ރާއްޖޭގައި ކުޑަކުދިންނަށް ކުރަމުންދާ އަނިޔާ ހުއްޓާލުމުގެ ގޮތުން ދައުލަތުން ކުޑަކުދިންނާއި ކުޑަކުދިންގެ ރައްކާތެރިކަމަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް މި ގަރާރު ހުށަހެޅުއްވީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި ކުޑަކުދިންނާއި، އެ ކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ ފަރާތްތަކުން އެމީހުންގެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާ ކުރުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

އަދި މިހާރަށް ވުރެ ބޮޑަށް ދައުލަތުން އެ ފަރާތްތަކަށް ސަމާލުކަން ދިނުމަށާއި ދައުލަތުގެ ފެންވަރުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މިހާރަށް ވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށާއި ކުޑަކުދިން ހައްގުތައް ރައްކާތެރިކުރުމަށް ދައުލަތުން ކުރާ ހޭދަ މިހާރަށް ވުރެ އިތުރު ކުރުމަށެވެ.

މައްޗަން ގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް
މައްޗަން ގޯޅި ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު

ގަރާރުގައި ވަނީ ކުޑަކުދިންނާއި ޅަ ފުރައިގެ ކުދިންނަށް އެއްވެސް ގޮތަކުން ހާނިއްކަކޮށް ޖިންސީ ގޮތުން އަނިޔާކޮށް އެއްވެސް ގޮތަކަށް ތަފާތުކޮށް އެކަށީގެން ނުވާ އިގްތިސާދީ އަދި އިޖުތިމާއީ ކަންތައްތަކުގައި ބައިވެރިކޮށް އެމީހުންގެ ފުށުން ނާޖައިޒު މަންފާތައް ހާސިލް ކުރުމަށް ހަމަ އެކަކު ވެސް މަސައްކަތްކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ގަރާރުގައި ބުނި ގޮތުގައި 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 2177 މައްސަލަ އެ މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، އެ މައްސަލަތަކުގެ ތެރެއިން 1097 މައްސަލައަކީ ކުޑަކުދިންނަށްކުރާ އަނިޔާގެ މައްސަލަތަކެވެ. ކުޑަކުދިންނަށްކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން 314 މައްސަލައަކީ ކުޑަކުދިންނަށްކުރާ ޖިންސީ ހާނިއްކަ ކަމަށް ގަރާރުގައިވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ކުޑަކުދިންގެ ރައްކާތެރިކަން ގާއިމްކުރުމަށްޓަކައި ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރުކޮށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާގެ ފަންނީ މާހިރުން އިތުރުކުރުމަށް ވަނީ ހުށަހަޅައިފައެވެ.

މީގެއިތުރުން އަނިޔާ ލިބިފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ފޮސްޓަ ކެއަގެ ދާއިރާއަށް ދައުލަތުން މިހާރަށް ވުރެ ބޮޑަށް ސަމާލުކަންދީ، އަނިޔާ ލިބިފައިވާ ކުޑަކުދިން ވީހާވެސް އަވަހަކަށް ރައްކާތެރި މާހައުލަކަށް ބަދަލުކުރުމުގެ ކަންކަން ހަރުދަނާ އުސޫލެއްގެ މަތިން ކުރުމަށާއި ރާއްޖޭގެ މުސްތަގްބަލް ކަމުގައިވާ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ކަންކަން އިސްލާހުކޮށް ހަރުދަނާ ކުރުމަށް އިންވެސްޓްކުރާ ވަރާއި، ހަރަދުކުރާ މިންވަރު އިތުރުކުރުމަށް ވެސް ވަނީ ހުށަހަޅައިފައެވެ.

ކުޑަކުދިންނަށް އަޅާނުލާ ފަރާތްތަކާއި އެ ކުދިންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެ ކުދިންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި އެ ކުދިންނަށް ގޯނާކުރާ ފަރާތްތަކާއި، އެ ކުދިންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށާއި، އަނިޔާގެ ޝިކާރައަކަށްވާ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށްޓަކައި ކުޑަކުދިންނާ ގުޅުންހުރި ކަންކަމުގައި، ދައުލަތުގެ އެކިއެކި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށް ވެސް ހުށަހެޅިއެވެ.

އަދި ޖިންސީ ޝިކާރަ އާއި ޖިންސީ ގޯނާ ހުއްޓުވުމަށް ފޮސްޓަ ކެއާ ސިސްޓަމް ގާއިމް ކުރަން ސޯޝަލް ވޯކާސް ތަމްރީނު ކުރުމާއި އިދާރީ އޮނިގަނޑުތަކެއްގެ މަތިން ފޮސްޓަރ ކެއާރ ސިސްޓަމް ހިންގުމަށް ވަކި ސެކްޓަރެއް ގާއިމްކުރުމަށާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ދައުލަތުގެ ފޮސްޓަ ކެއަ ހޯމެއް ގާއިމްކޮށް، ކޮންސަލްޓެންޓުން އަދި ތެރަޕިސްޓުން ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފެކްޓް

    ކިތަންމެ ވަރަކަށް ކުޑަކުދިން ރައްކާ ކުރަން އުޅުނިއްޔާ ކިހިނއް އެކަން ވާނީ ކުޑިން ބޮޑުކުރާ ގޮތާއި މާހައުލަށް ބަދަލް ގެންނަން މުބިންމު ބަދަލްތައް ނުގެނެސް! ގިނަފަހަރު ދަރިން ބޮޑުކުރުމުގައިވެސް މާއަދިއްޔަތަށް ގޮސް ހުސްވެފަ މިތިބެނީ. ދަރިން ބޮޑުކުރުމުގެ އާންމު މަޤްސަދަކީވެސް ދުނިޔެ ހާސިލް ކުރުން ކަމުގައި ވެފަ މިވަނީ.
    ހުރިހާދިމާލެއްގައި އިހުމާލުވުން ހުރި އިރި ހަމައކަމި އެއްދިމާލަކަށް ފޯކަސް ކުރިޔަސް ހާސިލް ވާނީ ކޯއްޗެއް.!

  2. Anonymous

    ﷲ ގަންދީ ބުނަން. ﷲ ބާވައިލެއްވި ޝަރީއަތުގައިވާ ހުކުމްތައް ތަންފީޒު ކުރުމުން ނޫނީ މިފަދަ މުންކަރާތްތައް ނުހުއްޓުވޭނެ. އިސްލާމީ ޝަރީޢަތުގައި މިފަދަ ހައްދުތައް އޮއްވާ ދެން ކޮން ގަރާރެއް ކުންޏެއް ހަދަާކަން.

    3
    1
  3. ހަގީގަތް

    ބައެއް މެންބަރުން މަޝްހޫރު ވާންވެގެން މިހާރަކައްއައިސް މާގިނަ ގަރާރުތައް ހުށަހަޅަނީ..އެއްވެސް ކަމެއް އަމަލުން ފެންނަ ތަނެއް ނުފެނޭ

  4. ހަސަން

    ޒިނޭކުރުމާއިވެސް ދެކޮޅުހަދަންވީ!