މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް އަސަރުކޮށް ރަށްތަކަށް ފެން އެއްގޮތަކަށް ވެސް އެރިޔަ ނުދޭން އުޅުމަކީ ބުއްދިވެރި ކަމެއް ކަަމަށް ގަބޫލު ނުކުރައްވާ ކަމުގައި ރައްޔިތުން މަޖިލިހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ކޮންމެ އަހަރަކު ވެސް ރާއްޖޭގައި ދަތުރުފަތުރުކޮށް ނޫޅެވޭ ދުވަސްވަރެއް އަންނަ ކަމަށެވެ. އެއީ ހަ ދުވަހާއި 12 ދުވަހުގެ މުއްދަތެއް ކަމަށާއި ކޮންމެ އަހަރަކު ވެސް އަށެއް ނުވަތަ 12 ދުވަހަަށް މޫސުން ގޯސްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން ރަށްރަށުގެ ބަނދަރު ފަރުމާ ކުރާނީ އެ 12 ދުވަހުގެ ތެރެއިން އެއް ދުވަހު އަންނަ ރާޅަކަށް ބަލައިގެންތޯ ނުވަތަ ނޫންތޯ އެއީ ކުރަން ޖެހޭ ސުވާލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެފަދަ ގޮތަކަށް ބަނދަރުތައް ފަރުމާ ކުރާ ނަމަ، ތިނަދޫގެ ބަނދަރު ގަސްކަރައަށް ވުރެ މައްޗަށް އަރާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އާދައިގެ ގައުމެއްގައި އެއް ވަރަށް އޮންނަ ގައުމެއްގައި އެއީ އެބަވޭ މިސާލަކަށް 18 ދުވަހަށް. މިސާލަކަށް ކެނަޑާގައި. އެމެރިކާ، އެއްވަރަށް އޮންނަ ގައުމެއްގައި ރާއްޖެ ކަނޑު އޮންނާތީވެ އަދި މިތަނަށް ސްނޯ ފައިބައިގެން މަގުތައް ނުބެދޭތީވެ މިތަނުގައި ގިނަ ފަހަރަށް ދަތުރުކުރެވޭ އަޅުގަނޑުމެންނަށް މި ލިބެނީ 8 ދުވަހާއި 12 ދުވަހާއި ދެމެދުގެ ދަތުރު ނުކުރެވޭ ހާލަތުގައި އެވަރެޖްކޮށް މިދަނީ. އަދި މޫސުންވެސް އެވަރަށް ގޯސްވާ 8 ދުވަހެއް 10 ދުވަހެއް އެބަ ލިބޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އެ ރަށު މީހުން ފެރީއަަށް އެރީ ލޯޑަރުގައި ކަމަށް ބުނުމުން ރައީސް ނަޝީދު ވިދާޅުވީ އެ ލޯޑަރު ބޭނުން ކުރަން ޖެހޭ ދުވަސްތައް ވެސް މޫސުން ގޯސްވާއިރު އަންނާނެ ކަމަށާއި އެ ދުވަސްތަކަކީ ކޮބާކަން އެނގެން ޖެހޭ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ރަނގަޅުވުމަށް އެންމެ ރަނގަޅު ގޮތަކީ ރަށަށް ވަންނަ ފެން ގެންގުޅޭނެ ގޮތެއް ހޯދުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

" އަޅުގަނޑު ހިތުން އެއްވިސްނުމަކަށް މި އަންނަނީ ފެން އެރިޔަ ނުދިނުން. އަޅުގަނޑަށް ފެންނަ ފެނުމުގައި އެއީ ބުއްދިވެރި ވިސްނުމެއް ނޫން. ގުދުރަތީ ރޭވުން އެ އަށްވުރެ މާ ވަރުގަދަ. އެ ފެން ރަށު ތެރެއަށް ވެއްދޭނެ ގޮތަކާއި ގޮތަކާއި ވައްދައިގެން ގޮސް ގެންގުޅޭނެ ގޮތެއް ވިސްނާން ޖެހެނީ." ނަޝީދު ވިދާޅުވިއެވެ.

