުރި ފިލާވަޅުން ދެން ގެންނަ ރައީސަކީ ތައުލީމާއި ތަރުބިއްޔަތު ހުރި ވިސްނުންތެރި، ކެތްތެރި، ދީނަށް ހުރުމަތްތެރިކޮށް ހިތާ، މީހަކަށް ވުން މުހިންމު. ސިޔާސީ ހަޅޭއްލަވާ މީހުންގެ ތެރޭގަ އެކަހަލަ ހަމަ އެކަކުވެސް ނެތް. އަތްފުނާ އަޅައިގެން ނަމަވެސް ގާބިލް މީހުންނަށް އާދޭސް ކޮށްގެން ނަމަވެސް ރަނގަޅު މީހަކު ހޯދުން އެއީ އެންމެންގެ ޒިންމާ އެއް.

    50
    7
  8. އަލްޖިބްރާ

    އުމަރާ ! ކަލެއަށް ބަލިކުރެވޭނެ އެއްވެސް ޕާރޓީއެއް ނެތް ! އަމިއްލަ ޕަރޓީ ހިފަހައްޓާނުލެވުނު މީހަކަށް ބަލިކުރެވޭނެ ޕަރޓީއެއް ނޯންނާނެ ! ކަލެއަށް ކުރެވޭނެ ކަންތަށް ތި ކުރަނީ !

    54
    6
  9. ލަކީ

    ހެހެ ހަމަ ހުރެލާފަ މީހުންގެ ސަމާލުކަން ހޯދަން ވެގެން
    ޚަލޭ ބުނީމަ ތަ ވެރިކަން ލިބެނީ ކަލޭ ބުނާ މީހަކައް
    މޮޔަތަޅަނީ

    55
    6
  10. ކޮންމެވެސް މީހެއް

    ތި ފޮނި ނުތަޅާ މަޑުން ހުރޭ!!! އިންޝާﷲ ރައީސް ޔާމީން މިގައުމުގެ ވެރިކަމުގެ ހުންގާނުގައި ހިއްޕަވާނެ.

    87
    12
  11. އުމަރު

    އެމްޑީޕީ ޓިކެޓް ނަަޝީދަށް އަދި ޕީ ޕީ އެމް ޓިކެޓް ޔާމިނަށް . އުމަރު މޮޔަނުގޮވާ

    61
    10
  12. މަހުމޫދު ބެއްޔާ

    އުމަރު ވިދާޅުވީ ވެރިކަމެއްގެ އާރާއި ބާރު އޮއްވައި އެ ވެރިކަމެއް ނާކާމިޔާބު ވެއްޖެ ނަމަ ދެން އަލުން ވެރިކަން ލިބުމަކީ ދުނިޔޭގައި މިހާތަނަށް ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ.
    އުަމަރު އަޅުގަޑު ހީކުރީ ވަރަށް ތަންދޮރު ދަނެގެން ވާހަކ ދައްކާ މީހެއް ކަމަށް. އެކަމަކު އެހެން ނޫންކަން މި އެގުނީ. ވެރިކަމެއްގެ އާރާއި ބާރު އޮއްވައި އެ ވެރިކަމެއް ނާކާމިޔާބުވެފަ ފަހުން އިންދިރާ ގާދީ ވެސް ވެރކަމަށްއައި. ޕާކިސްތާނުގެ ނަވަޒް ޝަރީފްވެސް. ބަނގްލާދޭޝް ގެ ޝައިޚް ހަސީނާވެސް! އަދިވެސް ކިތަންމެ ބައެ

    58
    2
    • ކޮތަރު

      ލަންކާގަވެސް ، މެލޭޝިއާވެސް . އުމަރު މަހަށްދޭބަލަ

      8
      1
  13. ތިރިބެ

    އަނެއްކާ ފާލުބެލީތަ

    53
    1
    • ސޭކްސްތާން

      ފާލު ބެލިނަމަ 40 ނަމާދު ގެއްލޭނެ.

      32
    • ކާޅު

      ކަލެއަކަށް ނޭގޭނެ..އަހަރުމެންނަށް އެނގޭނީ...ހަމަ ޔަގީނުންވެސް ކަލެއަކަށް ނޭރޭނެ....މހާރު ހުރި އެންމެ ރީތި ތަން ތަން ބަލާފަ އެކަން ކުރި މީހަކަށް ދޭނީ...ޢޭރަށް ފަހުން ވެސް އެ ތަރަށްގީ ފެންނަން ހުންނާނީ....

