ރައީސް ޔާމީނަށް، ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމުގެ އިސްތިޢުނާފުގެ ޝަރީއަތުގެ މަޖިލީހެއް މިއަދު ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، މި އަޑުއެހުމުގައި ރައީސް ޔާމީނަށް ލިބުނު ފުރުޞަތުގައި މީގެ ކުރިން ނުދައްކަވާ ވާހަކަފުޅެއް އެމަނިކުފާނު މި ވަނީ ދައްކަވާފައެވެ

ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކުގައި މުޅިންވެސް ވިދާޅުވަމުންގެންދެވީ، އަޙުމަދު އަދީބު އަތުގައި އެމަނިކުފާނުގެ ގިނަ އަދަދެއްގެ ފައިސާ ހުންނާނެ ކަމަށާއި، ސިޔާސީ ފަރާތްތަކުން ދެއްވާ ފައިސާވެސް ބަލަހައްޓަވަމުން ގެންދެވީ އަޙުމަދު އަދީބު ކަމަށެވެ. ނަމަވެސް އެއްވެސް އަޑުއެހުމެއްގައި އެ ފައިސާގެ އަދަދެއް ވިދާޅެއް ނުވެއެވެ.

"ދަޢުލަތުން ތަކުރާރުކޮށް އެބަ ވިދާޅުވޭ، އަޙުމަދު އަދީބަށް އަޅުގަނޑު ގުޅިއޭ ފައިސާ ހޯދަން. އެއީ ވޮޑަމުލާގެ ފައިސާ އޭ. ނަމަވެސް މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުން އެއީ ވޮޑަމުލާގެ ފައިސާ ނޫންކަން. އެއީ ސިޔާސީ މަސައްކަތް ކުރުމަށް އަޅުގަނޑަށް ލިބުނު ފަސް މިލިއަން ޑޮލަރު. އެ ފައިސާއާއި ހަވާލުވާން ދިޔައީ އަދީބާއި ޝައިނީ. އެ ފައިސާ ހުރީ އަދީބުގެ އަތްޕުޅުގަ. އެ ފައިސާ ހޯދަން އަދީބަށް އަޅުގަނޑު ގުޅީ. ފަހަރެއްގައިވެސް ވޮޑަމުލާގެ ފައިސާ ހޯދާކަން ނޫން. ހަމަ ތެދެއް މި ދަންނަވަނީ، ވޮޑަމުލާ އަކީ އޮންނަ ރަށެއްކަންވެސް އެނގުނީ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ ތެރެއިން. އެއީ އަޅުގަނޑުގެ ސަރުކާރުން ދޫކުރި ރަށެއްވެސް ނޫން. އެއީ ރައީސް މަޢުމޫނުގެ ސަރުކާރުން ދޫކޮށްފައިވާ ރަށެއް. އަދީބު މަސައްކަތް ކުރެއްވީ އޭނާގެ ވަރަށް ގާތް ދެ ރަޙްމަތްތެރިންނަށް އެ ރަށް ހޯދައިދޭން." ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، މުޅި މައްސަލަ އަމާޒުވެފައި މި ވަނީ އެމަނިކުފާނަށް ކަމަށާއި، ނަމަވެސް ދަޢުލަތުގެ އިދާރާތަކުން ކުރާ ހުރިހާ ކަމެއް، އެއިރަކު ވެރިއަކަށް ހުންނަ މީހަކަށް އެނގޭނެ ކަމަށް ޤަބޫލުކުރުމަކީ، ޤާނޫނު ދަންނަ ގޮތެއް ނޫން ކަމަށެވެ.

"އެސްއޯއެފުން އަޅުގަނޑުގެ އެކައުންޓަށް އެ ވިދާޅުވާ ފައިސާ ޖަމާކުރި އިރުވެސް، އެ އެކައުންޓުގައި ހުރި ހަމަ އެ އަދަދަށް ފައިސާ. ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު ހުރި. މިއީވެސް ރިޢާޔަތްކުރަން ޖެހޭ ކަމެއް ނޫންތޯ. ދެން އޭރަކު ރައީސްއަކަށް ހުންނަ މީހަކަށް ދަޢުލަތުގެ ހުރިހާ އިދާރާއަކުން ކުރާ ހުރިހާ މަސައްކަތެއް ނޭނގޭނެ. އެއީއެއް ނޫން ޤާނޫނު ހަމަޖެހިފަ އޮންނަ ގޮތަކީ. " ރައީސް ޔާމީން ވިދާޅުވިއެވެ.

