ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މަސައްކަތް ހުރީ "ދުނިޔޭގެ ބަޔަކު ފިތްކަނޑައިގެންދާ" މިންވަރަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މެމްބަރުންނަށް ވަރަށް ބޮޑަށް މިއަދު ތައުރީފް ކުރައްވައިފިއެވެ.

މަޖިލިހުގެ ޖަލްސާ ހެނދުނު ސަޔަށް މެދުކަނޑާލެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން 19 ވަނަ މަޖިލިސް އިންތިހާބު ކުރީ ތަފާތު ކަންކަން ކުރާން ކަމަށެވެ. އަދި އުނދަގޫ މައްސަލަތައް ރާއްޖޭގައި އޮތީމަ، އެ މައްސަލަތަކާ ގުޅޭ ގޮތުން ހައްލު ހޯދައި ބަހުސް ކުރަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއަށް ފަހު، ނަޝީދު ވަނީ މެމްބަރުންނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި މަރުހަބާ ދަންނަވައިފައެވެ.

"މެމްބަރުން ތި ގެންދަވަނީ ދުނިޔޭގެ ބަޔަކު ފިތްކަނޑައިގެންދާނެ މިންވަރަށް ސާބިތުކަމާ އެކީގައި އެ މަސައްކަތް ކުރަމުން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ހުރިހާ މެންބަރުން އެއް ވިސްނުމެއްގައި، އެއް އަމާޒެއްގައި ތިބެވިއްޖެ ނަމަ، މި ޖީލަށް ދިމާވަމުންދާ މައްސަލަތައް އަންނަން އޮތް ދަރިންގެ ޖީލަށް ދިމާނުވެ ހޯދިދާނެ ކަމަށެވެ. އަދި މެމްބަރުން އިންތިހާބުވީ އެ ސަބަބާ ހުރެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލިހަށް ހުށަހަޅާ މައްސަލަތަކުގެ ޒާތުގެ ސަބަބުން މެންބަރުން ކަންބޮޑުވެގެން އުޅެނީ ކޮންމެ ވެސް އެއްބަސްވުމެއް، ކޮންޓްރެކްޓެއް ނުވަތަ ބިޑެއްގެ މައްސަލައަކާ ގުޅިގެން ކަމަށް ބަޔަކު ހިތަށް އެރި ނަމަވެސް މެންބަރުންގެ ކަންބޮޑުވުން ގުޅިފައިވަނީ ސީދާ ރައްޔިތުންގެ ކަންކަމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެގޮތަށް ވިދާޅުވި އިރު، މެމްބަރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މިދިޔަ މެއި މަހުގެ ޗުއްޓީ ނުންނަގަވައެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށް ދާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. އަދި މެމްބަރުން މެމްބަރުން މެއި މަހުގެ ތެރޭގައި ޗުއްޓީ އަށް ވަޑައިގަންނަވާ ގޮތަށް މަޖިލިހުގެ ގަވައިދުގައި އޮވެއެވެ.

އެކަމަކު، ކޮވިޑް-19 އާ ގުޅިގެން މަޖިލިހުގެ މެމްބަރުން ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ބޯގޯސް

    ތިކަމާ ހު ރެ ދުނީޔޭގެ ހިނގުމައް ވެސް ވަނީ ބަދަލު އައިސްފަ ބި ރުން ފިއްކަނޑައިގެން ގޮސް ބައެއް ބައް ރުތައްހު ރީ ޗާ ރޓްން ފޮހެވިފަ މަށައްހީވަނީ މިއަދު ވަގައްނަނަވެސް ތާކުން ތެޔޮބިޑިއެއްނަމަސްވެސް އަނބު ރައިގެން ބޮއެގެން މުޅިގައިގަ ވަށައިގެން އައިސް އިންދުވަހެއްހެން އެހެންވެ އެހާ ހޭވެ ރިކަން ވެފަ ތިޔަހު ރީ

    83
  2. ނަޖްވާ

    ކޮބާތަ ކުރާ ބުރަ މަސައްކަތަކީ؟ އެތަނަށް ގޮސް ބައިސާ ކެނޑިޔަސް އަދި އެއީ މަސައްކަތް ކުރެވެނީކީ ނޫން ދޯ؟ ރައްޔިތުންނަށް އަސަރު ކުރާ ބޮޑެތި ކަންކަމުގައި ޤާނޫނު ހަދާ އެކަންކަން ތަންފީޒީ އިދާރާތަކުން ކުރޭތޯ އެ މީހުން ޖަވާބު ދާރީ ކުރުވަން އެބަ ޖެހޭ އެންނު!

