ރާއްޖޭގައި ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ބައެއް ސްކޫލްތަކުގެ ދަރިވަރުން އަދިވެސް ތިބީ ގޭގައެވެ. މާލެ ފިޔަވައި އެހެން ހުރިހާ ރަށެއްގެ ގްރޭޑް އެކަކުން ފެށިގެން މަތީގެ ހުރިހާ ގްރޭޑެއްގެ ކިޔެވުން ފެށި އިރު، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭ ސްކޫލްތަކުގައި ކިޔެވުން ފަށާފައި ވަނީ ހަމައެކަނި ގްރޭޑް ނުވައަކުން އިން ފެށިގެން މަތީ ގްރޭޑްތަކަަކަށެވެ. އެހެން ގްރޭޑްތަކަށް ކިޔަވައި ދެނީ އޮންލައިންކޮށެވެ.

އެކަމަކު، ގޭގައި ތިބި އެތައް ކުދިންނެއް މިވަގުތު ތިބީ ސްކޫލަށް ދާން ކެތް މަދުވެފައެވެ. އެ ތަނުން އެއް ކުއްޖަކީ ޒަލަފްއެވެ.

ޒަލަފް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަށް ފޮނުވި ވީޑިއޯ މެސެޖްގައި ބުނީ ސްކޫލަށް ވަރަށް ދާ ހިތްވާ ކަމަށެވެ. އަދި ސްކޫލަށް ގޮސް މަޖާ ކުރަން ބޭނުންވާ ކަމަށް ވެސް ޒަލަފް ބުންޏެވެ. އެ ވީޑިއޯ ޓުވިޓާގައި އާންމު ކުރެއްވީ ވެސް އެޑިއުކޭޝަން މިނިސްޓަރެވެ.

މި ވީޑިއޯ އާންމު ކުރައްވައި މިނިސްޓަރު ވިދާޅުވީ ޒަލަފާ އެކު އެތައް ކުދިންނެއް ސްކޫލަށް ދިއުމަށް ބޭނުންވެފައި ތިބި ކަމަށެވެ. އަދި ދާދި އަވަހަށް ސްކޫލްތައް ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް ހުޅުވާލާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ހުޅުވާލާފައިވީ ނަމަވެސް، ސްކޫލްތަކުގައި ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. ސްކޫލްތަކުގައި މި ފިޔަވަޅުތައް އަޅާފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ތައުލީމީ ވުޒާރާގެ އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެގޮތުން ކަމާބެހޭ ފަރާތްތަކުން ދިން އިރުޝާދުތަކުގެ ތެރޭގައި ސްކޫލަށް ވަންނަ އިރު، މާސްކް އެޅުމާއި ހުން ހުރިތޯ ބެލުން ހިމެނެއެވެ. އަދި ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެނީ ހުން ނުވަތަ ރޯގާގެ އަލާމާތެއް ހުރި ނަމަ، ސްކޫލަށް ނައުމަށެވެ.

އެގޮތުން ސްކޫލްތަކުގައި ގައިދުރުކަން ބެހެއްޓުމަށް ހަނދާންކޮށް ދިނުމަށް ސްކޫލްގެ އެކި ހިސާބުތަކުގައި ވަނީ އިރުޝާދުތައް ހިމެނޭ ލިޔުންތަކާއި ނިޝާންތައް ބަހައްޓައިފައެވެ. ސްކޫލްގެ އެސެމްބްލީގައި ކުދިންނަށް އިޖުތިމާއީ ގައިދުރުކަމާއި ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވަނީ ހަނދާން ކޮށްދީފައެވެ.

މިދިޔަ މާޗް 12 އިން ފެށިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ފަހުން، މި މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މިދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ދަރިވަރުންނަށް ފިލާވަޅުތައް ނަގައި ދިނީ އޮންލައިންކޮށެވެ.