      53
      3
  14. ޒާ

    ހާދަ މޮޅޭ. އެކަމަކު އަހަރެމެން ގަބޫލު ކުރަނީ ވަކަރަށް ޖަހާަފައި ރަނގަޅު ކަމަށް ފެންނަ ވެރިމީހާ ހޮވޭނެކަމަށް.

    29
  15. ނަޖީބު އައްބާސް

    މަށައްހެޔޮ ކޮންމެމީހަކު ވެކަންކުރިޔަސް ދައުލަތުގެ ތިޖޫރި ލޫވާލި ޔާމީނު ވެކަމައް އަޔަނޫދޭއް ފަރުދީ ގޮތުން ކުރެވެންހުރި ހުރިހާކަމެއް އަޅުގަނޑު ކުރާނަން

    4
    69
    • Anonymous

      މި ހާރު ގައުމުގެ ތިޖޫރީ ހުރީ ފުރި ބާރުވެވަތަ؟

    • ގ

      އެމްޑީޕީން ހިންގާ ކޮރަޕްޝަންގެ އަމަލްތަށް މާ ބޮޑު... ތަރައްގީ އެއް ނުގެނަސް، ރައްޔިތުންނަށް ކަމެއް ނުކޮށްދީ އަމިއްލަ ސިޔާސީ އެޖެންޑާތަށް ކުރިއަރުވާ އެމްޑީޕީގެ އިސްވެރިންގެ ޖީބްތަށް ފުރާލުން ނޫން ކަމެއް ނުކުރޭ.... ހިޔާނާތާ މަކަރުން ރައްޔިތުންގެ ފައިސާ މި ވެރިކަމުގަ ވެސް ކަމުން ދަނީ.... މުއްސަދި ވަނީ އެމްޑީޕީގެ ރޯޔަލް ފެމެލީ... އެތަށް ރައްޔިތުން ބިކަ ހާލުގަ... އެމްޑީޕީ އަށް ވޯޓް ދެވުނީތީ ދެރަވޭ...

  16. އަހްމަދު

    ކުރީގެރައީސުންގެގޮތެއްނޭގެ ހަމަގައިމުވެސް އުމަރަކަށް މިރާއްޖޭގެ ވެރިކަމެއްނުލިބޭނެ

    38
    4
  17. ކާޅު

    އުމަރާ ކަލޯ ބުނަންތަ ވަރަށް ރަނގަޅުވާ ހަކައެއް މައިތިވެގެން ހުރެވޭތޯބަލާބަލަ ބުނާތީ އަޑުއަ ހަން އަނގަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއޮތީޔަ ކާޅެއްނުކާނެޔޯ!

    38
    2
  18. ސްމައިލް

    އަހުރުން ދުނިޔެއަށް އުފަންވިސުރެ ތި ބުމަރުވެސް އުޅެނީ ވެރިކަމާ ހެދި އެކަމު ރަހަބަލާލަންވެސް ނުލިބި ތިދަނީ ?

    39
    2
  19. އިބިރާހިމާ އިސްތިއުފާ

    މެރިދެލޯދާއިރު ވެރިން އަނިޔާގެ ދަންމަރު ރޯކުރާ ވެރިކަމެެއެއް މިކަ ހަލަ ދުށީމުތަ ރަށްޔިތުން ހިތްދަތިކުރާ!

    43
  20. ރަބަޜޭ

    ކަލޯ ސޮރާ ވެރިކަމަކީ ﷲ އިރާދަކުރަށްވާ ފަރާތަކަށް ލިބޭކަމެއް ﷲ ވަހީ ކުރަށް ވަނީ “ ކުން” އެކަމެއް ވެދޭ

    21
  21. ސަމީ

    އުމަރުގެ ކުރީގެ ވާ ހަކަ ތަކަށް ތީއީދު ކުރަން އެކަަމކު މިފަ ހަރު ތިޔަ ވިދާޅުވީ ރަނގަޅަކަށް ނޫން

    19
    1
  22. ފެއްސޭ

    އުމަރު ވިޔަސް ޔާމީނަށް ކުޑައިމީސް ބަހެއްބުނަންޏާ މަމެން ޕިންކީންނަކަސް ހަޖަމެއްނުވާނެޔޭ ފެއްސޭށޭ ފެއްސޭށޭ އުމަރުވެސް ނުހޮވުނެއްނޫންހޭ ހުރިހާ ފަހަރަކު ކުރިމަތިލައިފީމެއްނޫންހޭ މޮޔަ ވާހަކަ ނުދައްކާށޭ

