މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގައި ކޮމެޓީގެ މުޤައްރަރު މާފަންނު ހުޅަނގުދާއިރާގެ މެންބަރު މުހައްމަދު ފަލާހް، އެ ކޮމެޓީއަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ހާޒިރުކުރަށް ނުފެންނަކަމަށް ދޭހަވާގޮތަށް
ވާހަކަ ދެއްކި މައްސަލަ ބަލާ ދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް، ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިދު ސިޓީއެއް ފޮނުވައިފިއެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދު ބޭއްވި ބައްދަލުވުމުގައި ފަލާހް ވިދާޅުވީ، ޒަހާ މަގާމުގެ ޒިންމާ އަދާ ނުކުރައްވާ ކަމަށް ވިދާޅުވެ އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ޖާބިރު ހުށަހެޅުއްވީ ވިޔަފާރި މަންފާއެއް ނުވެގެން ކަމަށެވެ.

މިއަދު ކޮމިޓީގައި ޒަހާ ކޮމިޓީއަށް ހާޒިރުކުރަން ވޯޓު ނެގިއިރު، އެކަން ފާސްވެފައެއް ނުވެއެވެ. ޒަހާ ހާޒިރު ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.

އެކަމާއި ގުޅިގެން މިއަދު ރައީސް ނަޝީދަށް ޖާބިރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ޒަހާ، އޭނާގެމިނިސްޓަރީގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރަމުން ނުދާކަމަށް ފެންނަ ކަމަށާއި، އެހެންވެ އޭނާ އާއި ސުވާލު ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއަށް ހާޟިރުކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުން އެދި ސިޓީއެއް ފޮނުވި ކަމަށެވެ.

އެހެން ނަމަވެސް މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގައި ފަލާހް "އެބޭފުޅާ މިނިސްޓަރާއި ވާހަކަ ދެއްކުމުން އަޅުގަނޑު މިނިސްޓަރާއި ޒާތީވެގެން ކަމަށް މިނިސްޓަރު ވިދާޅުވިކަމަށް ބުނެ ކޮމެޓީއަށް މިނިސްޓަރ ޒަހާ ހާޒިރުކުރަށް ނުފެންނަކަމަށް ދޭހަވާގޮތަށް ވާހަކަފުޅު ދައްކަވާ އަޅުނގަޑުގެ ޤާނޫނީ ޒިންމާއަށް ހުރަސްއަޅައި، އަޅުގަޑުގެ އިމްތިޔާޒުތަކަށް އަރައިގަނެފައެވެ"، ޖާބިރުގެ ސިޓީގައި ވެއެވެ.

ޖާބިރު ވަނީ، މިމައްސަލަ ބައްލަވައި ދެއްވާ މިފަދަކަންކަން ތަކުރާނުނުވާނޭ ގޮތަކަށް ކަންކަން ތަރުތީބުކޮށްދެއްވުމަށް އެދިފައެވެ.

މީގެ އިތުރުން، ރައީސް ނަޝީދަށް ފޮނުވި އިތުރު ސިޓީއެއްގައި ޖާބިރު ވަނީ އަނެއްކާވެސް ޒަހާ އެ ކޮމެޓީއަށް ހާޒިރުކޮށްދިނުމަށް އެދިފައެވެ.

މިފަހަރު ފޮނުވި ސިޓީގައި ޖާބިރު ފިޝަރީޒް މިނިސްޓަރ ޒަހާ އާ ކުރުމަށް ހުށައަޅާފައިވާ ސުވާލުތަކަށް ބަލާއިރު،

1. މަސްވެރިކަމާއި ބެހޭ ޤާނޫނާއި ގުޅިގެން ހަދަންޖެހޭ ޤަވާއިދުތައް ހަދަންޖެހޭ މުއްދަތުގައި ނެހެދުނީ ކީއްވެގެންތޯ؟

2. ސަރުކާރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ތެރެއިން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި މިއަދާއި ހަމައަށް ކުރެވުނީ ކޮންމަސައްކަތެއްތޯ؟

3. މިނިސްޓަރީގެ ދަށުގައިވާ ފަޅުރައްތަކާއި ގޮއިފާލައްޕަތަކުން ދައުލަތަށް އާމްދަނީއެއް ހޯދުމަށް ކުރެވުނީ ކޮންމަސައްކަތެއްތޯ؟ އަދި، މިހާރު ލިބެނީ ކިހާ އާމްދަނީއެއްތޯ؟

4. ދަނޑުވެރިން ހައްދާ ދަނޑުގޮވާން މާރކެޓްކޮށް ވިއްކުމަށް ކުރެވިފައިވަނީ ކޮންމަސައްކަތެއްތޯ؟

5. ލޭނުގެ މަސްވެރިކަން ހުޅުވާލުމަސް ހުރަސް އެޅިގެން އުޅެނީ ކިހިނެއްވެގެންތޯ؟ އަދި، ލީނުއެޅުމަށް ހުޅުވާލާނީ ކޮންއިރަކުންތޯ؟

6. ކޮވިޑް-19 އާއި ގުޅިގެން މަސްވެރިކަމާއި ދަނޑުވެރިކަން އިތުރަށް ފުޅާކުރުމަށް ރޭވިފައިވާވަނީ ކޮންކަމެއްތޯ؟ އަދި މިކަމުގެ އަމަލީ ސިފަފެންނާނީ ކޮންއިރަކުންތޯ؟

7. ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓްގައި މަސްވެރިކަމުގެ ދާއިރާއަށް އޮތީ ކޮންފުރުސަތުތަކެއްތޯ؟ އަދި އެފުރުސަތުތަށް ހޯދުން އަވަސްކުރުމަށްޓަކައި ތިޔަމިނިސްޓްރީއިން ކުރީ ކޮންމަސައްކަތެއްތޯ؟