ފަހަކަށް އައިސް މުސާރައިގެ މައްސަލައިގައި ބިދޭސީން ކުރަމުން ގެންދާ މުޒާހަރާތައް ރާވައި ހިންގުމުގައި ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހުން އުޅޭ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފިއެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ގޮވާލައި އަބަދުވެސް އެންމެ ގިނައިން ވާހަކަދައްކާ ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ބަންގާޅީންގެ މުޒާހަރާތައް ލީޑް ކުރަނީ އިންޑިއާ މީހުން" ކަމަށެވެ.

"ބަންގާޅީންގެ މުޒާހަރާތައް އިންޑިއާ މީހުން ލީޑްކުރާތަން މިފެންނަނީ. އިންޑއާއާއި މިހާ ގާތްކޮށް އުޅޭއިރު މައްސަލައިގެ ހައްލަަށް ވާހަކަ ދައްކާ ގޮތެއް ހޯދުމުގެ ބަދަލުގައި އިންޑިއާ މީހުން ބަންގާޅީން ފަހަތުލައިގެން ނުކުމެ ކުރާކަމެއްވެސް ބަލަންވެއްޖެ ހެން ހީވަނީ." ރީކޯ މޫސަގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ އިލްޔާސް ހުސައިން އިބްރާހިމް މުޒާހަރާ ކުރި ބިދޭސީއެއްގެ ވީޑިއޯ ރީޓްވީޓް ކުރައްވަމުން ވިދާޅުވީ "އިންޑިއާ މިވަނީ މީގެ ތެރެއަށް ފުންކޮށް ވަދެފައި" ކަމަށެވެ. އިލްޔާސް ވަނީ އިންޑިއާ އިން މިކަމުގެ ތެރެއަށް ވަދެފައި ވާތީ "ހޭ އަރަން" ނަސޭހަތް ދީފައެވެ.

ބިދޭސީންގެ މުޒާހަރާތައް ހިންގުމުގައި އިސްކޮށް އިންޑިއާ މީހުން އުޅޭކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާއިރު އިންޑިއާ އިން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމަށް ބުނެ ގިނަ ދިވެހިން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ބިދޭސީން މިދިޔަ ހުކުރު ދުވަހު ބ.އަތޮޅު ބޮޑުފިނޮޅުގައި މުޒާހަރާކޮށް، ދިވެހިންތަކެއް ރަހީނުކޮށް އެރަށުގައި ހުރި ވަރަށް ގިނަ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. އަދި މިހަފްތާގައި ހުޅުމާލޭގައި ބިދޭސީންތަކެއް މުޒާހަރާކޮށް، އެމީހުން މަސައްކަތް ކުރަމުން ގެންދިޔަ ފްލެޓްތަކަށް ވަނީ ގެއްލުން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ކޮމެންޓު

  އިންޑިއާ މީހުންނެއްނޫ އިންޑިއާގެ އޭޖެންޓުން

  72
  1
 2. މާމީ

  2018 ގައި ވެރިކަން ބަދަަލުކުރަން ރާވާދިނުމުގަ އިސް މޭސްތިރިންނަކީ އިންޑިއާމީހުން ކަން ދިވެހި ރައްޔިތުން ގަބޫލު ކުރޭ، ތިއަކީ މާބޮޑު މައްސަލައެއް ނޫންދޯ،،،،، މިސުލޯސަރުކާރަކައް.

  41
 3. އަންނި

  އިންޑިޔާ ބޮލުގަ ތިޔަކަހަލަ އިލްޖާމް ނާޅުވާ.

  5
  49
 4. އެމަންޖެ

  އަންނިގެ ރޭވުން ތެރިކަން ވަރައް ފުރިހަމަ ކަމާއެކު ފެނިގެންދާނެ ކެތެރި ވެލައްވާ.

  34
  2
 5. ބަންގާޅު ބެކްޔާރޑް އިންޑިޔާ ކޯޓްޔާރޑް

  ފީސިބަލް..ޔޭސް!!!
  ރާއްޖޭގެ ވެރިކަން ފަސޭހައިން މިލިޓަރީ ނުގެނެސް އިންޑިޔާގެ ދަށަށް ގެންނަން އިންޑިޔާއިން ހަތިޔާރު ކޮންޓެއިނަރެއްގެނެސް ބަންގާޅީންނާ ހަވާލު ކޮއްލަން ހަމައެކަނި ޖެހޭނީ. ބޭރުން ހަތިޔާރު ނުގެނަޔަސް އެކަން ކުރެވިދާނެހާ ގިނަ ފޮރިނާރސް ނައު!!! ހުރިހާ ފުލުހުންނާ ސިފައިން އެއްކޮށްލިޔަަސް ރާއްޖޭގަތިބި ބަންގާޅީންގެ އަދަދާ ކައިރި ނުކުރެވޭނެ!!!
  އެމީހުން ނުވައްދާ، އެކްސެސް ނުކުރެވޭ ދޭތެރެއެއްނެތޭ އަހަރުމެންގެ މި ފަސްގަނޑުގަ. ސަރުކާރުން ބިދޭސީންނަށް އެއްވެސް ކަމެއްގަ ނޭރޭ އަތޮޅު ތަކަކާ ރައްތަކެއް ކަނޑަ އާޅާފަ އޮންނާނެނަމަ ދޯ. އަވަރ އޯން "ފޯރބިޑެން ސިޓީ" އެތަނެއް ސަރުކާރުން ތަރައްގީ ކޮށް...ދިވެހި ވަންތަ ޕިއުރ ރައްތަކެއް.