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ދުނާމަ

    ފަޚުރުވެރިވާ ވަރެއް ނޫން. ފަރަންޖީބަހަށް ދަރިން ފަރިތަ ކުރުމަށް ހޭބޯނާރާ މަސައްކަތް ކުރާއިރު މުސްލިމުންނަށް އިސްލާމްދީން ބާވައިލެއްވި ޢަރަބި ބަސް ނޭނގި ޤުރުއާނުގައި އޮތް އެއްޗެއް ނޭނގި، ސުންނަތުގައި އޮތް އެނއްޗެއް ނޭނގި، ޙަދީސް ފޮތްތަކުގައި ހުރި އެއްޗެއް ނޭނގި އިސްލާމްދީން އެނގޭނެ ގޮތެއް މަށަށް ބުނެދީބަލަ؟

    101
    1
    • Anonymous

      އަމިއްލައަށް ގޭގަ ދަސްކޮށްދޭންވީނުން އަރަބި ބަސް . ތިބުނަ ފަރަންޖީބަސް ނޭނގިއެއް ރާއްޖޭގަ ވަޒީފާ ގަނޑެއްވެސް ނުލިބޭނެ. މޮޅެތި ވަހަކަ ނުދައްކާ ހުރޭ

      4
      9
  2. ކިންގް

    އެޑިޔުކޭޝަން މިނިސްޓްރީ އިން ސްޕޮންސަރ ކޮއްގެން މިފަދަ ރިޕޯޓް ލިޔުމަށްވުރެ މިނިސްޓްރީ ދަށުގައިވާ ސްކޫލްތަކުގެ ކަންކަން ރަގަޅުކުރުން މާ ރަގަޅުވާނެ.

    76
  3. ހާލުފޮޅި

    މިދެން ކޮންކަމެއް.. ކުޑަކުއްޖަކު ބުނެފާނެ ކޮންމެފަދަ ކަމެއްވެސް ކުރަން، ދެން ހަމަ ކުސްތަޅާލާއިރަށް އެކަމެއް ކުރަންވީ؟؟ މައިންބަފައިން ޖެހޭނީ މިހާލަތާއި އޭގެ ބިރުވެރިކަން ކުދިންގެ އުމުރާ ގުޅޭގޮތަށް އެކުދިންނަށް ކިޔައިދީ ވިސްނަދޭން.. ވީޑިއޯ ހަދާފަ ފޮނުވުން އެއީ ހައްލެއްނޫން.. އަދި ސްކޫލްތައް ހުޅުވުން ރައްޖާތެރިއެއް ނޫން.. މަށެއް ނުފޮނުވާނަން ހުޅުވުޔަސް..

    87
    4
  4. ކެތި

    ޢަހަރުމެން ނަަންބަރަށް ގުޅިޔަސް ފޯން ނުނަގާ. ހަމަ ކުޑަކުއްޖަކު ކަމެއް ކޮއްލާ އިރަށް އެވީ ދަނޑިން ތަޅާގަންނަންތަ.

    46
  5. މިތާ

    ދަސްވާރު ޕްރޮގްރާމް ހުއްޓާލިކަން އެއީ މިނިސްޓަރ ކުރެއްވި އެންމެ ކޮސްކަންތައް
    މާ މޮޅު ޕްރޮގްރާމެއް ފަށަނިއްޔޯ އެއީ ކޮންއެއްޗެއްކަމެއް ނޭގޭ
    ދަސްވާރުން ހާދަ ކުދިންނެއް އުފެއްދިއޭ ވަކި ވަކިން އިސްކޫލު ތަކުގައި އަހާލަ ބަލަ އެކުދިން މީހާރު ތިބީ ރިސޯޓް ތަކުގައާއި ކުންފުނި ތަކުގެ މަގާމު ތަކުގައި ހުރިހާ ކުދިން ފޮތުން ކިޔަވައިގެން މޮޅެއްނުވާނެކަން އެޑިއުކޭޝަން ގައި މިހާރު ތިބި ޕްލިސީ މޭކަރުންނަށް ނޭގޭތީ ހައިރާންވޭ ....ސްޓޭޓް މިނިސްޓާރ އަބްދުﷲ ރާޝީދު ވެސް ބުނީ ހުރިހާ ކުދިން ގްރޭޑް ދިހެއް ނިންމަން ޖެހޭނެޔޯ ހެޔޮ ދޫ ޔޫ ސެޓެއް ލިބުނުސް ކޮސް މީހުން ކީއްކުރާނީ

