އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ވާހަކަތައް ރައްޔިތުންގެ މަޖިލިހުގައި ދެއްކޭނެ ކަމަށާއި މެމްބަރަކު "އަވަހާރަކޮށްލާ ވާހަކަ ވެސް" މަޖިލިހުގައި ދެއްކޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެގޮތަށް ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ކައުންސިލްތަކާއި ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) އުވާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލިހަށް ހުށަހެޅުއްވި ގަރާރު ގާނޫނުއަސާސީއާ ހިލާފު ކަމަށާއި އެ މައްސަލަ މަޖިލިހަށް ހުށަހެޅިގެން ނުވާނެ ކަމަށް ވިދާޅުވެ، އެކަން އެމްޑީޕީގެ މެމްބަރުން ރިޔާސަތުގެ ސަމާލު ކަމަށް ގެންނެވުމުންނެވެ.

އެގޮތުން ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވަނީ އެއީ ގާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމަށާއި އެ ގަރާރަށް ބަހުސް ނުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ. ދެ މެމްބަރުން އެގޮތަށް ވިދާޅުވުމުން ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ އެ މައްސަލައިގައި ކުރިއަށް ގެންދާނެ ގޮތަކާ މެދުގައި މަޖިލިހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެކަމަކު، މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާހާ ހިނދަކު ގަރާރެއް މެދުވެރިކޮށް ކޮންމެ ކަމަކަށް ވެސް މަޖިލީހުގައި ދެއްކެވިދާނެ ކަމަށެވެ. އެހެންވެ، ޖާބިރުގެ ގަރާރުގެ ބަހުސް ކުރިއަށް ގެންދެވިދާނެ ކަމަށާއި އެކަމަކު އެ ގަރާރުގައި ބުނާ ކަންކަމަށް ތާއީދު ނުކުރައްވާ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާހާ ހިނދަކު މަޖިލީހުގައި ގަރާރެއް ހުށަހަޅައިގެން ކޮންމެ ވާހަކައެއް ވެސް ދެއްކެވި ދާނެ ކަމަށެވެ. އަދި އެއް މިސާލުގެ ގޮތުގައި ނެންގެވީ މެމްބަރަކު އަވަހާރަކޮށްލަން ދައްކާ ވާހަކަ އިންނެވެ.

"މަޖިލީހުގައި ގަރާރަކުން ދެއްކިދާނެ ގާނޫނު އަސާސީ އުވާލާ ވާހަކަ ވެސް. މި މަޖިލީހުގައި ނުދެއްކޭނެ ހަމައެކަނި ވާހަކައަކީ އިސްލާމް ދީނުގެ އަސްލަކާ ހިލާފުވާ ވާހަކަ. މި މަޖިލީހުގައި ގަރާރަކުން ދެއްކި ދާނެ މެންބަރަކު އަވަހާރަކޮށްލުމުގެ ވާހަކަ ވެސް." ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

45 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    އޭ ގަމާރާ އިސްލާމްދީނުގެ އަސްލަކާ ހިލާ ފުނުވެ މީހަކު ގަތުކުރާ ވާހަކަ ނުދެއްކޭނެ..އިސްލާމްދީނުގަ ފުރާނަޔަކީ ހިމާޔަތްކުރެވި ފާއެއްޗެ..އަބުރު ފުރާނަ މުދާ މިއީ ރައްކާތެރިކުރެވި ހިމާޔަތް ކުރަންވި ފާކަން ތިޔަ ގަމާރަށް ނޭގޭތަ...މީކޮން ފަދަ ނުބައި ޖާހިލެއް..ﷲމިނުބައި ޖާހިލިގެ ކިބައިން އަޅަމެން ރައްކާތެރި ކޮއްދެއްވާށި...

    113
    1
    • ާާްައަލީ

      އާމީން

      33
      1
  2. ކުދެހުތާ

    ހައްޤަކާއި ނުލާ ނަފްސެއް ގަތުލު ކޮއްލުމަކީ އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކަމެއް.. އެފަދަ ވާހަކަ ނުދެއްކޭނެ.. ދައްކައިގެން ނުވާނެ.. އެއީ އިސްލާމް ދީނުގެ އުސޫލް ތަކާއި ޚިލާފް ކަމެއް.. ދައުލަތުގެ ވެރިންނަށް ކޮންމެވެސް ވަރަކަށް އިސްލާމީ ތަރުބިއްޔަތާއި ޢިލްމު އެނގެން އެބަ ޖެހޭ.. އެނގޭނަމަ ތަންތާގައި ބޮޑޭ ވާން ތި ޒާތުގެ ވާހަކަ ނުދައްކާނެ..