    55
  3. ބިސްބުރު

    ރައްޔިތުންގެ މަޖިލީހަކީ ﷲ ގެ މާތް ހުކުމްފުޅުތައް ބަދަލުކުރާ މުރުތައްދުން އުޅޭ ތަނެއް.

    ﷲ ވަޙީ ކުރައްވާފައިވަނީ:
    މާނައީ: "އަދި الله ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާމީހާ ދަންނާށެވެ!  ފަހެ، އެއުރެން އެއީ
    ހަމަ ކާފަރުންނެވެ."

    އަދިވެސް  ވަޙީކުރައްވާފައިވެއެވެ. މާނައީ: "އަދި ތިޔަބައިމީހުން އެކަމަކާމެދުގައި ޚިލާފުވާ ކޮންމެ ކަމެއްގެ ޙުކުމް ކުރެއްވުންވަނީ، الله އަށެވެ. އެއީ الله އެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެއަށް ތިމަންކަލޭގެފާނު ވަކީލުކުރައްވައިފީމެވެ. އަދި ތައުބާވަނީ ހަމައެކަލާނގެ ޙަޟްރަތަށެވެ."

    އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.
    މާނައީ: "ނުވަތަ الله އިޛްނަ ދެއްވާފައިނުވާ ދީނެއް، އެއުރެންނަށް، ޝަރުޢުކޮށް ކަނޑައަޅައިދިން ޝަރީކުންތަކެއް އެއުރެންނަށް ވޭހެއްޔެވެ؟

    އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.
    މާނައީ: "އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި
    ވަޙީކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ޙުކުމްވެރި ކޮށްފުމަށް ދާންދެން، އެއުރެން އީމާނެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން އެ ނިޔާއަށްފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ."

    55
    1
  4. ކާފަ

    ތަޅާފަޅާ ހަދާއި މުޖުތަަމަޢު ބަލާ ނުގަންނަ ވާހަކަ އާއި މަންޒަރުން ދުނިޔެ ފިއްކަޑަައިގެން ދާނީ.

    64
  5. އެޑިޓް

    އަނެއްކާ އަނެއް އައުގުރާނަ..! ރޯމާ ދުވާލު!.......

    56
  6. އޮރެންޖު

    ތީ މަޖުލީހެއްތަ. ތީ އެމްޑީޕީ ހަރުގެ. ލަދެއް ހަޔާތެއް ހުންނަ މީހެއް ނޫން. ޔަހޫދީ ކަލޭގެ. މިހާރުގެ މަޖުލިސް ތީ ގައުމުގެ ހަލާކު. ގައުމުގެ ރިވެތި ފޭރާން ވީދާލުމަށް މަސައްކަތް ކުރާ ތަން.

    60
  7. ލ

    ބޭކާރު ގަރާރު ވައްދައިގެން ޚަރަދު ކުރުން

    53
  8. ބޭރުމީހާ

    ތިޔަ ވާހަކަ އާ ދެކޮޅު ހެދޭކަށެއް ނެތެވެ. ފަހެ، ތިޔަ މަޖިލީސްތެރޭގައި ބޮޑެތި މާރާމާރީ ހިންގައި ބައެއްމީހުންގެ މޭކަށިގަނޑު ފުނޑު ފުނޑު ކޮށްވެސް އެބަހަދައެވެ. މިހިރީ ހައްތާވެސް ފިއްކަނޑައިގެން ދާވަރުގެ ކަންކަން ނޯންތޯއެވެ؟

