ކޮވިޑް-19 ކުރިމަތިވިއިރު އެމްޑީޕީ ދިވެހިރާއްޖޭގެ ވެރިކަމުގައި އޮތުން އެއީ ދިވެހިންގެ އެންމެ ބޮޑު ނަސީބު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރު މިތިބީ ތާށިވެފައި ކަމަށާއި ނަމަވެސް އެމްޑީޕީ އަކީ ތާށިވެފައި ތިބޭނެ ޕާޓީއެއް ނޫން ކަމަށެވެ.

"އާދެ އަޅުގަނޑުމެން މިތިބީ ތާށީގައި. އެކަމު އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓިއަކީ ތާށީގައި ތިބޭނެ ޕާޓިއެއް ނޫން. އަޅުގަނޑުމެންގެ އުއްމީދުތަކާއި އަޅުގަނޑުމެންގެ ވަޢުދުތަކާއެކީ މިޕާޓީ ނުކުންނާނެ. އިރާދަކުރެއްވިއްޔާ ރާއްޖޭގެ ރައްޔިތުން ސަލާމަތުގެ އައްސޭރިއަށް އަޅުގަނޑުމެން ގެނެސްދޭނަން. އަޅުގަނޑަށް ފެންނަ ފެނުމުގައި ދިވެހީންނަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ނަސީބަކީ އިރާދަކުރައްވައިގެން މިއަދު މިކޮވިޑްގެ ބޮޑު ރޯގާ ޖެހުނުއިރު އެރައްޔިތުންގެ މައްޗަށް ވެރިކަންކުރާން ތި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓިގެ މެންބަރުން ތިއްބެވިކަން. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ރައީސްކަމުގެ މަޤާމުގައި ހުންނެވިކަން. އެބޭފުޅާގެ ކެބިނެޓް މަސައްކަތްކުރަމުން ގެންދިޔަކަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައިސް ނަޝިދު ވިދާޅުވީ، ދެވަނަ ފަހަރަށް އެމްޑީޕީން ވެރިކަމާއި ހަވާލުވީ ތަންދޮރު އެނގިގެންކަމަށާއި، އެޕާޓީއަށް ރާއްޖޭގެ މަސްރަހުގައި ވާނުވާ އެނގި އެކަމުގެ ތަޖުރިބާއާވެސް އެކުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ފަނަރަ އަހަރުވީއިރު ކޮބައިތޯ މިޕާޓިގެ ކާމިޔާބީއަކީ؟ ކޮބައިތޯ އަޅުގަނޑުމެންގެ ވާދަވެރިން، ރޫޅި ހިނގައްޖެ. އަޅުގަނޑުމެންނަށް ރައްދުދިނުމަށް ބޭނުންކުރަނީ މިޕާޓީގެ ވިސްނުން މިޕާޓިގެ ފަލްސަފާ. ސިޔާސީ މަސްރަހަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ."ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން ވައުދުތައް ފުއްދާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ
އަތޮޅުތަކުން މާލެ ސަަރަހައްދަށް މީހުން ގެނެސް މާލެ ސަރަޙައްދު ތޮއްޖައްސަން އެމްޑީޕީން މަސައްކަތްކުނުކުރާކަމަށާ، އެމްޑީޕީން ބޭނުންވަނީ މުޅި ރާއްޖެ ތަރައްޤީކުރުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

54 ކޮމެންޓް

  1. ސަޓޯ

    އަންނި އެބުނީ ގަރުނުގެ އެންމެ ބޮޑު ޖޯކު !!!

    187
    3
  2. އެއްލޯޖޯބެ

    ޙަމައަށް އާސަންދަގަނޑުވެސް ނުދެވުނު ބަޔަކަށް ރައްޔިތުންނަށް ކޮން ހެޔޮކަމެއް ކޮއްދެވޭނީ...މިވަރުވެސް އެކުރީ ކުރީފަހަރު ލިބުނު ލަނޑު ލިބިދާނެތީވެ އެކަމާ ބިރުން

    161
    2
  3. Alibe

    ތިޔައީ ދިވެހިންނަށް ޖެހި ފައޮތް މުސީބާތެއް.