ހައިކޯޓުގައި މިއަދު ކުރިއަށްދިޔަ، މި އަޑުއެހުމުގައި އޮތީ، ރައީސް ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައިވާ 75 އިސްތިޢުނާފީ ނުކުތާތަކާއި ގުޅިގެން ހުލާޞާގޮތެއްގައި ވާހަކަފުޅު ދެއްކެވުމާއި، އެ ނުކުތާ ތަކާއި ގުޅިގެން، ދަޢުލަތުން ދެއްވާފައިވާ ރައްދާއި ގުޅިގެން ހުލާޞާގޮތެއްގައި ވާހަކަފުޅު ދެއްކެވުމެވެ. އެގޮތުން، ކޮންމެ ފަރާތަކަށްވެސް 30 މިނެެޓްގެ ވަގުތުކޮޅެއް ޝަރީޢަތުން ވަނީ ދެއްވާފައެވެ.

އެގޮތުން، މި މައްސަލަ އިސްތިޢުނާފު ކުރައްވާ ފަރާތަށް ދެއްވި ފުރުޞަތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އެންމެ އިސް ވަކީލް، ޑރ މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވީ، ހައިކޯޓުގެ އިސްތިޢުނާފީ މަރުޙަލާއަށް އައިއިރުވެސް، ރައީސް ޔާމީން ކުރެއްވި ކުށަކީ، ކޮބައިކަން ދަޢުލަތަށް ސާފުކޮށްދެވިފައި ނުވާ ކަމަށާއި، އެމްއެމްޕީއާރުސީއާއި ގުޅޭގޮތުން އޭސީސީން ނެރުނު ތަޙުޤީޤު ރިޕޯޓުގައިވެސް ރައީސް ޔާމީނަށް އެއްވެސް ތުޙުމަތެއް ކޮށްފައި ނުވާ ކަމަށެވެ.

ރައީސް ޔާމީންގެ މިއަދުގެ ޝަރީޢަތް ނިންމާލާފައިވަނީ، އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުކުރެވޭނެ ފުރުޞަތު ހަމަޖައްސައިދިނުމަށް އެދުމުން އެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ. އެގޮތުން، ކަމާއި ގުޅޭ އިދާރާތަކާއި ވާހަކަ ދައްކައިގެން، ރައީސް ޔާމީންގެ ވަކީލުންނަށް މާފުއްޓަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް ދަޢުލަތުގެ ވަކީލަށް، މި މައްސަލަ ބައްލަވާ ބެންޗުގެ އިސްފަނޑިޔާރު، ޙުސައިން މަޒީދު ވަނީ ދަންނަވާފައެވެ.

"ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުޞަތެއް އަޅުގަނޑަކަށް ނުލިބޭ. އިއްޒަތްތެރި ފަނޑިޔާރު. އަޅުގަނޑަށް އެ ފުރުޞަތު ހޯއްދަވައިދެއްވާ. ހަމައެކަނި ދެއްވަނީ ފޯނު ކޯލެއް. އެވެސް ދިހަ މިނެޓް. އަޅުގަނޑުވެސް ބޭނުން ވަކީލުންނާއި ވާހަކަދައްކައިގެން އަޅުގަނޑުގެ ދިފާޢު ތައްޔާރު ކުރަން. އެއީ ދަޢުލަތުން އެދިއްޖެ ޙާލަތެއްގައި ހަމަޖައްސައިނުދެއްވޭނެ ފުރުޞަތެއް ނޫން." ރައީސް ޔާމީން ވިދާޅުވިއެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނެ ދުވަހެއް ޝަރީޢަތުން އިޢުލާންކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އަބްދޫ