    26
    1
  6. ނ

    މިޅު މިނިސްޓްރީ އޮތީ އެފުން މިފުށަށް ޖެހިފައި މިނިސްޓަރ ކަން ދޭން އުޅުނު މީހާ ބުނި މީހަކަށް މިނިސްޓަރ ކަން ދިނުމުން ވާގޮތް މުޅި މިނިސްޓްރީގައި ވެސް މިހާރު ނެތް ތަޖުރިބާ ހުރި މީހެއް
    ދަސްވާރު ހުއްޓާލުމުން މަސައްކަތުގެ މައިދާނަށް ނުކުންނާން ޖެހޭ ކުދިންގެ ދޮރު ބަންދުވީ
    އެއޮތް ކާމިޔާބު ޕްރޮގްރާމް ކިތައް ކުދިން ޑްރަގަށް ވައްކަމަށް ނުގޮސް ސަލާމަތްވި އަދި ކިތައްކުދިން ރިސޯޓް ތަކުގެ ވަޒީފައިގާ އެއުޅިނީ ޑައިވިން ވެލްޑިން ސްނޯކްލިން މައިންޓަނަންސް އަދި އިންޖީނުގެ އަދި އެއަރ ކޯން ހެދުމުގެ މަސައްކަތުގައި ބިދޭސިންގެ ވަޒީފާތައް ދިވެހި ކުދިން އެފުރަނީ

    20
  7. ނުދަންނަ މީހާ

    ކޮބައިހޭ ދަސްވާރު ހުއްޓާލީ ކީއްވެހޭ ؟
    އެންމެން ފޮތުން ކިޔަވައިގެން މޮޅެއް ނުވާނެއޭ
    ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި އޮވެއޭ
    ޗައިނާ ޖަޕާން ކުރިއަރާ ދިޔައީ ދަސްވާރު ރަނގަޅަށް ހިންގިގެނޭ
    ވެރިކަން ހޯދަން ކިތަން މެ މޮޅަސް ވެރިކަން ކުރާކަށް މޮޅެއް ނުވާނެ

    27
  8. ބިރުވެރިކަން ކުޑައެއްނުވޭ

    ކުޑަ ކުއްޖެއްގެ ބޮލުގަތޯ މިއަޅުވަނީ؟!
    ކިހިނެއް ސްކޫލަށް ގެންދަންކެ ރޭނީ

    29
  9. ބަޑިތަކުރު

    މިވެސް ކޮންމެވެސް މީހަކު މަޝްހޫރުވެލަން ކުރުވިކަމެއް. މިހާރުދެން ކުޑަކުދިންލައްވާ ވީޑިޔޯހަދާ ރައިވަރުކިއުއްވާ މިކހަލަ ކަންތައް މިކުރަނީ ހަމަ މަޝަހުރުވާން.

    35
  10. ޙަސަނާ

    ގިނަމީހުންބޭނުންވަނީ ދަރިން އިގިރޭސިކުރުވަން

  11. އައިންތު

    މާ މޮޅު ކަމެއް ތިކުރެވުނީި ކީއްވެތަ އަހަރުން ގުޅީމަ ފޯނު ނުނަގަނީ

    14
  12. އެމަންޖެ

    އަހަރެންގެ ދަރިޔެއް މިވެރިކަމަކު މިއަހަރު އަދި އަންނަން އޮތް އަހަރުވެސް ރާއްޖޭގެ ސުކޫލަކައް ނުގެންދާނަން.

  13. ހުސެން

    ވަރަށް ސަޅި ޑްރާމާ.. އަހަރުން މިތިބީ ހެދިފަ