    190
    1
  4. ފަރުހާޒު

    ކަލޯ، މިހާރު ބަލި އެއްކޮށް ނައްތާލެވުނީތަ އެމް ޑީ ޕީ އޮވެގެން. ކަލޯ އެއްނޫންތަ ބުނީ އާދައިގެ ރޯގާއެކޭ... ކަލޯތީ އެމްޑީޕީގެ ހަލާކު!

    167
    1
  5. ކިނބޫ

    ރަނގަޅު ވާހަކައެއް. އެހެންނޫންނަމަ ގޭގަ ތިވޭށޭ ބުނެފިއްޔާ ތިބޭނީ މަގުމަތީ. ގައިދުރު ކުރާށޭ ބުނެފިއްޔާ ރޭޕްކުރުމުގަ. ބަލާއާ ހަމަވީސް އެހެންނަމަ. ސުނާމީ ކާރިސާގަވެސް ބޮޑު މުސީވާތެއްހެން ފާވެގަނެގެން ތެޅުނުތާ!

    126
    1
  6. ބްރޯ

    ގަރުނުގެ ބޮޑު ޖޯކު. އެންމެން ހެ ބާރައް ހެ.

    124
  7. ރަދީފް ހުސެން

    އެއީ ތެދެއް. 75 ވެންޓިލޭޓަރޭ މޮޅުވައްތަރޭ ކިޔައިގެން 32މ ޑޮލަރު ދިރުވައިލައި ފި. ލިބުނީ ޗައިނާގެ އާދައިގެ ބްރޭންޑެއްގެ 10 ވެންޓިލޭޓަރު އެވެސް 4 މަސް ފަހުން. ކަރަންޓީނު ފެލިސީޓީ ހަދަނީ އޭ ކިޔައިގެން ފުލުހުންނާ ސި ފައިން ލައްވާ ތަނެއްގަ ބާޓިނު ޖަހައިގެން 800މ ރު ފިޔާ ދިރުވައިލައި ފި. އެތަނުން ވާރޭ ހިޔާނުވެ. އިންޑިޔާއިން ނުވިކިހުރި މެލޭރިޔާ ބޭސް ތަކެއް ގެނެސް އެއައްވެސް ލާރިކައި ފި. އިންޑިޔާ އަދި ބަނގްލަދޭސް އިން ހަދިޔާކުރި 480ޓަނައްވުރު ގިނަ ކާނާގެ ވައްތަރުތައް އެސްޓީއޯ މެދުވެރިކޮއް ވިއްކާ ލާރިކައި ފި. 2019، 2020ގެ ބަޖެޓު ދިޔާއެއްޗެކާނުލާ ދިރުވައިލައި ފި. ރައްޔިތުންނައް ކިހާ ބޮޑު ނަސީބެއްތޯ!

    171
    1
  8. ާައަބޯ

    ކޮވިޑު އާއިރު ބޮންޅަދުނިޔޭގަހުރިކަން
    ދިވެހިންގެ ނަސީބު

    35
  9. ދަރަނި ދަންތުރަ

    ބޮޑުމޮޔައެއް ބޮޑުހިޔަޅެއް ބޮޑުމަކަރުވެރިއެއް ބޮޑުވަގެއް ބޮޑުގައްދާރެއް ބޮޑުލާދީނީ މުޖުރިމެއް ގައުމާ ރައްޔިތުންގެ ހަލާކު

    74
  10. Anonymous

    ??????????????????

    37
  11. ބޯޖަލީލު

    ބުރާންތިވިޔަސް ތީ ބޮޑުވަރު

    66
  12. އެމަންޖެ

    ކަލޯ ނަސީބެއް ނޫނޭ ބަދު ނަސީބު ، ކަލޭމެން ކޮވިޑޭ ކިޔައިގެން ދިވެހި ދައުލަތް ދޫލާ ބޮއި ހުސްކޮއްފި.

    70
  13. ޢަހުމަދު

    ޚިޔާލަކީ ތަފާތު އެއްޗެއް... އަހަރެމެންގެ ކާމީޒުގައި ތިބޭ މެމްބަރުންދެކެނީ މި ނާޒުކު ވަޤުތުގައި އެމް.ޑީ.ޕީ ވެރިކަމުގައި އޮތުމަކީ ދިވެހިންގެ ބަދުނަސީބު ކަމުގައި... އެކަމަކު މި އެންމެންވެސް ވޯޓްދީގެން މިސަރުކާރު ހޮވީ... މއިީ ވަރަށް ވާހަކަ.

