ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހަތަރު މެންބަރަކު ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

އެންއައިސީގެ މެމްބަރުންގެ މައްސަލަތަކެއް އެ ކޮމިޓީން ބަލަން ފެށީ މީގެ ދުވަސްތަކެއް ކުރިންނެވެ. އަދި އެ މައްސަލަތައް ބެލުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއް ނެގިއެވެ. އަދި ކޮމިޝަންގެ ބައެއް މެމްބަރުން ހާޒިރުވެސް ކުރިއެވެ. އެ ސަބް ކޮމިޓީން މައިގަނޑު ގޮތެއްގައި ދިރާސާ ކުރީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ފުލުހުންނާ މެދު ކޮމިޝަނުން އަމަލު ކުރި ގޮތެވެ.

ސަބް ކޮމިޓީގެ މަސައްކަތް ނިންމައި އެކުލަވާލި ރިޕޯޓުގައިވާ ގޮތުން އެންއައިސީގެ ހަތަރު މެންބަރަކު އެކަށީގެންވާ ގޮތަކަށް މަގާމުގެ މަސްއޫލިއްޔަތު އަދައެއް ނުކުރެއެވެ. އެއީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ކޮމިޝަންގެ ނައިބު ރައީސް ހައްސާން ހަމީދު އާއި، މެންބަރު އަހުމަދު އަމީން އާއި، މެންބަރު ހަދީޖާ އަބްދުﷲއެވެ.

އެ ކޮމިޝަންގައި ދެން ހިމެނިވަޑައިގަންނަވަނީ އަހުމަދު ޖިހާދެވެ. އޭނާއަކީ މި ސަރުކާރު ވެރިކަމަށް އައި ފަހުން ކޮމިޝަންގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންނެވި ބޭފުޅެކެވެ.

ރިޕޯޓާ ގުޅިގެން ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހެޅުއްވީ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ހަތަރު މެމްބަރުން ވަކިކުރަން ރައީސް ސޯލިހަށް ލަފާ ދެއްވުމަށް ކޮމިޓީގެ ހުށަހެޅުމެއްގެ ގޮތުގައި މަޖިލީހުގެ ތަޅުމަށް ގެންދާށެވެ.

އަދި އެ ހުށަހެޅުން ވަނީ ކޮމިޓީން ފާސްކޮށްފައެވެ.

އެންއައިސީގެ މެންބަރުން ވަކިކުރަން ރައީސަށް އަންގާ ގޮތަށް ކޮމިޓީން ނިންމީ، އެ ކޮމިޝަންގެ ގާނޫނުގައި ބުނާ ގޮތުން އެ ކޮމިޝަންގެ މެންބަރުން ވަކި ކުރުމުގެ އިހްތިޔާރު ރައީސަށް އޮންނަ ކަމަށް ބުނެފައިވާތީއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ހަސަނާ

  ސާބަހޭ މުޅިދައުލަތް ނަސީދުގެ ބެލުމުގެ ދަށައްގެންދޭ ކަމެއްކުރެވުނުކަމަކި މިދައުރުނިމުމުގެކުރިން ބަރުލަމާނީ ނިޒާމަކައް ވެރިކަންފުރޮޅާލުން...

  21
  1
  • ރާނާ

   ފުރޮޅާނެ ކަމެއް. ނެތެއްނު މިހާރުވެސް ކަންހިގަނީ އެގޮތަށް ނޫންތޯ އިބޫއަ ކީ ހަމަ އެ ކަނި ގާނޫނު ތަންފީޒު ކުރަން ހުންނަ މީހެއް ކަމަށް ފެންނަނީ ، ދެޅިޔަނުން ރާވައިގެން ުކރާ ކަމަ ކާ ވައްތަރީ ރައްޔިތުން ގުނބޯ ހައްދާފަ

   2
   1
 2. Mahujanu

  މި މަޖިލިސް މެމްބަ ރުންމީ ހާދަ ގަދަފަދަ ވެގެން އުޅޭ ބައެކޭދޯ، ތިތާތިތިބީ މާސާފުތޯހި ރު ބަޔަކީތަ،

  23
  2
 3. Anonymous

  ދެންވެސް އެތަނަށްލާ އިސްލާމް ޓީޗަރެއް ެައީސްއަށް. މެނޭޖްމަންޓަކީ ކޮންއެއްޗެއްކަންވެސް ނުދަނޭ.

  6
  1
 4. ދުންތަރި

  ލާދީނީ އެމްޑީޕީ ގުންޑާއަކުނޫނީ އެއްވެސް ސިޔާސީ މަޤާމަކަށް މިނިވަން މުއައްސަސާއެއްގެ މަޤާމަޤާމަކަށް ކުފޫ ހަމަނުވާނެ ލާދީނީ އެމްޑީޕީގެ މުޒާހަރާތަކުގަ ދައުލަތުގެ މަުދަލާ ތަކެއްޗަށް ފުލުހުންނަށް އަނިޔާވެރިވެފަވާ އެންމެނަށް އެކިމަޤާމުތައްދީ ހަމަކުރަން ޖެހޭ މުޅިޤައުމު އެމްޑީޕީ ލާދީނީ މުޖުރިމުންގެ ބާރުހިންގައިގެން ހަމަވާނީ

  2
  1
 5. އެމަންޖެ

  ތިއެކަކައްވެސް ނުކެރޭނެ ނަސީދު ވަކިކުރާކައް.

  3
  1