    ގާނޫނު ބުނާގޮތުން ވަޒީރު ހުންނަވާ އިދާރާގަޔާ އެއިދާރާގެ ދަށުން ހިގާ ތަންތަނުގާ ހިގާ ހުރިހާކަމެއްގެ ޒިންމާ ނަންގަވަންޖެހޭނޭނީ އެކަމެއްހަވާލުވެ ހުންނަ މީހަކާ އެތަނެއް ހަވާލުވެހުރި ވަޒީރެއް. މިއީގާނޫނުނަންބަރި 1/68 ގެ 9 ވަނަ މާއްދާގަ ލިޔެވިފައިވަގޮތް. ވިއިރު ޔާމީނަކީ ޓޫރިޒަމް މިނިސްތޓަރަށް ނުވާއިރު ޓޫރިޒަމްމިނިސްޓަރު ޒިންމަވާންޖެހޭ ކަމެއް ރައިސުލް ޖުމަހޫރިއްޔާ ޒިންމާވާންޖެހެގޮތް ދިދާޅުވެދެއްވާނިކާކު؟

    41
    2
    • Anonymous

      އަދީބަށް ހުރިހާ މަގެއް ފަހިކޮށްދިނީ ކާކު؟ މީރާ ހުއްޓާ ދައުލަތުގެ ފައިސާ ސަރުކާރުގެ އޮފީހަކަށް ފޮނުވަން އެންގީ ކާކު؟ ވާނުވާ ފަޅާއަރާނެހެން ހީވީމާ އޮޑިޓަރ ވަޒީފާއިން ވަކިކުރީ ކާކު؟ .... ....

      "އެދުމެއްނެތި ވެދުމެއް ނުކުރާނޭ" ބުނެއެއްނުން!

      7
      23
      • ޢަލީ ވަޙީދު

        އަދީބަށް މާޤާމު ދިނީ ކުށްކުރާކަށް ނޫން، މަޤާމު ދިންއިރު އޭނައަކީ އެޒާތު މީހެއްކަން އެކަކުވެސް ނުދަނޭ، ކަލޭ ބުނާގޮތުން ހީވާކަހަލަ އަދީބަށް މިނިސްޓަރު ކަން ދިނީ އަދި އޭގެފަހުން ނާއިބު ރައީސްކަން ދިނީ، ރައީސް ޔާމިން އަވަހާރަ ކޮށްލާނެ ކަންވެސް އެގިހުރެކަން، ތިބައިގަނޑުގެ މީހުން އަބަދު ހަމައިގަ ތިބެން ނުޖެހުނަސް ކޮންމެވެސް އެއްފަހަރަކު ހަމަގައި ތިބެބަލަ، އޭރުން ކިޔޭނުކިޔޭ އެގޭނީ، ވާނުވާ އެގޭނީ ނޫނީ އަބަދު ތިބޭނީ ތިހެން ރޯނާވެފަ

  2. ދިވެހިސޮރު

    މިމީހުން މަރުވާނެކަން ނޭނގެނީބާ...

    57
    1
  3. ައޮފްބެ

    ބޮޑު ހިޔާނާތްތެރިއް ހައްގު އަދަބު ލިބެންވާނެ!

    25
    96
    • Anonymous

      ޚިޔާނާތްތެރިއެއްވިއްޔާ ކުޑައެއް ބޮޑެއް ނޮއޮންނާނެ، އެވާނީ ޚިޔާނާތްތެރިއަކަށް ނޫންބާ؟؟، ބޮޑު ޚިޔާނާތްތެރިއަކަށް ވިއްޔާ ހައްޤު އަދަބު ދޭންޖެހެނީ ކިއްވީތަ ރ.މައުމޫނު ދައުރުގަ އެފްޕީއައިޑީގެ ޚިޔާނާތް ހިންގި އިލްޔާސް އިބުރާހީމަށް ޝަރީޢަތް ނުހިންގިގެން އުޅެނީ އަދި އެމްއެމް ޕީއާރސީގެ އެއްމެބޮޑު ޚިޔާނާތްތެރިން ވަގު އަދީބާއި ޒިޔަތު އަށް ހަމަ ކުރަންޖެހޭ ޝަރީއަތެއް ނެތީބާ؟؟ ގައުމުގައި އަދުލު އިންސާފު ގާއިމިކުރަން ވެރިކަމަށް އައި ބޭކަލުންގެ ދައްކާދޭ ސަދޫމުގެ އިންސާފު ވަރަށް ސާފު