    50
  14. ވާނުވާ

    އެމްޑީޕީއަކީ މިގައުމުގެ ހަލާކު މި ގައުމައް ޖެހިފަ އޮތް ބަލާ ވެރިކަމެއް

    67
  15. ޢަލީ

    ރަނގަޅުވާހަކައެއް އެބުނީ އެހެންނޫންނަމަ ނޮ ފުރުއްޕާން ކުރާވަރުން މީހުން ނަށް ނުއުޅެވުނީސް، އުޅެންޖެހޭނީ މިބައިގަނޑު މައިތިރިކުރަން.

    61
    1
  16. ނަސްރީނާ

    އެއީ ތެދެއް މުޅި ޤައުމި ދިރުވާލާ ފި މުޅި ރައްޔަތުން ހަނާކޮން ފި

    52
  17. މޫސަ

    މިކަލޭގެ މިހުރީ ހަމަހޭގަތަ!؟ ބަލަތިއެމްޑީޕީ ވެރިކަމަށްއައިދެފަހަރުވެސް ގައުމު ފުނޑި ހާލާކުވީ ޑޮލަރުގެ އަގު އަތްނުފޯރާފަށައް އަރައިފި ގިނަރައްޔިތުންގެ ވަޒީފާގެއްލިއްޖެ ދައުލަތުގެޙަޒާނާވީގޮތެއްނޭގި ހުސްވެއްޖެ! ޜައްޔިތުން ބަނޑައްޖެހިއްޖެ

    60
  18. ރައްޔިތުމީހުން

    އެ ދައްކަނީ ލާރިގަނޑު ކާލަން ލިބުނު ރަނުގެ ފުރުސަތު ގެ ވާހަކަ

    60
  19. ކޮވިޑް ހަންޑި

    ކޮވިޑް ގެނައީ ތިޔަ ބައިގަނޑު، އެެއާޕޯރޓް ބަންދު ނުކޮއް ޑޮލަރުގެ ދަހިވެތިކަމު..

    55
    1
  20. ތާކިހާ

    ހުރިހާ ދިވެހިންގެ ކުރުނަމަކީ ކެނެރީނަޞީދުނަމަ ، ތިޔައީ ތެދެއް، ނަޞީދު ލަންޑަނުގައި ހުންނަން ނުޖެހުމުން ތިޔަ މިފަހަރު ދިވެހިންގެ ނަސީބު ރަގަޅުވީ ، ތިޔަ ދެއްތޯ.

    24
    1
  21. ޓޮންނަ

    ބަދު ކިޔާ ފަ ދެން ކިޔަންވީ ނަސީބު...

    36
  22. ތާކިހާ

    ކޮވިޑް-19 ކުރިމަތިވިއިރު އެމްޑީޕީ ދިވެހިރާއްޖޭގެ ވެރިކަމުގައި އޮތުން އެއީ ދިވެހިންގެ އެންމެ ބޮޑު ބަދު ނަސީބު.

    46
  23. ތާކިހާ

    ކޮވިޑުގެ މިހާލަތުގައި އެމްޑީޕީ ދިވެހިރާއްޖޭގެ ވެރިކަމުގައި އޮތުން އެއީ ދިވެހިންގެ އެންމެ ބޮޑު ބަދު ނަސީބު.

    46
  24. ޢަލީ

    ބޮޑު މުސީބާތެއް ކަމަށް ގިނަމީހުން ބުނަނީ

    49
  25. Anonymous

    ނަސީބެއްނޫން ، ބޮޑުމުސީބާތަކާއި ބަލާވެރިކަމެއް..ރައްޔިތުން ބިކަވެހާލުގަޖެހުނީ ..

    45
  26. ރައްޔިތި ގާސިމު

    އެއީ އެއްބިޔަން ރުފިޔާ ބަޑުއަޅަލަން ލިބުނީމައިތަ!

