ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެއް ޕާޓީ ކަމަށްވާ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) ކޯލިޝަނުން ވަކި ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ން މިހާރުން މިހާރަށް ފަށާފައިވާކަމަށް އެ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ، ރައީސް މައުމޫން އޭނާގެ ނެގި އަތުން އަނބުރާ ދޭ ގޮތަށް ނެގި 29 މިލިއަން ރުފިޔާގެ މައްސަލާގައި މައުމޫނަށް ފޮނުއްވި ސިޓީއެއްގައެވެ.

ޖާބިރުގެ އެ ސީޓީގައި ވިދާޅުވެފައި ވަނީ، ރާއްޖޭގައި މިހާރު މިއޮތް ސަރުކާރުގެ މުހިއްމު ނިންމުންތަކުގައި އަދި ދިވެހި ސަރުކާރު ނެގެހެއްޓުމުގެ މަސްޢޫލިއްޔަތުތައް އަދާކުރުމުގައި އޭނާއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަށް ވިދާޅުވެވެ، ރައީސް މައުމޫން އޭނާގެ
އަތުން 20 މިލިއަން ރުފިޔާ ނަންގަވާފައިވާކަމަށެވެ.

އަދި މި ވަދުއުައް ފުއްދައި ނުދެވިއްޖެ ހާލަތުގައި، ކިނބިގަސްދޮށުގެ އަޅުގަނޑަށް ދެއްވާނެ ކަމަށްވެސް ހެކިންގެ ހާޒިރުގައިވަނީ ވިދާޅުވެފައިކަމަށްވެސް އެ ސިޓީގައި ވެއެވެ.

"ނަމަވެސް ހިތާމައަކީ ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ މަޤާމުގައި ދިގު 30 އަހަރު ހުންނަވާފައިވާ ތިޔަފަދަ ބޭފުޅަކު، ވެވަޑައިގެންފައިވާ ވަޢުދުތަކަށް އެއްވެސް ވަރަކަށް އިޙްތިރާމް ކުރެއްވުމެއްނެތި އަޅުގަނޑާއި އެއްވެސް ފައިސާގެ މުއާމަލާެއް ނުކުރައްވާ ކަމަށާއި، އަޅުގަނޑުގެ އަތުން އެއްވެސް ފައިސާއެއް ނަންގަވާފައި ނުވާނެ ކަމަށް ވިދާޅުވެ ކަނޑައެޅިގެން އިތުރުފުޅު ހައްދަވައި އަޅުގަނޑުގެ ހައްޤުތަކަށް އަރައިވަޑައިގެންފައިވާތީއެވެ". ޖާބިރުގެ އެ ސިޓީގައި ވެއެވެ.

އެ މައްސަލަ ކޯޓުގައިވެސް މިހާރު ދަނީ ކުރިއަށެވެ. އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ރައީސް މައުމޫން ވަނީ ދައުވާއަށް ރައީސް މައުމޫން އިންކާރު ކުރައްވާފައެވެ.

އެ އަޑުއެހުމުގައި ދައުވާއަށް އިންކާރު ކުރައްވާ ރައީސް މައުމޫންގެ ފަރާތުން ވިދާޅުވީ އެފަދަ އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ރައީސް މައުމޫންގެ ގެކޮޅު ކިނބިގަސްދޮށުގެ ރަޖިސްޓްރީ ބޭއްވުމަށްފަހު އެފަދަ މުއާމަލާތެއް ހިންގާފައިވާ ކަމަށް ދެކެވޭ ވާހަކަތަކީ އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫން ކަމަށް ރައީސް މައުމޫންގެ ފަރާތުން ޝަރީއަތުގައި ވަނީ ވިދާޅުވެފައެވެ.

ޖާބިރުގެ ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ، އެމަނިކުފާނަކީ ވަޢުދަށް ޙުރުމަތްތެރިކޮށް ނުހިއްތަވާ އިތުރުފުޅު ހައްދަވާ، ޙީލަތް ހައްދަވާ، ބަހުގައި ތެދުވެރިކަން ނެތް، ބޭފުޅެއްކަން ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެހާ ޕާޓީތަކަށް ސާބިތުކޮށްދޭނެ ކަމަށެވެ.