  19
  2
 6. ޢަންސާރު

  ގައުމުގެ މުއާތިނުންނޭ ގައުމުގެ ދަރިންނޭ ދިވެހި ގައުމު ސަލާމަތް ކުރަންޖެހޭ ވަގުތު މިވަނީ ވަރަށް ބޮޑަށް ބޮމަތި ވެފަ..ޔާ ﷲ އަނިޔާވެރިން ބަލިކަށި ކުރައްވާނދޭވެ..އާމީން

  36
 7. މ

  ތިޔައީ ވަރަށް ބޮޑު ތެދެއް ބިދޭސީން ނޭ ބުނާ ކޮންމެ ފަހަރަކު ބަންގާޅު މީހުންގެ ބޮލުގައި މިއަޅުވަނީ މިއީ އިންޑީޔާގެ ރޯ އެޖެންޓުން އަޑީގައި ތިބެގެން ކުރުވާ ކަމެއް މިކަން ރާއްޖޭގެ ސިއްރު ފުލުހުން ހޯދާންޖެހޭ... އަފްރާޝީމްގެ މަރުގެ މައްސަލާގައި ވެސް އިންޑީޔާގެ ރޯ އެޖެންޓުން ރޯލް އޮތް ކަމަށް ބުނެވެނީ އަދި ޚަރަދު ކުރުމުގައި ވެސް

  26
 8. ފެކްޓް

  އެއްވެސް މީހަކު އެއްވެސް ތަނަކަށް އެއް ވަންނާކަށް ނުޖެހޭނެ ކަލޭމެން އެމީހިންގެ ޙައްޤުތައް އަދާކުރާނަމަ. މަސަކަތްކޮށްފަ އެކަުންތައް ލާރި ވަނީމަ ކަލެމެނަށް އެނިމުނީ. މިމީހުންގެ އެކަނި ހައްޤުތަކަކާއި ޢިއއއްޒަތެއް ހުންނަނީ!
  އަނެއްކޮޅުން ބިދޭދީންގެ ކަންކަން ނުބެލެއްޓި ބޮއްސުންލާފަ

  12
  5
 9. އިޔެ1

  އިންޑިޔާގެ ޖާސޫސީ އިދާރާ ރޯގެ އެޖެންޓުން އެންމެ ހީނުކުރާހާ ދިމަދިމާގައި އުޅޭ. އަދި ޗައިނާގެ އެޖެންޓުންވެސް އުޅޭ.

  20
  2
 10. ޞައްތި

  އިންޑިޔާމީހުން އެމީހުންގެ ރައްޔަތުން ބޭނުންކޮށް މުޒާހަރާތަކުގަ ލީޑުކުރަމުންދަނީ ވަރަށްވެސް ކެރިގެން. އެމީހުންނަށް އެނގޭ މިތާގަ އެމީހުން ބަހުންނަމަ އިންޑިއަން ފައުޖީންގެ 50 އަށްވުރެގިނަ ސިފައިންގެ ފޯސް އެއް އެބައޮތްކަން. ކާބަފައިންގެ ޒަމާނުއްސުރެ އެމީހުންގެ ވިސްނުން އޮތީ މިތަނުގެ މަންފާއާއި ބާރު އޮންނަން ޖެހޭނީ އެމީހުންގެ ކޮންޓްރޯލް ދަށުގައިކަމަށް. ޢެމީހުން ގައުމުގަ ތިބި މިލްޓަރީން އޮޕަރޭޓްކުރާ ރާޑަރުވެސް ބަހައްޓާފަ އެހުރީވެސް އެ ބޭނުމުގަ

  25
 11. ޒާ

  އިންޑިއާއެއް ޕާކިސްތާނެއް ކިޔާނެ ކަމެއްނެތް. އެމީހުން ލައްވައި ވަރުބަލިވަންދެން މަސައްކަތް ކުރުވާފައި އެތައް މަހެއްވާއިރު މުސާރަ ނުދީ ލިބޭހާ ލާރި ތިމާމެންގެ ޖީބަށް ލައި ތިމާމެން ކައިބޮއި އަނބިދަރިންނަށް ކާންދީ ހަދާއިރު ހިތަށް ނާރާ އެމަސައްކަތް ކޮށްގެން ލާރި ހޯދައިދިނީ އިންސާނުންކަމާ އެމީހުންގެ އަނބިދަރިން މައިންބަފައިން ތިބީ ނުކައި ނުބޮއިކަން. ދެން ކޮން ގައުމީ ސަލާމަތެކޭ ކިޔައިގެން ވާހަކަ ދައްކާކަށް.