    40
  27. އައްޑޫ ލެއި

    ﷲގަންދީ ހުވާކޮށްފަ ބުނާ ތެދެއް މީ މިދިޔަ ރިޔާސީ އިންތިޚާބްގަ މަވޯޓް ދިނީ އިބްރާހިމް މުޚައްމަދު ސާލިޚް އަށް ނުވަތަ އެމްޑީޕީއަށް އެކަމަކު މިހާރު ދެރަވޭ. މިޔައް ވުރެ ނުހޮރޮއްޕާން ބޮޑު ވެރިކަމެއްވެސް މަޖިލީހެއްވެސް މުޅި އުމުރުގަވެސް ނުދެކެން. ހެޔޮވެރިކަމެކޭ ކިޔާފަ ބަލާވެރިކަން މިކުރަނީ. ހުވާ ގަންދީ ދުވަހަކުވެސް ހަމަހޭގަ ހުރެގެން އެމްޑީޕީ އަށް ނިސްބަތްވާ މީހަކަށް ވޯޓެއް ނުދޭނަން.

    51
  28. ޑަންޑަހިލް

    އަންނި ނުހަދާނެ ތެދެއް. ތިޔައީ ދިވެހިންނަށް ޖެހި ފައޮތް މުސީބާތެއް. ދީނުގެ ބޮޑު އަދާވަތްތެރިއެއް
    "އެމީހުން ހަމަ ނުރުހެނީ އިސްލާމް ދީނަށް" ..
    ލާދީނީ ބައިގަނޑު

    49
  29. ފާއިޒް

    މި ދިވެހި ޤައުމު ބިރުގަންނަނީ ކަލޭމެން ކަހަލަ ތަންދޮރު ނުދަންނަ ބަޔަކު ވެރިކަމުގަ ތިއްބާ މިކަހަލަ ބަލާ މުސީބާތެއް ލާގަތީމަ އަދި ވާނޭގޮތެއް ނޭންގެ މިހާރުވެސް ރައްޔިތުން ތިބީ ބަނޑައް ޖެހިދާނެތީ ބިރުން.. ތީ މިޤައުމު ދަވާލަން ވެރިކަމައް އައިސް ތިބި ބައެއް. ހާއްސަ ކޮށް ކަލޭ ތީ މިޤައުމައް ހެޔޮއެދޭނެ މީހެއް ނޫން...

    48
  30. ދިރާސާ

    މޑޕ ނަންބޯޑުން އެކަން އިއުލާންކުރުމަކީ އެ ނަންބޯޑް
    ރީތިކޮށް ފފ ފޭލް ވެއްޖެކަން ހާމަކުރުމެވެވެ ވައްކަމަމާއި މަކަރާއި ހީލަތްހެދުން ފިޔަވާ އިތުރުކަމެއް އެ ނަންބޯޑަށް
    ނުކުރެވޭނެތީއެވެ.

    22
  31. ޏކބ

    ރަނގަޅު ވާހަކައެއް... އެހެން ނޫންނަމަ ލޮކްޑައުން ދުވަސް ތަކުގަވެސް މުޒާހަރާއަށް ނުކުތީސް... ޕޮޒިޓިވްވި މިންވަރު ވެސް އެތައް ގުނައެއް އިތުރުވީސް... އެމް.ޑީ.ޕީ ފިކުރު، ފަނާކުރަނިވި ފިކުރު

    31
  32. އަހުމަދު

    މިމާލެއަށް ކޮވިޑުނަވާރަ އައުމަށް މެދުވެރިވީ އެމްޑީޕީގެ މި ސަރުކާރުގެ ފަރުވާކުޑަކަމުންކަން އެދުވަސްވަރު މަޖިލީހުގެ ޖަލްސާތަކުން އެނގޭނެ ކޮވިޑު ޖެހިގެން މަރުވިމީހުންގެ ޒިންމާ އެމްޑީޕީގެ ނަޝީދު އުފުލަންޖެހޭނެ،

    24
  33. ހަޔަސިންތް

    ކޮސްބޭ ކޮސްނުގޮވާ ގައުމުދޫކޮއްދޭ އަސްތައުފާދިންގޮތަށް

    22
  34. ޙހހހ

    ކޮބަާތޯ ނަސީބަކަށް ވެފާއި ، ކިތަށް މައިންތޯ ބަޑަށް ދަރި މަރުވީ ، ކިތަންމީހުން ފަުވާ ނުދެވި މަރުވީ ، ކޮވިޑް ޖެހިގެންނެއްނޫން