    73
  3. ޓެރެރިޒަމް

    މިއީ ކަނޑައެޅިގެން ޓެރެރިޒަމަށް އަށް ގޮވާލުން. ޓެރެރިޒަމްއަށް ހިތްވަރުދީ އެފަދަ އަމަލުތައް ކުރުމަށް ގޮވާލުން. މިއީ މަޖިލިހުގައި މަޖިލިހުގެ ރައީސް ހިންގާ ނުރައްކާތެރި ޖަރީމާއެއް. މިޔަށް ކިޔަނީ "ސްޓޭޓް ސްޕޮންސާރޑް ޓެރެރިޒަމް". ކަމާއި ބެހޭ ފަރާތްތަކަށް ވަގުތުން. މަޖިލިހުގެ ރައީސް، ރައީސް ނަޝީދު ހިފާ ހަތްޔަރުކުރުމަށް ގޮވާލަން.

    73
  4. ދޮންކަމަނަ

    މަޖިލިސް ދެން ބާއްވަން ވީ ކެނެރީގޭ ސިޓިންގ ރޫމުގަ ނަޝީދު އަށް ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭގޭ ހިސާބައް މިހާރު ތިދަނި މީހުން މަރާ ވާހަކަ އާއި ޜޭޕް ތަކުގެ ވާހަކަ މީމަ ކަހަލަ ޒިންމާދާރު މަޤާމެއްގަ ހުންނަމީހަކު ދައްކަންޖެހޭ ވާހަކައެއްތޯ؟ މި ދެން ބޯދުވަރު ހެންހީވަނީ

    50
  5. Anonymous

    ކައޭ ތީ މަހީ ކުރަނީ ދައްޖާލު ކަމަށް އަދި ކިރިޔާ މިއެގުނީ ތީ ޖައްލާދު ކަން ކޮސްގޮވިޔަސް ފުކެއްބޮޑުވަރުދޯ އަދި ބުނަން އެއްވާހަކަ އިސްލާމްދީނަކީ ރަހްމަތުގެ ދީން ސަބަބެއް ނެތި މީހުން މަރާ ވާހަކަ ދެއްކުމަކީ އިސްލާމް ދީނުގެ އަސްލަކާ ޚިލާފްވުން ކަލޭ ވެއްޖެއެއްނު ހައްޖަތުލް ވަދާޢުގެ ޚުޠުބާ 5000 ފަހަރު ކިޔައިގެންވެސް ހިތުދަސްވޭތޯ ބަލަން ކިތައްމެ ވަރަކަށް ދޮންމީހުން ރުއްސަން އުޅުނަސް އެމީހުން ބުނާނީ ތީ އޭޝިޔާގެ ކަޅު ސޮރޭ ކޮސް ގޮވުން ހުއްޓާލަ

    48
  6. Anonymous

    ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގޭ އުތަ..... ކީކޭ ދެންބުނާނީ... ގައުމު ހަލާކު....

    77
  7. ތޮރާ

    މަޖިލީހުގެ އެތެރޭގައި މީހަކު މަރާވެސް ލެވިދާނެ ކޮންމެ ކަމެއްކުރިއަސް އެމީހުން ނަށް އަދަބެއް ނުލިބޭ ނެ ފާފައެއްނުވާނެ އެއީ ހުރިހާ ކަމަކުން ބަރިއްޔަވެގެންވާބައެއް

    63
  8. ރާކަނި

    މިއީ ހަމަ ބިތާއެއްް މިއަދުވެސް ބިޑިއެއް ލިބުނީ ތޯއްޗެއް؟

    67
  9. ރަބަރޭ

    މިގައުމަށް ކުރިމަތިވެފާއިވާ ބަލާ މުސީބާތެއް މީހުން މެރުމަށް ހިތްވަރެއް ނުދެވޭނެ

    63
  10. ރާކަނި

    މިޙާލަތުގައި ރައީސް ސޯލިޙް މިޤަވްމަށް މެދުވެރި ކުރެއްވި ﷲ އަށް ހަމަދާއި ޝުކުރު ކުރަމެވެ. ނަޝީދު، ޔާމީން ފަދަ ބޭފުޅަކު ހުރި ނަމަ ފައިސާއަށް ޓަކައި ރައްޔިތުން ޤުރުބާން ކުރީހެވެ.

