ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް އިދިކޮޅު ކޯލިޝަން ޕީޕީއެމް އަދި ޕީއެންސީން ކުރެ އެއްވެސް ޕާޓީ އަކުން ޖާގައެއް ނެތް ކަމަށާއި އަދި ވަކިން ހާއްސަކޮށް އެއިން އެއްވެސް ޕާޓީއެއްގެ ލީޑާޝިޕަށް އައުމުގެ ވިސްނުން ގެންގުޅުން ހަނދާން ނައްތާލުމަށް އިދިކޮޅު ކޯލިޝަން ލީޑު ކުރައްވަމުން މިހާރު ގެންދަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ޕްރޮސިކިއުޓާ ޖެނެރަލާއި އެކު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަދުރޭ މިފަދައިން ވިދާޅުވީ ރޭ އުމަރު "ސީއެންއެމް ޓީވީ"ގެ "އިތުރު ކާފު" ޕްރޮގްރާމުގައި ދެއްކެވި ވާހަކައަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
އެ ޕްރޮގްރާމުގައި އުމަރު ވަނީ އިދިކޮޅު ކޯލިޝަނަށް ގުޅިވަޑައިގަންނަވާނެ ފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. ނަމަވެސް އޭނާ ވަނީ އެއްވެސް ލީޑަރެއް ދެން އޭނާ "ފޮލޯ" ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވަނީ ލީޑަރަކަށް އޭނާ ވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު ބަލާލަން ޕީޕީއެމުގެ ދޮރު ހުޅުވޭތޯ. ހުޅުވިއްޖެނަމަ އެ ދޮރުން ވަންނާނަށް. ނުހުޅުވިއްޔާ ދާގޮތަށް ސީދަލަށް ކުރިއަށްދާނީ. އަޅުގަނޑު އޮންނާނެ ސީދާ ރައީސް ޔާމީނަށް ދަންނަވާފައި ޕާޓީގެ އެހެން މަގާމަކަށް ޖެހިވަޑައިގެންފައި ސިޔާސީ އެންމެ މަތީ މަގާމު ހުސްކޮށްލަ ދެއްވާށެ. ހުސްކޮށް ލެއްވިމާ އަޅުގަނޑު އަންނާނަން،" އުމަރު ވިދާޅުވިއެވެ.
އުމަރުގެ އެ ވާހަކަތަކާއި ގުޅިގެން އަދުރޭ ވިދާޅުވީ "ތަބަކަކަށް" ލައިގެން ރިޔާސީ ޓިކެޓު ދީފާނެ ކަމަށް އުމަރު ހީފުޅު ކުރެއްވުމަކީ ކުންހީއެއް ކަމަށެވެ. އަދި އެކަން ހަނދާން ނައްތާލުމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
"އެކަމެއް ނުވާނެ. އުމަރުނަސީރަކަށް ޕީޕީއެމް ޕީއެންސީގެ ޖާގައެއް ނުލިބޭނެ." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވަނީ ސިޔާސީ މައިދާނުގައި އުމަރު ނަސީރު ދައްކަވާ ވާހަކަތަކަކީ އިދިކޮޅު ލީޑާޝިޕުން ޖަވާބު ދޭންޖެހޭނެ އެއްޗެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ޔާމީން 5އަހަރުނިމޭއިރުވެސް މިސާލަކައް އޮތީ ޖަލުގަ!ދެން އުމަރު ނެރުނިއްޔާ ޒަކީވެސް އެއްބައިވެލާނެ!އެހެންމީހަކު ނެރުނިއްޔާ ދާނީ ޗޮކުން!އެހެންވީމާ އުމަރުބޭނުންނުވާނަމަ ޔާނު ޖަލުން ނެރޭ! މިރާއްޖެބޭނުމެއްނުވާނެ އެމްޑީޕީއެއް ދެނެއް! ދެން އޮތީ އުމަރު ނޫނީ ޔާނު!ޔާނު ޖަލުގާ އެހެންވީމާ އުމަރާ ބައިއަތުހިފާ!
ޢުމަރަށް ވުރެ ޑރ ވަޙީދު
ޑރ ޖަމީލު
ޣައްސާނު
މުޙައްމަދު ސަޢީދު
ވެސް ރަނގަޅުވާނެ
އަދުރޭ އަަމުދަކުން އުމަރު ނޫލޭ އަދުރޭ ކާރިއައް ދާ ހިތަކުން
އެކަހަލަ ހިޔާލެއް ހުރެދާނެތީ ބުނެލީ ކަންނޭގެ... އުމަރު ނަސީރު އާ ޕާރޓީ އެއްް ހަދާފަ ދެން އޮންނަ ރިއާސީ އިންތިހާބްގަ ބައިވެރި ވެލައްވަންވީ...