    21
  35. ނކއ

    އޭމިހިރަ ކެނެރީގޭ ބުރާޗާ އެމްޑީޕީ ވެރިކަމާ ހަވާލުވީމަ ދިވެހިރާއްޖެ ބަޑަންޖެހުނީ ރައްޔިތުއް ބިކަވީ ޑޮލަރު ކަޅުބާރުގައި 20އުފުލިގެންދިޔައީ މީތަތިބުނާ ހެޔޮވެރިކަމަކީ .އޭއަންނި ކޮބާ އެމްޑީޕީ ވެރިކަމުގަ ދެއަހަރުވަނީ ކޮބާކޮއްދެވުނު ތަރައްގީއެން ރާއްޖެއަށް ލިބުނުކުރިއެރުމެއް އެމްޑީޕީ ވެރިކަމާ.ހަވާލުވީމަ މިގައުމު ބަޑަންޖެހުނީ މާލިއްޔާގަ ހުރި ނުވަސަތޭކަ.ބިލިޔަށް ޑޮލަރުކާލީ ރައްޔިތަކައް ވީފައިދާއެންކޮބާ ބޭރުންލިބުނު އެހޭތައް ކޮބާ އެވަނީކޮއްތާކައް ކަލޯބުޅިބެ ރައްޔިތުއް މިހާރަކު ތިހަދާ ދޮގުވާހަކަ އަޑެން ނާހާނެ އެންވުރެއް ރައްޔިތުއް ހޭއަރާފި

    26
  36. ކާރިމު

    އެހެންވީމާތާ މުޅި ޤަވްމު މި ހަފުސްވީ ދޯ؟ މީނަކުރެން އަހާބަލަ ފާދިއްޕޮޅު އަތޮޅުހޮސްޕިޓަލުގައިހުރި ޑަބްލިއު އެޗް އޯ އިން ދީފައިހުރި ކޮވިޑް ޓެސްޓްކުރާ މެޝިން ކޮބައިތޯ؟ އަދި އެ ހޮސްޕިޓަލުގައިހުރި ތައިރޮއިޑް ޓެސްޓްކުރާ މެޝިން ކޮބައިތޯ؟ ލަދުކެނޑިއެއްނު ؟؟؟؟

    26
  37. ޒާ

    ތިޔަބުނާ ނަަސީބު ލިބުމަކީ މިއަދު ދިވެހިންގެ ބަދުނަސީބުކަން. އެހާވެސް ހާލުގައި ދިވެހިން އުޅެނީ ސަރުކާރުގެ އެއްވެސް އަޅާލުމެއް ނެތި. މިއަދު ދިވެހިން މަރުނުވެ ތިބީތީ ދުނިޔޭގައި ތިބި ބަޔަކު ތިބީ.

    20
  38. އާބިދާ

    އެމް.ޑީ.ޕީ ސަރުކާރުގެ ދޯދިޔާކަމުން މާލެ ތެރެއަށް ކޯވިޑް ފެތުރިގެން ދިޔައީ

    20
  39. މޫސަ

    އަންނިއެބުނީ ތެދެއް : އެހެންބަޔަކުވެރިކަ މުގަ ތިބިނަ މަ އެ މް.ޑީ.ޕީ. ނިކުންނާނެ މަގުތަކަށް މުޒާހިރާކުރަން މިސްކިތް ތަކުގަވެސް ކުރާނީ މުޒާހިރާ .... ކުރީގަ ކޮން މެ ހުކުރުދުވަހަކު އިސްލާ މީ މަރުކަޒުގަވެސް ކުރީ މުޒާހިރާ ،،، މިހާރު ގެއްލުނު މީހުން ފެނުނީބާ

    19
  40. އަހްމަދު

    ކާލޭ ހުރުމަކީ އަހަރުމެންގެ ބަދުނަސީބު! މީ ބޮޑު މުސީބާތެއް! ދުވަހަކުވެސް އިރާދަ ކުރެއްވިއްޔާ ވޯޓެއް ނުދޭނަން!

    21
  41. ހަސަން

    އެންޑޫޕީ ވެރިކަމުގައި އޮތުމަކީ މިގައުމުގެ ހަލާކުކަން ވަރަށް ސާފް ދިވެހިން ނިކަމެތިވެ ގޮތް ހުސްވެޖެ ހާލުގަޖެހިއްޖެ ގައުމު ބަޑަށް ޖެހިއްޖެ

    22
  42. ޝޮޓްގަން

    ތިޔައީ ޤައުމަށް ޖެހިފައޮތް ކޮވިޑް19 އަށްވުރެ ނުރައްކާ ބަލިމަޑުކަމެއް. ބޮޑު ބަލާއެއް.