އުދަ އަރާ މޫސުމުގައި ގިނަ ރަށްތަކަކަށް އުދަ އަރައި އެކަމުގެ ސަބަބުން ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ މެމްބަރުން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އެގުންޑާ19

    ވަގަކު ތިމަންނަ ވައްކަން ނުކުރަމޭ ބަނގުރާ ބޮއެގެން ހުރި މީހަކު ތިމަން ބޮއެގެން ނެތީމޭ ބުނުމަކީވެސް ބުއްދިވެރިކަމެއް ނޫން

    24
  2. އަޙުމަދު

    ބަލަގަ މި މީހުން ވެރިކަމަށް އައީ ރައްޔިތުންނަށް ކަމެއްކޮށްދޭކަން ނޫންކަންނޭގެއި ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކަކީ މައްސަލައެއްނޫނޭ ބުނަން ލަދުގަންނަން ޖެހޭނެ

    18
  3. އަޙްމަދު

    ބޯބުރާންތިވެފަ ހުންން މީހުން ގައުމު އެފަދަ މަގާމް ތަކަން ހޮވީމަ ވާނެހާ ކަން ކަން ތިޔަފެން ނަނީ ......

    18
  4. ލުޓޭރުން

    މަނިކުފާން ހަމަ ވިދާޅުވިގޮތެއް:

    9
    3
  5. އޮޅުވާލި ވޯޓު

    ހެޔޮނުވާނެ އެކަލޭގެ އެދައްކާ އިސްލާންދީނާބީރައްޓެހިވާހަކަ ނޫހުގަނުގެނެސްދީބަލަ ތިތިބަ ވާހަކަތަ ފެނުނީމާ އަގީދާބަލިކަށި އިނަސާނާ ހަލާކުވެދިއުމަކީ ދާދިކާރީގަވާކަމެ

    15
  6. ހަސަނާ

    އާދެމަސާހިބު..މަނިކުފާނު ވިދާޅުވެއްޖެތަ ތީ ހަމަތިކަންއޮތްގޮތް މަނިކުފާނަކީ ދުވަހަކުވެސް ގޯސްކޮއް ބަސްފުޅެއްވިދާޅުވާނޭ ބޭފުޅެއްނޫ ތި ހަމަ އަސްލުވެސް ބޭފުޅެއް އަަޅުގަޑުމެން ބޭނުމީ މަނިކުފާނު ރައީސްކަމައްގެންނަން..

    3
    11
  7. އާދަމުގެދަރި

    ވައްކަމުގެ ހުކުމެއް ކޮށްފައިވާ މީހަކު އަދި އިންސާނުން ވަގަށް ނަގާ މީހަކު ވައްކަމުގެ ވާހަކަ ދެއްކުމަކީ ރަނގަޅުކަމެއް ނޫން. އަދި އަމިއްލައަށް އިސްތިއުފާ ދިނުމަށްފަހު ވެރިކަން ހޯދަން މަރުފަލިޖެހުމަކީ މާބޮޑަށްވެސް ރަނގަޅުކަމެއް ނޫން.

    19
    1
  8. ފޯޑް

    ކަލޯގަޔާ މަގޭ ކަނދުރާ މަތީ އަޅެ އެއްޗަކުން ޖަހާލަ ދީބަލަ ކޮންމެސް ކުއްޖަކު

  9. ޢަލީ

    ކުށެއް ސާބިތުވެގެން ޖަލަށް ލާ މީހަކު މިނިވަންކުރަން އުޅުމަކީވެސް ބުއްދިވެރި ކަމެއް ކަމަށް އަޅުގނޑަށް ނުފެނޭ. އެއީ ޖަލަށް މިލެވެނީ ޤައުމުގެ އާބާދީގެ ނިސްބަތުން މަދު އަދަދެއް. އެ މަދު ބަޔެއްގެ ދިފާޢުގަ ދެން ތިބި މީހުން އުޅެން ވެއްޖެ ނަމަ އެ ނޫން ކަމެއް ކުރާނެ ވަގުތެއް ނޯންނާނެ