ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ ކުޅަދާނަ ވަޒީރެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ތައުރީފް ކުރައްވައިފިއެވެ.

ޖަމާލުއްދީން ސްކޫލްގައި ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ހާރިޖީ ސިޔާސަތަށް ތައުރީފް ކުރައްވަމުން ނަޝީދު ވިދާޅުވީ ފޮރިން މިނިސްޓަރަށް ވަޑައިނުގަންނެވޭ ގައުމެއް، ބައްދަލު ނުކުރެއްވޭ ރައީސެއް ނުވަތަ ބޮޑުވަޒީރެއް ނެތް ކަމަށެވެ. އެއީ ދިވެހިން ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށް ވެސް ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަސް ވަންދެން ކުރެއްވި ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މަޝްވަރާ ކުރެވޭ. ވާހަކަ ދެކެވޭ،" ހާރިޖީ ދާއިރާގެ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވިއެވެ.

ގައުމީ މަޖިލިހުގެ ރޭގެ ބައްދަލުވުމުގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

ނަޝީދު ވިދާޅުވި ގޮތުގައި ހާރިޖީ ވަޒީރަކަށް މިވަގުތު ހުންނެވި ޝާހިދަކީ ރާއްޖޭގައި ހުރި އެކަމަށް އެންމެ ތަޖުރިބާ ހުރި ބޭފުޅާއެވެ. އެހެންވެ، ޝާހިދުގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަފުޅުގައި ޝާހިދަށް އެހާ ބޮޑަށް ތައުރީފް މި ކުރެއްވީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އެކިއެކި ގައުމުތަކުގެ އެހީ ހޯދުމަށް މިނިސްޓަރު ޝާހިދު އިސް ނަންގަވައިގެން ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އެނގިފައިވާ ގޮތުގައި ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން، ޝާހިދު ވަނީ 30 ވަރަކަށް ގައުމުގެ އިސް ވެރިންނާ ފޯން އަދި ވީޑިއޯ ކޮންފަރެންސް ކޯލް މެދުވެރިކޮށް ބައްދަލު ކުރައްވައިފައެވެ.

މުލިއާގޭގައި ކުރިއަށް ދިޔަ ޓާސްކް ފޯސް ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިނިސްޓަރު ޝާހިދު. --- ފޮޓޯ: ޝާހިދު

އޭގެ ނަތީޖާއެއްގެ ގޮތުން މިހާތަނަށް 10 ގައުމަކުން ރާއްޖެ އަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

އެ ގައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް، އިންޑިއާ، އެމެރިކާ، ޗައިނާ، ޖަޕާން، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ސައުދީ އަރަބިއްޔާ، ސިންގަޕޫރު، ތައިލެންޑް، އަދި ކެނެޑާ ހިމެނެއެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ވެސް ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދިނެވެ.

ރާއްޖެ އަށް އެހީ ހޯދުމުގެ އިތުރުން ފޮރިން މިނިސްޓްރީން ކޮވިޑް-19 ގެ ތެރޭގައި ކުރި އެންމެ ބޮޑު އެއް މަސައްކަތަކީ އެކިއެކި ގައުމުތަކުގައި ރާއްޖެ ނާދެވިފައި ތިބި މީހުން ރާއްޖެ ގެނައުމެވެ. އެމީހުންގެ ޓިކެޓު ހަމަޖެއްސުމަށް މިހާތަނަށް ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެ ހަރަކާތްތެރި އެއް ވުޒާރާއެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވަނީ ފޮރިން މިނިސްޓްރީއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. Anonymous

  ވައްކަން ކުރަން ތިއައްވުރެ ކުޅަދާނަ މީހަކު މިރާއްޖޭގަ ނުހުންނާނެ މިސާލަކައް ކާޕެޓު، ލިފްޓު އިން ފުދޭ،،

  65
  1
  • ތަލަ

   މުސައްލަބޭ، ކާޕެޓު ޗޯރީވާލާ

   17
 2. ޒާ

  ކުޅަދާނަކަމަށް ތި ބުނީ ނަޝީދެކޭ އެއްބީދައިން އިންޑިއާއިން ދިވެހިރާއްޖެހިފާ ރާއްޖޭގެ މައްޗަށް އަތްގަދަ ކުރުމަށް ރައީސް ޔާމީނުގެ ވެރިކަމުގައި ގޮވާލި މީހުންގެ ތެރެއިން އެކަކު އެއީ. ޝާހިދަކީވެސް ކަން ނުވެ އަނގައިން ހިފަހައްޓާ މީހެއް. ފައިސާ ފުނިހޯދި ކަމަށް ބުނީ އެފައިސާ ވީތަނެއް ނޭނގޭ. އިންޑިއާގެ ކަރުތެޔޮ ގައިގާ ވަށައިގެން އުޅޭ ދެމީހުންތީ.

  53
 3. އަލީ

  ގުނަވަން ތައް ކަނޑާ ޒަމާނެއްނަމަ މިހާރު އޮންނާނީ މުޅަމަސް ގަނޑު ..

  51
 4. ޒާ

  ސާހިދުަވަނީ ރާއްޖޭގައި ތިބި ބަނގުލަދޭސް މީހުންނަށް އެހީތެރިވާނެ ކަމަށް ވަޢުދުވެ އޮޅުވާލައި ބަނގްލަދޭޝްއިން އެތައް ކާބޯތަކެއްޗެއް ގެނެސްފައި. އެކަމަކު އެތަކެތި އެއިން މީހަކަށް ނުދޭ. ވީތަންވެސް ނޭނގޭ. ނުވިތާކަށް ބަނގްލަދޭސް މީހުންނަށް މިހާ އިހާނެތިކޮށް ހެދި ޒަމާނެއްވެސް ނާދޭ.

