ކ.މާފުށީގައި ފިރިމީހާގެ ފަރާތުން، ދަރިފުޅަށް ޖިންސީ ގޯނާ ކުރަމުންދާކަން އެނގިހުރެ އެކަން ފޮރުވި މަންމައަކު ރަށުން ބޭލުމަށް ގޮވާލާ، އެރަށުގައި މުޒާހަރާ ކުރަމުން އެބަ ދެއެވެ. މުޒާހަރާ ކުރަން ފެށުމުން އަންހެން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުންދިޔައީ، އެ ކުއްޖާގެ ދޮން ބައްޕައެވެ. އެ މައްސަލައާ ގުޅިގެން ކުއްޖާގެ ދޮންބައްޕަ ކަމަށްވާ 57 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ ހަފްތާގައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އެ މުޒާހަރާ ފެށީ މިއަދު އިރުއޮސުނު ވަގުތެއްގައެވެ. އެ މުޒާހަރާގައި ރަށުގެ ވަރަށް ގިނަ ބަޔަކު ބައިިވެރިވިއެވެ.

ފުލުހުން ވިދާޅުވީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހެއްގެ އިހުމާލު ވާ ކަމަށް ބުނެ އެ މީހާއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާ މާފުށީގައި މުޒާހަރާ ކުރަމުންދާ ކަމަށެވެ. މި މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެެވެ. އަދި ފުލުހުން މި އިހުތިޖާޖު ކުރިއަށްގެންދާ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ ކަމަށް އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން ފުލުހުން ވިދާޅުވިއެވެ.

އެރަށު ކައުންސިލް ރައީސް އުސްމާން "ވަގުތު" އަށް ވިދާޅުވީ، އެރަށުގެ ރައްޔިތުން އެ މީހާ ދިރިއުޅޭމުންދާ ގޭގެ ދޮށަށް އެއްވެ މުޒާހަރާ ކުރަމުން ދިޔައީ އެ ކުއްޖާ ރޭޕް ކުރި ކަން އެނގިހުރެ، އޭނާ މިނިވަނެއްގެ ގޮތުގައި ރަށުގައި އުޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެ ކަމަށެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ ތެރެއިން ގިނަ މައްސަލަތަކުގައި އާއިލީ ގުޅުން އޮންނަ މީހުންގެ ބައިވެރިވުން އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. Anonymous

  މުޒާހަރާ ކުރުމަށްވުރެ ގާނޫނު ތަންފީޒު ކުރުމާ އެފަދަ މީހުންނަށް ހަރު ކަށި އަދަބު ދިނުމާ ޢިސްލާމީ އަޚްލާގު ދަރިންނަށް ދަސް ކޮށްދިނުން މާމުހިންމު މިއަދު މުޒާހަރާގަ އެއްމެ އަޑުގަދަ މީހާ މާދަމާ ނުކުމެ ކުޑަކުއްޖަކު *"*"* އޭތި ބޮޑުތަނުންކަޑަ

  16
  1
 2. ފުރެންޑް

  މުސްކުޅިން އާ ޒުވާނުން...އަންހެނުން އަދި ފިރިހެނުން...މިގައުމުގަ ގިނައީ ޕާވާޓުން. ބޮލުރޮދި ކެނޑިފަ ތިބި ޗިންޕަންޒީ ތަކެއް މީ...

  42
 3. މޮޔަ

  ނޯ ކޮމެންޓް!

  14
  11
  • ބޭނޭ

   ކަލޭ ނޯ ކޮމެންޓޭ ތިޔަލިއުނީ މާ ސަޕޯޓު ކުރާކަމަކީތަ އެއީ

   23
   1
   • ޙަސަނު

    ޔަގީނޭ ތިޔަ މީހަކު ތީ ކުޑަކުއްޖަކާ މިހާރުވެސް ބެހޭ މީހެއް ، ނޫނީ އެއްޖިންސުން ކުޑަމުދިންނާ ބޭހޭ ބީތާއެއް.

    12
    2
 4. ޙޭޔެ

  މިހާރު އުޅޭނެ މުޒާހަރާ ކޮއްގެން ހައްޔަރު ކުރަން. ދެދުވަސް ވާނީ ތިކަން އޮބޭނެ.
  ޙަމަ ތިމީހުން ރަށުގަ އުޅޭނީ. ކުރާ ޢިރު ރަށަށް ނޭރޭ ގޮއި ހަދާނަމަ. ސަރުކާރުވެސް ފެއިލް ވެފަ. މިދިޔަ އަހަރު ސްކޫލުން ހުށަ އެޅި ޖެންޑާ އައް. އެކަމް ނުބެލި. މިވަރު ނުވީސް ދޯ ގާލް އައް.😡😡😡😡😡😡😡😡😡😡😡😡

 5. ދަރަނި ދަންތުރަ

  ކޮބައިހޭ ހޯރައިއްބެ އިބޫސޯލީ

  27
  1
 6. ތަކުރު

  ތިޔަކަމުގެ ހައްލު އިސްލާމީ ޝަރިއްޔަތް ޤާއިމްކޮއްދެއްވާ،

  16
 7. ބޭނޭ

  ކުޑަކުދިން ވެސް މުޒާހަރާ އަށް ނުކުންނަ ވަރުވެއްޖެ

  11