    22
    1
  23. އޮޅުވާލި ވޯޓު

    އުމަރު މޮޔަވާހަކަނުދައްކާ ހިމޭނުންހުރުން ރަގަޅުވާނީ މިގައުމު މޯދީގެމުށުތެރެޔައް ލާނިމޭއިރުވެސް ފިލާގިއޮންނަނީ އަހަރުމެން ވޯޓު ދޭނެމީހަކު ނިމްމަން އެގޭނީ މިފަހަރު ގައުމުސަލާމައް ކުރަނީކާކުތޯބަލާ އެމީހަކަ

    12
    3
  24. ސުލްތާން

    ޢުމަރު ކަލެއަށް ނުލިބި އެހެން ކޮންމެ މީހަކަށް ލިބުނަސް
    އެންމެ ރަނގަޅު.

    19
    5
  25. އަދާރަސަމް

    ޢުމަރު ދައްކަބަލަ ރައީސްޔާމީން ވެރިކަމައް ކުރިމަތިލައްވައިފިނަމަ ނުހޮވެންވީސަބަބެއް ތިމަންނަޔައް ކުރެވެންހުރިމަސައްކަތެއް ރައީސްޔާމީން ވެރިކަމައްވަޑައިގަތަނުދޭން ކުރާނެކަމައްބުނާމީހާވެސް ރައީސްޔާމީންކުރިމަތިލައްވައިފިނަމަ ވޯޓްދޭނެކަމީ ޝައްކެއްނެތި އެނގޭކަމެއް އެމީހާގެ އަމިއްލަސިކުނޑިޔައްވިސްނޭނެ އެއައްވުރެ ގާބިލް ވެރިއެއްނެތްކަމައް ދެފަހަރައް އެމްޑީޕީއައް ވެރިކަންލިބުނީމަ ގައުމައްވާގޮތްބަލާބަލަ

    17
    1
  26. މިއަދު

    އުމަރު އަންނި ވަހީދު އިބޫ މައުމޫން ޔާމީނު ގާސިމް ކުރިމަތިލިއަސް އިންޝާﷲ މަގޭވޯޓް ޔާމީނަށް މިފަދަ 124000 މީހުން އެބަތިބި

    25
    3
  27. ވަރައްވާހަކަ

    މިހާރު ތާއީދު ދަނީކުޑަވަމުން ބުނެލަން އޮތީ ނޫސްތަކުގެ ފަލަސުރުޚީންޖާގަހޯދަންނޫޅޭށޭ ހީކުރީން ވަރައްކެރޭ ހިތްވަރުގަދަމީހަކައްވާނެކަމައް ނަމަވެސް ފެންނަނީ އަދިވަރައް ފިނޑީމީހެއްގެ ގޮތުގަ އެކަމަކު އަދިވެސް ވަގުތެއް މުޅިންފާއިތެއްނުވޭ ފާއިތުވރއްޖެނަމަ އަނބުރާ ނުލިބޭނެކަން ހަނދާންކުރާތި

    13
    2
  28. އެތަކުރު

    ވެރިކަން ދެއްވަނީ ކޮންފަރާތަކުންކަން އެނގޭނަމަ ...

  29. އެމަންޖެ

    ދެން އުމަރައްތަ ވެރިކަން ހަވާލު ކުރަންވީ ، ކަލެޔައްވެސް ކެރޭނީ ފޮނި ބައިސާ ކަނޑައް.

