ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތް ކުރަން ފަށާފައިވާ އެއް ކޮޓަރީގެ ފްލެޓުތަކުގެ މަސައްކަތް ކުރިޔަށްދާކަން ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް އެނގިވަޑައިނުގަތުމުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ސަރުކާރަށް ފާޑު ކިޔައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ފްލެޓްތައް ބަލާލުމަށް ފަހު އިދިކޮޅު ކޯލިޝަނުން އެސަރަހައްދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަސައްކަތް ކުރިޔަށްދާ ފްލެޓުތަކުގެ މައުލޫމާތު ސަރުކާރުގެ ކަމާ ގުޅުންހުރި މިނިސްޓަރަށް އެނގިވަޑައި ނުގަތުމުން މި ސަރުކާރުން ބޯހިޔާވަހިކަމަށް ދޭ އިސްކަން ހާމަވެގެންދާ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބިންގާ އަޅާފައިވާ އެއްވެސް ފްލެޓެއް ނެތްކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ އެތަނުގައި ހުރި ހުރިހާ ފްލެޓަކީ ރައީސް ޔާމީންގެ ސަރުކާރުން އިމާރާތް ކުރުމަށް ފަށާފައިވާ ފްލެޓުތައް ކަމަށެވެ.

ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ފްލެޓުތައް ބަލާލުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގައި އެދުމުން ދިން ފުރުސަތުގައި އެ ކުންފުނީގެ ބޭފުޅަކަށް އިދިކޮޅު ބޭފުޅަކާއި އެކުގައި ފްލެޓުތައް ބަލާލުމަށް އަންނަން ކެރިވަޑައިނުގެން ކަމަށެވެ. އެއް ކޮޓަރީގެ ފްލެޓުތައް ހުރި ސަރަހައްދަށް ދެވެން އޮންނަ މަގު އޮތީ ބަންދުކޮށްފައި ކަމަށާއި ނަމަވެސް "ވަލު ދޮރާށިން" ވަދެ އެ ފްލެޓުތަކުގެ މަސައްކަތްތައް އިދިކޮޅުން ބަލާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ މިނިސްޓަރު އަސްލަމް ތިން ކޮޓަރީގެ ފްލެޓުތަކުގެ ވާހަކަތައް ވެސް ހިއްސާ ކުރައްވާފައި ނުވާ ކަމަށް ވިދާޅުވެ މުއިއްޒު ވިދާޅުވީ އެ ފްލެޓުތަކުގެ ސްޓްރަކްޗާގެ މަސައްކަތްތައް ވެސް ކުރިޔަށްދާ ކަމަށެވެ. އަދި އެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށް މުއއިްޒު ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ހިޔާ މަޝްރޫއުގައި ކެޓަގަރީތަކަކަށް ބަހާލައިގެން އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓުތައް ދޫކުރަން ޔާމީންގެ ސަރުކާރުން ނިންމާފައިވިޔަސް ދެ ވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައި ވަނީ ހަމައެކަނި ދެ ކޮޓަރީގެ ފްލެޓުތައް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    އެމްްު

  2. Anonymous

    ???????????????????????

    27
    4
  3. Anonymous

    1 ކޮޓަރި ފްލެޓް ތަކަކީ ސަރުކާރު ކުންފުނިތަކުން ހަދާ ފްލެޓް ތަކުން ކުންފުންޏާއި މިނިސްޓްރީން އެއްބަސްވާނަމަ ލިބެންހުރި ފްލެޓްތަކެއް. ކަމަކަށް ކަމެއް ކޮށްފައިއޮތީ، ޔަޤީންކަމެއް ނެތް އަވަހަކަށް ލިބޭނެކަމުގެ. ކޮންޓްރޯލް އޮތީ ކުންފުނިތަކުގައި. ކުންފުނިތަކުން ކަނޑައަޅަނީވެސް ދެވޭނެ ފްލެޓްވެސް. ވެރިކަމުން ވެއްޓެމުންވެސް ދެންއަންނަ ސަރުކާރަކަށް ޖެއްސުންވާނެ ހުރިހާ ކަމެއް ކޮށްފަ.

    10
    73
    • ނީޒް

      އެއްބަސްވުމެއް އެބައޮތް ސަރުކާރުން ކުންފުނިތަކަށް ބިން ދިން އިރު ފުރަތަމަ 4 ބުރީގަ އެއް ކޮޓަރީގެ ފުލެޓުތައް އަޅާ ސޯޝިއަލް ހައުސިންއަށް ސަރުކާރަށް ހަވާލުކުރަން.. ކަލޭ ހީކުރީ ދިވެހިރައްޔިތުންގެ ފައިސާއިން ހިއްކިބިން ތިޔަ ބުނާކުންފުނިތަކަށް ހިލޭ ސާބަހަށް ދިނީކަމަށްތަ؟؟ ކުންފުނިތަކަށަ އަލަށް ވަތް ރީނދޫ ގުންޑާއިންނަށް ފުލެޓުދޭންވެގެން ފަތުރާ ދޮގު ގޭސްގަނޑެއް..ނޭނގޭ ވާހަކަ ނުދައްކާ ހިމޭނުންހުރޭ

      23
      2
      • Anonymous

        ތިހާ ހާޑުނުވެ ހަޤީޤަތް ޤަބޫލުކުރޭ. ތިބޭފުޅާ އަމިއްލައަށް ގޮސް ބަލާބަލަ ކިތައް ފުލެޓް ތޯ ނިމިފަ ހުރީ... އަދި 1 ކޮޓަރީގެ ކިތައް ފްލެޓް ނިމެންޖެހޭތޯ؟ ކިތައް ފްލެޓަށް ލިޔުން ދިންތޯ؟ އެއްބަސްވުމެއްތާ އޮތީ އެއަށް އަމަލު ކުރާނޭތަ؟ އިމާރާތަކުން 200 އެއްހާ ފްލެޓް ދިނިއްޔާވެސް އެއީ ހެވެއް.