      46
      1
      • ޢަލީ ވަޙީދު

        ކޮބާ ކެނެރީގޭ ނަޝީދު ދިވެހި ދައުލަތުން ވަގަށްނެގި -/444ރ އެއީ ހިޔާނާތެއް ނޫންތަ

  4. ގްރެފިޓީ

    ދުއާ އަކީ ރޔ ގެ ކުށެއް ނެތްކަން ސާބިތުވެ ނާއިންސާފުން ލާފައި އެވާ ތޭރިތަކުގެ ތެރެއިން އެމަނިކްފާނު ސަލާމަތްކުރެއްވުން. ޢާމީން

    136
    19
  5. މޮހޯ

    ޔާމީނަކީ ކެރޭ ވެރިޔެއް. ހަމަ އެކަނި ވެރިޔާ ކޯޓުގަ ވެސް ވަކާލާތު ކުރާ. އަދި ޖަލުގަ ވެސް އުޒުރު ނުދައްކާ އިންނަވަން ކެރޭ ވެރިޔެއް. މިއީ ކެރޭމިހުންގެ ސިފައެއް. މިކަހަލަ ވެރިން ނާ އެކު ގައުމެއް ކުރިޔަށްދާކަށް މާގިނަ ދުވަހެއް ނުނަގާނެ.

    62
    7
  6. ޖާނު

    މަރުމަތިން ހަނދާން ނެތިފަ ފައިސާފައިސާ ތިފައިސާ ހޯދިގޮތަކާއި ހޭދަކުރިގޮތާ ބެހޭގޮތުން ޖަވާބުދާރީވާންޖެހޭދުވަސް އޮތްކަން ހަދާންބަހައްޓާތި

    24
    9
  7. Anonymous

    ޚިޔާނާތްތެރިއެއްވިއްޔާ ކުޑައެއް ބޮޑެއް ނޮއޮންނާނެ، އެވާނީ ޚިޔާނާތްތެރިއަކަށް ނޫންބާ؟؟، ބޮޑު ޚިޔާނާތްތެރިއަކަށް ވިއްޔާ ހައްޤު އަދަބު ދޭންޖެހެނީ ކިއްވީތަ ރ.މައުމޫނު ދައުރުގަ އެފްޕީއައިޑީގެ ޚިޔާނާތް ހިންގި އިލްޔާސް އިބުރާހީމަށް ޝަރީޢަތް ނުހިންގިގެން އުޅެނީ އަދި އެމްއެމް ޕީއާރސީގެ އެއްމެބޮޑު ޚިޔާނާތްތެރިން ވަގު އަދީބާއި ޒިޔަތު އަށް ހަމަ ކުރަންޖެހޭ ޝަރީއަތެއް ނެތީބާ؟؟ ގައުމުގައި އަދުލު އިންސާފު ގާއިމިކުރަން ވެރިކަމަށް އައި ބޭކަލުންގެ ދައްކާދޭ ސަދޫމުގެ އިންސާފު ވަރަށް ސާފު

    26
    1
  8. ޕާޓޭ ގެ ޑެޑީ

    ހަމަ ތެދެއް މި ދަންނަވަނީ، ވޮޑަމުލާ އަކީ އޮންނަ ރަށެއްކަންވެސް އެނގުނީ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ ތެރެއިން. އެއީ އަޅުގަނޑުގެ ސަރުކާރުން ދޫކުރި ރަށެއްވެސް ނޫން. އެއީ ރައީސް މަޢުމޫނުގެ ސަރުކާރުން ދޫކޮށްފައިވާ ރަށެއް. އަދީބު މަސައްކަތް ކުރެއްވީ އޭނާގެ ވަރަށް ގާތް ދެ ރަޙްމަތްތެރިންނަށް އެ ރަށް ހޯދައިދޭން." ރައީސް ޔާމީން ވިދާޅުވިއެވެ.

