ސަލްޓަންޕާކުގައި ބޮން ގޮއްވާލި މައްސަލައާ ރާއްޖެ ދޫކޮށް ފިލި މީހުންގެ ތެރޭގައި ހިމެނޭ އަބްދުއްލަތީފް އިބްރާހިމްގެ މައްޗަށް އެހެން ކުށެއް ސާބިތުވުމުން އޭނާ އަށް ޖަލު ހުކުމެއް އަތުވެއްޖެއެވެ.

އަބްދުއް ލަތީފަށް ހުކުމް ކުރީ އިއްޔެއެވެ. ލ. ގަމު މެޖިސްޓްރޭޓު ކޯޓުން އިއްޔެ އޭނާގެ މައްޗަށް ޖަލު ހުކުމް އިއްވީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާއެކެވެ. އެ ކުށް ސާބިތުވެ އޭނާ އެއް އަހަރާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލާން ގަމު ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މިދިޔަ އޭޕްރީލް މަހުގެ 30ވަނަ ދުވަހު ފުލުހުން ވަނީ މާފުށީ ޖަލުގައި ތިބި ގައިދީންތަކެއް ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ރާވަމުން ދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައެވެ. އެ އޮޮޕަރޭޝަންގައި ފުލުހުން އޭނާ ހައްޔަރުކުރަން ދިއުމުން އޭނާ ވަނީ އޭނާގެ ފޯނު އިންކާރު ކޮށްފައެވެ. އަދި އޭނާ ވަނީ ފޯނު ހަލާކު ކޮށްލާފައެވެ.

އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އޭނާ އަށް ކުރީ އެ މައްސަލާގައެވެ.

ސަލްޓަން ޕާކުގައި ދެހާސް ހަތްވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި 16 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރިއެވެ. އޭގެތެރެއިން ބައެއް މީހުންނަށް ކުށް ސާބިތުވެ ހުކުމް ކުރިއެވެ. އަދި 10 މީހަކު ރާއްޖެ ދޫކޮށް ފިލިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ރަބަރޭ

  ފޯނު ނުފެނުނޭ ކިޔާފަ ފޯނުފޮރުވާއިގެން އުޅުނު ބޭފުޅާ އޯކޭ ދެއްތޯ
  ނިކަމެއްޗަކު ކުށެއް ކޮއްފިޔާ ހުކުމްކޮއް ބޮޑަކު ކުށެއް ކުރުމުން ހުކުމް ނުކޮށް ދޫކޮށް ލުން އެއީ ގައުމު ހަލާކު ކޮއްލުން
  ބޮޑުވަރު

  18
  3
 2. އަބްދޫ

  އެ ދުވަސް ވަރު ތިޔަ ނަސިދު އަށްވެސް ހުކުމެއް އައި ކަން ހަނދާންކޮށްދެން.

  13
  1
 3. އ

  އުތެމަ ރިޕޯޓުނެރެފަ މީހުންގެ ފޯކަސް އެހެން ދިމާއަކަށްއަނބުރާލުމަށް ޖަހާމަޅިމީ. ތެރަޒިމޭ، ބޮމޭ ކިޔައިގެން. ހުރިހާވެސް ކަމަކީ އެމިހުން ލާދީނީ އަމަލުތައް ފޮރުވުން. ބޭން އުތެމަ. ބޭން އެމް.ޑީ.އެން.