މަހަށް ނިކުމެ އުޅުނު ފައިބަރު ދޯންޏެއް ބިންދައިގެން ހިނގައްޖެއެވެ.
އެމްއެންޑީއެެފް އިން ދެންމެ ވިދާޅުވީ 13 ފަޅުވެރިންނާއި އެކު ތ.ކިނބިދޫގެ ހުޅަނގު ދެކުނުން ހަތަރު ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރި "ދިރުން-04" ނަމަކަށް ކިޔާ 91 ފޫޓްގެ ދޯންޏެއް ބިންދައިގެން ގޮސްގެން ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
ހާދިސާގެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައި ވަނީ މިއަދު ހެނދުނު 07:10 ހާއިރުއެވެ.
ބިންދައިގެން ދިޔަ ދޯންޏަކީ ތ.އަތޮޅު ވޭމަންދޫ ދޯންޏެކެވެ.
ދޯނި ބިންދައިގެން ދިޔައިރު ދޯނީގައި ތިބީ 11 ދިވެހިންނާއި ދެބިދޭސީންނެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ފައިބަރު ދޯނިތައް ބިންދައިގެން ދިއުމުގެ ހާދިސާތައް މީގެ ކުރިން ވެސް ރާއްޖޭގައި ހިނގާފައި ވެއެވެ. ނަމަވެސް ފަހަކަށް އައިސް އެފަދަ ހާދިސާތައް ނުހިނގާ ކަން ފާހަގަ ކުރެވެއެވެ.
ތީގަ ޑަކްޓް ޓޭޕް ކޮޅެއް އަޅާލާ. އޭރުން އޯކޭ ވާނެ
ކަލޭގެ އަނގައިގަ ތިޔަ އަޅަން ފެންނަނީ
ޢާ މަށަށް ވެސް ފެނޭ... ޑަކްޓް ޓޭޕެއް ނޫން ސިލިކޯން އަޅާނީ... އެ ދޯނީގެ ވެ ރި ފަ ރާތަކީ ތީ ނަކަމަށް ވީނަމަ ވަ ރަށް ޑަކްޓް ޓޭޕުއާއި މާ ރސިން ތޭޕު އެޅޭނޭ....
ދިރުން 4 ތ ވޭމަންޑޫ
ދޯނި މެދުން މާ ކައިރި ކައިރިން ލޯވަޅު ތޮރުފައިފައި،މާ ބޮޑަށް ބަރު ކޮއްފައި ހުންނާތީ އެހެން އެވަނީ..
އަހަރުމެންގެ ވެރިކަމުގަ ރައްޔިތުންނައް ވަރައް ފައިދާވާނެ ، މިސަރުކާރަކީ މިގައުމުގެ ނަސީބު.
މިސަރުކާރަކީ މިގައުމުގެ ހަލާކު
ކީވެ މަސްދޯނި ފަހްރުގައި ބިދޭސިން ތިބެންވީ މިދޯނީގައި ބިދޭސިން ތިބިމައްސަލަ ބަލަންޖެހޭ
ލަކުޑި ދޯނި ވަރެއް ހަމަ ނެތް
ދޯނީގެ ވެރިފަރާތަަަައް ލިބުނު ކިހާބޮޑު ގެއްލުމެއް.