    7
    68
    • Anonymous

      އާނ. ލާދީނިއްޔަތު ފަތުރާ ވެރިއަށްޓަކައި ﷲއަށް ހަމްދުކުރަންވާނެ. ކެކެކެެ

      29
  11. ފާއިޒު

    ދޫމައްޗަށް ފަސޭހައިން އަންނާނީ އެކަމަކަށް އެމީހަކު އެދި އެކަން ކުރާހިތްވެފައިވާ ވާހަކަތައް.

    60
  12. ގަޅި ނަޝީދު

    ބަލަގަ މިހިރަ ބުރާންޗާ. މީހަކު މެރުމަކީ އިސްލާމްދީނާ ޙިލާފުވުމެއް ނޫންތަ!؟

    69
  13. ޝްރޭ

    ..ތި މާގެ މަރުއޮތީ ކިހާ ކައިރީގައި ކަ މެއް ކިހިނެއްތޯ އިނގެނީ
    .ހިތުހުރިހާ ގޮތަކަށް ކަންކަން ކުރަ މުން.ހިތު ހުރިހާ އެއްޗެއް ކިޔަ މުން ތި މާވަރުގެ ބާރުގަދަ މީހެއް ނުހުންނާނެ ކަ މަށް ދެކިގެން ތިއުޅެނީ ވަރަށް ބޮޑު ކުންހީ އެއްގައި.

    29
  14. އަލީ ނާޒިމް

    ހައްޤަކާއި ނުލައި އެއްވެސް ޝަރުޢީ ކޯޓެއްގެ ޙުކުމެއް ނެތި އެއްވެސް މީހެއްގެ ފުރާނަދުއްވާލާކަށް ނުވަތަ މަރާކަށް ވާހަކައެއް ނުދެއްކޭނެ އެއީ އިސްލާމްދީނުގެ އަސްލަކާ ޚިލާފު ވާހަކައެއް ޝަރުޢީ އަދި ޤާނޫނީ ބޮޑު ކުށެއް! އަދި ޤާނޫން އަސާސީ އުވާލާކަށްވެސް ޤާނޫން އަސާސީއިން އުފައްދާފައިވާ މަޖުލީހަކަށް ނުނިންމޭނެ އެވާހަކައެއް ނުވެސް ދެއްކޭނެ! ރައްޔިތުންގެ ޚާއްޞަ މަޖުލީސް ޖެހޭނީ އެކަމަށް އެއްކުރަން! އެކަމު އިސްލާމްދީނެއް އިސްލާމީ ޤާނޫނީ ނިޒާމެއް އަދި ކިޔެއްތަށް އެވެސް ތަޢުލީމެއް ނެތް ބަޔަކު ތިޔަހެން އެއްވެގެން ތިބެ ކިޔާފާނެ! ނުކިޔަވާ އުޅޭ މާލޭގެ ކަންވޮށިގެންވާ މީހުންގެ އަތިރިމަތީ ކުދިންކޮޅުވިއްޔާ!!

    31
  15. އަހުމަދު

    ކޮންމެސް މީހަކު މީނައަށް ގޮވާބަލަ.

    37
  16. ޒިވީ

    ސީރިއަސްލީ ?

    34
  17. ދިވެއްސެއް ވީމަ ބުނަމޭ

    ކޮސް ގޮވަނީ ގަސްތުގައިތަ

    23
  18. ޙަަރުން

    ހަންމަތަ ކުރާނެ..އަނގަ ފަޅަ ފަޅާ އޮއްވާ ކުރީފަހަރު ވެސް ވެއްޓުނީ.މިފަހަރު ނަތީޖާ ވަރަށް ހިތިވާނެ ކަމަށް ލަފާ މިކުރެވެނީ