    މަގޭ ބޯހަލާކު މިކިޔާ އެޗަކާ ވިސްނާ ވިސްނާ
    ވޮޑަމުލާ އަކީ އޮންނަ ރަށެއްކަންވެސް އެނގުނީ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ ތެރެއިން.
    އަދީބު މަސައްކަތް ކުރެއްވީ އޭނާގެ ވަރަށް ގާތް ދެ ރަޙްމަތްތެރިންނަށް އެ ރަށް ހޯދައިދޭން."

    15
    6
  9. ބަހުސީ

    ލައިވްކުރޭ ފަނޑިޔާރުންގެ މަޖިލިސް ލައިވްކުރޭ!!!!!

    19
  10. ޢިންސާފު

    ޚިޔާނާތްތެރިއެކޭ ބުނުނ ފިޔަވައި ބުނެވޭނެ އެއްޗެއް ނެތްދޯ?

    18
    3
    • ލޮލްލް

      ނޫނޭ، ވަގެއް، ބޭއިންސާފު ވެރިއެއް، ހަޖަމް ނުވާ ފިރިހެނެއް، ކާންދޭ އަތުގަ ދައިގަންނަ ހަރުފައެއް. މީހުނަށް ހިތް ނުބައި އިންސާނެއް. އަދި ކިޔަންވީ؟

      2
      12
  11. ނަޖީބު އައްބާސް

    ދައުލަތުގެ ތިޖޫރިއައް ރައްތައް ވިއްކި ފައިސާ ޖަމާކުރަން ނުޖެހޭގޮތައް އަދީބައް މަގުފަހިކޮދިނީ ޖާމީނު މިކަން އެނިވެސް ޔާމީނު ހަދަނީ ދޮގުކަން ބޮލެއްހުރި ރައްޔަތުންނައް އެގޭނެ! ފަސްމިލިޔަން ސިޔާސީކަންކަމައް ޔާމީނައް ދިނީ ބަދަލަކާ ނުލައިކަމައް ގަބޫލު ކުރާނީ ކަނޑު ކޮހުން

    13
    25
    • Anonymous

      އަމިއްލައަށް ކޮސްނުގޮވާ. ތިހެން ބުނާނަމަ ކޮންމެ އިރެއްގަ ކޮންމެ ބަޔަކަށް ލިބޭ ކޮންމެ ފައިސާ އަކީ ވެސް ސިޔާސީ މަންފާ އަށް ދީފަ އެމީހާ ހިޔާނާތްތެރިވި އެއްޗެއް. މިހާރު ވެރިއަކަށް ހުރި ކިނބުލަށް އިންތިޚާބު ތެރޭގަ ބިލިޔަނުން ލިބުނު ރުފިޔާ ބޮނޑިޔޯ؟ ބައިކޮޅަށް ގޯލް ޖެހޭއިރު ވެސް ނޭނގޭ ދޯ؟ މިހާރު ހުކުމެއް އަޔަސް ގަބޫލުކުރާނެ ބަޔަކު ނެތް.

      11
      3
  12. ނާރު

    ބަލަ މަޖިލީހުގެ ނުގަވާއިދުން ބޭނުންކުރިމަކީ ހިޔާނާތެއް އެކަން އެގިހުރެ ކަންކޮއްފަ ފައިސާދެއްކީ ލިބުނު އަދަބެއްނެތް ހިމާރުއްގައުމު

    1
    1
  13. 144ރުފިޔާ

    144ރުފިޔާގެ ހިޔާނާތް އިއުތިރާފްވެ ފައިސާ ދެއްކި. ކުއް އެވަނީ އަމިއްލަޔަށް ސާބިތުކޮށްދީފަ. ޙިޔާނާތުގެ ދައުވާ ކުރަން ނުޖެހޭތޯ. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