  9
  7
 12. ކަނޭ

  ވަގު މެޑަމް އޮފީހުން ރާވަނީ

  4
  21
  • ޖަޒީރާމަނިކު

   މިހާރުގެ މެޑަމް އަކީ ބާޣީ ސިއްކައިގެ ދަރި ފަޒުނާ.

   30
 13. ބާނީ

  އިންޑިޔާގެ ގެރިމޯދީގެ އައުވާނުން

  29
 14. އިންސާފު.

  ވަރަށް ޤަބޫލުކުރެވޭ ވާހަކައެއް. އެންމެ ފަހުން ފުލުހެއްގައި މުޒާހަރާއެއްގެ ތެރެއިން ޖެހީވެސް އިންޑިއާ މީހެއްކަމުގައި ބައެއް ނޫސްތަކުގައި އޮތް. ބަންގާޅީން ލައްކަދުވަސް ވެއްޖެ މިތާ އުޅޭތާ އެހާލެއްގައި. އެވަރުގެ ބޮޑެތި ކަންކަން ރާވާ ހިންގާ ތަނެއް ނުފެނޭ.

  24
 15. އަމްރިޝްޕޫރީ

  ހެހެހ އިންޑިޔާ ސަރުކާރުން ސީދާ "ރޯ" އިން ރާއްޖޭގައި ގަޑުބަޑު ހައްދަން އުލޭތާ ކޮންޒަމާނެއް، އެކަން ހުއްޓިފަ އޮތީ މިދިޔަ 5 އަހަރުގަ! ފުރަތަމަ ތި ބަގުލާދޭޝް ސަރުކާރަށް ޕްރަޝަރު ކޮށްގެން އެމީހުން މިތާ ވަޒަނަވެރިކުރަން ޑޮކިއުމެންޓް ހައްދާނުދޭން ބާރުއަޅަނީވެސް ސީދާ އިންޑިޔާއިން! ދެން އިލެކްޝަނުގެ ވާހަކަ އިހަށް ބާއްވަމާ ދީ!

  15
 16. ނުލަފާ

  ގަބޫލު ކުރެވޭ! ސަރަހައްދުގެ ގައުމުތަކުގައި ހަމަނުޖެހުން ހިންގުމުގައި އިސްވެތިބީ އިންޑިޔާ މީހުން! ރާއްޖޭމިނިވަންކަމަށް އެންމެގިނައިން ހަމަލާދީފައިވަނީވެސް ތިމީހުން! އިނގެރޭސިންނަށްވުރެ 1000 ގުނަ ނުލަފާބައެއްތީ! ބަލާބަލަ މަލިކުވެސް ފޭރިގަނެގެން! ވިސްނަބަލަ!

 17. ޙަސަނާ

  މިރައްޖެގާ ހިންގާ ވަރައްގިނަޖަރީމާތަކެއް ސުޕޮންސަރ ކުރަނީ އިންޑިއަން ހައިކޮމިސަނުން މިގައުމު ކުރިއެރިއަނުދޭން އަޅުވެތިކުރަން އުޅޭބައެއް އެއީ..

 18. ދިވެހިލޭ

  100% އިންޑިޔާގެ އެޖެންޓުން މި ޤައުމު އަތްދަށުލުމުގެ މާސްޓަރ ޕްލޭންގެ ދަށުން ރާވާ ހިންގާ ކަމެއް ތިއީ.

 19. އިބުރެ

  ތީ ސީރިއަސް ކަމެއް ..ޖުލައި 15 ގަ ރާއްޖެ ޓުވަރިސްޓުންއަށް ހުޅުވާލާ ވާހަކަ މުޅި ދުނިޔެ ކެއްމަދު ވެފައިވާ މި ދަނޑިވަޅު ތީ ހުއްޓުވަން ޖެހޭ ކަމެއް..ސަބަބަކީ މި ރާއްޖެއަށް ހެވެއްއެދޭ އެއްވެސް ބިދޭސީއެއް މި ޤައުމުގަ ނޫޅޭނެ..ހުއްޓުވޭނެ ގޮތަކަށް ހުއްޓުވުން ވަރަށް މުހިންމު

 20. ކަހުރަބު

  އެހެންވެ އަހުން ބުނަނީ އެމް ޑީ ޕީ އެންމެނަކީ ލާދީނީ ޣައްދާރުންނޭ