    56
  9. ޔެސް

    އާކަލޯ އެމީހުންގެ މަސައްކަތްފެނިފަ އަހަރެން ދެފައި ކާރިކޮށްލަން ނުކެރިފަ މި އިނީ

    45
  10. އާދަނުގެ އަނބި މަރިޔަބު

    މިއަދު މީޓަރ އަޅައިގެން ޓެސްޓްކޮއްލިނަމަ ދުނިޔެ ފިތްކަނޑައިގެން ދާވަރަށް ޕޮޒިޓިވް ވާނެ

    38
  11. އަބްދޫ

    މެމްބަރުން ލައްވާ ގާނަގާ ގާތެޅުމެކޭ އެއްފަދަ ކަންކަން ކުރުވާނަމަ އެންވައިރުމަންޓަށް މެމްބަރުންގެފަރާތުންވާނީ ގެއްލުން .ގާނުނުއަސާސީގައިވާގޮތުން މަޖިލީހުން ކުރާކަމަކީ ގާނޫނުހެދުން. ގައުމުގެ އެންމެމަތީވެރިޔަކީ ރައީސުލް ޖުމްހޫރިއްޔާ، ދެން ނާއިބުރައީސް ދެންވަޒިރުންނާ ވުޒާރާތައް. މިއަދު މިފެންނަނީ ވަކި މީހަކު ވެމްކޯއަށް ކުނިނަގާމަސައްކަތު މީހަކަށް ލައިފިނަމަ އެމިހަކު ގައުމުގެ ވެރިމީހަގެ އިތުރުންވެމްކޯގެ ވެރިޔަކަށް ވެގެންދާތަން. މިހާރު މިވަނީ ގާނޫނުއަސާސިއާއި ހިލާފަށް މަޖިލީހުގެ ރައީސް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު ފުރުއްވާ މަޖިލީހުގާ ތިބި އަކުރު ނުދަންނަ އިއްޒަތްތެރި މެމްބަރުން ވަޒީރުނަށްވެ މިނިސްތަރުން އެ މެމްބަރުންގެ ނޯކަރުންނަށްހަދަ ދެދަލަޔަށް މަޖިލީހަށް ވައްދާ ބައްތީގެ ފިތަޔަށް ލެއްވެވަރަށް ހިމަކުރާތަން. މިއީތޯ ގައުމު ހިންގަން ގަނޫނުއަސާސިގަ އޮތްގޮތަކީ . ގާނެގުމުގެ މަސައްކަތް ކުރެވޭނަމަ މެމްބަރުންނަށް ބުރަ ބޮޑުވާނެ. ގާނޫނުއަސަސީގަ އިވުން މަސައްކަތް ކުރާނަމަ މެމްބަރުން ތިއްބަވާނި އިއްޒަތްތެރިންގެ ގޮތުގާ. އިއްޒަތުގާ މަސައްކަތް ހިގަމުންދާނެ. ގައުމު އޮމާންކޮށް ހިގަމުންދިޔައީސް.

    21
  12. ހަސަނާ

    ހީކުރަނީ ތިމާނޫނީ މ8ގައުމައްހެވެއް އެދޭ އެހެންމީހަކުނެތޭ ތިމާނޫނީ މިގަުމުގަވެރިކަން ކުރެވޭނެމީހެއްނެތޭ އަހަރެންނޫންމީހަކު ޓިވީއަކުންފެނުނަކަނުދޭނަމޭ ރައީސްކަމުގަވެސް އެހުރީ ތިމާ ދިނީމަ ވެރިކަންލިބިފަހުރި މީހެކޭ....