    32
  19. ކޮމެންޓު

    މވަރު މީހުންނަށް ވޯޓު ދީގެން ހުރިހާ ބާރެއްދިން ރަށްޔިތުން ބާރަށް އަތްޖަހާ

    28
  20. ޢަބްދުﷲ

    ޝަރީޢަތަކާއި ނުލައި އެއްވެސް ހައްޤެއްނެތި މީހެއްގެ ފުރާނަ ދުއްވާލުމަކީ އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފުކަމެއް! ޝަރުޢީ އަދި ޤާނޫނީ ބޮޑުކުށެއް! އަދި ޤާނޫން އަސާސީ އުވާލުމުގެ ވާހަކައެއް ޤާނޫން އަސާސީއިން ޤާނޫނު ހެދުމަށް އުފައްދާފައި އޮތް މަޖުލީހަކަށް ނުދެއްކޭނެ! އެކަންކުރެވޭނީ ރައްޔިތުންގެ ޚާއްޞަ މަޖުލީހަށް! އިސްލާމްދީނެއް، ތަޢުލީމެއް ތަޖުރިބާއެއް ނެތް އަޚުލާޤީ ފެންވަރު މިހާ ދަށް މަޖުލީހެއް އަދި ނުދެކެން!

    20
    1
  21. Anonymous

    މީނަ ދައްކާ ވާހަކަތަށް މެދަށް ފައިން އަރައިގެން ނޫނީ ދެކޮޅެއް ނުޖެއްސޭނެ. އިސްލާމްދީނުގައި މީހުން މެރުމަކީ ކޮބައިކަމެއް ގާނޫނު ހަދާ މަޖިލީހުގަ ނެތީމަ ދެން ނެތް ބުނާނެ އެއްޗެއް

    18
    1
  22. ކޮމެންޓު

    އިސްލާަމްދީންގެ އަސްލެއް އިނގޭ މީހަކަށްތާ ދީނުގެ އަސްލަކާ ހިލާފު ވާހަކައެއް ދެއްކުނަސް އެނގޭނީ

    27
    1
  23. ޢަލީ އަދު

    ދިވެހިރައްޔިތުން ލަދެއްނުގަނޭތ ބޯހަމަނުޖެހޭ މީހަކު މަޖުލިސްގައި ބައިންދައިގެން އެތަނުގެ ވެސް އަގުވައްޓަމުންދާއިރު....

    22
    1
  24. އަބްދޫ

    މީގެ ކުރިން މެމްބަރަކު އަވަހާރަ ކޮށްލެވުނުކަމަށް ތުހުމަތު ކުރެވެނީތަ ؟

    23
    1
  25. ބެއްޔާ

    މަޖްލިހަކީ ކޮންމެ ކަމެއްކުރިޔަށް ފާފަ ނުވާތަނަެއްކަމަށް ހީކޮށް ރެސޓޯރަންޓްގެ ނަމުގަ ރާބޮވޭގޮތަށް ހަދަންއުޅެނީ. ބަލަ މީހުންމަރާ ވާހަކައަކީވެސް އިސްލާމްދީނާ ޚިލާފުވަހަކއެއް. މީހުންނުމެރުމަށް އަންގަވާފަވޭ. އިސްލާމްދީނާ ޚިލާފުވާހަކަތަކާ ޚިލާފުނޫން ވަހަކަ ނޭނގޭ މީހުން ތިތާނގަތިބީ ތާހިރެއްނޫޏް

    17
  26. ގާތިލް

    ޝަހީދް ޑރ.އަޕްރާޝިމްގެ ގާތިލުން ދިވެހި ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭ..ﷲ ގެ ހުސްތާހިރު ވަންތަކަމާއެވެ....

  27. އަޙްމަދު

    މީހުން މާރާވާހަކާ އިސްލާމްދިނާ ޙިލާފް ނުވަސަބަބެއް ނޭގުނު! ކޮން ދީނެއްގައިތޯ އެކަން ހުދައީ! އެއީ އެއްވެސް މަޖްލީހެއްގައި ދެއްކިގެން ވާނެ ވާހަކަ އެއްނުން! އެފަދަ ވާހަކަ ދައްކަން ތަރުހީބުދޭ މީހަކީ ޓެރެރިސްޓެއް!

    6
    1
  28. ކިނބޫދީދީ

    މިކަހަ ތަންދޮރު ނޭގޭ މީހުން މަށަށް ވާނެއޭކިޔާ ބޮޑެތި ގޮނޑިގޮނޑިއަށް އަރާތިބެ ރޯ އައުގުރާނައެއްނޫން ތިގޮވަނީ، ލަދެއް ޙަޔާތެއް ނެތެއްނޫން

  29. ލަމްޕާ

    މީ ފައްކާ ދިއުޅި އެއްނުވާ ބޯގޯސް މަރުމޯލު ސޮހޮލެއް،، ދުލޔގަ ހައްދު ޖަހަންވީ

    19
  30. ބުނަން!