  44
 5. ކާޕެޓް

  ކޮބާ ލިފްޓް މީ ދޯ އެމްޑީޕީ މިީހުން އެބުނި އުދުހޭ ކާޕެޓް އަންނި އަކީ ދޯ އަލަާއުއްދީން ގެ ޖިންނި ދެން ޝިއުނާ އެއީ އަނެއްކާ ކާކު

  47
  1
 6. އެމަންޖެ

  ޝާހިދު އެކަންޏެއްނޫނޭ ކަލޭވެސް ހަމަ އެހާކުޅަދާނަ މިގައުމު ލޫޓުވާލަން.

  51
  2
 7. ބައްޕަ

  ނަޝީދު ޕްރޮމޯޓް ކުރުން މިނޫހުގަވެސް ، ނަޝީދު ގެ ކިތައް ޚަބަރު މިނޫހުގަ މިއަދު ވެސް އޮތް ތޯ ބަލާބަލަ،

  25
 8. ވަހީދު

  ތިޔަ ވިދާޅުވީ ކެރަފާ ނަސީމު ހަމަ އެންމެ ރަގަޅީ ޕާކު ހަދައިގެން އެތަންތަނުގައި ފާހާނާބަރި ރާނާގެން ޖީބަށް ލާރި އަޅަން ކަމަށް ދެއްތޯ. ފޮރިންގ އަށް ހަމަ ޝާހިދު ވަރެއް ނެތޭތޯ. ހިއްޕެވުމުގައި ނަސީމަށްވުރެ ޝާހިދު ފެކްޝަން މަތިމައްޗަށް އުފުލެލީތޯ.

 9. Anonymous

  ފިރުއައުނާ ހާމާން ގެ ފަހުގެ ވާޝަން ދޯ ބޮޑުތަނުން ކަޑަ

  29
 10. Anonymous

  އަހާލަބަލަ ޝާހިދު ސައުދީއަށް އެރިޔަ ނުދިނީ ކީއްވެ ތޯ. އެހެން މީހުންނަށް ނޭނގޭހެންތަ ހީވަނީ؟

  24
 11. ހާލުފޮޅި

  ކޮންކަމަކަށްބާ؟ މަހީކުރީ މެޖިކް ކާރޕެޓް ދުއްވަން ކަމަށް..

  21
 12. ތުއްފާޚް

  ރައީސް ނަޝީދު ނައިބުރައީސްއެއް ޙިޔާރު ކުރެއްވީތޯ؟

 13. އަލީނާ

  ޢޭއެމަނިކުފާނުގެ ކުޅަދާނަކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ ރައީސް ވަހީދު ހުވާ ކުރެއެވި ކުރެއްވުމުން. އެއީ ހަމަ ފިސާރި ފަހުލަވާނެއް. ކުޅަދާނަ ބަތަލެއް.

  4
  1
 14. ސޯނޫ

  ސާހިދު ތީ ބޮޑު ގައްދާރެއް. ރާއްޖެ ހިފަންބޭރުގައުމަކަށް ދައުވަތުދީއެކަންވުންލަސްވެގެން ހިތާމަކުރި ބޮޑު ގައްދާރު

 15. Anonymous

  ޝާހިދުގެ ކުޅަދާނަކަން އެންމެ ބޮޑަށް އެނގޭނީ އަންނި ބުނެގެން ޝާހިދުގެ ލޮކްޑައުންކުރުމުގެ "މީޓިން" ލަންކާގައި ޝާހިދު އާއިއެކު ބޭއްވި ޕްރީޕެއިޑް ޝިއުނާއަށް

 16. ޕާޓޭ ގެ ޑެޑީ

  ޝާހިދުބޭ ވަރައް ވިސްނާތި ތިއުޅެނީ ބޭރުކުރަން

 17. ރާއްޖެތެރެ

  ޝާހިދު ހައްދަނީ މިހާރުވެސް ސެކިއުލާ މީހުންނަ ދެކޮޅައް ނިކުމެބަލަ ކިހިނެއްތޯ ވަނީ

 18. ޑައެލޯގް

  ޑީއާރުޕީގައި ޝާހިދު އުޅުނުއިރު އެމްޑީޕީ ގޮވީ ޝާހިދަކީ ބޮޑުވަގެކެވެ. އަދި ޝާހިދުމެންގެއަށް ގާވެސް ރީދޫކުދިންއުކިއެވެ. މިހާރު ރީދޫހުން ޝާހިދަށްޖެހުމުން ހުދުކާފޫރަށްވީއެވެ.

 19. ށުކުރު

  ކަލޭ ބޭނުންވާ ގޮތަށް ޗުއްޓީ ހޭދަ ކުރާތީ ދޯ. 5 އަހަރުގެ ޗުއްޓީ އެއް ހޭދަކުރަން އައީ

 20. ބުއްޅަބެ

  30 އަހަރު ދުވަހުގެ ތަޖުރިބާ ހުންނާނެ ނާށިގަނޑު ހިފައިގެން ދުވުމަށް.
  އޭގެ ފައިދާއެއް ރައްޔިތުންނަ ކަށް ނުފެންނާނެ.

 21. ަފކ

  ކާޕެޓް އެތެރެ ކުރަން ކުޅަދާނަ

 22. ހިޔަޅު

  ހިޔަޅެއް ވެއްޖިއްޔާ އޮޅުކުރަން ކެނެރީ ވަރަށް މޮޅުވާނެ!