  30. ކޮތަރު

    ރައިސްޔާމީނަށް ވޯޓްނުލައިއުމަރަށް ވޯޓްދޭން ޖެހޭސަބަބެއް ފުރަތަމަ ކިޔައިދޭންވީނުން . ގަދަބާރުން ލީޑަރ އެއްކަމަށްގަބޫލުކުރުވާ ގަދަބާރުންތަ މީހުން ލައްވަ ވޯޓްލައްވާނީ . ލީޑަރ އެއް ކަމަށް ގަބޫލު ކުރެވިގެންދޯ ޕާޓީއެއްގެ ފަރާތުން ވެރިކަމަކަށް ފައިނެގިއަސް އިސްތިހާބުވެވެނީ ވެރިކަމެއް ލިބުނަސް މިއަދުވެސް ރައްޔިތުން މިތަހައްމަލް ކުރަން ޖެހޭކަންކަން އުމަރަށް ވެރިކަން ކުރަން ލިބުނަސް ތަހައްމަލް ކުރަންޖެހެނީ . މިއުޅެނީ ބޮޑޭކަޑާފޮނި ކަޑާނެ ވެރިއަކު ނުލިބިގެންތަ ؟ ނުނީ ވެވޭވައުދު ނުފައްދާ ދޮގު ހަދާނެ ވެރިއަކު ނުލިބިގެންތަ ؟ މިއުޅެނީ ރައްޔިތުންނަށް ފައިދާހުރި މަންފާލިބޭނެ ރައްޔިތުންނާގައުމަށް ހިދްމަތް ކުރާނެ ވެރިއަކު ނެތިގެން . އައްބޮޑިއަށް ނުވިސްނާނެ ރައްޔިތުން ގެއައްބޮޑި ބޮޑުކޮއްދޭނެ އުފާފާގަތިކަމާ ހަމަޖެހުން ގެނެސް ދެވޭނެ ވެރިއަކު ނެތިގެން . މިހީވަނީ މިބަޔަކަށްވެރިކަން ދީއަގަމައްޗަށް ޖަހައިގެން ތިބީމަ ހަމަޖެހުން ލިބޭހެން . ދެންވެސް ހޮވަން ހުރި މީހަކީ ރައިސްޔާމީން .

    10
    1
  31. އިސްމާއިލް

    އެއްވެސް ރައްޔިތަކު އުމަރު ސިޔާސީގޮތުން ކައުންޓު ކުރޭތޯ؟

    5
    3
  32. ޙޭ ބުއްދި

    ޢުމަރާ ހުވަފެން ނުދެކި ހޭބުއްދި ބޭނުން ކޮށްބަލަ

    7
    1
  33. ރާއްޖެތެރެ

    މަނިކުފާންއަކީ ވަރައް އަމިލްލަ އެދުން ބޮނޑުމީހެ

    6
    1
  34. ޝޮކްތެރަޕީ

    އުމަރަކައް ނޭގޭނެ ވެރިކަން ލިބޭނެ މީހަކު. ﷲއިރާދަ ކުރި މީހަކައް ދެފަހަރުވެސް ދިންފަހަރުވެސް ލިބިދާނެ.

  35. އަދުރޭ

    އިދިކޮޅު ލީޑަރަކަށްވާނީ ކާނަލް ނާޒިމް

    2
    3
  36. ސަލީމް

    އަހަންނައް އެނގެނީ ދިވެހިން ކަލެޔާ ވެރިކަން ހަވާލު ނުކުރާނެކަން މީހުން ހުސްވިޔަސް..

  37. މުހައްމަދު ޝާހް، ރ.ވާދޫ

    އަނެއް މޮޔަގޮލާ! މީވެސް ޖާބިރު ކަހަލަ ފައްކާ ބުރާންޗެއް!

  38. އަބްދޫ

    ވެރިކަން ކުރުމަސްފަހު ދެވަނަ ދަވްރު ކާމިޔަބު ނުވުމަކީ ތިމައަށް ވެރިކަންކުރަން ނޭގުން ދެންޖެހޭނީ ސިޔާސީ މައިދާނުންއެއްފަރާތްވެ އެހެންބަޔަކަށް ފުރުސަރުދޭން.

  39. އަބްދޫ

    ޔާމީނު ނޫން ކޮންމެ މީހަކު ވެރިކަމަށް ނުކުތަސް ޕިޕިއެމުން ކަމިޔާބު ކުރާނެ .ޔާމީނު ކުރަިމަތިލައްވައިގެނެއް ޕިޕީއެމަށް ވެރިކަން ނުހޯދޭނެ

  40. އަހުމަދު

    ޔާމީން އަދި ވެރިކަން ކުރާނެ އިންސާ ﷲ

  41. ބޫ

    އަޅުގަޑު ހީކުރީ ޢުމަރަކީ ވަރުގަދަ ސިޔާސީ ލީޑަރެއް ކަމަށް އެކަމު މިހާރު ޢުމަރުގެ ހާލާމެދު ދެރަވޭ

  42. ބޮަޓު

    ތިޔޮއް ލިބުނީ ވެރިކަން??????