    ކަލޭމެން ރައީސް ނަޝީދު ދެކެ ރުޅިއެއް އަންނާނެ ކަމެއް ނެތެވެ! އެމަނިކުފާނު މަޖްލިސް އަށް ހޮވިވަޑައިގަތީ މާލޭގެ ދާއިރާއެއްގެ ރައްޔިތުންގެ އަޣުލަބިއްޔަތުންނެވެ. އެމީހުން ވޯޓު ދިނީ މަޖުބޫރުކޮށްގެނެއްް ނޫނެވެ. އެއީ ކޮންކަހަލަ ބޭފުޅެއްކަން އެނގިތިބެ ހިތުންރުހުމުންނެވެ. އެހެންވީމައި ކުރަންވީހައި ވެސް ކަމަކީ، ދިވެހިންނަށް ހެޔޮވިސްނުން ދެއްވަވާތޯ ﷲގެ ޙަޟްރަތަށް ދުޢާ ދަންނަވަންވީ އެވެ.

    6
    2
  31. ވައިޑީ

    ނޯ މައިޑިއަރ އެކަހަލަވާހަކަ ނުދެެއްކެވޭނެދޯ. ކީރިތިޤުރުއާނުގެ ޞަރީޙަ ނައްޞުން ކަމަކާ ނުލައި މީހުން މެރުންވަނީ މަނާކުރައްވާފާ...

  32. ޙހހހ

    މިހާ ނުބާމީހަކު ހޮވިބަޔަކަަށް ސަލާމް

    10
  33. އޮޅުވާލި ވޯޓު

    މަޖިލިހުގަ މީހުންމަރާވާހަކަ ދެއްކޭކަމައް ވާނަމަ އަހަރުމެނައްވެސް ދެއްކޭނެ ބުއްޅަބޭ މަރާލާވާހަކަ މަޖިލިހިގަ ތިބީރައްޔަތުން ހޮވާފަތިބިބައެް ރައްޔަތުންނައް ނެއްގެއެމީހުނަކައްވެސް ނޯންނާނެ މުސްލިމަކައްވެހުރެ ނުދެއްކޭނެ މީހަކުމަރާލާވާހަކައެއް ގަމާރާ

  34. ވާނުވާ

    މި ގަމާރައް އިސްލާާމް ދީން އެގޭނަމަތާ މީހުން މަރަން ގޮވަން މިބުނަނީ މިގައުމަށް ޖެހިފައޮތް ވަބާއެއް ތީ ކެނެރީގޭ ޖާހިކަކީ

  35. ހަސަނާ

    ތިތާގަ އިސްލާމްދީން ނިކަމެތިކޮއް ރަސޫލާއައްފުރައްސާރަކޮއްވެސް ވާހަކަދައްކައިފި އަޑުއިވިވަޑައިނުގަނޭދޯ ސުންނަތްޖަމާތުގެ މުސްލިމުންނައްވުރެ ތިމާރުޅިއަންނަބަޔަކު މިދުނިޔޭގަ ނުތިބޭނެ އެހެންވެތާ ކަލޭގެބާރުގަ ދީނީ އިލްމުވެރިން ސައިޒުކޮއް އަބުރުކަތިލަމުންދަނީ ބަލަގަ ތިތާގަތިތިބަ މީހުނައްވުރެ އިސްލާމީ އިލްމުވެރިންނަކި ގަދަރު އުފުލިގެންވާ ބައެއް..

    10
    1
  36. މޫނު

    ސުބުހާނަﷲ...މި ވަހުތާނަކަށް ނޭގޭތަ އިންސާނަކު މަރާލެވޭނީ އިސްލާމްދީނުގެ އުސޫލުތަކާ ހަމަތަކުން ބޭރުވެގެން ކަމެއް...އިސްތިއުފާ ދީފަ ގެއަށް ދޭ...ސުންޕާ ރޯނުއެދުރު...ތިކަހަލަ ޖާހިލަކު މި ގައުމުގެ ކަންކަމައް ގޮތްކިޔަން ހުނާކަށް އަހަރުމެން ބޭނުމެއް ނުވޭ...އަންނި އިސްތިއުފާ....

