މުދަލު ޒަކާތް ބެހުމަށް ފަގީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖައާ ކުރުމަށް އިސްލާމިކް މިނިސްޓްރީ އިން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީ މިހާރު ވަނީ އާ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވީ މި ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިހާރު ހުޅުވާލައިފައި ވަނީ ހަމައެކަނި ދަފްތަރުގައި ރަޖިސްޓްރި ވެފައި ނުވާ މީހުން އެ ދަފްތަރުގައި ރަޖިސްޓްރީ ވުމަކަށް ކަމަށާއި އެހެން ކަމުން މީގެ ކުރިން މުދަލު ޒަކާތް ބަހާފައިވާ ދަފްތަރުގައި ތިބި މީހުން މިފަހަރު ރަޖިސްޓްރީ ވާން ނުޖެހޭނެ ކަމަށެވެ.

އަދި ދަފްތަރުން ވަކިވުމަށް އެދޭ މީހުންނާއި ދިރިއުޅޭ ރަށް ބަދަލުވެފައިވާ މީހުން އެކަން ސިޓީއަކުން އެ މިނިސްޓްރީއަށް އެންގުމަށް ވެސް އިސްލާމިކް މިނިސްޓްރީ އިން ވަނީ އެދިފައެވެ.

މާލެ ސިޓީގައި ދިރިއުޅޭ ފަރާތްތަކުގެ ފޯމު އެ މިނިސްޓްރީގެ ހޯލުން ބަލައިގަންނާނެ ކަމަށާއި ކޮންމެ ދުވަހަކު 50 މީހުންގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެެ. އަދި މިކަން ކުރިއަށްދާނީ 50 ނަންބަރު ދޫކޮށްގެން ނަންބަރުތަކުގެ ތަރުތީބުން ކަމަށް އެ މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ. ފޯމު ބަލައިގަންނާނީ ހެނދުނު 9:00 އިން ފެށިގެން މެންދުު ފަހު 1:00 އާއި ހަމައަށެވެ.

މާލެ ސިޓީގައި ދިރިއުޅޭ މީހުން ފޯމު ހުށަހަޅަންދާ އިރު ސަމާލުވާންވީ ކަންކަން:

  • މާސްކު އަޅައިގެން ދިއުން
  • އެކަކަށްވުރެ ގިނަ މީހުން ނުދިނުއުން
  • ކުޑަކުދިން ނުގެންދިއުން
  • ރޯގާ އަދި ހުުގެ އެއްވެސް އަލާމާތެއް ހުރިނަމަ ނުދިއުން
  • ގައިދުރުކަން ބެހެއްޓުމާއި ފޯމު ހުށަހެޅުމަށްފަހު މަޑުނުކޮށް ދިއުން
  • އެ ސަރަހައްދުގައި ފޯމު ހުށަހަޅާ މީހުންނާއި އެހެން މީހުން މަޑުނުކުރުން

މާލެ ނޫން އެހެން ރަށްރަށުގައި ފޯމު ބަލައިގަތުމާއި ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ކައުންސިލުންނާއި ސިޓީ ކައުންސިލުންނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާމިގިލީ މީހާ

    މާމިގިލީ ފަގީރުންގެ ދަފްތަރުގައި ތިބީ ފަގީރުން ތޯ. ތަންތާ ވަޒީފާގަ އުޅޭ މަހުންމަހުން މުސާރަ ލިބޭ މީހުން ތިބީ.