ރާއްޖެއިން ރެކޯޑް އަދަދަކަށް ޔޫރަޕަށް މަސް އެކްސްޕޯޓުކޮށްފިއެެވެ.

މި ރެކޯޑް އަނެއްކާ ވެސް ގާއިމްކޮށްފައި ވަނީ މި ކުއާޓަރުގައި ރާއްޖެއިން އެންމެ ގިނަ ކާގޯ ކުރި ރިކޯޑާވެސް އެކުގައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފައިވާ ގޮތުގައި، މި ކުއާޓަރުގައި އެންމެ ގިނަ ކާގޯ ސިންގަލް ފްލައިޓަކުން ބޭރުކުރި ދުވަހަކީ މީގެ ކުރިން މި މަހުގެ 30 ވަނަ ދުވަހެވެ. އެކަމަކު، އެ ރިކޯޑު މިހާރު ވަނީ މުގުރާލައިފައެވެ.

އެގޮތުން މިފަހަރު ޔޫރަޕަށް އެކަނި އެކްސްޕޯޓުކޮށްފައި ވަނީ، 35.3 ޓަނުގެ ފިނިކުރި މަހާއި، 1.1 ޓަނުގެ ލައިވް ފިޝްއެވެ. މިއާ އެކު ޔޫރަޕަށް ވަނީ ޔޫރަޕަށް އެކަނި ވަނީ 36.4 ޓަނުގެ މަސް ބޭރުކޮށްފައެވެ.

ޖޫން 30 ވަނަ ދުވަހު ގާއިމްކޮށްފައި ވަނީ ސިންގަލް ފްލައިޓަކުން އެންމެ ގިނަ މަސް އެއްފަހަރާ ބޭރުކުރިކަމުގެ ރެކޯޑެވެ. އެ ދުވަހު އެކްސްޕޯޓުކޮށްފައި ވަނީ ކްސްޕޯޓް ކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ، ޔޫރަޕަށް އެކްސްޕޯޓުކުރި 32.2 ޓަނުގެ ގަނޑުކުރި މަހާއި، 1 ޓަނުގެ ލައިވް ފިޝް އާއި، ފާ އީސްޓަށް އެކްސްޕޯޓުކޮށްފައިވާ ފިނިކުރި ލަނޑައެވެ. އެއީ ޖުމްލަ 33.4 ޓަނެވެ.

މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އެއް ގައުމުން އަނެއް ގައުމަށް ފެތުރުން ހުއްޓުވުމަށްޓަކައި ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ވީނަމަވެސް ރާއްޖެއަށް ބޭނުންވާ މުދާ އެތެރެ ކުރުމަށާއި، ރާއްޖޭގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް ފްލައިޓްތައް ދަނީ ބާއްވަމުންނެވެ. އަދި މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ވަނީ ނިންމައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަކަލް

    ބަލަ މަސްވެރިން ބާނާ މަސް ކުންފުނި ތަކުގެ ވެރިންނައް ހުރިހާ ނަފާ މަސްވެރިންނައް ހިއްދަތިކަން ؟؟ މަސް ވެރިންބާނާ މަސްގަނެވެނީ ހަމައެކަނި އެންސިސް އެއީ އެވެރިން ބޭނުންއަގެއްގާ؟؟ ދެން ބާނާވެރިން ހިއްދަތިކަމާއެކު