"ދިވެހި ސަރުކާރު އެކުލެވިފައިވާ ކޯލިޝަނުން މަނިކުފާނުގެ ޕާޓީ ވަކި ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް، ދިވެހި ރައްޔިތުންގެ ޕާޓީއިން މިހާރުން މިހާރަށް ފަށާފައިވާކަމަށް މަނިކުފާނުގެ މަޢުލޫމަތަށްޓަކައި ދެންނެވީމެވެ". ޖާބިރުގެ ސިޓީގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މޮހޮނު

    އުޑެއްބުޑެއް ނޭގޭމީހުން މެމްބަރު ކަމަށްގެނާމަ ވާނެގޮތް މިފެންނަނީ

    38
    4
    • މާވަހަރު

      އުޑެއްބުޑެއް ބަލާކަށް ދިވެހިން ބޭނުމެއް ނުވޭ. ހައެއްކަ ޑޮލަރު ދޭ އިރަށް ވިކިފަ ތިބެ ވޯޓު ދީގެން އެހެރީ އެގޮލާ ހޮވާފަ.

  2. މުހައްމަދު ޝާހް، ރ.ވާދޫ

    ކަލޭ ދައްކާ ވާހަކަ ޖޯކަކަށް ނެގިއްޔާ އެންމެ ރަނގަޅުވާނީ. މިކަލޭގެ މީ ގައްޑާބަސްބުނާ ހަމަ އެއްކަމެއްވެސް އަމަލީ ގޮތުން ފެންނަ މީހެއްނޫން. ތީ ހަމަ ހޮޅިވާހަކަ ދައްކާ ބޭކާރުމީހެއް. ޖާބިރޫ ކަލޯ ކަލެއަށް ވާވަރުގެ ކަންކަމާ އުޅުނިއްޔާ ރަނގަގަޅުވާނެ. ކޯލިޝަނުން ބަޔަކު ވަކިކުރާށޯ. މީ ކަންކަން ނިކަން ވާ މީހެއްވިއްޔަ، ކޯލިޝަނާކުޅެން. މޮޔަ މީހާގަނޑެއް ހުވާ..

    5
    1
  3. މޯދި

    ޖާބިރު ހަމާއިގަހުރެތޯ ކުއްލި ކުއްލިޔަ ޕުރެޝަރު ތިއަރަނީ ނުވަތަ ސަންސެޓުު ބަލަން އިންދަ ނިދިއައީތޯއެވެ.

    14
  4. ލައިޓް

    ޖާބިރޫ ކަލޭ 29 މިލިއަން ހޯދީ ލޮލީ ވިއްކައިގެންތަ؟

    18
    • Anonymous

      ކަސްބީ ވިޔަފާރީން ދެން މަސްތުވާތަކެތި

  5. މަހާ

    މީ ކިހިނެއް ހިނގާފައިވާ ކަމެއްތޯވެސް މިހާރު ބަލަން ޖެހިއްޖެ، ކެނޑިނޭޅި މިވާހަކައެއް މި ދައްކަނީ ކޮންމެވެސް ކަމެއް ހިނގާފަ އޮތީމަ.

    11
  6. ގާފް

    ޖާބިރުގެ ކޯލިޝަނެއްތަ އެއީ... ރައިސް ޔާމީން ވެސް ރައިސް މައުމޫން އާ ނުލާ ބަލިވީ.... ރައިސް ޔާމީން އެވަރަށް ތަރައްގީ ގެނައުމަށް ފަހު ވެސް އިންތިހާބް އިން ބަލިވީ... ރައީސް މައުމޫން އާ ނުކުޅެވޭނެ... ކުޅެން އުޅެގެން ބަލިވަނީ..

    2
    8
  7. ފަރީދާ

    ތީ ވަރަން މޮޅުކަމެއް ޖާބިރު ޖާބިރަކަންވާނީ ތިކަން ކުރެވުނިއްޔާ

    3
    3