އަދުރޭ! ކަލޭތީ ބޮޑު ވަގެއް!
ޢަދުރޭގެ މުދާގަނޑެއްތަ ޕީޕީއެމް ޕީއެންސީ މީ. ބަލަ އަންނަން ތިބި މީހުން ގެނެސް ޕާޓީން ޖާގަ ދީގެންނު ޕާޓީ ކުރިއަރާނީ. ކަލޭ ތިހެން އުޅެގެން ތިޔަތަން ހަލާކުވަނީ. ކަލޭ އެކަނި އުޅެގެން ތިޔަ ޕާޓީ ވެރިކަމަށް އާދެވޭނެ ހޫ. ޢަދުރޭ މެންނަން ނުވެގެން ވެރިކަން ގެއްލުނީވެސް. ޢަޅެ ތިޔަ ޕާޓީ އެއްމެނަށްވެސް ހުޅުވާލާފަ އޮންނަން ނުޖެހޭތަ. ރައްޔިތުންގެ ގިނަ ބަޔަކު ތާއީދު ނެތް މީހަކު ތިޔަހެން ޕީޕީއެމްގަ ބަގުޑި ބައްފައިގެން ނޫޅެ ތަންކޮޅެއް ފެޔަށް ޖެހިލަދީބަލަ އާދޭސްކޮށްފަ މިބުނީ.
މި އަދުރޭ އަކީ ޔާމީނު ފެއިލް ކޮށްލި މީހާ. މީނައަކީ އަމިއްލަރަށުގެ އަމިއްލަ ގޮނޑި ދިފާއުކުރުމުގެ ގާބިލްކަން ހުރި މީހެއްނޫން . މިކަހަލަ ސިޔަސީ ލީޑަރުން ހައްތަ ވެސް މިގައުމުގަ ތިބީ މަށަކީވެސް ސިޔާސީ ލީޑަރެއް އެކަމަކު މަގޭ އަމިއްލަ ވޯޓްވެސް މަށަކަށް ނުލިބޭ. މިކަހަލަ ސިޔަސީ ލީޑަރުން މިގައުމުގަ ގިނައީ
އަދުރޭ އަކަށްތިހެން ނުބުނެވޭނެ. ޕީޕީއެމް އަކީ އަދުރޭގެ ޓިނު ގުދަނުގައި ހުރި މުދާ ގަނޑެއް ނޫން . އަހަރެންވެސް އުމަރުވެސް އަދި ކޮންމެ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ޕީޕީއެމްގައި ޖާގަ އޮންނާނެ. މާ ޕީޕީއެމް ވެގެން އުޅެން އަދުރޭ ތިއީ ކާކު؟ އަމިއްލަ ހައިސިއްޔަތު ވިސްނާލާ.
ގަދަ އަދުރޭ....
މިހާއަވަހަށް ވެރިކަމާހެދި އެކަތި އަނެކަތި ހިފައިގަތީ. ތިހެންއުޅެންޏާ އެންމެފަހުން އަންނި ބޯކިބާގަނޑު ޖަހައިގަނެގެން އަނެއްކާވެސްދާނީ...
ޖަވާބު ދޭން ނުޖެހެންޔާ ދެން އަދުރޭ ތިކީ ކީކޭތަ؟ ތި ދެވުނީ ޖަވާބެއް ނޫންތަ؟ މިވަރު މަރުމޯލުން ލީޑަރޝިޕްގަ.
ޓިނުދުރޭ އަކީ ހީވަނީ އެއީ ހެން ރައީސްޔާމީނު ވިދާޅުވެފައިވާ " މިނިކާބާޒަކީ "
އުމަރު ކުރިމަތި ނުލާނެ ޤާސިމް ދުނިޔޭގަ ހުޓަ
އުމަރު ކުރިމަތި ނުލާނެ ޤާސިމް ދުނިޔޭގަ ހުޓަ
އުމަރަށް މިގައުމުގަ ނެތް 0.5 % ގެ ތާއީދެއްވެސް، ކުރިމަތިލާތަނަކަށް ކުރިމަތިލާންވީ އަހަރުމެނެއް އުމަރަކަށް ވޯޓެއް ނުދޭނަން