  43. Anonymous

    އެމްޑީޕި ވެރިކަން އައިއިރު އަހަރެން ދުނިޔޭގަ ހުރުންވެސް މިއީ އަހަރެންގެ ބަދު ނަސީބު . މިއީ އަދި 21 އަހަރުގެ ޒުވާނެއް

  44. އެދުރުކަލޭގެ

    އަންނިއަށް ތާއީދުނުކުރިނަމަވެސް މީ ރަގަޅު ވާހަކައެއް ކަމުގައި ބަލައިގަންނަން. ސަބަބަކީ މިދަޑިވަޅުގައި އެހެންބަޔަކު ވެރިކަމުގައި ތިބި ނަމަ އިންޑިއާއިން ހުތުރު ކުޅިވަރެއް ކުޅެ ދިވެހިންނަށް ބޭނުންވި ކާބޯތަކެތި ފޯރުކޮށް ނުދިނީސް. އެވަގުތާ ޙާލަތުގައި އެހެންބަޔަކަށް އެކަން ކުރެވޭކަށްވެސް ނެތް.

  45. މަރިޔަމް

    އަދި މިހާ ފަޤީރުކޮށް އުޅުނު ދުވަހެއް ހާލުގަ ޖެހިގެން އުޅުނު ދުވަހެއް ދުރު ހަނދާނެއްގަވެސް ނެތް. އަސްލު އެމްޑީޕީއަށްވުރެ ބޮޑަށް ކުށްވެރިވާންޖެހޭނީ ރައްޔިތުން. އަހަރެމެންގެ މޮޔަކަމުން ޔާމިނަށް ވޯޓު ނުދިނީ ފާޑެއްގެ ސާލިހު މީހެއް ކުރިމައްޗައް ގެނެސް އަހަރެމެންގަ ލޮލުގަ އަނދުން އަޅުވާފަ ނުބައި ނުލަފާ އެމްޑިޕީ ސަރުކާރާ ވެރިކަމާ ހަވާލު ކުރީ އަހަރެމެން ރައްޔިތުން . އަދި ސަރުކާރު 2023 ގަ ބަދަލު ކުރަަނީވެސް ހަމަ އަހަރެމެން. އިންތިހާބު އޮންނަ ދުވަހު މި ބިކަ ހާލުގަ އުޅުން 4 މަސްދުވަސް ހަނދާން ކޮށްލާނަން

  46. އޭދަފުށީ މުހައްމަދު

    މި ކަލޭގެ އަނގައަށް ވެލި އަޅާނެ މީހަކުވެސް ނެތީބާ. މީހުން ރުޅިއެރުވުމުގައިވެސް ހައްދެއް އޮންނަންވާނެ. އެބުނީނު ކޮވިޑް އައިއިރު އެމީހުން ވެރިކަމުގައި ތިބިކަން އެއީ ނަސީބޭ. ބަލަ އޭނައަށް ވާނުވާ ނޭގުނަސް މި މީހުން ނޫން ބަޔަކު ވެރިކަމުގައި ތިބި ނަމަ ދައުލަތުން އެކުރި ބޭކާރު ހަރަދާ، މަސައްކަތް ކުރާނެ ގޮތެއް ނެގި އޮޅުން ބޮޅުންވެ ބޮޑު އޮޅުން ގަނޑަކަށް މުޅި ރާއްޖޭ ވައްޓާލި އިރުވެސް މި ބުނަނީ އެއީ ނަސީބޭ. އަރަތެއްނު. ބޮޑު ބަލާވެރިކަމެއް މީ. މީ މި ގައުމުގެ ހަލާކު. އެމްޑީޕީގެވެސް ހަލާކު.

  47. ޝްރޭ

    ލަދު ހަޔާތް ނެތް ބަޔަކު ކިޔައިފަ ނުކިޔާނެ އެއްޗެއް ނޯންނާނެ... މީ ހަ މަދިވެހިންގެ ބަދު ނަސީބު..