    23
  13. ތާކިހާ

    އެހެންވެގެންދޯ އިންކަމްސަޕޯރޓް އެލަވަންސް ކޮޅުވެސް ނުލިބިގެން މިއުޅޭނީ. ހެޔޮފުޅުކަމުންދޯ މިކަމަށް ހޮޓްލައިންއެއްވެސް ހުޅުވާލަންނުކެރިގެން ތިޔައުޅެނީ ، 1475 ކަށް ގުޅިމަ ނިކަމެތި ރައްޔިތުން ހަމަ ފޯނުމެދުވެރިކޮށްވެސް ފެލަނީ. ލަދު ކޮބާ

    26
  14. އަބްދޫ

    ގާނޫނުއަސަސީގެ 106 ވަނަ މާއްދާގަ ވަނީ ގާނޫނުއަސަސިގައިވަގޮތުގެ މަތީން ވެރިކަން ހިންގިމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔައަށް ކަމުގާ އަދި ދަވްލަތުގެ އެންމެ މަތީ ވެރިޔަކި ސަރުކާރު ހިންގުމުގެ އެންމެ މަތި ވެރިޔަކީ ރައިސުލް ޖުމަހޫރިއްޔާކަމުގާ. ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގަ އެބަބުނޭ ރައީސުލް ޖުމްހުރިއްޔާ މަސްއޫލިއްޔަތު އަދަނުކުރާ ނަމަ މަޖިލީހުގާ ވޯޓެއްނަގާ މަގާމުން ދުރުކުރެވިދާނެކަމަށް .މިހާރު ރައީސުލް ޖުމަހުރިއްޔަ ހިންގަވަންޖެހޭކަންކަން މަޖިލީހުގެ ރައީސް ކުރައވަންފަށައިފިނަމަ ރައީސުލް ޖުމްހޫއިއްޔާ މަގާމައަދާކުރުމުގަ ނާގާބިލްވުން ނުވަތަ އުޒުރު ވެރި ވެއްޖެ ކަމަށް ފެންނަ ހިސާބަށް އެވަނީދެވިފަ . އެހިސާބުން ރައިސުލް ޖުމަހޫރިއްޔަ މަގާމުންދުރުކުރުމުގެ ކަންކަން މަޖިލީހުން ކުރަންވާނެ. މަޖިލިހުގާ އެކަންކުރުމުގެ ކުލަދާނަކަން ނެތިއްޖެ ނަމަ އެކަންކުރަާނެ އެހެންބަޔަކު ތިބްޖެހޭކަމަށް ގަނޫނުއަސަސިގަ ސާފުކޮށްނެތީ ރައްޔިތުންއަތްމައްޗަށް އެބާރު ދެވިފަ އޮތީމަކަން ގާނޫނުއަސާސީގެ 4 ވަނަ މާއްދާއިން އެބަދޭހަވޭ 4 ވަނަ މާއްދަގަ ބުނަނީ ބާރުތައް ފެށިގެން އަންނަނިއަދި ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގަކަން. މީގެމަނަޔަކި ރައިސުލްޖުމްހޫރިއްޔާ މަސްއޫލިއްޔަތު އަދާކުރައްވަމުންނުދާނަމަ އަދި މަޖިލީހުން ރައިީސްުލްޖުމަހޫރިއްޔާ މަގާމުންދުރުކުރުމުގެ މަސްއޫލިއްޔަތު އަދަނުކުރާނަމަ ރައްޔިތުން އެބާރު 4 ވަނަ މައްދަގައިވަފަދައިން އަލުންލިބިގަންނަން ޖެހޭނެކަން.