        • Anonymous

          އެއްބަސްވުމަށް އަމަލު ނުކުރަންޏާ ސަރުކާރަށް އެއެއްބަސްވުމަށް އަމަލު ކުރުވޭނެ. "ސަރުކާރު" އަބަދުވެސް އޮންނާނީ. ސަރުކާރު ހިންގާ މީހުން ބަދަލުވުމަކީ ރައްޔިތުންނަށް ސަރުކާރުން ވީ ވައުދު ނުފުއްދޭނެ ބަހަނާއެއްނޫން. ރައްޔިތުންނަށްވެސް އޮޅެނީ، ސަރުކާރު ކީމަ ދެންވަނީ ކިހިނެއްކަން. ޔާމީން ސަރުކާރުން ރައްޔިތުންނަށް އަޅައިދިން ފްލެޓްތައް ނިންމާ ހަވާލުކުރުމާ ހަވާލުވީ ސޯލިހު ސަރުކާރުން. އެކަން ބަރާބަރާށް ހިނގާތޯ ބަލާ ރައްޔިތުންގެ ފައިސާއިން ރައްޔިތުންނަށް ކޮށްދޭން ފަށާފަ ހުރި ކަންކަން ނުކޮށްދެވޭނަމަ ސަރުކާރާ ހަވާލުވީ ކީއްކުރަން. ކުރިން ފެށިފަ ހުރިކަންކަން ކުރެވޭ ވަރުގެ ހިތްވަރާ ގާބިލްކަން ހުރިބަޔަކު އެފަދަ ޒިންމާ އުފުލަންވާނީ.

  4. ރީ

    ސާބަ ހޭ ޑރ.މުއިއްޒު ތިކުރައްވާ ހިތްވަރަށް:

    102
    5
  5. ޒަކް

    އެތަންތަން އެބަހުރި އެކަމު މިތިބަ ފުލެޓު ވަގުންތައް ބޭނުންވަނީ ކުންފުނިތަކުގެ މުވައްޒަފުން ކެމްޕޭނަށް ނެތެން ބަދަލުގަ އެއްކޮޓަރި އެވެރިންނަށްދީފަ.. ފަހިދިރިއުޅުން ކޯޕަރޭޝަނޭކިޔާ ޓެރެރިސްޓް ބަޔަކު ކުންފުނިތަކަށް އެންގިޔޯލަ އެ ފުލެޓުތައް ކުދިވީމަ ބޭނުމެއް ނޫނޭ. ބަލައެއީ އެމީހުންގެ މައިން ބަފައިންގެ ތަރިކަ މުދަލެއްތަ؟ ބޭނުން ނުވެގެން ދޫކޮށްލުމުގެ ހައްޤު އޮންނާނި އެތަންތަން ލިބުނު ރައްޔިތުންނަށްދޯ؟ މައްސަލަ ތަހުޤީޤުކޮށް ފަހުދިރުއުޅުން ކޯޕަރޭޝަނުގެ ބޮޑުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ.. މިފުލެޓުތަކުގެ ހައްޤުވެރިންގެ ހައްޤުގަ އެންމެން ވަކާލާތުކޮށް އަޑު އުފުލުމަށް ގޮވާލަން

  6. މުހިއްބުއްދީނު

    މިގައުމުގައި މިހާރުއޮތީ ހަރުގެ ޕާޓީއެކެވެ. ބަޔަކު ޖެއްސުން ކުރާނީވެސް ސަރުކާރުތައް އޮންނަ ގައުމުތަކުގައި މަސައްކަތް ކުރާގޮތަށް މިހާރު ވެރިކަން ކުރާ ޕާޓީން ކަންކުރަމުން ދާނަމަ ނޫންހެއްޔެވެ. ބަދަލުދިނުމާއި ވައްކަންކުރުން ފިޔަވައި ކުރާކަމެއްނެތެވެ. އެހެންކަމުން ބަޔަކު ޖެއްސުން ކުރަން ޖެހޭހެއްޔެވެ. ރައްޔިތުން ވަނީ މިގުރޫޕަށް ބޮޑުތަނުން އާނބަސްބުނެފައެވެ. އެހެންކަމުން ކަންކަންނުވެ ދައުރުހަމަވުމުން ކަންކަންނުވީ ކުރީސަރުކާރުން ޖެއްސުމަށް ކަންކަންކުރީމަކަމަށް ބުނާށެވެ. ޔަގީނުންވެސް ޕާޓީކުދިން އެކަންވެސް ގަބޫލުކުރާނެއެވެ.

    14
    2