  37. Anonymous

    ޙައްޤަކާއި ނުލައި މީހެއްގެ މަރުހިފަން ފާޅުގައި ގޮވުމަކީ ކޮންކަހަލަ ކަމެއްތޯ. އެމީހާ އެއީ ޓެރަރިޒަމްއަށް ހިތްވަރު ލިބޭ ވާހަކަ ދައްކާ މީހެއް ނޫންތޯ. އަދި އޭނާ އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފު ނުވޭތޯ.
    މިއަދު އަންނި މަޖުލީހުގައި އަންނިއަށް ސަޖިދަ ޖަހަން ޖެހޭނެ ކަމަށް ބުނުމުން މެންބަރުން ބާރަށް އަތްޖަހާނެ. އެހެނަސް ތިޔަ ނުބައި ލާދީނީ ފާސިޤް އަޑިނުބައި ޖައްބާރު ބައިގަނޑުގެ ބާރު ދެރަވެ ދެން ތިބީންނަށް އިބުރަތަކަށް ތިޔަ ބައިމީހުންގެ ނިކަމެތިކަން ދައްކަވާނެ އިރާދަކުރެއްވިއްޔާ

  38. Anonymous

    އަޞްލަކާ ޚިލާފު ވާހަކައެއް މީހަކު މަރާލުމާއި ބެހަެގޮތުން ވާހަަކަ ދެއްކުން

  39. ދޮނާ

    ހައްގުން ކަމަކާނުލާ މީހުން މަރާވާހަކަ ދެއްކުމަކީ އިސްލާމްދީނުގެ އަސާސްތަކާ އެއްގޮތް ކަމެއްތަ؟

  40. ޢަޒްރާ

    މަޖިލީހުގަ ނުދެއްކޭނެ ވާހަކަ އަކީ ހަމަ އެކަނި އިސްލާމް ދީނާ ރސއވ ގެ ސުންނަތުގެ ވާހަކަ އެހެން ހުރހާ ވާހަކައެއްވެސް ކަލޭމެންނައް ދެއްކޭނެ

  41. ޔާސިރު

    ޔާ ރައްބު، އަޅަމެން ދިންނަވާފާނދޭ މުނާފިޤު ދޫ ތަކުން.......... ހުރި ހިތާމައެއްގެ ބޮޑުކަމާ.....މި އަމާން އޮމާން މުސްލިމު މުޖުތަމަޢު ޖަހާލަތާ ޝިރުކާއި ހަލާކުގެ އަނދިރި ވަޅުގަނޑަކަށް ވެއްޓި ނެތި ފަނާވެގެން މިހިރަ ދަނީ......އަހަރެމެންގެ ދަރިންގެ މުސްތަޤްބަލަށްޓަކައި އަހަރެމެން މިކަންކަމާއި މެދު ފުންކޮށް ވިސްނާ ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، މާދަމާ ވަރަށްވެސް ހިތިވާނެ.............

  42. އަބުދުބޭ ކާށިދ

    އިސްލާމްދީނާ ޙިލާފައް ކިތައް ގާނޫނުތޯ ހަދާފައިއޮތީ 18 އަހަރުނުވަނީސް މީހުންނާ ނުއިދެވޭ ގާނޫނު ރައްޔަތުން ނުރުހުމުގައި %6 ޖީއެސްޓީނެގުން އިނކަމްޓެކްސް ނެގުން މިހެން ކިޔަމުން ދޭބަލަ އިސްލާމްދީނާ ޙިލާފް ކިތައްކަންތައްތޯ ކުރައްވައިގެން ތިޔައުޅުއްވަނީ އިސްލާމް ދީނުގެ އަސްލޭ ކިޔަން ލަދު ގަންނަންޖެހޭނެ

  43. އަބްދޫ

    އަފްރާސީމް އަކީ މަޖިލީހުގެ މެމްބަރެއް އެ މެމްބަރު އަވަހާރަ ކޮށްލާވާހަކަ ވިދާޅުވީ މަޖިލީހުގެ ރައީސް ވީމަ މީހަކު މަރާލަންވެއްޖެ ނަމަ އޭނަޔަށް އެވާހަކަ ދެއްކޭނެ ކަމަށް އެވިދާޅުވެވުނީ