  15. Anonymous

    އަސްލުވެސް ފިތްކަނޑައިގެންދޭ މަސައްކަތްތައްފެނިފައި. މެންބަރުން މަޖިލިސް ރައީސްގެ އެންގުމަށް މެންބަރު ޝިޔާމް ތަޅައި އަނިޔާވެރިކޮށް މަޖުލީހުން ބޭރުކޮށްލި ދުވަހު ވެސް ބިރުން ފިއްކަނޑައިގެން ދިޔަ ޝިޔާމް އަނެއްކާ މިހާރު މިހާރުވެސް އެންމެ އަޑުގަދަ މެންބަރުންނަކީ ކުރިން ރައީސް ވަޙީދު މަޖުލީހުގައި ވާހަކަ ދެއްކެވި ދުވަހު މަޖުލީހުގައި މެންބަރުން އެ ދެއްކެވި އާދަޔާއި ޚިލާފް ކެތްތެރިކަމާއި ރިވެތި އަޚްލާޤް ފެނިފައި ހަމަ ބިރުން ފިއްކަނޑައިގެންދޭ. އަނެއްކޮޅު ޤާޟީއަކު ކާޓޫނަކަށް ލައިކެއް ދީގެން މަޖުލިސް ރައީސް އެދަންވަރު ގޮސް ޖުޑީޝަލް ކައުންސިލް ބާއްވައި ޤާޟީއަށް ފިޔަވަޅު އަޅަން ނިންމައި، އަނެއް ދުވަހު މަޖުލީހަށް ގޮސް ޤާޟީ ވަކިކުރަން ނިންމައި، ހަމައެދުވަހު ޖުޑީޝަލްއަށް ގޮސް މަޖުލީހުން ޤާޟީ ވަކިކުރަން ނިންމާފައިވާތީ ވަކިކޮށްލުމަށް ނިންމި ނިންމުމުގެ ނަޒާހަތްތެރިކަން ފެނިފައި ތަލިން ކުޅުހިކޭހާވަރަށް ފިތްކަނޑައިގެންދޭ.
    ދެން މިހާރު އިއްޒަތްތެރި މެންބަރުން ފުލުހުންނާއި ބެހޭ ގޮތުން އެފާޅުކުރަމުންދާ ޚިޔާލާތު ތަކާއިހުރެ ރައްޔިތުން ފުލުހުންނަށް ކުރާ ތަޢުރީފް ފެނިފައި ގައުމުގެ މިދާ މިސްރާބުން އުފާކޮށް ފިތްކަނޑައިގެންދޭ

  16. ހުސެން

    ތެދެއް އެހެރަ ނައިފަރު މެމްބަރު ތަޅާލި ގޭންގުގެ އެ މަންޒަރު މުޅި ދުނިޔެ ބަލައިފި .ދެން ފިއް އެކަނި ނުން ކެނޑެނީ.ހޭ ވެސް ކެނޑޭނެ.

    18
  17. ހަމަރަނގަޅައްވެސް

    ދުނިޔެ ފިއްކަޑައިގެންދާނެތާ އިންސާނުން އުޅެން ޖެހޭތަނެއްގަ ޖަނަވާރުންއުޅޭހެންއުޅޭބަޔަކު ފެނުނީމާ އެމީހުންވެސް ހިޔެއްނުކުރާނެދޯ މިޤައުމަކީ މިކަހަލަ ބަޔަކުއުޅޭތަނެއްކަމެއް

  18. ދުންތަރި

    ނާހަމަ ހެޔޮކޮށް ތިޔަ ބުނީ ލާދީނީ އެމް ޑީޕީ މުޖުރިމުން މަޖިލީހުގަ ހިންގާ ޖަރީތަށް ފެނިފަ މުޅި ދހުނިޔެ ބިރުން ފިއްކަނޑައިގެންދާވަރުގެ ނުރައްކާ ޖަރީމާ ލާދީނީ އެމްޑީޕީ މުޖުރިމުން ކެނެރީ މަޖިލީހުގަ ހިންގަނީ ދުނިޔޭގެ އެއްވެސް ޤައުމެއްގެ ރައްޔިތުންމަޖިލީހޭކިޔާ ތަނުގަ ތިޔަކަހަލަ ނުރައްކާތެރި ޖަރީމާ ހިންގާނެ ހެނެއް ހިއެއްނުވޭ އެމްޑީޕީ ލާދީނީ މެމްބަރުން ދެން ގެންދަންވީ އދ. މަޖިލީހުގެ މެމްބަރުންގެ ގޮތުގަ އެހެންނޫނޫ އެމެރިކާ ނުވަތަ އިނގިރޭސި ވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ މެމްބަރުންނަށް ހަދަަންވީ މި ކެނެރީގޭ ލާދީނީ ނަޝީދުގެ ކިބައިން ދެން މިޤައުމު ސަލާމަތެއްނުވާނެ

  19. ފާތުމަ

    ދިވެހިރާއްޖެއާއިމުޅިދުނިޔެވެސް ފިއްކަޑައި ގެންދާވަރު ގެ މަޖްލިސްއެއްތީ. ބޭކާރު ކަންތައްތައްކުރުމަށްއެއްވަނައިގެބައެއް. ޙީފުޅުވޭ ދެއްތޯރައްޔިތުންނަށް ވަރަށް ގިނަކަންތައްތަކެއް ކޮށްދެވޭހެން.