    2
    1
  48. ޠިނު

    ކޮންމެ މީހަކު ބުންޏަސް ތެދެއްވާނީ ތެދަކަށް ؟

  49. އދ

    ބޮޑު ބަލާ އަކަށް ވީ ދިވެހިންނަށް
    1 ބޮޑުންގެ ދަރިން ޗުއްޓީއަށް ގެނައުން
    2 ޕޮރްޖެޓްއަށް ހަބޭހަށް ދިނުން
    3 ހަރދު ކުރާނީ ގޮތެއް ގޮތެއް ބަލާނުލާ
    4 ރޭވުންތެރިކަމެއް ނެތުން
    5 މުއާމަލާތް ކުރުމުގައި ގުޅުން ނެތުން
    5 އަބަދު އޮޅުން އެރުން
    6 އިތުބާރު ކުރާނެ މުއްސަސާ އޮޅުން
    7 މުސާރަ ކުޑަ ކުރުން
    8 ވަޒީފާތަށް ގެއްލުން
    9 ފުރީލާސް މީހުންނަށް ރުފިޔާ ހަރަދު ކުރީ ގާތް މީހުންނަށް ކަމަށް ވުން
    10 ހަމަ ހަމަ ކަން ނެތުން
    11 އިންސާފު ވެރިކަން ނެތުން

    މިވަރުންވެސް ކިޔަންވީ ދޯ އެމްޑީޕީ މާ މޮޅޭ

  50. Happy

    ސާބަހޭ ރައިސްނަޝީދު ތިއީފިސާރި ލީޑަރެ!

  51. ޢަންސާރު

    މިއަދު ރައީސް ޔާމީންގެ ހިދުމަތަށް ގައުމު އެދި އެދި ރޯ އަޑު ބަލާލި ކޮންމެ ދިމާލަކުން..ސިޔާސީ ގޮތުން އެންމެ ބޮޑު ކުނި ގަނޑެއް އާބިދާގެ ނަޝީދު އަކީ..ޔާ ﷲ ރައީސް ޔާމީން އަށް ހެޔޮ ރަހްމަތް ލައްވާ ދިވެހިންނަށް މި ނޫން ދުވަހެއް ދައްކަވާނދޭވެ.އާމީން

  52. ސިޔާމް

    ކަލޭ ހީކުރި ގޮތް ކަލޭގެ ޕާޓީ މިރާއްޖޭގެ ވެރިކަމުގައި އޮތަސް ނެތަސް މިރާއްޖޭގައި ދިމާވެފައި ހުރި ހުރިހާ ބައްޔަކުން މިރާއްޖެ ވަނީ ސަލާމަތް ކުރެވިފައި. މިރާއްޖެއިން ކޮވިޑް ނަވާރަ ޖެހޭ މީހުންގެ ޢަދަދު މިހާރުވެސް ދަނީ މައްޗަށް.އެމްޑީޕީ އިން ކުރީކޮޅުގައި ކަންތައްކުރި ގޮތުން މިހާވަރަށް މިރާއްޖޭގައި ބަލި ފެތުރނީވެސް. ހީކުރިގޮތްދޯ ސަޅި ކަނޑާނެ ކަމެއްނެތް. މިރާއްޖޭގެ އިޤުތިޞާދު ކޮވިޑް ނަވާރަ ޖެހި ހަލާކުވީ އެމްޑީ ޕީއިން ކަންކުރި ގޮތުން.އަދި ވެސް ދަނީ ކުރިޔަށް. މިހާރު މިއޮތީ ކޮމިއުނިޓީ ސްޕްރެޑަކަށް ބަލި ދޫކޮށްލާފަ.

  53. ނީޒާ

    އެހެން ވެރިކަމެއް މިރާއްޖޭގައި އޮތްނަމަ އެމްޑީޕީ މީހުން ބަލި ޖެހުނު މީހުނާ ދެކޮޅަށް މުޒާހިރާ ކުރާނެ. މިސްކިތްކަށް އަރާނެ. އުސްފަސްގަނޑުގައި މީހުން އެއްކުރާނެ. އެމްޑިޕީ ހަރުގެ ދޮށަށް މީހުން އެއްކުރާނެ. އެހެން ޕާޓިތަކުގެ މީހުން ކިހާރަނގަޅު ބަސްއަހައި ތިއްބެއްނު.

  54. ހޯހޯ

    މިމީހާގެ ލަދުކޮބައިތަ؟