  20. މަ

    އަންނި އެ ބުނީ ތެދެއް. ރައްޔިތުން ބިރުން ފިއްކަނޑައިގެންދާ ކަހަލަ ބިރުވެރި މަސައްކަތްތަކެއް ކުރަނީ. މާރާމާރީ ހިންގުމާ, ދީނަށް ފުރައްސާރަކުރުމާ މިފަދަ ބިރުވެރިކަންކަން މެންބަރުން ކުރަނީ. އެ ނޫނީ އަދި ނޭނގެ އަންނި ތެދެއް ބުނި ކަމެއް

  21. އޮޔާޓަ

    މެމްބަރުންގެ މުސާރަ ހުރީ ޤައުމު ފިއްކަނޑައިގެން ދާވަރަށް!

  22. ޑައެލޯގް

    އަންނި ބުނީ ތެދެކެވެ. މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ދަނީ ފިއްކަޑައިގެންދާވަރަށް ކުށްކުރުމާއި ވައްކަންކުރަމުންނެވެ.

  23. އިންނު މުހައްމަދު

    ދެއްކެން އުޅޭބައެއް

  24. އިންނު މުހައްމަދު

    މީނާގެ މަގުސަދަ ކީ ކޮންމެ ދުވަހަ ކު ކޮންމެސް އެއްޗެ ކޭ ކިޔާގެ ސުރުހީތަ ކުން ޖާގަ ހޯދުން

  25. އިންނު މުހައްމަދު

    ބާވާލައިވައިފައިވާ ގާނުނުތަށް ފުޑާލާ އަމިއްލަ ގާނޫނު ހަދާ މަޖިލީސް

  26. މިއަދު

    މެމްބަރުންނަށް ޗުއްޓީނުދީ ޤާނޫނާއި ޚިލާފަށް މަޖިލިސް ތިގެންދަވަނީ ރޔ އަށް އިތުރު ހުކުމެއްކުރާނެ ޖާގައެއްހޯދުމަށާއި ދައުލަތުގެ މާލިއްޔަތު ފެންފޮދަކާނުލާ އަވަހަށް ދިރުވާލަން

  27. އަބްދޫ

    ގާނޫނުއަސާސީގެ 106 ގަބުނާފަދައިން ރައިސް ގެ ވަޖިބު އަދަނުކުރާނަމަ މަިޖިޅުން 100 ވަނަ މާއްދާގަ ބުނާފަދައިން ރައީސް މަގާމުންދުރުކުރަން މަޖިލީހުން އުޒުރު ވެރި ވެއްޖެނަމަ 4 މަނަ މާއްދާގައިވާ ބާރު ރައްޔިތުން އަތުލުމަށް މުޒާހަރާކޮށް ރައީސް ވެރިކަމުންދުރުކުރުމަށް ގާނޫނުއަސާސީ ތަންދޭ.

    4
    1
  28. އަބުދުބޭ ކާށިދޫ

    އެކަން އިނގޭނޫންތޯ އިންޑިޔާ އައްވުރެ 7 ދަރަޖަ ކުރީގައި އުޅެނީ މާރާމާރީވެސް މަޖްލީހުގައި ސާބަހޭ ބައްކާކުޅުމައް ތިވަރެއްނޯންނާނެ މުޅިދުނިޔޭގަވެސް މުސާރަވެސް ނިސްބަތުން އެންމެ ބޮޑީ މިދިވެހިރާއްޖޭގައި ވީމާ ކިހާ ވަރަކައް ސިއްސއިގެންދާނެތޯ އަދި އެގައުމުތަކުގެ މަޖިލިސްތަކުގެ މެމްބަރުކަމުގެ ދައުވަތުވެސްދޭނެ ކަމައް ލަފާ ކުރެވެނީ